"ދުނިޔެއަށްވުރެ އާޚިރަތް ހޯދަން މަސައްކަތްކުރާށެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. "

***

"މިއަދުން ފެށިގެން މީހުން އެމީހުންގެ އަސްލު ސޫރައިގައި ފެންނަން ފެށީނު.....ނޯ މޯ ހައިޑިން....ދޯ އަހެދް..." މުރުތަސިމް ބުނެލި ގޮތުން ޒަހްރާގެ ހިތުގައި ހާސްކަން އިތުރުވިއެވެ. އަހެދް އެއްވެސް އެއްޗެއް ނުބުނެ ރަކިވެފައި ހުރި އިރު އޭނާގެ ހިތް ނުތަނަވަސްވާންފެށިއެވެ.

" ހޫން އޭރުވެސް މަށަށް އެނގެޔޭ...." ސަކީނާ އޭނާގެ ޖުމްލަ ފުރިހަމަ ނުކޮށް އަނގަޔށް ގޮތެއް ހަދައިލިއެވެ. އަހެދް އަށް އޭނާގެ އަމިއްލަ ނަފްސުގެ އަގެއް ނެތް ކަމުގެ އިހުސާސް ކުރެވެން ފެށުނެވެ. އެ މަލާމާތަށް ހަމްދަރުދީވެފައި ބަލަން ހުރެވުނީ ބާބިލް އަށެވެ..

"ކޮބާ...ލަސްވަނީ ނު...ލެޓްސް ގޯ...." އަލްބާން އަވަސްކުރަން އެންމެން ގާތު ބުނަމުންދިޔައެވެ. އޭރު މެހެމާނުން ގެ އިތުރުން މައިރާ އާއި ޒަވިޔާގެ ކައިވެނި ކޮށްދިނުމަށް ކޯޓުގެ ގާޒީންވެސް . ހާޒިރުވެ ތިބި އެންމެންގެ މޫނު ތަކުން ފެންނަމުން ދަނީ އުފާވެރިކަމާއި ތައުރީފެވެ.

މުޅި މާލަމް ހަމަހިމޭންވެގެން ދިޔައިރު އެންމެންގެ ނަޒަރު ހުއްޓިފައިވީ އެ ދެމަފިރިންނަށެވެ. މުރުތަސިމްގެ އިސްކޮޅާއި ރޫފަ އަދި މޫނުގެ ފިރިހެންވަންތަ ސިފަތަކަކީ އާންމު ގޮތެއްގައިވެސް މީހުންގެ ސަމާލުކަން ފަސޭހައިން ދަމައިގަންނަ ރީތިކަމެކެވެ. ނަމަވެސް މިއަދު އެންމެންގެ ލޯތައް ތަރަތަރަޖަހައިގެން ދިޔައީ އަހެދް ފެނިފައެވެ. އެމޫނު ދެކިލާ ހިތުން ތިބި އެތައް ބަޔަކަށް އެ ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. އުންމީދު ނުކުރާފަދަ ރީތިކަމެއް އެ މޫނުބުރުގާތެރޭގައި ފޮރުވާފައިވީތީ އެންމެން ހައިރާން ވިއެވެ. ހަވީރުގެ ރަން ދޯދިތައް އެޅި އަހެދްގެ ހުދު ހަން އާދަޔާ ހިލާފަށް ދިއްލިފައިވިއެވެ. އޭނާގެ ޖަންބު ކުލައިގެ ކޯތާފަތް، ދޮންކުލައިގެ މޫނުމަތީގައި ވަރަށް ރީތިކޮށް ފައުޅުވާން ހުއްޓެވެ. ކަޅިރަވައިގައި އަޅާފައިވާ އަނދުނުން އޭނާގެ ބޮޑު ކަޅު ލޮލުގެ ރީތިކަން އިތުރަށް ފުރިހަމަކޮށްލަދިނެވެ. ނަމަވެސް، އެ ލޮލުގައި ކުޑަ ބިރުވެރިކަމަކާއި ސިހުމެއްވިއެވެ. މަޑު ފިޔާތޮށީގެ ތުންފަތުގައި ކުޑަ ހިނިތުންވުމެއް ވެރިވެފައިވީ ނަމަވެސް، އެ ހިނިތުންވުމުގައިވީ ނުތަނަވަސްކަން ވަނީ ސިއްރުކުރެވިފައެވެ. މުރުތަސިމްއަކީ ދިގު، ފުރިހަމަ ޖިސްމެއްގެ ވެރި، ރީތި ޒުވާނެކެވެ. އޭނާގެ ކަޅު އިސްތަށިގަނޑު ރީތިކޮށް ބަހައްޓާފައިވާއިރު، އޭނާގެ ކަޅު، ތޫނު ލޮލުގައި ނުރުހުމުގެ ކުލަ ވަރަށް ސާފުކޮށް ފެނެއެވެ. އަގުބޮޑު، ރީތި ސޫޓުން އެ ފުޅާ ސީދާ ކޮނޑުގެ ހައިބަތު އިތުރުކޮށްދޭފަދައެވެ. އޭނާގެ ވަރުގަދަ އަތްތަކުން އަހެދުގެ އަތުގައި ހިފަހައްޓާފައިވާ ގޮތުން، އެ ހިތުގެ ފުންމިނުގައި އޮތް ރުޅިވެރިކަން އަހެދް އަށް އަންދާޒާ ކުރެވުނެވެ. މުރުތަސިމްގެ ބާރު ހިފެހެއްޓުމުގެ ސަބަބުން އަހެދުގެ ނާޒުކު އަތަށް ރަތްކުލަވެރިވިއެވެ. ހިތަށް ވެރިވި ބިރުވެރިކަމުން އެ ފިޔާތޮށި މަލުގެ ފިޔަފަދަ ތުންފަތް ކުޑަކޮށް ތުރުތުރުލާން ފެށިއެވެ. އަހެދުގެ ހިތުގެ ވިންދު އިންތިހާއަށް އަވަސްވެފައިވާއިރު، މުރުތަސިމްގެ ނޭވާލުން ހުރީ ރުޅިވެރިކަމުން ބާރުވެފައެވެ.

"ކައުންޓް ޔުއަރ ޑޭސް............." މި ބަސްކޮޅުގެ މާނަ ދެނެގަތުމަށް އަހެދު ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، މުރުތަސިމްގެ ލޮލުގައި ފެންނަ ނަފުރަތުގެ ބަލައިލުމުން އޭނާގެ ހިތުގެ މިސްރާބު ގެއްލިގެން ދިޔައެވެ.

މަޖިލީހުގައި ތިބި އެހެން މީހުންނަށް މި ދެމީހުންގެ ދެމެދުގައި އޮތް މި ނުތަނަވަސް ކަމުގެ ބޮޑުކަން ރޭކާ ނުލި ނަމަވެސް، އެ ދެމީހުންގެ ކުރިމަގު އޮތީ ނުރައްކާތެރި ދަތުރެއްގެ ފެށުމުގައި ކަން އަހެދް އަށް ސިފަވިއެވެ. ގާޒީ ޒަވިޔާރު އާއި މައިރާގެ ކައިވެނިކޮށްދޭން ފެށީ އެވަގުތުގައެވެ. މައިރާގެ ރީތި ސާފު މޫނުގައި އެއްވެސް މޭކަޕެއް ހާކާފައި ނުވިޔަސް އެ ލޮލުގައިވީ މަޑު ފެހި ކުލަ މޫނު ޖަރީ ކޮށްދިނެވެ.

މައިރާ އާއި ޒަވިޔާގެ ކައިވެނީގެ ޚުތުބާ އަޑުއަހަން ހިމޭންކަމާއި އިހުތިރާމްއާއިއެކު ތިބި ހުރިހާ މެހުމާނުންގެ ސަމާލުކަން ހުރީ ކައިވެނީގެ މޭޒުގައި ތިބި ދެމަފިރިންގެ މައްޗަށެވެ. އެކައިވެނި ނިމުމުން ހިނިތުންވުމާއި، އަތްޖެހުމާއި، ހިތުގެ އިޙްސާސްތަކުން އެތަން ފުރިގެންދިޔައެވެ. ލޯބިވުމާއި އެއްބައިވަންތަކަމުގެ ރީތި މަންޒަރެކެވެ. ނަމަވެސް މި އުފާވެރި މަންޒަރުގެ ތެރޭގައި، އެއްފަރާތެއްގައި މަޑުމަޑުން އިށީނދެގެން ތިބީ މުރުތަސިމްް އާއި އަހަދުއެވެ. އެމީހުންގެ ފުރުސަތަށް އިންތިޒާރުކުރަމުންނެވެ. އެ ދެމަފިރިން ތިބީ އެ ދެމީހުންނަށް ހާއްސަކޮށްފައިވާ މޭޒުގައެވެ.

