"ފާފަތަކުން ދުރުހެލިވާން ގަދަ އަޅާ މަސައްކަތްކުރަންވާނެއެވެ. ސަބަބަކީ ފާފަތަކުގެ ސަބަބުން އިލްމާއި، ރިޒުގާއި، ހެޔޮ އަމަލަށްވެސް ހުރަސް އެޅޭތީއެވެ."

***

ނޯ...ވެއިޓް..." މިކާއިލްގެ އަޑު މަޑެވެ. އޭނަ ހުރީ ވަރަށް ހިމޭން ތަނެއްގައިކަން މަދީނާ އަށް ވިސްނުނެވެ. މަދީނާ ހަމަޖެހިލައި އިށީނީ އެނދުގައެވެ. އެކަމަކު އޭނާގެ ހިތް އޮތީ އަތް މަތިއެވެ. އެހާ ބާރަށް ހިތް ތެޅެންވީ ސަބަބެއްވެސް ނޭނގެއެވެ. ދޭނެ ޖަވާބެއް ވެސް ނޭނގިފައި އިންއިރު ނިތުން ދާ ހިއްލަން ފެށިއެވެ.

ހޮސްޕިޓަލްގެ ބޭރުގައި ހުރި ބެންޗެއްގައި މީކާއިލް އެކަނިމާއެކަނި އިށީނދެލައިގެން އިންއިރު ވަރުބަލި ކަން އިހުސާސްވަމުން ދިޔައެވެ. ރޭގަނޑުގެ ފިނި އަނދިރި އަދި އެކަނިވެރިކަން މިވަގުތު މީކާއިލްގެ ހަށިގަނޑަށް ލިއްބައިދިނީ ހޫނު ކަމެކެވެ.

" ކީއްވެތަ އެންމެންގެ ދިރިއުޅުން މިހާ އޮޅުންބޮޅުންވާން ވީ؟ވައި އިޒް އެވްރީތިން ބިކަމިން ސޯ ހާޑް...." މީކާއިލް ފުން ނޭވާ އެއްލިއެވެ.

މަދީނާ ބުނާނެ އެއްޗެއް ނޭނގިފައި އިނެވެ. އަނެއްކާ މިކާއިލް އޭނައާއި ވާހަކަ ދައްކަނީ އެހެން މީހަކު ކަމަށް ހީކޮށް ބާވައެވެ.

"ކީއްވެ އެއްޗެއް ނުބުނެ؟.އިޒް އިޓް ޓޫ ވިޔާޑް....މަދީނާ؟" މީކާއިލް މަޑުން އަހާލިއެވެ.

" އައިމް ޖަސްޓް ލިސްނިންގް...އައި ތިންކް އެވްރިވަން ނީޑްސް ޓު ލިސް ޓު އީޗްއަދާ....ދެފަރާތުގެ ވާހަކަވެސް ކަނުލައި އަޑުއަހައި ރުޅި އިސްނުކޮށް މައްސަލަ ހައްލުކުރަން....މާޒީގަ ވެދިޔަކަމަކަށް މާފުކށް ހިތް ސާފުކުރުމަށް މަސައްކަތްކުރުން މުހިންމީ....ވީ އާ ހިއާ ފޯ އަ ޝޯޓް ވައިލް...." މަދީނާ ބުނަމުން ދިޔައެވެ. މީކާއިލް އަށް އެ ބަސްތަކުން އާ ހިތްވަރެއް ލިބުނެވެ.

" އައި ގެސް ޔޫ އާ ރައިޓް....އައި ރިއަލީ މިސް ހާ ޓޫ..." މީކާއިލް ގެ އަޑުގައިވި ހިތާމަ މަދީނާގެ ހިތް ގުޑުވާލިއެވެ. މަދީނާ ގާތަށް ރުޅިވެސް އައެވެ.

"ތިބުނީ؟" މަދީިނާ އަށް އަހާލެވުނީ ހާސްކަމާއެކުއެވެ.

"މެހެކް ވާހަކަ...މައި ސިސްޓާ.....ވަޓް ވާ ޔޫ ތިންކިންގް..." މީކާއިލް ގެ ރާގު ހަރުކަށި ވިއެވެ. އެއާއެކު މަދީނާގެ މޫނު ރަތްވިއެވެ. އޭނައަށް ނުބައިގޮތަކަށް ވިސްނުނީތީ ލަދުން މަރުވާވަރުވިއެވެ.

" މެހެކް ދޯ....ޔާ ޝީ މިސެސް ޔޫ އަލޮޓް.....އުރޫޖް އާއި ދިމާވި ރޭގަވެސް ހުސް މީކާއިލްގެ ވާހަކަ....އެންމެ ދެރައީ އަހްމަދުބެސް ވެސް މެހެކް އާއި ވާހަކ ނުދައްކާތީވެ....ސަމްޓައިމްސް ރުޅީގެ ސަބަބުން ވީ ޕަނިޝް އަވަސެލްވެސް ޓޫ ހާޝް....." މަދީނާ ބުނެލިއެވެ.

***

ފަތިހުގެ މަޑު އަލިކަމުން ފެހި ކުލައިގެ ފަރުދާތަކުން ވަދެ ކޮޓަރިތެރެ ރިހި ކުލައިގެ ޖާދުވީ އަލިކަމަކުން ފުރައިލިއެވެ. އުރުޖުވާން އޮތީ އެނދުގެ ބާލީހުގައި ބޮޑިވެލައިގެންނެވެ. ފުން ނިންޖަކަށް ގެނބިފައި އޮތްއިރު ނޭވާލަމުން ދިޔައީ މަޑުމަޑުން އަދި ހަމަޖެހުމާއެކުގައެވެ. އެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. މާޒިމްގެ ފުރިހަމަ ސަމާލުކަން ލިބިފައިވާތީކަން ނޭގެއެވެ.

މާޒިމް އެނދުގެ ކައިރީގައި އިށީދެލައިގެން އިނީ ބުދެއްފަދައިން ހިމޭނުންނެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ އުރުޖުވާންގެ މޫނަށެވެ. ފޫހިކަމެއް ނެތި އުރުޖުވާންގެ މޫނަށް ބަލަމުން ދިޔައެވެ. އުމުރަށްވެސް އެހެން ބަލަން އިނދެވޭނެއޭ ހިތަށް އަރާފައި ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ހިތުގައި އުފެދެމުން ދިޔައީ ތަފާތު، ފުން އިހުސާސްތަކެވެ. މި ވަގުތަކީ އޭނާއަށް ލިބުނު ހަދިޔާއެކެވެ. ކުރިމަތިލާންޖެހުނު ހުރިހާ ކަމަކަށްފަހު، އުރުޖުވާން މިހާ ހަމަޖެހި، މިހާ ހިތްހަމަޖެހިފައި އޮއްވައި ފެނުމުން ހިތާއި ސިކުނޑިއަށް ލިބުނު ލުއިކަމާއި ފަސޭހަކަން ބަޔާންކޮށްދޭނެ ލަފުުޒުތަކަކަށް ނުކުޅެދުނެވެ. ނިދީގައިވެސް ހާދަ ރީއްޗެވެ. އެ މޫނުމައްޗަށް ވެރިވަމުން ދިޔަ ނާޒުކު ވަންނިތަކާއި މަޑުމަޑުން ތެޅެމުންދާ ދިގު އެސްފިޔަތަކުގެ ހަރަކާތުން، އޭނާ ފުން ހުވަފެނެއް ދެކެމުންދާކަން ހާމަވެއެވެ.

އެ ކޮޓަރީގެ ތެރެއިން އިވެނީ ހަމައެކަނި އުރުޖުވާންގެ މަޑު ނޭވާގެ އަޑެވެ. އެހިމޭންކަން ފުނޑުކޮށްލީ އޭނަގެ ފޯނެވެ. ފަތިހުގެ އެލާމުގެ އަޑުން އޭނަ ސިހުނެވެ. އަވަސް އަވަހަށް ނިވަން އުޅުނު ނަމަވެސް އުރުޖުވާން އަށް ހޭލެވުނެވެ.

