"ސޯޝަލް މީޑިއާގައި އެތައް ގަޑިއިރު ހޭދަކުރާއިރު ނަމާދުކޮށް އަދި ގުރުއާން ކިޔަވައިލާ އަޑުއަހަން ވަގުތު ނުލިބުމަކީ ހިތާމަހުރިކަމެކެވެ. ބޭކާރު ގޮތުގައި ވަގުތު ހޭދަކުރެވުނީތީ ހިތާމަ ކުރާނެ ދުވަހެއް އައިސްދާނެއެވެ. ދުނިޔެއަށް ފޮނުއްވީ އަޅުކަން ކުޅައުމަށެވެ."

***

އަހްމަދު ރުޅިން ދެ ބުމަށް ގޮށްޖަހާލައިގެން ހުރެ މީކާއިލްގެ މޫނުގައި ޖެހި އެތިފަހަރުން އޭނަ ހައިރާންވިއެވެ. ނަމަވެސް އިސް ޖަހާލައިގެން އޭނަ ހުރީ ބައްޕަ އަށް ކުރާ ގަދަރާއި އިހުތިރާމެއްގެ ސަބަބުންނެވެ.

" އުރުޖުވާން ވީ ތަނެއް ނޭގެން ވީ ކީއްވެ؟މާޒިމް އާއެކު ފޮނުވަންތަ އަހަރެން ބުނީ....ޖަވާބު ދީބަލަ..." ހޮސްޕިޓަލް ތެރޭގައި އަހްމަދުގެ އަޑު ގަދަވިއެވެ.

" އައި ވިލް އިންވޯލްވް ޕޮލިހުން މިފަހަރު...." އަހުމަދު އެހެން ބުނެލާފައި ކޮންމެވެސް މީހަކަށް ފޯނުން ގުޅައިލިއެވެ. އެވަގުތު ނާޝިދު އައި ރުޅީގައި އަހްމަދުގެ އަތުން ފޯނު އަތުލިއެވެ.

" އަހްމަދު މޮޔަވީތަ؟ އެއީ ދެމަފިރިންނޭ....އަދިވެސް ދަސްނުވަނީތަ؟ނާވިޔާ އަށް ޖެހުނު ހާލު އުރުޖުވާންއަށްވެސް ޖައްސަންތަ ބޭނުންވަނީ..." ނާޝިދު އަހްމަުދގެ ގިރުއާނުގއި ހިފައި ގާތަށް ދަމައިގަތެވެ.

"ނާވިޔާ މިކަމުގެ ތެރެއަށް ގެނައުމުގެ ހިޔާލު ވެސް ނުކުރާތި............." އަޙްމަދުގެ އަޑު ގަދަވިއެވެ. އޭނާގެ އަޑުގައި ރުޅިވެރިކަމާއި ހިތާމައިގެ އަސަރު ވެއެވެ. އޭނާގެ ލޮލުން ރައްކާތެރިކަމުގެ ހަރުކަށިކަން ފާޅުވިއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމަށް މަސައްކަތްކުރަމުން، އަޙްމަދު ގަމީސް ރަނގަޅުކޮށްލިއެވެ.

"ކީއްވެ ނުގެންނަންވީ؟ލަދުންތަ؟އަމިއްލަ މީހާގެ ކުށް ގަބުލުކުރެވޭތީތަ؟ނާވިޔާ...ނާވިޔާ މަރުވި ރޭގެ ހަގީގަތް އަހްމަދު ދެނަހުރިންތަ؟" ނާޝިދުއަށްވެސް އެވާހަކަ ދައްކަން ފަސޭހައެއް ނޫނެވެ. އަހްމަދު އޭނާގެ ނަޒަރު ހިންގައިލީ މީކާއިލް އާއި ހުޝަލް އަށެވެ. އެދެމީހުންގެ މޫނު މަތީން ފެންނަމުން ދިޔަ މަންޒަރުން އަހްމަދު އަށް ނޭނގި ކޮންމެވެސް ކަންތައްގަނޑެއް ހިނގައިދިޔަކަން އެނގުނެވެ.

"'ތިބުނީ؟" އަހްމަދު ނާޝިދު ކައިރިއަށް އެއް ފިޔަވަޅު ކުރިއަށް އަޅަމުން ސުވާލުކުރިއެވެ.