މުރުތަސިމްގެ މޫނުމަތީގައި ވަނީ ހަރުކަށި ކަމެކެވެ. ކޮންޓްރޯލްކުރަން އުނދަގޫވާ ވަރުގެ ނުރުހުމަކާއެކު ދަތްދޮޅިއަށް ބާރުކޮށްގެންނެވެ. އޭނާއާއި ޖެހިގެން އިށީނދެގެން އިސް ޖަހާލައިގެން އިން އަހެދް ދެއަތް ދެއަތަށް މޮޑެމުން ދިޔައެވެ. އެ ދެމީހުންގެ މެދުގައި އުފެދެމުންދާ ނުބުނެވޭ ވަރުގެ ހަޅުތާލުގެ ބުރަދަނުން އޭނާގެ ހިތް ބަރުވެގެންދިޔައެވެ. ކުއްލިއަކަށް، މުރުތަސިމް އަހެދްގެ އަތުގައި ހިފިއެވެ. ތަދުވާހާ ބާރަށެވެ. ސިހުމަކާއެކު އަހެދް އޭނާއަށް ބަލާލެވުނެވެ. އަހެދުގެ ބޮޑުވެފައިވާ ލޮލާއި މުރުތަސިމްގެ ހަރުކަށި ނަޒަރާ ބައްދަލުވިއެވެ. ނަމަވެސް އަހެދް އެއްޗެއް ބުނުމުގެ ކުރިން، މުރުތަސިމް ގުދުވެފައި ފިނިވެފައިވާ އަޑަކުން ސިއްރުން ބުންޏެވެ، " ކަމް ވިތް މީ...".

ރަސްމިއްޔާތުގައި އަވަދިނެތި ތިބި މެހުމާނުންނަށް ނުފެންނަ ހިސާބަށް އެމީހުން ދިޔައިރު، އަހެދުގެ ހިތުގެ ވިންދު ބާރުވެގެންދިޔައެވެ. ބަގީޗާގެ މަޑުމައިތިރި ހިމޭން ހިސާބަކަށް އެ ދެމީހުންނަށް ދެވުނެވެ. އެއީ ފުރަތަމަ ފަހަރަށް އެދެމީހުން ބައްދަލުވި ތަނެވެ. ވެލްވެޓތް މޭންޝަންގެ ގްރިންހައުސްއެވެ. މުރުތަސިމް ގެ ސިކުނޑީގައި އެދުވަސް ކުޅެވެމުންދިޔައިރު އޭނާގެ ހިތުގައި އަނދަމުންދާ ހުޅުގަނޑު ބޮޑުވިއެވެ. އަހެދް އޭނާގެ އަތް ވީއްލަން ގަދަ ހަދާލިއެވެ. އަތުގައި އަޅާފައި އޮތް ތަނޑި އަތަށް ހެރޭ ހެން ހީވިއެވެ.