"މޯނިންގް....ސޮރީ ހޭލައްވާލެވުނީތީ.........." މާޒިމް އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލަމުން ބުނެލިއެވެ. އުރުޖުވާން އަވަސް އަވަހަށް ތެދުވަމުން ހޭވިފައިއޮތް އިސްތަށިގަނޑު ރީތިކޮށްލިއެވެ.

"މާޒް ނުނިދަންތަ؟" އުރުޖުވާން އަށް ފަތިހުގެ އަލިކަން ފެނި އަވަހަށް ގަޑި ހޯދައިލިއެވެ. މާޒިމް ޖަވާބެއް ނުދިނުމުން އޭނަ ލަދުގަތެވެ. މާޒިމް މުޅި ރޭ ހޭލާ އިނީ އޭނާއަށް ބަލަހައްޓައިގެން ހެއްޔެވެ؟

މާޒިމް ޗުސް ކަނޑާލަމުން ހިނިތުންވެލިއެވެ. އުރުޖުވާން އަވަސްވެފައި ތެދުވަން އުޅުނަސް މާިޒމް ގެ އެހީ އާއި ނުލައި ނުތެދުވެވުނެވެ.

" ހެޕީ ޓު ހެލްޕް....." މާޒިމް އެއް ލޯ މަރާލިގޮތުން އުރުޖުވާން ގެ އަތް ފިނިވިއެވެ. ކުދި ފިޔަވަޅުތަކުގަިއ ައވަހަށް ފާހާނާއަށް ވަދެ ލޯގަނޑުން މޫނުު ބަލައިލިއެވެ.

"އީ.....ސޯ އަގްލީ....ލޮލުގައި ހުރި އަނދުންވެސް ފޭދިފަ....." އުރުޖުވާން އަށް ބުނެލެވުނެވެ.

އުރުޖުވާން ނިކުމެގެން އައި އިރު މާޒިމް ނަމާދުކުރަން ހުރި ތަން ފެނި ބަލަހައްޓައިގެން އިރުކޮޅަކަށް ހުރެވުނެވެ. ވިސްނާލާފައި އޭނަގޮސް މާޒިމްގެ ފަހަތުގައި ނަމާދަށް ހުއްޓުނެވެ. އެފަދަ ދުވަހެއް އަނބުރާ ލިބޭނެ ކަމުގެ އުއްމީދު ނެތީސް މިފަދަ ހިނދުކޮޅެއް ދެއްވީތީ ﷲ އަށް ހަމްދުން ހިތް ފުރުނެވެ.

އޭނާގެ ހަރަކާތްތަކުގައި މަޑުމައިތިރި ޚުޝޫއަތްތެރިކަންވިއެވެ. ނަމާދުގައި ކިޔަވާ ސޫރަތްތަކުން އަމާންކަން މުޅިތަނަށް ފެތުރިގެން ދިޔަފަދަ އިހުސާސެއްވިއެވެ.. ކުރިމަތިވެފައިވާ ދަތި އުނދަގޫތަކާއެކުވެސް، އޭނާގެ ހިތަށް ހަމަޖެހުން ލިބެނީ ނަމާދުންނެވެ.

***

މާޒިމް، މޭޒު ކައިރީގައި އަވަދިނެތި އުޅުނީ ރޫމް ސަރވިސްއިން އެދިފައިވާ ނާސްތާ ތައްޔާރުކުރުމުގައެވެ. މޭވާއާއި، ހޫނު ޕޭސްޓްރީތައް ތަށިތަކުގައި ރީތިކޮށް ބަހައްޓަމުން ދިޔައިރު ކާނާގެ މީރުވަސް ކޮޓަރިއަށް ފެތުރިގެން ދިޔައެވެ. އޭނާ ދޭތެރެއަކުން އުރުޖުވާންގެ ހަރަކާތްތަކަށް ބެލިއެވެ.ސުންނަތް ނަމާދުތައް ނިމެންދެން އިންތިޒާރުކުރަން ޖެހުނީއެވެ. ފަރުޟު ނަމާދުތަކުން އެކަނި ނިންމައިލުމުގެ ބަދަލުގައި ހުރިހާ ސުންނަތެއް ކޮށް އަދި ގުރުއާނާއި ޒިކުރާއި ދުޢާފަދަ އަޅުކަމުގައި ވަގުތު ހޭދަކުރާވަރު ފެނުމުން ހިތް ތައުރީފުން ފުރުނެވެ. އޭނަވެސް ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުކުރަން އިތުރު ނަމާދުތައް ކުރަންވީހެއްޔެވެ؟

ދިގު އިންތިޒާރަަކަށްފަހު އުރްޖުވާނު ނަމާދުކޮށް ނިމިގެން އެނބުރި ބެލިއިރު މާޒިމް އިނީ އިށީނދެލައިގެން ކޮފީއެއް ބޯށެވެ. މޫނުމަތިން ފެނުނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އޭނާގެ ލޯ އުރްޖުވާނާ ދިމާވި ހިނދު، ތުންފަތުގައި ލޯބިވެތި ހިނިތުންވުމެއް ވިދާލިއެވެ.

"ބްރެކްފާސްޓް އިޒް ރެޑީ ޕްރިންސެސް........." މާޒިމް ބުނެލީ ސަމާސާ ރާގެއްގައެވެ.

އުރްޖުވާން އެއް ބުމަ އުފުލާލިއެވެ. އޭނާގެ މޫނުމަތިން ފެނުނު އުފާވެރިކަން މާޒިމް އަށް ނުދައްކަން މަސައްކަތްކުރިއެވެ.

" މި ހާދަ ވޭސްޓެކޭ....މިހާ ގިނައިން ނުވެސް ކެވޭނެ...." އުރުޖުވާން ހައިވެފައި ހުއްޓަސް އެއްބަސްވާން ބޭނުމެއްނުވިއެވެ.

" ހްމް ހެމް...އައި ހާޑް ޔޯ ޓަމީ ރަމްބްލް.....މޭއިބީ އިޓްސް ދަ ބޭބީ..." މާިޒމް ވަރަށް މަޖާވެފައި ވާހަކަ ދެއްކި އިރު އުރުޖުވާންގެ ބުމަ ގޮތް ޖެހުނެވެ. ލަދުން އަވަހަށް އުރުޖުވާން މޫނު އަނބުރާލިއެވ.

"އޯކޭ ސޮރީ...އެހެން ބުނިއެއްޗެއް ނޫނޭ...ޔޫ ޝުޑް އީޓް ވެލް...މިހާރު އަދި ޚާއްސަކޮށް..." މާޒިމް ކަރުކެހިލިއެވެ. އުރުޖުވާން ހިތްހަމަނުޖެހިގެން ނާސްތާނުކޮށްފާނެތީ ކަންބޮޑުވީއެވެ.

އެ ލަފުޒުތަކުން އުރްޖުވާންގެ ކޯތާފަތަށް ހޫނުވިއެވެ. އަދި ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ މޭޒާއި ދިމާއަށް ހިނގައިގަތެވެ. ފުރަތަމަ ކުޑަކޮށް ޖެހިލުންވި ނަމަވެސް، މާޒިމްގެ ހިތްވަރުދޭފަދަ ހިނިތުންވުމުން އޭނާއަށް ހިތްހަމަޖެހުން ލިބުނެވެ. މާޒިމް އާ ދިމާލުން މޭޒުގެ އަނެއްފަރާތުގައި އިށީނެވެ. ތަށިތަކާއި ސަމުސާގެ މަޑު އަޑު ފިޔަވައި ކޮޓަރީގައި އެހެން އަޑެއް ނީވެއެވެ.

"އޯކޭ ޔޫ ވިން...." އުރްޖުވާން ލުއި ހިނިތުންވުމެއްދިނެވެ. މާޒިމް މޭވާ ތަށި ދިއްކޮށްލިއެވެ.

