ފަސްޓް ނޭޝަނަލްއިން ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑުގެ ލައިސަންސް ހޯދައިފި

ފައިނޭންސް ކޯޕަރޭޝަނުން ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑުގެ ލައިސަންސް ހޯދައިފި ----

ރާއްޖޭގެ ކެޕިޓަލް މާކެޓްތައް ރެގިއުލޭޓް ކުރާ ބޮޑީ, ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑަށް އިންވެސްޓްމަންޓް ފަންޑު ލައިސަންސް ދޫކޮށްފިއެވެ.

މިކަމާ ގުޅިގެން ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ޙަސަން ޒިޔަތު ވިދާޅުވީ އާ ފަންޑަކީ އިންވެސްޓަރުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އެގޮތުން، ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭ ފަންޑަކަށް ވާނެ ކަމަށާއި އަމިއްލަ ފަރުދުންނަށް 10،000 ރުފިޔާއިން ފެށިގެން އިންވެސްޓު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ފައިނޭންސް ކޯޕަރޭޝަނުން ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑުގެ ލައިސަންސް ހޯދައިފި ----

މީގެއިތުރުން، މި ފަންޑުގެ ސަބަބުން ގިނަ އަދަދެއްގެ އިންވެސްޓަރުން ޝައުގުވެރިވެ، ރާއްޖޭގެ ރިއަލް އެސްޓޭޓް އަދި ހޮސްޕިޓާލިޓީ ދާއިރާގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރިއަލް އެސްޓޭޓަށް އިންވެސްޓްކުރުމަކީ ތަނަވަސްކަން ބިނާކުރުމުގެ ބާރުގަދަ ސްޓްރެޓެޖީއެއްގެ ގޮތުގައި ޒަމާނުއްސުރެ ފާހަގަކުރެވޭ ކަމެކެވެ. މާކެޓުން ގިނަ ފައިދާތަކެއް ލިބޭއިރު، އޭގެތެރޭގައި ރިޓާންގެ ފުރުސަތު އޮތުމާއި ޕޯޓްފޯލިއޯ ޑައިވާސިފިކޭޝަންގެ އިތުރުން ޕެސިވް އިންކަމް ސްޓްރީމްތައް އުފެއްދުން ހިމެނެއެވެ.

އެގޮތުން، ފަސްޓް ނޭޝަނަލް ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑުގެ ސަބްސްކްރިޕްޝަނަށް އޮކްޓޫބަރު މަހު ހުޅުވާލަން ވަނީ ނިންމާފައެވެ.

ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންއިން އަންނަނީ ކާމިޔާބު ކަމާއެކު ގިނަ ފަންޑުތަކެއް މެނޭޖު ކުރަމުންނެވެ.

comment ކޮމެންޓް