"ލެޓް ގޯ އޮފް މައި ހޭންޑް...." އަހެދް އަޑު ހަރުކޮށްލިއެވެ. މުރުތަސިމް އަހެދް ގެ އަތް ވިއްލީ ކުއްލިއަކަށެވެ. އެ ލޯ ވަނީ އަހެދް ގެ ލޮލަށް އަމާޒުވެފައެވެ. އަލިފާނުގެ ބެލުމެކެވެ. އަހެދްގެ މޫނުން ފެންނަ ތަދު މުުރުތަސިމްގެ ހިތް މަޑުކުރުވާތީ އެކަމާވެސް އަމިއްލަ ނަފްސް ކުށްވެރިކޮށް ރުޅި އާދެވުނެވެ. އަހެދް ގެ އެ މައުސޫމު މޫނުގައި ފޮރުވިފައިވަނީ މަކަރުވެރިކަން ކަމަށް ނަފްސަށް ޔަގީންކޮށްދެން ޖެހޭ ފަހަރު މަދެއް ނޫނެވެ. އަހެދް އޭނާގެ ރަތް ވެފައިވާ އަތުކުރީގައި ފިރުމާލިއެވެ.. މުރުތަސިމްގެ ލޮލުގައިވާ ރުޅިވެރިކަމާއި ނަފްރަތު ފެނި އަހެދް ގެ ހިތް ބަލިކަށިވިއެވެ. ލޯބިން ފުރިގެންވީ ބެލުމާއި ހިތްހެޔޮ ހިނިތުންވުން ދެކިލަން ހިތް އެދެވެއެވެ. އެކަމަކު އެއީ މިހާރު ދުރުގައިވީ ހުވަފެނެކެވެ. އޭނަގެ ހިތުގައި މުރުތަސިމް އާއިމެދު އުފެދިފައިވާ އިހުސާސްތަކަށް އިންކާރުކުރުމަށް ބާރުއެޅިއެވެ.

" ދިސް އިޒް ޖަސްޓް އަ ޝޯ......މި ކައިވެނީގެ އެއްވެސް މާނައެއް ނެތް....ތިން މަސް...ޖަސްޓް ތްރީ މަންތްސް..." މުރުތަސިމް ގެ ޝަހާދަތް އިނގިލި އަމާޒުވެފައިވީ އަހެދް ގެ މޫނަށެވެ.

" ތްރީ މަންތަސް ފޯ ވަޓް...ކޮބާ ބޭނުމަކީ؟" ސަބަބު އެނގެން ބޭނުންވެފައި އަހެދް އަށް ސުވާލުކުރެވުނެވެ. މުރުތަސިމް ޖަހާލީ ހިނިގަނޑެކެވެ.

" ހަމަ ހައިރާންވޭ.....ތިހެން ސުވާލުކުރަން ކެރޭތީީވެސް ހަމަ އަންތަރިސް ކުރުވާ.....ޔޯ ފޭސް ޑޯންޓް މެޗް ޔޯ ޕާސަނާލިޓީ...." މުރުތަސިމް ބުނެލިއެވެ. އަހެދްގެ އަތް މުށްކަވާލެވުނެވެ.

"ކިހިނެއްވީ ރުޅި އައީތަ؟އަހަންނަށް އަހެދް ގެ އަސްލު ސޫރަ ފެނުނީތީ ރުޅިންތަ؟ތްރީ މަންތްސް އިސް ސޯ އައި ކޭން ސޭވް ޔޯ ފޭސް...މިއީ ވެސް ހަމަ އަހެދް އަށްޓަކާ....އަދި ފޯ މައި ފެމިލީ..." މުރުތަސިމް އޭނާގެ މޫނު އަހެދް އާއި ހަމަޔަށް ތިރިކޮށްލަމުން ބުނެލިއިރު ހޫނު ނޭވާ އަހެދް މޫނަށް އިހުސާސްކުރުވިއެވެ.

އަހެދް ކަޅި އަޅައިލީ އެ ތިން މަސްތެރޭ އެ އާއިލާ ބަރުބާދުކުރަން އޭނާގެ ހިތުގައި އަޒުމް ކަނޑަ އަޅަމުންނެވެ. އެ އަޒުމް ވަރުގަދަ ވީ އެ ހިނދުކޮޅުގައެވެ.

" އެންޑް ޔެސް.....ދިސް...އަ ބްލޭންކް ޗެކް...ބޭނުން އަދަދެއް ލިޔެލާ....ތިންމަހުގެ އިނާޔަތް.....އަފްޓާ ދެޓް...ޖަސްޓް ގެޓް ލޮސްޓް.....އައި ޑޯންޓް ކެއަ ވެއަ....މި އާއިލާއާއި ދުރު ހިސާބަކަށް....އަހަރުމެންނާއި ދުރަށް...ބޭނުންވީ ލާރިގަނޑެއްނު...އެހެންމަ މިއޮތި ތި ބޭނުންވި އެތި..." މުރުތަސިމް އޭނާގެ ކޯޓު ޖީބުން ނަގައި ދިއްކޮށްލީ ޗެކެކެވެ. މުރުތަސިމް ގެ މޫނު މަތީގައިވި މަލާމާތުގެ ހީލުން އަހެދްގެ ނަފްސު ލަދުވެތިކުރުވިއެވެ. އަހެދް އެ ޗެކް ހޯދުމަށް ފަހު އޭނާގެ ލޯ މުރުތަސިމް އާއި ވަކި ނުކޮށް އެ ކަރުދާސް ވީދާލިއެވެ. އަދި އެ ކުދި ކަރުދާސްތައް މުރުތަސިމްގެ މޫނަށް އުކާލީ ރުޅިވެރިކަމާއެކުއެވެ. މުރުތަސިމް އެވަގުތު އަހެދް ގެ އަތް ދަމައިގަތެވެ.

"ހައު ޑެއާ ޔޫ؟" މުރުތަސިމް ރުޅި އިތުރަށް ގަދަވިއެވެ. އަހެދް ހިނިތުންވެލިއެވެ.

" ވަރަށް އުފާވޭ ދޯ....އަންހެނަކަށް ތަދު ކޮށްލެވުމުން....ޑޫ ޔޫ ފީލް މޭންލީ އިނަފް؟" އަހެދް ވެސް ގޮތް ދައްކާލިއެވެ. މުރުތަސިމް ވަގުތުން އަހެދް ގެ އަތުން ދޫކޮށްލިއެވެ. ނައީމުގެ އަޑު ކަންފަތުގައި ޖެހުނީވެސް އެވަގުތުގައެވެ.

" ގާޒީ އިންތިޒާރުގަ....ކައިވެނީގެ ވަގުތު ޖެހިއްޖެ..." މުރުތަސިމް އާއި އަހެދް އަށް ބަލާލެވުނީ ހައިރާންކަމާއެކުގައެވެ. ނަމަވެސް ނައީމުގެ މޫނު މަތިން ހައިރާންކަމެއް ނުފެނުނެވެ. އެ ދެމީހުންގެ އެ ޑްރާމާ ނައީމު އަށް އާކަމަކަށް ނުވީއެވެ. އަހެދް އަށް ނައީމުގެ ލޮލުގައިވި ޝުއޫރުތައް ކިޔާލެވުނެވެ. އެ ހުރިހާ މަންޒަރެއް އޭނާ ދެކެފިކަން ޔަގީންވިއެވެ.. މުރުތަސިމް އޭނާގެ ކޯޓު ރީތިކޮށްލަމުން އަހެދްގެ އަތުގައި ހިފުމަށް އަތް ދިއްކޮށްލިއެވެ.

"ޝޯ ޓައިމް..." މުރުތަސިމް ތުންފަތަށް ވެރިވީ ލުއި ހިނތުންވުމެކެވެ. އެހާ ފަސޭހައިން އެހާ އަވަހަށް މޫނުގެ ކުލަވަރު ބަދަލުކޮށްލުމުން އަހެދް ހައިރާންވިއެވެ. މުރުތަސިމް އަކީ އޭނާ ހީ ކުރި ފަދަ މީހެއް ނޫނެވެ.

ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔަ ޤާޟީ އެ ދެމީހުންގެ ކުރިމަތީގައި އިނދެ، ހަރުކަށި އަޑަކކުން ފިރިމީހާއާއި އަނބިމީހާގެ މައްޗަށް ލާޒިމުވާ މުޤައްދަސް ޙައްޤުތައް ކިޔާދޭން ފެށިއެވެ. އޭނާގެ ބަސްތައް އެ ހިމޭންކަމުގައި ގަދައަށް އިވެމުންދިޔައެވެ. އުމުރު ދުވަހަށް ދެމިގެންދާނެ ކަމަށް ބެލެވޭ ގުޅުމެއްގެ ވާހަކަ ކިޔައިދެމުންނެވެ. މުރުތަސިމް އަށް ކައިވެނީގައި އަނބިމީހާގެ ހައްގުތަކުގެ ވާހަކަ އިވޭ ކޮންމެ ފަހަކު އަހެދް ގެ މޫނަށް ކަޅި ހިންގައިލެވުނެވެ. އިސްޖަހާލައިގެން އިން އަހެދް ގެ މޫނަށް އަރާފައިވީ ޖަންބުކުލަ ގަދަވިއެވެ. ދެއަތް ދެއަތަށް މޮޑެމުން ދިޔައިރި އަތު ކުރީގައި ރަތްވެފައިވާ ކަމުގެ ނިޝާން ހުރީ ލޭ އަރާފއެވެ. އަތުގައި އަޅުވާފައި އޮތް ތަނޑިން ވެފައިވާ ޒަޚަމް އެވެ. އަހެދް އަށް އެދެވުނު އަނިޔާ ވިސްނި މުރުތަސިމް އަމިއްލަ ނަފްސު ކުށްވެރިކޮށްލިއެވެ. އޭނާއަކީ ހަމަ އެފަދަ ނުބައި މީހަކަށް ވީ ބާއެވެ. ރުޅީގެ ސަބަބުން އިންސާނިއްޔަތުކަން ގެއްލުނީ ބާއެވެ. އަހެދް ގެ ލޮލުގެ ކަނުން އެ ދިއްލެމުންދިޔަ ކަރުނަ އެ ކޯތާފަތަށް އެޅުނީ ގާޒީ މުރުތަސިމް އާއި ސުވާލު ތަކުރާރުކޮށްލި ވަގުތެވެ.

" އަނބި ގަބޫލުތަ؟"' ގާޒީ ކުރި ސުވާލުގެ ޖަވާބު އަޑުއެހުމަށް އެނެމެން ތިބީ ކަންފަތް ދީގެންނެވެ. މުރުތަސިމް އަށް ބަލަައިލެވުނީ މުޅި ތަނަށެވެ. ތަނުގެ ފުރިހަމަ ކަމާއި އެއްވަރަށް ނަލަހެދިގެން އެއްވެފައިވާ އާއިލާ މީހުންނާއި އެކުވެރިންނެވެ. އެންމެންގެ މޫނު މަތީން ފެންނަމުންދިޔައީ އުފާވެރިކަމެވެ. މުރުތަސިމްގެ ލޯ ހުއްޓުނީ އޭނާގެ މަންމައަށެވެ. މަންމަގެ މޫނުމަތީގައިވީ އުފާވެރިކަމެވެ. އެ ލޮލުގައިވީ އުފާވެރިކަމުގެ ކަރުނަތަކެވެ. އެ އުފާވެރިކަމަށް އޭނާގެ ޖާނުވެސް ގުރުބާން ކުރަން ތައްޔާރެވެ. މަންމަ އެފަދަ މައުސޫމު ހިތްހެޔޮ ކަމުގެ ފައިދާ ނަގަން އަހެދް އުޅުނީ ފައިސާއަށް ކަމަށް ވިސްނި އެ ހިތުގައި އަހެދް އަށް އޮތް ނަފްރަތު ގަދަ ވިއެވެ.

" އަނބި ގަބޫލު..." މުރުތަސިމްގެ އަޑުގައިވީ ހަރުކަށިކަމެވެ. އޭނަ އަހެދްއާއި ދިމާލަށް މޫނު އަނބުރާލިއެވެ. އެންމެންގެ މަރުހަބާ އާއި މުބާރަކްބާދީގެ އަޑު ގަދަވިއެވެ. އެންމެ ކުރިންއައީވެސް ޒަހްރާއެވެ. މުރުތަސިމް އަށް ވުރެ ކުރީން ބައްދާލީ އަހެދްގެ ގައިގައެވެ. ލޯބިންނެވެ.

" އަލްޙަމްދުލިއްﷲ....މަންމަ އަށް މިއަދު މި ލިބުނު އުފާ ބަޔާންކުރަންވެސް ނެނގޭ....ދެ ޖަވާހިރުން ވިއްޔާ މިލިބުނީ...." ޒަހްރާ އުފަލުގެ ކަރުނަތައް އެސްފިޔަތައް ފޫދުއްވައިލިއެވެ.

