އަހަރުގެ މިހާތަނަށް ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 45 މީހަކު ހިފަހައްޓައިފި

އެއާޕޯޓުގައި އިމިގްރޭޝަން އޮފިސަރުންތަކެއް ހަރަކާތްތެރިވަނީ: އިމިގްރޭޝަނުން ވަނީ އަހަރުގެ މިހާތަނަށް ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 45 މީހަކު ހިފަހައްޓާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަރުގެ މިހާތަނަށް ގަވާއިދާ ޚިލާފަށް ބޯޑަރު ހުރަސްކޮށް ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅުނު 45 މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފައިވާ ކަމަށް، ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން ރާއްޖޭގެ ބޯޑަރުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެވިޔަނުދީ ހިފަހައްޓާފައިވާ މީހުންގެ ކޭސްތަކުގެ ތަފާސްހިސާބުތައް ވަނީ އާއްމުކޮށްފައެވެ.

އޭގެތެރޭގައި ވަގު އައިޑީއާއި، ޕާސްޕޯޓު، ރެސިޑެންސް ކާޑު، ވިސާ ފަދަ ތަކެތީގައި ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައި އެބަހުއްޓެވެ. އެގޮތުން:

މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި (17 ނޮވެމްބަރު- ޑިސެމްބަރު):

  • ވަގު ރެސިޑެންޓް ކާޑު - އެއް ކޭސް
  • ވަގު ޕާސްޕޯޓް - ހަތަރު ކޭސް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި (ޖެނުއަރީ- މާޗު):

  • ވަގު ޕާސްޕޯޓް - ހަ ކޭސް
  • ވަގު އައިޑީ - އެއް ކޭސް
  • އެހެން މީހެއް ކަމަށް ހެދިގެން ރާއްޖެ އެތެރެވާން އުޅުން - އެއް ކޭސް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި (އޭޕްރިލް- ޖޫން):

  • ވަގު ޕާސްޕޯޓް - 16 ކޭސް
  • ޕާސްޕޯޓް ފޯޖުކުރުން - އެއް ކޭސް

މިއަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ތިންވަނަ ކުއާޓަރުގައި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހުންގެ އަދަދު ގިނައެވެ. އެގޮތުން 20 މީހަކު މިއަހަރުގެ އެ މުއްދަތުގައި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވެއެވެ. އެއީ:

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި (ޖުލައި- ސެޕްޓެމްބަރު):

  • ވަގު ޕާސްޕޯޓު - ފަސް ކޭސް
  • ވަގު އައިޑީ - އެއް ކޭސް
  • ވަގު ބަޔޯ ޕޭޖް - ތިން ކޭސް
  • ފެންޓަސީ ޕާސްޕޯޓް - އެއް ކޭސް
  • އެހެން މީހެއް ކަމަށް ހެދިގެން ރާއްޖެ އެތެރެވާން އުޅުން - ހަތަރު ކޭސް
  • ވަގު ވިސާ - ދެ ކޭސް
  • ވަގު ސްޓޭމްޕް - ހަތަރު ކޭސް

އިމިގްރޭޝަނުން ގެންދަނީ ރާއްޖެއަށް ގަވާއިދާ ޚިލާފަށް ބޯޑަރު ހުރަސްކޮށް ވައިގެ މަގުން އެތެރެވާން މަސައްކަތްކުރާ ފަރާތްތައް އަތުލައިގަތުމަށް މަސައްކަތްކޮށް، ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

ހަމައެއާއެކު ޒަމާންތަކެއް ވަންދެން ރާއްޖޭގައި ހައްލުނުވެ އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވެސް ފުޅާ އޮޕަރޭޝަންތަކެއް ހިންގަމުންދެއެވެ. އެ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، ޑީޕޯޓުކުރުމުގެ މަސައްކަތް ކުރެއެވެ. އަދި ބައެއް ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ވެސް ފުރުސަތުދެއެވެ.

comment ކޮމެންޓް