" ޖަސްޓް ބިކޯޒް އައިމް ވެރީ ހަންގްރީ..." އުރުޖުވާން އެއިން އާފަލުކޮޅެއް ނަގަމުން ސަމާސާ ކޮށްލިއެވ. މާޒިމް ކޯފީ ތަށިން ކޯވަރެއް ބޯލުމަށްފަހު ތުނބު ޖަހައިލިއިރު ހުުދު ހުދު ދަތްތައް ވިދައިލިއެވެ.

"ގަޑިން ކިހާ އިރެއް....ވަރަށް ލަސްވެއްޖެތަ؟..." އުރުޖުވާން ހޯދައިލީ އަނެއްކާވެސް ގަޑިއެވެ. މާޒިމް އޭނަގެ ފޯނު އުރުޖުވާން އަށް ދިއްކޮށްލަދިނެވެ.

"ކީއްވެ ހާސްވެފަ؟ހަމަޖެހިލައިގެން ކާންވާނީ...ތިހާ އަވަސް އަރުވާލާކަށް ނުވާނެ..." މާޒިމް އަށް އެ ކަންބޮޑުވުން ދެނެގަނެވުނެވެ. އުރްޖުވާން ފަސްޖެހުނެވެ. ކްރޮއިސަންޓަށް ބަލާލުމަށްފަހު މާޒިމްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

"މާޒިމް، އަހަރެން ގެއަށް ދާން ޖެހޭ... ބައްޕަ... އިއްޔެ ރޭ ގެއަށް ނުދިޔައިމަ..."އޭނާގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓަސް ވާހަކަދެއްކީ މަޑުންނެވެ.

މާޒިމް އޭނައާއި ދިމާލަށް ކުޑަކޮށް ގުދުވެލިއެވެ.. އޭނާގެ ލޮލުގައި ލޯތްބާއި ކުލުނުވިޔަސް އަޑުގައި ހަރުކަށިކަމެއް ވެއެވެ.

"އުރްޖުވާން، ވީ އާ މެރިޑް....އެންޑް ދެޓްސް އިނަފް އެކްސްޕްލެނޭޝަން..."

އުރުޖުވާން އިސްޖަހައިލިއެވެ.

"އައި ނޯ...ބަޓް ޓުޑޭއި..."އޭނަ އެ ވާހަކަ ބުނަން ފަސްޖެހޭގޮތްވިއެވެ.

މާޒިމް މޭޒުމަތިން އަތް ދިއްކޮށްލާފައި އޯގާތެރިކަމާއެކު އޭނާގެ އަތްތިލައިގާ ހިފެހެއްޓިއެވެ. އޭނާގެ އަތުގެ ހޫނުކަމާއިއެކު އިތުބާރާއި ޔަޤީންކަން އުރްޖުވާންއަށް ލިބުނެވެ. މާޒިމްގެ ހިތުގައި އުއްމީދުގެ ހުޅުކޮޅު ބޮޑުވިއެވެ.

"ޓުޑޭއި...ހމް؟..." މާޒިްމ އަހާލިއެވެ. އުރްޖުވާން ހިމޭނުް އިނދެ ކްރޮއިސަންޓުން ކުޑަ އެތިކޮޅެއް ކައިލިއެވެ.

" ސްކޭން އެޕޮއިންޓްމެންޓެއް މިއަދު އެބައޮތް."

މާޒިމްގެ ލޮލުން ފައުޅުވި ޝައުޤުވެރިކަން ފެނި، އޭނާގެ މޫނުމަތި އުފަލުން ފުރިގެން ދިޔައެވެ. އޭނަ އިށީނދެ އިންގޮތުން ތެދުވެ، އުފާވެރިކަން ނުފޮރުވިގެން އަހާލިއެވެ.

"އެހެންތަ؟ ކީއްވެ އަވަހަށް ނުބުނީ؟ އޮފްކޯޒް އައި ވިލް ޓޭކް ޔޫ..." މާޒިމްއަށް ހެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު