ވީބީގެ އަހުމަދު ސައީދު (އައްމަޓީ) އޭނާގެ ރަށަށް ބަދަލުވެ، ސޮބާހު މުހައްމަދު އީގަލްސް އަށް، އަދި ރައިޓް ޗާލްސް ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.
ވީބީން މިހާރު މަސައްކަތް ކުރަމުންދަނީ ބަނގްލަދޭޝްގެ ފޯވަޑް ކުޅުންތެރިއަކު ގެނައުމަށެވެ.
މި ސީޒަނުގައި ވިބީއާ ގުޅުނު ސޮބާ އީގަލްސް އަށް ބަދަލުވީ އޭނާ ހޯދަން ވެލެންސިއާއިން ވެސް ވާހަކަ ދައްކާފައިވަނިކޮށެވެ. ރެލިގޭޝަނާ ހަނގުރާމަ ކުރަމުންދާ ވެލެންސިއާ އަށް ބަދަލުވި ލައިބީރިއާގެ ފޯވަޑް ޗާލްސް އަކީ ފާއިތުވެދިޔަ ތިން އަހަރު ނިއު އަށް ކުޅުނު ކުޅުންތެރިއެކެވެ. ވެލެންސިއާއިން ވަނީ ވިކްޓަރީގެ އަލީ ޝަރީފް ވެސް ގެންގޮސްފަ އެވެ.
އައްމަޓީ އޭނާގެ ރަށަށް ބަދަލުވީ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ކަމަށްވެ އެވެ.
މި ކުޅުންތެރިން ދޫކޮށްލިއިރު ވީބީން ވަނީ މިޑްފީލްޑަރު މުހައްމަދު ހުސައިން (އޮއިއްޓޭ) ނިއު އަށް ދޫކޮށްލައިފަ އެވެ. އޮއިއްޓޭ އަކީ ނިއުގެ ކުރީގެ ކެޕްޓަނެވެ.