***

ކަލެއަށް އެންމެ ރެއަކު ވެސް ރަނގަޅަށް ނުހުރެވެނީތަ؟ ހަމައެކަނި އެންމެ ރެއެއް............" ފަރަހް ގެ އަޑު ހިނދަކަށްވުރެ ހިނދެއް ހަރުވިއެވެ. ޖައިލަމް ހުރީ މަސްތުވެފައި ކަމުން، ސާފުކޮށް ޖަވާބެއް ނުދެވުނެވެ. އޭނަ ކޮންމެވެސް އެއްޗެއް ބުނެލި ނަމަވެސް، އެއީ ކޮން އެއްޗެއްކަން ސާފެއް ނުވިއެވެ.

ޖައިލަމް ގެ ތުންފަތުގައިވި ޖެއްސުމުގެ ހުނުން ފެނި ފަރަހް އިތުރަށް ރުޅިގަދަވިއެވެ. މިފަދަ މަންޒަރުތަކަށް އާދަވެފައިވާ ޚާދިމުން، އެއިން އެއްވެސް ކަމެއް ނުފެންނަ ކަމަށް ހަދައިގެން ތިބީއެވެ. ފަރަހްގެ ރުޅިގަނޑު ގަދަވެ މައިތިރިނުވެދާނެ ވަގުތެއް އަންނާނެކަން ޔަގީންކުރެވި އެމީހުންވެސް ތިބީ ބިރުގެންފައެވެ.

" އެންމެ ކަމެއް. އެކަމަކު އެންމެ މުހިންމު ވަގުތު އެކަން ނުކުރެވުނު، ޔޫ ޖަސްޓް ހޭޑް ޓު ޕުލް ދަ ޓްރިގާ...." ފަރަހްގެ އަޑު މުޅި ހޯލުގައި ގުގުމަމުން ދިޔައެވެ. އޭނާ ލައިގެން ހުރި އުސް ފައިވާން ބާލާފައި ހޫރާލިއެވެ.

ކަންތައްތައް އެންމެ ގޯސްވާން އުޅުނު ވަގުތު، އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. އެއީ އެ ގޭގެ ހާދިމުންނަށް އެ ބަރު ޖައްވު ތެރެއިން ސަލާމަތުގެ ވާފަށެއްހެން އިވިގެން ދިޔަ އަޑެކެވެ. ފަރަޙް ހިމޭންވިއެވެ. ރުޅިއައިސްފައި ހުރެ، ސްކްރީނަށް ބަލާލިއެވެ. އެއީ ނޭނގޭ ނަންބަރެކެވެ. އޭނާ ކުޑަ ހިނދުކޮޅަކަށް ފަސްޖެހުނެވެ. ހިތުގައި އަދިވެސް ރުޅިވެރިކަމުގެ އަލިފާންގަނޑު އަނދަމުން ދިޔައެވެ.

"ހެލޯ؟" ކުރިން ހިނގި ހަމަނުޖެހުމުގެ ސަބަބުން އަދިވެސް އޭނަގެ އަޑު ގަދައެވެ.

"މިސް ފަރަޙް؟" ލައިނުން އިވުނީ މަޑުމައިތިރި އަޑެކެވެ. އެއީ ޑޮކްޓަރ ޔޫސުފްގެ އަޑުކަން ވަގުތުން އޭނަ ދެނެގަތެވެ. "އަޅުގަނޑު މިގުޅީ ޑޯނަރ ހޯދުމުގެ މަސައްކަތާ ބެހޭގޮތުން މުހިންމު ޚަބަރެއް ދޭންވެގެން........"

ފަރަޙް ހުއްޓުނެވެ. ޑޮކްޓަރުގެ ބަސްތައް އިވުމާއެކު ހިތުގެ ވިންދު މަޑުޖެހުނެވެ.

"ޑޯނަރެއް؟" އޭނާ ތަކުރާރުކޮށްލިއެވެ. އަޑު މަޑުވެފައި، ޔަޤީންކަން ނެތް ކަހަލަ ގޮތަކަށެވެ.

"އާދެ........" ޑޮކްޓަރ ޔޫސުފް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަޅުގަނޑުމެންނަށް ވަނީ ބޭނުންވާ ޝަރުތުތައް ފުރިހަމަވާ ޑޯނަރެއް ފެނިފައި. ވަރަށް މަދުން ފެންނަ މެޗެއް، އޭނާގެ ސިފަތައް މާޒިމްއާ ވަރަށް އެއްގޮތް..............."

ފަރަޙްގެ އަތުގެ ހިފުން ފޯނުގައި ބާރުވިއެވެ. އަދި ކުޑަ ވަގުތުކޮޅަކަށް، އޭނާ ވަށައިގެން ކޮޓަރި ދައުރުވާހެން ހީވިއެވެ. މާދަން ހެނދުނަށް ހުރިހާ އިންތިޒާމެއް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދެމުން ފޯނު ކަނޑާލުމުން ފަރަހް މޮޔައެއް ހެން މުޅި ތަނުގައި ދުވަމުން ދިޔައެވެ.

"އަތް ޖަހާ....މިއުޒިކު ވެސް..." ފަރަހް އޭނާގެ ހާދިމުންނަށް ކޮށްލީ އަމުރެކެވެ. އެމީހުންވެސް ޖެހިލުންވެ ތިބެ ނަމަވެސް ފަރަހް އެދުނު ގޮތަށް ކަންތައް ކޮށްދިނެވެ.

" އިޓްސް ގޮނަ ހެޕެން....ޑާލިން ޑޭޑް...." ޖައިލަމް ގެ ކޮލުގައި ހިފާލަމުން ފަރަހް އުފާވެލާފައި ބުނެލިއެވެ.

***

ފަހަދްގެ ހިތުގައި އަނދަމުންދިޔަ ބަދަލުހިފުމުގެ އަލިފާން ދުވަހެއް ދުވަހެއް ދިޔައީ ގަދަވަމުންނެވެ. އޭނާގެ ކޮންމެ ހަރަކާތަކީ، ކޮންމެ ލަފުޒަކީ،ފަރަހްގެ ދޮގުތައް ފޫއަޅުވާލުމަށް އަޅާ ފިޔަވަޅެކެވެ. އޭނަ ކެތްތެރިކަމާއި، ފަރުވާތެރިކަމާއެކު، ހުރިހާ ހެކިތަކެއް އެއްކުރަމުންދިޔައެވެ. އޭނާގެ މަޤްޞަދަކީ ހަމައެކަނި ފަރަހްގެ ޢަމަލުތައް ފަޟީހަތް ކުރުމެއް ނޫނެވެ. އެއަށްވުރެ މާ މުހިންމު ކަމެއް ކުރުމެވެ. އިންސާފެވެ. އޭނާގެ ނުބައިކަމުން ހަލާކުކުރަމުންދާ ދިރިއުޅުންތަކަށެވެ. މާޒިމް އާއި އުރުޖުވާން އަށް ޙަޤީޤަތް ހާމަކޮށް ދުނިޔޭގެ އިންސާފު އެ މީހުންނަށް ލިއްބަިއދިނުމެވެ. ފަރަހް އަށް ހައްގު ޖަޒާ ލިބުމަށެވެ. އޭނަ ފަރަހް ދެކެ ވީ ލޯތްބަށް ވީ ބޭވަފާއާއި ދިން ކެހި އޭނާގެ ހިތަކުން ދުވަހަކު ފިލައި ނުދާނެއެވެ.

" ވަރަށް އަޖާއިބު ވޭ.... ހުރިހާ ކަމެއް އެނގި ހުރެ ފަހަދް ތި ވާހަކަތައް އެންމެނަށް ހާމަ ނުކުރާތީ؟....އާންޓް ޔު އޯލްސޯ ޕްލޭއިްނގް އަ ގޭމް..." ޑޮކްޓަރ ޔޫސުފް ވަރަށް ކަންބޮޑުވުމާއެކު ސުވާލުކުރީ ފަހަދްއާއެވެ.

" ބުނެލާ ބަހެއްގެ ކޮން އަގެއް އޮތީ؟....އައިމް ކަލެކްޓިން އެވިޑެންސް....އިންސާފު ހޯދައިދެވޭނީ ވަރަށް މަސައްކަތުން....ޑޮކްޓަރ އަހަންނަށް ތިކުރި އިތުބާރަށް ވަރަށް ޝުކުރު އަދާކުރަން.....އައި ސްވެއަ ޓު ގޯޑް....ދިސް އިޒް ފޯ އަ ގުޑް ކޯސް...." ފަހަދް ޔަގީންކަން އެރުވިއެވެ.

" އައި ނޯ....މުދަލާއި ފައިސާ ވެރިންނަށް ދުނިޔޭގެ ކޮންމެފަދަ ބާރަކުންވެސް ސަލާމަތްވާން ފަސޭހަ ވެދާނެ....."އޭނާގެ އިތުބާރު ފަހަދްއަށް އޮތް ކަން ހާމަކުރިއެވެ.

***

" ސޯ؟އާ ޔޫ ވިތް މީ؟" މާޒިމް ސުވާލުކޮށްލިއެވެ. އުރުޖުވާންގެ މޫނުން ހާސްކަން ފެނުނު ނަމަވެސް ބޯ ޖަހައިލީ އެއްބަސްވެލަމުންނެވެ. ފަރަހްއަށް އޮޅުވާލުމަށް އޮތް ހަމައެކަނި ގޮތަކީ އެ ދެމީހުންގެ ދެމެދުގައި އަދިވެސް ކަންކަން ޔަޤީންނުވާކަމުގެ ސިފަ ދެއްކުމެވެ.

" ވައި ކާންޓް އެވްރީތިންގް ބީ އީޒީ....އަނެއްކާ އޮޅުންބޮޅުންގަނޑަކަށް މިކަންތައް ނުވާނެތަ؟..." އުރުޖުވާން ހާސްވިއެވެ. މާޒިމް އެދުނީ އެއް މަހުގެ މުއްދަތެކެވެ. އޭނާގެ ލޮލުގައިވީ އުއްމީދާއި ކަންބޮޑުވުން އެއްވެފައިއެވެ.

" ޓްރަސްޓް މީ އައި ނޯ ވަޓް އައިމް އަޕް ޓު...." މާޒިމް އޭނާއަށް އިތުބާރުކުރުމަށް އެދުނެވެ.

" ޓްރަސްޓް...ވަރަށް ބޮޑު ލަފްޒެއް...." އުރުޖުވާން އިސްޖަހާލިއެވެ. ހިތް އެދެނީ މާޒިމް އަށް ބަރޯސާ ކުރުމަށް ނަމަވެސް އެއީ އޭނާގެ ސިކުނޑި އެކަމަކށް ފަސްޖެހޭ ކަމެކެވެ. މާޒިމްގެ ހިތަށް ކުޑަކުޑަ ހިތްދަތިކަމެއް އިހުސާސްވިއެވެ. ނަމަވެސް އޭނާއަށް އެކަން ވިސްނުނެވެ. އޭނާ އަމިއްލަ ނަފްސު ސާބިތުކުރަންޖެހޭނީ ހަމައެކަނި ބަހުން ނޫނެވެ. ޢަމަލުންވެސް މެއެވެ. މިއީ ހަމައެކަނި ލޯބީގެ މައްސަލައެއް ނޫނެވެ. މިއީ ވަފާތެރިކަމާއި، އިތުބާރާއި އަދި ހެއްދެވި ފަރާތުގެ ރުއްސެވުމާއި ފާފަފުއްސެވުމަށްވެސް އޮތް އިމްތިހާނެކެވެ.

"އަހަރެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން،" މާޒިމް މަޑުމައިތިރިކޮށް ބުންޏެވެ، އޭނާގެ އަތް މަޑުމަޑުން އުރްޖުވާންގެ އަތުގައި ހިފަމުންބުނެލިއެވެ.

"އަހަރެން ކުށްތަކެއް ކޮށްފިން، އެކަމަކު އެ ކުށްތައް އަލުން ނުކުރާނަން."

އުރްޖުވާން އެ ދެމީހުންގެ ގުޅިފައިވާ އަތްތަކަށް ބަލައިލިއެވެ. އޭނާގެ ހިތުގައި ހޫނުކަމެއް ފެތުރިގެން ދިޔަ ނަމަވެސް، އެކަން ދައްކާކަށް ނޭދުނެވެ. އަދިއެއް ނޫނެވެ. އޭގެ ބަދަލުގައި، އޭނާ ކުޑަކޮށް ބޯޖަހާލިއެވެ.

"އެހެންވިއްޔާ ބަލަމާ ކިހާ ހިސާބަކަށް ދާން ތިޔަ ތައްޔާރަށް ހުރީ، މާޒިމް ބަޓް ކީޕް ދިސް އިން މައިންޑް... މިއީ އަހަރެމެން ދެމީހުންނަށް ވެސް އިމްތިހާނެއް."

