ބޭބީ ޕައުޑަރުން ކެންސަރު ޖެހުނު ކަމަށް ބުނާ މީހާކަށް 15 މިލިއަން ޑޮލަރު ދޭންޖެހިއްޖެ

ޖޯންސަން އެންްޑް ޖޯންސަން އިން އުފައްދާ ބޭބީ ޕައުޑާ. އެ ކުންފުނިން އުފައްދާ ޓަލްކް ހިމެނޭ އުފެއްދުންތަކުން ކެންސަރު ޖެހޭ ކަމަށް އެތައް ބަޔަކު ވަނީ ބުނެފައި. ފޮޓޯ/ރޮެއިޓާސް

ޖޯންސަން އެންޑް ޖޯންސަން (ޖޭއެންޖޭއެން) އިން އުފައްދާ ޓަލްކް ހިމެނޭ ކުޑަކުދިންގެ ބޭބީ ޕައުޑާ ދިގު މުއްދަތަކަށް ބޭނުންކުރުމުގެ ސަބަބުން މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކެންސަރު ބައްޔެއް ކަމަށްވާ، މެސޯތެލިއޯމާ ޖެހިފައިވާ ކަމަށް ބުނާ މީހަކަށް 15 މިލިއަން ޑޮލަރު ދައްކަން އެ ކުންފުންޏަށް އަމުރުކޮށްފިއެވެ.

އެމީހާއަށް ގެއްލުމުގެ ބަދަލު ދައްކަންޖެހޭނެ ކަމަށްވެސް ކޯޓުން ވަނީ ބުނެފައެވެ.

އިވާން ޕްލޮޓްކިން ކިޔާ މީހަކު އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފައި ވަނީ ވަނީ ޖޭ އެން ޖޭގެ ބެބީ ޕައުޑާ ބޭނުންކުރުމުން ބަލިވާ ކަމަށް ބުނެ 2021ވަނަ އަހަރުއެވެ.

އަންގާރަ ދުވަހުގެ ހުކުމް އިއްވާފައި ވަނީ އެ ކުންފުނީގެ ޓަލްކް ހިމެނޭ އުފެއްދުންތަކުން ކެންސަރުޖެހޭކަމަށް ބުނެ 62،000 އަށްވުރެ ގިނަ މީހުން ކުންފުންޏާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް ހައްލު ކުރުމަށް ނުވަ ބިލިއަން އެމެރިކާ ޑޮލަރު ހުށަހަޅައިގެން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ ކުންފުނިން މީގެކުރިން ވެސް ވަނީ ބައެއް ދައުވާތައް ހައްލުކޮށްފައެވެ.

ދޮގު މައުލޫމާތުތަކަކާއި ގުޅިގެން ކަމަށް ބުނެ ޓަލްކް ބޭނުންކޮށްގެން އުފައްދާ ބެބީ ޕައުޑާ ވިއްކުން ޖޯންސަން އެންޑް ޖޯންސަންއިން ވަނީ 2020ވަނަ އަހަރު އެމެރިކާގައި ހުއްޓާލާފައެވެ. އަދި 2022ވަނަ އަހަރު ވަނީ ދުނިޔޭގެ ފެންވަރުގައި އެ އުފެއްދުންތައް ވިއްކުން ނިންމާލުމަށް ރާވާފައިވާކަން ވެސް އިއުލާންކޮށްފައެވެ.

މިގޮތަށް ނިންމުމުގެ ކުރިން އެ ކުންފުނިން ބެބީ ޕައުޑަރު ވިއްކާތާ ގާތްގަނޑަކަށް 130 އަހަރު ވެއްޖެއެވެ. އެގޮތުން ކޯންސްޓާޗް ހިމެނޭ އުފެއްދުމުގެ ވާޝަނެއް މިހާރު ވެސް ވިއްކައެވެ. 2021ވަނަ އަހަރު ދައުވާތަކާ ހަވާލުވެ ސަބްސިޑަރީއެއް އުފެއްދި ފަހުން އެ ކޯޕަރޭޝަނުން އަންނަނީ ކޯޓުގައި ދައުވާ ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު