މިއަހަރުގެ ބާ އިމްތިހާނު 183 ކެންޑިޑޭޓުންނާއެކު ވިލާ ކޮލެޖުގައި ބާއްވައިފިއެވެ.
ބާ އިމްތިހާނުން ފާސްވުމަކީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ގާނޫނީ ވަކީލަކަށް ވުމަށް ކަނޑައަޅާފައިވަ ތިން ޝަރުތުގެ ތެރެއިން އެއް ޝަރުތެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދަން ބޭނުންވާ ފުރަތަމަ ޝަރުތާއި ދެވަނަ ޝަރުތަކީ:
- ބާ ކައުންސިލުން ގަބޫލުކުރާ، ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީއެއް ހާސިލްކުރުން
- ގާނޫނީ ދާއިރާގައި އަމަލީ ތަޖުރިބާ ހޯދުމަށް ފުރިހަމަކުރަން ޖެހޭ ލައިސަންސިން ތަމްރީނެއް ފުރިހަމަކުރުން
ބާ އިމްތިހާނަކީ ގާނޫނީ ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ އިލްމާއި ހުނަރު، ދާއިރާއަށް އަލަށް ނުކުންނަ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށް ދެވޭ އިމްތިހާނެކެވެ. މި އަހަރުގެ އިމްތިހާނުގައި މައިގަނޑު ހަ ދާއިރާއަކުން ސުވާލު ހިމަނައިފައި ވެއެވެ. އެއީ:
- ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް
- ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ
- ލޭންޑް ލޯ އެންޑް ޕްރެކްޓިސް
- ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ
- ޓޯޓް ލޯ
- މޯލްޑިވިއަން ލީގަލް ސިސްޓަމް
މި އިމްތިހާމުގައި އިނގިރޭސި ބަހުން އަދި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ 120 މަލްޓިޕްލް ޗޮއިސް ސުވާލު ހިމަނާފައި ވެއެވެ.
ވަކީލު ކަމުގެ ހުއްދަ ހޯދުމަށް، ބާ އިމްތިހާނު ފުރިހަމަކުރަން ޖެހޭ ގޮތަށް ހަމަޖެއްސީ 2019ވަނަ އަހަރުގެ ތެރޭގައެވެ. ރާއްޖޭގައި ފުރަތަމަ ބާ އިމްތިހާނު ހެދީ 2021ވަނަ އަހަރެވެ.
މި އަހަރު އިމްތިހާނު ހެދި ދަރިވަރުންނާއެކު މިހާތަނަށް ބާ އިމްތިހާނު ހެދި ދަރިވަރުންގެ އަދަދު 505އަކަށް އަރާފައިވާކަމަށް ބާ ކައުންސިލުން ބުންޏެވެ.
comment ސސ
6 month 3 day ago
ވަކި ބައިގަޑެއް ކޮންޓުރޯލް ކުރަމުން ދިޔަކަމެއް އަތަށް ގޮވީމާ އަދިވެސް މިއުޅެނީ ކުޑަކޮށް ހިފާލަން، މުޅި ރާއްޖެ އެންމެން ލޯޔަރުންނަށް ވުމުގެ ފުރުސަތު ހަނިކުރަން ހިގާ ކަންކަން، ބާކައުންސެލް އަކީ ލޯ ްެކެޑެމީއެއްތޯ އިމްތިހާނުދޭން، ބަލަ އިމްތިހާނު ނެގޭނީ އެޑެމިކް ތަންތަނުގައި، ދަރިވަރުން އެކެޑެމިކް ތަންތަނުން ކިޔަވާފަ އިމްތިހާނު ހަދައިގެން ޔުނިވާރސިޓީ ސަނަދު ހާސިލް މިކުރަނީ ދެންކޮން ސަކަރާތެއް މިޖަހަނީ، ޔުނިވާރސިޓީގައި ކިޔަވާދެނީވެސް ބާކައުންސެލް ބުނާ ސިލަބަސްތަކަށް !
comment މރކ އނބ
6 month 3 day ago
ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު ބޭއްވީ 2022 ވަނަ އަހަރު. މިއީ 3 ވަނަ ބާ އިމްތިހާނު.