މާޒިމް އޭނާގެ އަތުގައި މަޑުމައިތިރިކޮށް ބާރުކޮށްލިއެވެ، އޭނާގެ ހިތް ބަރުވެފައިވީ ނަމަވެސް އަޒުމް ވަރުގަދައެވެ. އޭނާ އުރްޖުވާންދެކެ ލޯބިވާކަން ސާބިތުކޮށްދޭނެއެވެ. އެއީ އެކަމަށް ކޮންމެ އަގެއް ދައްކަން ޖެހުނު ނަމަވެސްމެއެވެ.

***

މަދީނާ ކިތަންމެ ބާރަށް ލޯ މަރާލައިގެން ނިދަން މަސައްކަތް ކުރިޔަސް، މީކާއިލްގެ ޚިޔާލުތައް ހިތަށް ވެރި ވަމުންދިޔައެވެ. މިރޭ އިހުސާސްކުރެވުނު އާދަޔާ ޚިލާފު، ކުއްލި އިހުސާސެވެ.

އޭނާ އަނެއްކާވެސް ފޯނު ނެގިއެވެ. މީކާއިލްގެ މެސެޖެއް އައިތޯ ބެލުމަށެވެ.

"އަޕްޑޭޓް ދޭނަމޭ ބުނެފަ...ވައި އިޒް ހީ ނޮޓް ޓެކްސްޓިން؟"

ހުޝަލް ގުޅާފައި މަންމަގެ ބަލި ރަނގަޅުވަމުންދާކަމުގެ ޚަބަރު ދީފައިވީ ނަމަވެސް، މީކާއިލްގެ އަޑު އަހާލަން ބޭނުންވާ ކަހަލަ އިހުސާސެއް އުފެދެމުންދިޔައެވެ. މަދިނާ އަމިއްލަ ނަފްސަށް ބަހަނާ ދައްކާލިއެވެ. މިކާއިލް ވަޓްސްއަޕަށް ލާފައި ހުރި ޕްރޮފައިލް ފޮޓޯ ބަލައިލަން ބޭނުންވިއެވެ. އެއީ ބުޅަލެއްގެ ފޮޓޯއެކެވެ. މަދީނާ ވަރަށް ފަރުވާތެރިކަމާއެކު ފޮޓޯ ބަލަން އުޅުމުންވެސް ފިތުނީ ކޯލް ބަޓަންއަށެވެ. ރިންގު ވާން ސިކުންތެއް ވެސް ނުނަގަނީސް މިކާއިލް ފޯނަށް ޖަވާބުދިނެވެ. މަދީނާ އަށް ތޫނުކޮށް ހަޅޭއްލަވައިގަނެވުނެވެ.

" ކިހިނެއްވީ؟ވަގަކު ވަނީތަ؟އާ ޔޫ އޯކޭ؟" މީކާއިލް ގެ އަޑުގައި ހާސްކަން ވިއެވެ. މަދީނާ ހިނދުކޮޅަކަށް އަނގައިން ނުބުނެ ހުރެވުނީ ނޭވާ ހަމަޔަކަށް އެޅުވުމަށެވެ.

"ނޮ ނޯ...މިބުނީ އައިމް ފައިން...ސިއްސައިގެން ދިޔައީ...." މަދީނާއާ ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގުނެވެ. މީކާއިލް ފުން ނޭވާ އެއް ދޫކޮށްލި އަޑުއިވުނެވެ.

"އޯކޭ ބާއްވަނީ..." މަދީނާ އަވަހަށް ފޯނު ބާއްވަން ބޭނުންވީ މިކާއިލް ހަރުކަށި ޖަވާބެއް ދޭނެ ކަމުގައި ހީވެފައެވެ.

"ނޯ...ވެއިޓް..." މިކާއިލްގެ އަޑު މަޑެވެ. އޭނަ ހުރީ ވަރަށް ހިމޭން ތަނެއްގައިކަން މަދީނާ އަށް ވިސްނުނެވެ. މަދީނާ ހަމަޖެހިލައި އިށީނީ އެނދުގައެވެ. އެކަމަކު އޭނާގެ ހިތް އޮތީ އަތް މަތިއެވެ. އެހާ ބާރަށް ހިތް ތެޅެންވީ ސަބަބެއްވެސް ނޭނގެއެވެ. ދޭނެ ޖަވާބެއް ވެސް ނޭނގިފައި އިންއިރު ނިތުން ދާ ހިއްލަން ފެށިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު