"ބިސްމިﷲ، އާ ދުވަހެކެވެ. މިހާރަށްވުރެ ރަގަޅު މުސްލިމަކަށްވާން ލިބޭ އާ ފުރުސަތެކެވެ. ސޯޝަލްމީޑިއާގައި ވަގުތު ދުއްވައިލުމުގެ ބަދަލުގައި ހުސްވަގުތު ގުރުއާން ކިޔެވުން، ޒިކުރުކުުރުން ނޫނީ ދަރުސެއް ބެލުމުގައި ހޭދަކޮށް އާޚިރަތަށްވެސް ތައްޔާރުވުމަށްވެސް ލިބޭ އަނެއް ފުރުސަތެވެ."
***
"ސްލޯ ޑައުން ވިތް އެސަމްޕްޝަންސް.....ޕާޓީ ނިމުނީމަ އައި ނޯ އައި ވިލް ނީޑް ސަމް ސްޕޭސް އެހެންވެ...މިތާ ނުހުންނާނެ ފަރަހް ގެ އެއްވެސް އެއްޗެއްވެސް....ބޭނުމިއްޔާ ބަލާލާ..." މާޒިމް އަލަމާރި ހުޅުވާލަމުން ދައްކާލިއެވެ. އުރުޖުވާންގެ ހިތަށް ލިބުނު ތަސައްލީ އޭނާގެ މޫނުން ހާމަވިއެވެ. ނަމަވެސް އަޅާނުލާ ކަމަށް ހަދާލިއެވެ. މާޒިމް ބަލަހައްޓައިގެން ހުރި ފާޑުން އުރުޖުވާން ގެ ހިތަށް އުފާވެރިކަން ލިބުނެވެ. މާޒިމްއަށް އެ އިހުސާސްތައް ފޮރުވަންވެގެން އަވަހަށް މޫނު އަނބުރާލިއެވެ. ހެވި ދިއްލިފައި ހުރެއެވެ.
" ޔާ ވަޓްއެވާ....އޭޒް އިފް އައި ކެއާ....އެހެން ނޫނަސް އައިމް ޔޯ ފަސްޓް ވައިފް...އަދިވެސް ހަމަ މެރީ ކޮށްގެންތާ...ސޯ އައި އޯލްސޯ ހޭވް ރައިޓްސް އޯވާ ޔޫ...." އުރުޖުވާން ނޫން ކަމަށް ހަދަން އުޅުނަސް ދުލުން ބޭޒާރު ކުރެވުނީ ހިތުގައި ސިއްރުކޮށްފައިވާ ވާހަކަތަކެވެ. އަނގަމަތީ އަތް އަޅާލެވުނީ އަމިއްލަ އަށް ކިޔުނު އެއްޗިއްސަށް ހައިރާންވެ ރަކިވެފައިހުރެއެވެ.
" އައި ނިއު އިޓް...ޔެސް.........." މާޒިމް އަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނީހެންނެވެ. އުރުޖުވާން އިށީނދެ އިން ގޮނޑީގެ ކުރިމަތީ ހުރި ގޮނޑީގައި ހަމަޖެހިލީ ފަހަތު ބަޔަށް ލެނގިލަމުންނެވެ.
ފަޔާޕްލޭސް ގެ އަލިފާނުގެ އަޅި އެ މޫނަށް ފެތުރިގެން ދިޔައީ އޭނަގެ ހިތަށް މަރުހަބާ ކިޔާ ފަދައިންނެވެ. އޭނަ އުރުޖުވާންގެ މޫނަށް ހިތްފުރެންދެން ބަލައިލިއެވެ. ބަނޑުބޮޑުވިފަހުން އެ މޫނުގައިވަނީ އަދި ތަފާތު އުޖާލާކަމެކެވެ. އެސްފިޔަ ޖަހާލަނީވެސް ފަރުވާތެރިކަމާއެކުއެވެ. އުރުޖުވާން އޭނާގެ ހީފުލުވައިލަން ދެއަތް ގައިގައި އޮޅާލިއެވެ. އެތަނަށް ފެތުރިފައިވީ އަމާންކަމާއި ހަމަހިމޭންކަމެކެވެ. މާޒިމް ސޯފާމަތީގައި އޮތް ރަޖާގަނޑު އުރުޖުވާންގެ ގައިގައި އޮޅާލަދިނީ އޭނާ ނުވިސްނާ އިންދައެވެ. އުރުޖުވާން އަށް ލޯ ބޮޑުކޮށްލާފައި ބަލާލެވުނީ މާޒިމްގެ ފުރިހަމަ ހިނިތުންވުމަށެވެ. އޯގާތެރި ބީހުމެކެވެ. ރަކި ވެފައި އުރުޖުވާން އިސް ޖަހާލިއެވެ.
" ކީއްވެ ހެދުން ބަދަލު ނުކުރީ....ބަލިވެދާނެ...." މާޒިމް ހިތާ ދެކޮޅަށް ބުނެލިއެވެ. ހަގީގަތުގައި އޭނާގެ ލޯ ކުރިމަތީން އުރުޖުވާން ހިނދުކޮޅަކަށްވެސް ގެއްލެން ނޭދެއެވެ. އެހާވެސް މި ވަގުތުކޮޅު އޭނައަށް މުހިންމުވިއެވެ. އުރުޖުވާން ބޯ ޖަހާލާފައި ބުރުގާގެ ޕިން ތައް ނެއްޓިއެވެ. އަދި ތެމިފައި އޮތް އިސްތަށިގަނޑު ނިއުޅާލިއެވެ. ފެން ތިކިތަށް ބުރައިގެން ދިޔައީ މާޒިމްގެ މޫނަށެވެ. މާޒިމް ތެދުވެ ފާހާނައިން މަޑު ތުވާއްޔެއް ނަގައިގެން އައިސް އެއިން އިސްތަށިގަނޑު ހިއްކާލަދޭން ފެށިއެވެ. އުރުޖުވާން އެއްވެސް ޝަކުވާއެއް ނެތި އޭނާގެ އަތް ތިލަ އިސްތަށިގަނޑުން ދޫކޮށްލީ މާޒިމް ގެ އަތަށެވެ. ހިތްވީ ނުބުނެވޭ އިހުސާސްތަކުން ބަރުވެފައެވެ. އުރުޖުވާން މަޑުމަޑުން އިށީނދެލައިގެން އިންއިރު އޭނާގެ ސިކުނޑީގައި އޮޅުންބޮޅުންތަކާއިއެކު ހަނދާންތަކުގެ ސިލްސިލާތައް އެކުވެ ތުންފަތުގައި ހިނިތުންވުމެއް ވެރިވިއެވެ.
" އުރޫޖް....އިޓްސް ޓައިމް ވީ ޓޯކް...." މާޒިމް އެ ހަމަހިމޭންކަން ކަނޑުވާލިއެވެ. އުރުޖުވާން މަޑުން ބޯ ޖަހައިލިއެވެ.
" ނާވީއްތަ....އެނގޭ އުރޫޖް އަށް ފަސޭހަ ނުވާނެކަން މިވާހަކަ އަޑުއަހަން....އެކަމަކު ހަގީގަތް މި އެނގުނީ އަދި ކިރިޔާ....އެއީ އެއްވެސް މީހެއްގެ ކުށެއް ނޫން....އެ ޖައިލަމް...." އޭނާގެ އަތަށް ބާރުކޮށްލުމުން އުރުޖުވާން އަށް މާޒިމްގެ ރުޅި އިހުސާސް ކުރެވުނެވެ. އުރުޖުވާން ގެ އަތްތިލަ މާޒިމްގެ އަތް މަތީ ބޭއްވިއެވެ.
" ނޯ ނީޑް ޓު އެކްސްޕްލެއިން....މިރޭ ކަންވެދިޔަ ގޮތުން ހަގީގަތް ހާމަވެއްޖެ....އެކަމު ދެރައީ ހައު މަޗް އެވްރީވަން ހޭޒް ޓު ސަފާ.....ކާންޓް އިމޭޖިން މާޒިމް މަންމަ އެ ވާނެ ދެރަ....މިއަދާއި ހަމަޔަށް އެ ހިތުގައި އަޅާނެ ވޭން...." އުރުޖުވާން ގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ.
މާޒިމް އުރުޖުވާން ގެ ކައިރީ ހުރި ގޮނޑީގައި އިށީނެވެ. އޭނާގެ ކޯތާފަތް ތެންމާލާފައި ހުރި ކަރުނަތައް ފޮހެލަދިނެވެ.
" އަހަރެން ބޭނުމީ....އައި ވޯންޓު ޓޯކް އެބައުޓް އަސް...." އުރުޖުވާން އުނދަގޫ ކަމާއެކު ވާހަކަ ދެއްކިއެވެ. އެހެން ފަހަރަކުން އެހިތްވަރު ދެން ނުލިބޭނެކަން އޭނާ އަށް އެނގެއެވެ. މާޒިމް އަށް އެ ފުރުސަތު ނުދެވޭކަން ވެސް އޭނާ އަށް ގަބޫލުކުރެވުނެވެ. މިރޭ އެ ވާހަކަތައް ކަނުލާ އަޑުއަހަން ބޭނުންވީ އެހެންވެއެވެ. ކުށްވެރި ކުރުމުގެ ނިޔަތުގައެއް ނޫނެވެ. ބޭނުންވަނީ ހައްލެކެވެ. އިންސާނުންނަށް ކުށްކުރެވޭނެކަން ގަބޫލުކުރާ ހާލުގައެވެ. މާޒިމް ފެށީ ފުރަތަމަވެސް އެ ދެމީހުން ދޭތެރެއަށް ވަން ފަރަހް ގެ ވާހަކައިންނެވެ. އަދި އަދަށް ދާންދެން ވެސް އެ ދުވަހު ވީ އެއްވެސް ކަމެއް އޭނާގެ ހަނދާނުގައި ނެތެވެ. އެނގޭހާވެސް އެއްޗަކީ ފަރަހް ކާރަށް އަރާފައި ދިން ފެން ފުޅިން ބޮވުނުކަމެވެ. އެއަށް ފަހު ހޮޓެލެއްގެ ކޮޓަރީގައި ހޭލެވުނު ކަމެވެ. އުރުޖުވާން ކެތްތެރިކަމާއެކު އަޑުއެހިޔަސް ފަރަހް ގެ ނަން އިވޭ ކޮންމެ ފަހަރަކު ހިތުގައި އަލިފާން ކަނި ބުރައިގެން ދިޔައެވެ.
" އިޓްސް ސިހުރް......މާޒް އައިމް ޝުއާ ނައު....ދިސް އޯލް މޭކްސް ސެންސް ނައު...." އުރުޖުވާން ގެ ލޯ ވިދައިލިއެވެ. މާޒިމް ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް ނަބީލާ ގެ ކަންތައް ހުންނަ ގޮތުންވެސް އެއީ އާދަޔާހިލާފް ކަންތައްތަކެއްކަން ގަބޫލުކުރެވެއެވެ. އަދި ފެށުނީއްސުރެވެސް އޭނަގެ ކާފަގެ ސިހުރުވެރިކަމުގެ ވާހަކަތައް ވަނީ އަޑުއިވިފައެވެ.
" އައި ބިލީވް ޔޫ ނައު..." މާޒިމް އިނީ ފުން ހިޔާލެއެއްގައެވެ. އޭނާގެ ސިކުނޑީގައި ހުރިހާ ކަމެއް އަތުރާލެވުނެވެ. އާދަމްގެ މޫނުވެސް އޭނާގެ ސިކުނޑީގެ ސްކްރީނަށް އެރީ ކުއްލިއަކަށެވެ.
" އުރޫޖް. އޭނަ....އެއީ ޔަގީން އޭނަ، އައި މެޓް ހިމް ސޯ މެނީ ޓައިމްސް...އެކި ދިމާ ދިމާއިން...ފުރަތަމަ ފެރީ އިން ދެން ގޭގެ މަސައްކަތް ކުރަންވެސް އައި...ގޭޓް ކައިރީވެސް....ހައު ޑިޑް އައި މިސް އައުޓް އޮން ދިސް.....ސަބީބީ....އެރޭވެސް...ލިފްޓުން..." މާޒިމް އަވަސްއަވަހަށް ލަފުޒުތައް އަމުނާލިއެވެ. އުރުޖުވާންއަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ވަދެވުނެވެ.
" ކާކު...މާޒް ކާމް ޑައުން..." އުރުޖުވާން އަވަހަށް ފެންތައްޓެއް މާޒިމްއަށް ދިނީ ހަމައަކަށް އެޅުވުމަށެވެ. އޭނަގެ ގެ ނިތްކުރީގައިވެސް ދާތިކިތައް ވިދާތަން ފެނުނެވެ.
"ބީރައްޓެއްސެއް....." މާޒިމްގެ ހަނދާނަށް އައެވެ. ބައްދަލުވާ ކޮންމެ ފަހަރަކުވެސް އޭނާއަށް ބުނެލަނީ އެހެންކަން ހަނދާނަށް އައެވެ. އުރުޖުވާން އިނީ ވާނުވާގައެވެ. މާޒިމް ފެން ތަށިން ކޯވަރެއް ބޯލުމަށްފަހު އުރުޖުވާންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.
"އާދަމް...އެއީ އޭނަގެ ނަމަކީ...ނާވިޔާއްތަ ކައިވެނި ކުރި އޭނަޔާ...އެވެސް ކާފަގެ އެންގުމަށް. އެ އާދަމް އަކީ އަޅާލާނެ މީހެއް ނެތި ހުއްޓާ ސަބީހާއްތަ އަމިއްލަ ދަރިއެއް ހެން ބޮޑު ކުރި މީހެއް...ވައި ޑިޑްންޓް އައި ރިއަލައިޒް.....އެއި ކާފަ އަތް ދަށު ގެންގުޅުނު މީހެއް...." މާޒިމް ހައިރާންވިއެވެ. މިހާ ދުވަސް ވަންދެން އަނދީރީގައި ހުރެވުނު މޮޔަ ހިތަށް އެރިއެވެ. އާދަމް ގެ ނަން ކުރިން އިވުނު ހެން އުރުޖުވާންއަށްވެސް ހީވިއެވެ. ދަންނަ ނަމެކެވެ. ފަހުން ހަނދާނަށް އައީ އަހުމަދު އާއި އޭނާއާއި ދެކެވުނު ވާހަކައެވެ.
" މިހުރިހާ ކަމަކީ އަހަރެންގެ ކުށް....ދިސް އިޒް އޯލް މައި ފޯލްޓް...." މާޒިމް ދެއަތުގެ ތެރެއަށް ބޯ ލަމުން ބުނަމުން ދިޔައެވެ. އުރުޖުވާން މާޒިމް ގެ އަތްތިލަ ނަގާފައި އޭނާގެ އަތު ތެރެއަށް ލިއެވެ. މާޒިމް އިސްޖަހާލައިގެން އިނީ ހުއްޓުން އަރާފައެވެ. އޭނާއަށް އުރުޖުވާން އާއި ހަތަރުކަޅި ހަމަކުުރަންވެސް އުދަގޫވިއެވެ. އަމިއްލަ ނަފުސް ހާސްފަހަރު ކުށްވެރިކުރެވުނެވެ. ހުރިހާކަމެއް ވެދިޔައީ އޭނާ ފަރުވާކުޑަކުރުމުގެ ސަބަބުން ކަމަށް ހީކުރެވުނެވެ.
" ނޫން...އެއީ މާޒް ގެ ކުށެއް ނޫން....ވީ ޑިޑިންޓް ނޯ.....މިއީ އިމްތިހާނެއް....މިހާރު ބަލަންވީ މިހުރިހައި ކަމަކުން އަރައިގަނެވޭނެ ގޮތެއް....ވީ ނީޑް އެ ސޮލިއުޝަން...ވެދިޔަ ކަމެއް ބަދަލެއް ނުކުރެވޭނެ..." އުރުޖުވާން ނަސޭހަތްދިނީ ހިތްވަރު އެލުވާނުލުމަށެވެ. އޭނަ އުރުޖުވާން އަށް ބަލައިލީ ފެންކަޅިވެފައި ހުރެއެވެ.
" އައި ރުއިންޑް އިޓް ފޯ އަސް....އައި ބްރޯކް ޔޯ ޓްރަސްޓް..." މާޒިމްގެ ލޮލުގައިވީ އަސަރާއި މޮޅިވެރިކަމުން އުރުޖުވާން ގެ ހިތް ވެސް ގުޑުވާލިއެވެ. އަދި އެހާ ލަހެއް ނުވާކަން އުރުޖުވާން ބުނެލަން ބޭނުންވިއެވެ.
" ދެއާ އިޒް ހޯޕް ފޯ އަސް..." އުރުޖުވާން މަޑު މަޑުން މާޒިމްގެ އަތްތިލަ ގެނެސް ޖައްސާލީ އޭނާގެ ބަނޑުގައެވެ. މާޒިމްގެ ލޮލުގެ ވިދުން ގަދަވިއެވެ. އުރުޖުވާން އޭނާއަށް ކުރާ އިތުބާރު އަނބުރާ ލިބުނު ހެން ހީވުމުންނެވެ.
" ފަރަހް.....އައި ޑޯންޓް ޓްރަސްޓް ވަން ބިޓް....މިހާރު ހިތަށް އަރާ މާޒް ދެއްކި ވާހަކަ ގަބޫލު ކުރެވުނު ނަމަ އޭ....ނައު އެވްރީތިންގ އެޑްސް އަޕް....އައި ބްލޭމް މައިސެލްފް...." އޭނާ އަށް މާޒިމްގެ ވާހަކަތަށް އޭރު އަޑުއަހަން ފުރުސަތު ނުދެވުނުކަމަށް އެއްބަސްވެލެވުނެވެ. ފަރަހް ގެ ނަން އިވުމުންވެސް މާޒިމްގެ މޫނަށް ވެރިވީ ނުބައި ކުލަވަރެކެވެ.
" އައި ނެވާ ޓަޗްޑް ހާ....އެކަމު ބަނޑުބޮޑޭ ކިޔައިގެން އެ އުޅެނީ...އެކަމަކު ހުސް ދޮގު....އައި ކޮންފާމްޑް އިޓް ޓުނައިޓް.....ޖައިލަމް އާއި ދެމީހުން އެކަމު ވަރަށް ރާވައިގެން އުޅެނީ އެކަމެއް އަހަރެން ބޮލުގަ އަޅުވަން....އައި ވޯންޓް ޓު އެކްސްޕޮޒް ދެމް އެންޑް ހޯލްޑް ދެމް އެކައުންޓަބަލް....." މާޒިމް ދެއްކި ވާހަކައަކުން އުރުޖުވާން އަށް ހަނދާންވީ ސްވިޒަލޭންޑް ދަތުރުގައި ޒެލްޑާ އޭނާއަށް ހާމަ ކުރި ވާހަކަަތަަކެވެ.
" ޝީ ވާޒް ޕްރެގްނެންޓް....ފަހަދް ގެ ބޭބީ އަކަށް....އޭރު ޒެލްޑާ ވަރަށް އެވާހަކަ ދެއްކި....އަނެއްކާ....އޯ މައި ގޯޑް...މިހާރު އެވްރީތިންގް މޭކްސް ސެންސް....ފަހަދް އަށް އެ ދިމާވި ހާދިސާ އާއި މާޒް އާއި އިންނަން ރޭވި ރޭވުން.....ޝީ އިޒް އަ ރިއަލް ސައިކޯ...." ފަރަަހް ގެ މަކަރުވެރިކަން ވިސްނި އުރުޖުވާން ހައިރާންވެ އަންތަރީސްވިއެވެ.
" ޝީ އިޒް ގޮނަ ރިގްރެޓް އިޓް.....އޭނަ އާއި އޭނާގެ ބައްޕަވެސް....އައިމް ވެއިޓިން ފޯ ދަ ރައިޓް ޓައިމް.....އެވިޑެންސް.....ފަރަހްއަށް ނޭނގުނަސް މިއަދު އޭނަގެ ފޯނު މަންމަ އަތުން ފެނުނު...ވަރަށް ބައިވަރު މެސެޖުތަކެއް ހުރި އޭގަ....ޖައިލަމް އާއި ދެމީހުން އިލިގަލް ޗައިލޑް ޓްރެފިކް ކުރަންވެސް ރާވާފަ އޮތީ....އައި ވޯންޓް ޓު ކަމް އަޕް ވިތް އަ ޕްލޭން....ސަބީބީ ގެ މަރުގެ ހަގީގަތް ވެސް ހޯދަން ވީޑިއޯ ފުޓޭޖް ތައް ހޯދަން ވަރަށް އެބަ ބަލަން..." މާޒިމް ބުނެލިއެވެ. އޭނާއަށް އުރުޖުވާންގެ އިތުބާރު އަނބުރާ ލިބުމުންވެސް އެވާހަކަތައް ދައްކަން ޖެހިލުން ވިއެވެ. އެއީ އޭނަ ދައްކާ ބަހަނާ އެއްކަމަށް އުރުޖުވާން ހީކޮށްފާނެތީއެވެ.
" އައި ބިލީވް ޔޫ... މާޒް އަށް ޓްރަސްޓް ކުރަމޭ...އެހާ ހާސް ނުވެބަލަ...މިރޭ މިދެކެވުނު ގޮތަށް ވާހަކަ ދެއްކުނު ނަމަ....ވީ ޝުޑް ކީޕް ދިސް އަ ސީކްރެޓް.....އެންމެނަށް ވެސް ސިއްރުކުރަން ވާނެ....ފަރަހް އަށް ޝައްކުވާނެ ފުރުސަތު ނުދިނުމަކީ އެންމެ ބޮޑު އެއް މަސައްކަތް." އުރުޖުވާންވެސް މާޒިމްގެ ރޭވުމާއި ބައިވެރިވެލިއެވެ.
***
އަހްމަދު ރުޅިން ދެ ބުމަށް ގޮށްޖަހާލައިގެން ހުރެ މީކާއިލްގެ މޫނުގައި ޖެހި އެތިފަހަރުން އޭނަ ހައިރާންވިއެވެ. ނަމަވެސް އިސް ޖަހާލައިގެން އޭނަ ހުރީ ބައްޕަ އަށް ކުރާ ގަދަރާއި އިހުތިރާމެއްގެ ސަބަބުންނެވެ.
" އުރުޖުވާން ވީ ތަނެއް ނޭގެން ވީ ކީއްވެ؟މާޒިމް އާއެކު ފޮނުވަންތަ އަހަރެން ބުނީ....ޖަވާބު ދީބަލަ..." ހޮސްޕިޓަލް ތެރޭގައި އަހްމަދުގެ އަޑު ގަދަވިއެވެ.
" އައި ވިލް އިންވޯލްވް ޕޮލިހުން މިފަހަރު...." އަހުމަދު އެހެން ބުނެލާފައި ކޮންމެވެސް މީހަކަށް ފޯނުން ގުޅައިލިއެވެ.
ނުނިމޭ