***

ކައިވެނީގެ މާލަމުގައި އުފާވެރިކަމުގެ އަޑުތައް ގަދަވިއެވެ. މެހެމާނުން ކެއުމާއިގެން މަޝްޣޫލުވެ ކާނާއިން ފުރިފައިވާ ތަށިތައް އަތުން އަތަށް ބަދަލުވަމުން ދިޔައެވެ. އަދި ކޮންމެ ވަގުތެއް ފާއިތުވަމުންދިޔަ ވަރަކަށް މާހައުލުގެ އުފާވެރިކަން އިތުރަށް ގަދަވަމުން ދިޔަ ކަހަލައެވެ. އެހެންނަމަވެސް، މިހުރިހާ ކަމަކާ ދުރުގައި، ހަލަބޮލިކަމާއި ވަކިވެ، ބަގީޗާގެ ހިމޭން ކަނެއްގައި، ބާބިލް ހުއްޓި ހުރީ އެކަނިމާ އެކަނިއެވެ. އޭނާގެ ލޯ ހުރީ މާ ދުރަށް ހުސްކަމުގެ ތެރެއަށް ހުއްޓިފައެވެ. ނުއޮހޮރި ހުރި ކަރުނައިން އެ ލޯވަނީ ބަރުވެފައެވެ. އޭނާގެ ވަށައިގެންވާ އުފާވެރިކަމާއި ހިނިތުންވުން ހަމައެކަނި އިތުރުކޮށްދެނީ އޭނާގެ ހިތުގައިވާ ރިހުމެވެ. މި ކައިވެނި، ލޯބީގެ އެއްބައިވަންތަކަމުގެ މި ފާހަގަކުރުން ތަކަކީ އޭނާގެ ފުނޑުފުނޑުވެފައިވާ ހިތުގައި ފޮރުވިފައިވާ ހާދިސާތަކުގެ ވޭންދެނިވި ހަނދާނެކެވެ.

"ބާބް..." މަޑުމައިތިރި އަޑެއް ކަންފަތުގައި ޖެހުމާއެކު ބާބިލް ސިހުމާއެކު އޭނާގެ މޫނު ސާފުކޮށްލިއެވެ. މަޖުބޫރުން ހިނިތުންވެލާފައި އަލްބާން އާއި ދިމާލަށް އެނބުރުނެވެ.

"އަލް....ނުކަނީތަ؟....ނީޑް އެނީ ހެލްޕް....ކާން އަޅައިދޭންވީ؟..." ވަރަށް އަވަސްވެފައި ބާބިލް ވާހަކަދެއްކިއެވެ. އެ އަޑުގައިވީ ތުރުތުރު އަލްބާން އަށް ފޮރުވައެއް ނުލެވުނެވެ. ބާބިލް އަވަސް ވެފައި ދާން ހެދުމުން އަލްބާން އޭނާގެ އަތުކުރީ ހިފާލިއެވެ. އޭނަ ގަނޑުވިއެވެ. އަލްބާންއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ. އޭނާ އަތުގެ ކުޑަހުޅު މަޑުމަޑުން ދަމާލި ނަމަވެސް، އަލްބާން ދޫނުކޮށް ހިފަހައްޓައިގެން ހުއްޓެވެ. އޭނާގެ ލޯ ބާބިލްގެ ލޮލާއި ދިމާވެފައި ހުރީ ކަންބޮޑުވުމާއި، ރަޙްމަތްތެރިކަމަށްވުރެ އިތުރު އެހެން އަސަރު ތަކާއެކުގައެވެ. އެކަމުން އޭނާގެ ހިތުގެ ވިންދު އިތުރަށް އަވަސްވެގެން ދިޔައެވެ. މި މަންޒަރު އެހެން ލޯތަކަށް ފެންނާނެ ގޮތް އަލްބާންއަށް ނުވިސްނެނީހެއްޔެވެ؟

"އަލް..." ބާބިލްގެ އަޑު ތަންކޮޅެއް ބާރުވިއެވެ. އަދި އަތް ދަަމައިގަންނަން އުޅުނެވެ. ބާބިލްގެ ލޯ ކައިވެނީގެ ހަލަބޮލިކަމުގެ ތެރެއަށް ހުއްޓުނެވެ. މީހަކަށް ފެނިދާނެތީ ބިރުގަތެވެ.

"ބިރެއްނުގަނޭ.....ލަދެއްވެސް ނުގަނޭ...އިފް ދެޓްސް ވަޓް ޔޫ އާ ކޮންސާންޑް....ފޯ މީ ޔޫ އާ ސަމްވަން އައިމް ޕްރައުޑް ޓު ބީ ވިތް...." އަލްބާންގެ ހިތުގައި ވި އެއްޗެއް އަޑު އިއްވަން ފަހެއް ނުޖެހުނެވެ.

"ލެޓް ގޯ...ޕްލީޒް..."

" ޔޫ ކާންޓް ބީ ސީން ހޯލްޑިން މައި ހޭންޑް ލައިކް ދިސް....އަހަރެން މީ މީހެއްގެ އަންބެއް..." ބާބިލް ގެ ފަހު ޖުމްލައިން އަލްބާން އަށް އެއަތަށް ދޫ ދެވުނެވެ.

" ނޫން...ބާބް....އިޓްސް ނޮޓް އަ މެރިޖް....އެންޑް ޔެސް އައި މެންޓް އެވްރީ ވޯޑް އައި ސެޑް އިން ދަ ކާ...." އަލްބާން ގެ އަޑުގައިވީ ހަރުކަށިކަމކެވެކެ. އެ ލަފުޒުތަކުގައި އޭނަގެ މަޖާ މިޒާޖުގެ އެއްވެސް ކުލައެއް ނެތެވެ. ބާބިލްގެ ހިތް ފިނިވިއެވެ. އޭނާފަދަ މީހަކަށް އަލްބާންގެ ލޯބި ހައްގެއް ނޫނެވެ.

"އައިމް ޖަސްޓް އަ މެއިޑް އަލް..." ބާބިލް ބުނެލީ އަލްބާން އާއި ހަތަރުކަޅި ހަމަކޮށްލަމުންނެވެ.

"ސޯ ވަޓް....ފޯ މީ ޔޫ އާ ޖަސްޓް ބާބް..." އަލްބާން ގެ އަޑު މަޑުވިއެވެ. އަދި ލުއި ހިނިުންވުމެއް އެ ތުންފަތަށް ވެރިވިއެވެ.

" ނޫން....އައި ނޯ މައި ޕްލޭސް ސޯ ޝުޑް ޔޫ..." ބާބިލް ހަރުކަށިވެލިއެވެ. އޭނާ ގެ ހިތުގައި އަލްބާން އަށްޓަކާ ވީ އިހުސާސްތަކަކަށް އެންމެ ފަހަރަކުވެސް އިންކާރެއް ނުކުރެއެވެ.

" އައި ނޯ ޔޫ ފީލް ދަ ސޭމް...." އަލްބާން ތަންކޮޅެއް ބާރަށް ބުނެލިއެވެ. ދުވެފައި ދުރަށް ދިޔަ ބާބިލް އަށް އަޑުއިވޭވަރަށެވެ.

***

ދުނިޔެ ނިމުމަކަށް އަންނަ ކަމުގައި ވިޔަސް ހޯދަންޖެހޭ އެއްޗެއް ލިބިގަންނަ މީހެއްގެ ގޮތުގައި ހުރި ނައީމުގެ ލޯ ހުޅުވިފައި ވަނީ ދަހިވެތިކަމާއި ޝައުޤުވެރިކަމާއެކުގައެވެ. އޭނާ ބިންމަތި ބަލަމުން ދިޔައީ ބިމުގައި ވަޅުލުލާފައިވާ މުދަލެއް ހޯދާމީހެއްހެންނެވެ. އަތް ފުނާ އަޅަމުންދިޔައީ ޗެކުގެ ބައިތަށް އެއްކުރުމުގައެވެ.

"އޯހޯ...ނައީމޫ.....ކޯޗެއް؟ރަންތަ؟ ވަޅުލާފައި އޮތް ޖަވާހިރު ޔާގޫތެއްތަ؟"ފަހަތުން ސަކީނާ ގެ އަޑުއިވުނެވެ. ނައީމު ސިއްސައިގެން ދިޔަ ވަރުން މޭ މަތީގައި އަތް އަޅާލެވުނެވެ. ނޭވާ ހަމަޔަކަށް އެޅުވުމަށެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު