Ooredoo

އާލިއާ ފިލްމު 'އިންޝާ ﷲ" އުފައްދާނެ ދުވަހެއްގެ އިންތިޒާރުގައި

ޕްރޮޑިއުސަރު ސަންޖޭ ބަންސާލީ ބަތަލާ އާލިއާ ބަޓްއާ އެކު--ފޮޓޯ/ޕިންކްވިލާ

ޕްރޮޑިއުސަރު/ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު ބަތަލާ އާލިއާ ބަޓް ފުރަތަމަ ސޮއިކުރި ފިލްމު "އިންޝާﷲ" އަކީ ވަރަށް ރީތި ލޯބީގެ ވާހަކައަކަށް އުފައްދަން ނިންމި ފިލްމެއް ކަމަށާއި އެ ފިލްމު އުފައްދާނެ ދުވަހަކަށް އަދިވެސް އިންތިޒާރުކުރެވޭ ކަމަށް އާލިއާ ބުނެފިއެވެ.

ADK GENERAl

މިއީ ފިލްމީ ތަރި ސަލްމާން ޚާންއާ އެކު އާލިއާ ކުޅެން ހަމަޖެހުނު ފިލްމެކެވެ. މި ފިލްމުގައި ސަލްމާން ކުޅެން ހަމަޖެހުނީ އުމުރުން 40 އަހަރުގެ ވަރަށް ކާމިޔާބު ވިޔަފާރިވެރިއެއްގެ ރޯލެވެ. ފިލްމުގައި ކުޅެން އާލިއާއަށް ހުށަހެޅުނު ރޯލަކީ އުމުރުން 20 އަހަރުގެ އަންހެންކުއްޖެއްގެ ރޯލެކެވެ.

ސަންޖޭ ލީލާ ބަންސާލީއާ އެކު އާލިއާ އަންނަނީ ފިރިމީހާ ރަންބީރު ކަޕޫރު އަދި ވިކީ ކޯޝަލް ހިމެނޭ ފިލްމު "ލަވް އެންޑް ވޯ"ގައި މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ފިލްމު "އިންޝާﷲ"އަކީ އާލިއާ ވަރަށް ބޮޑަށް ޝައުގުވެރިވި ފިލްމެއް ކަމަށާއި ކޮންމެވެސް ދުވަހަކުން ސަންޖޭ އެ ފިލްމު އުފައްދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ސަލްމާން ޚާން އަދި އާލިއާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ދާދިފަހުން ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ފިލްމު "އިންޝާﷲ"ގެ މަސައްކަތް ހުއްޓާލަން ޖެހުނު ޚަބަރު އާލިއާއަށް ދިނުމާއެކު ބަތަލާ ވަރަށް ރުއި ކަމަށެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ހޮލީވުޑް ރިޕޯޓާ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ސަންޖޭ ބުނީ އާލިއާއާ އެކު އެންމެ ފުރަތަމަ މަސައްކަތް ކުރަން ނިންމި ފިލްމަށް 2021 ވަނަ އަހަރުތެރޭ ވަރަށް ގިނަ ތައްޔާރީތައްވި ކަމަށެވެ.

ނަމަވެސް ފިލްމުގެ މަސައްކަތް ފެށިތާ ހަފުތާއެއްހާ ދުވަސް ފަހުން ފިލްމުގެ މަސައްކަތް ހުއްޓާލަން ޖެހުނީ ސަލްމާން ޚާން އެ ފިލްމުން ވަކިވުމުން ކަމަށް ސަންޖޭ ވަނީ ބުނެފައެވެ. ބައެއް ފިލްމީ ޚަބަރުތައް ބުނާގޮތުން ސަލްމާން ފިލްމު ދޫކޮށްލީ އާލިއާއާ އެކު ލޯބީގެ މަންޒަރުތައް ނަގަން އުނދަގޫވުމުންނެވެ.

Redstar
comment ކޮމެންޓް

comment އާދަމް

6 month 1 week ago

މިއިން އެނގެނީ ރީތި ޝިޢާރެއް ނަމެއް ދީފައި ކޮންމެ ފަދަ އެއްޗެއްވެސް އެމީހުން ހަދާނެކަން. މިފަދަ ނަންތައް އެ ދެނީ ވީހާވެސް ގިނަ ބަޔަކު ފިލްމު ބަލަން މާކެޓް ހޯދަން. ނަމަވެސް، ފިލްމުގެ ޕްރޮޑިއުސަރަކީވެސް ފިލްމުގެ އެކްޓަރުންނަކީވެސް ރޯ މުޝްރިކުން. އެމީހުންގެ ދީނާއި ސަޤާފަތާއި ޑައިލޮގާއި މަންޒަރުތައް ފިލްމުގައު ދައްކައިދޭނީ.