"މީހެއްގެ ބޮލުގައި ދޮގު ތުހުމަތެއް އެޅުވުމަށްފަހު އެކަމެއް ސިއްރު ކުރެވޭނީ މަދު ދުވަސްކޮޅަކަށެވެ. ހަގީގަތް ހާމަވާ ދުވަހު ތިބާގެ އިތުބާރު ގެއްލި އެކަމާއި ލަދުގަންނަން ޖެހޭނެކަން ހަނދާން ކުރާށެވެ."
***
"ކޮން ޑޭޑް އެއް.... ޑޫ ޔޫ އީވެން ރިއަލައިޒް ވަޓް ހީ ހޭޒް ޑަން....." މާޒިމް ގެ ރުޅިގަނޑު މަތަކުރަން އުދަގޫވިއެވެ. އެއާއެކު އުރުޖުވާންގެ އަތުގައި ހިފައިގެން އެތަނުން ނިކުމެގެން ދިޔަތަން ބަލަން ފަރަހް ހުރީ ގަނޑުވެފައިވާ ބުދެއްހެންނެވެ. އެންމެން އެތަނުން ދިޔަ ތަން ބަލަން ފަރަހް ހުރީ ރޮވިފައެވެ. އޭނާގެ ރޭވުމުގެ މަތީން އެއްވެސް ކަމެއް މިހާރު ނުހިނގައެވެ. ބިންމަތީ އޮތް ޖައިލަމްގެ ގައިގައި ފައިން ޖަހާލެވުނީ ވެސް އެ ރުޅީގައެވެ.
***
މާޒިމް އެއައި ބާރު މިނުގައި އޭނާގެ ކާރު ދޮރު ހުޅުވުމަށްފަހު އުރުޖުވާން ކާރަށް އެރުމަށް ކުރީ އަމުރެކެވެ. އުރުޖުވާން ބަލައިލީ މިކާއިލް ގެ މޫނަށެވެ.
" ހީ އިޒް ޔޯ ހަޒްބެންޑް..." މީކާއިލް އަމާން ދޭގޮތަކަށް އަތް އުފުލާލިއެވެ. ހީވީ މާޒިމް ދެކެ ބިރުން ބުނެލި އެއްޗެއް ހެންނެވެ. ހަގީގަތުގައި މާޒިމް އާއި އުރުޖުވާން އެކީގައި ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމަށް އޭނާ ބޭނުންވީއެވެ.
" ބައްޕަ..." އުރުޖުވާން މަޑުން ތުން ތަޅުވާލިއެވެ. އެއިރުވެސް މާޒިމް ހުރީ ކާރުގެ ދޮރު ހުޅުވާލައިގެން އުރުޖުވާން އަށް ކަޅި ހުއްޓާލައިގެންނެވެ. ކައިރީގައި ހުރި މަދީނާ މަޑުމަޑުން އުރުޖުވާން ކާރާއި ދިމާއަށް ކޮށްޕާލިއެވެ.
" މިދަނީ ހޮސްޕިޓަލް އަށް....ގެޔަށް ދާންވީމަ މާޒް އަށް ގުޅާލާނަން..." މީކާއިލް ނޫން ކަމަށް ހަދާލާފައި ބުނެލިއެވެ. އުރުޖުވާން ކާރަށް އެރުމަށް އެހީ ވެދިނުމަށް މާޒިމް އަތް ދިއްކޮށްލިއެވެ. ނަމަވެސް އެ އަތުގައި ނުހިފާ އަވަސްވެލާފައި ކާރަށް އަރަން އުޅުމުން ކައްސާނުލީވެސް ކިރިޔާއެވެ.
" ނުހިފާތި...މަރުވިޔަސް ނުހިފާތި...." މާޒިމް ރުޅިގަދަ ވެފައި ބުނެލި ރާގުން މަދީނާ އާއި މިކާއިލް އަށް ހެވުނެވެ. އުރުޖުވާން ލޯ ހަނިކޮށްލާފައި ތުން އަނބުރާލަމުން ކާރުގައި ހަމަޖެހިލިއެވެ. މާޒިމް ކާރުގެ ދޮރު ބަންލާފައި ޖެހުމަށްފަހު ކާރަށް އަރައި ދުއްވާލިތަން ދެކެން އެދެޒުވާނުންނަށް ތިބެވުނެވެ.
"ވަޓް އަ ނައިޓް....ހީވީ ފިލްމެއްގަ އުޅެވުނު ހެން...." މަދީނާ އަށް ހެވުނެވެ. މީކާއިލް އަށް ހުރެވުނީ މަދީނާގެ މޫނުން ނަޒަރު ވަކިކުރަން އުދަގޫވެފައެވެ.
ވާރޭގެ ފިނި ކަން ޖައްވުގައި ހަރުލާފައި ހުރި އިރު މަދީނާ ގެ މޫނަށް ފިޔާތޮށިކުލަ އަރާފައިވިއެވެ. މީކާއިލް އަށް ބަލަން ހުރެވުނީ މަދީނާ ގެ މޫނުގައި ހަރުލާފައި ހުރި ވާރޭ ތިކިތަކަށެވެ. އެ އޮމާން މޫނުގައި އެ ތިކިތައް ވިދަމުން ދިޔައީ ކުދި މުތީތަކެއް ހެންނެވެ. އަމިއްލަ ނަފްސަށްވެސް އެއްބަސްވާން ބޭނުންނުވާފަދަ ހިމޭން ތައުރީފެއް އެ ބެލުމުގައި ވިއެވެ. މިކާއިލް އެއްޗެއް ނުބުނެ ހުރުމުން މަދީނާ އިސްއުފުލައިލިއެވެ. ލޯ ބައްދަލުވީ މަދު ސިކުންތުކޮޅަކަށް ނަމަވެސް ދެމީހުން ކުރެ އެކަކުވެސް ކުރިމަތިލާން ބޭނުންނުވާ އިހުސާސެއް އުފެދުނެވެ. މިކާއިލް ކުޑަކޮށް ބޯ ހޫރާލީ އެ އިހުސާސް ފިލުވައިލަމުންނެވެ.
"މިއީ ވަރަށް އަޖައިބު ކަމެއް ދޯ؟" އޭނާގެ އަޑު މަޑުމައިތިރި ނަމަވެސް ވަރުބަލިކަން ވިއެވެ.
"މިހުރިހާ ހަމަނުޖެހުމެއްގެ ތެރެއިންވެސް ހުރިހާ ކަމެއް... ރަނގަޅަށް ހިނގައިދިޔަ ގޮތް..........." މަދީނާ އެ ހިމޭންކަން ގެއްލުވައިލިއެވެ. މީކާއިލް ވަގުތުން ޖަވާބެއް ނުދިނެވެ. އޭނާގެ ދަތްދޮޅި ބާރުކޮށްލި، ބުނަން ތައްޔާރުނުވާ ބަސްތަކެއް ހިފަހައްޓާފައިވާ ކަހަލައެވެ. އޭގެ ބަދަލުގައި، އޭނާ ކޮނޑު ކުޑަކޮށް އުފުލާލައި ފުން ނޭވާ އެއް ދޫކޮށްލިއެވެ.
" މެއިބީ....އޮންލީ ﷲ ނޯސް...." މިކާއިލް އަވަހަށް ކާރަށް އެރިއެވެ. މަދީނާ ކާރުގެ ކުރީ ސީޓުގެ ދޮރު ހުޅުވަން ދިމާކޮށްފައިވެސް އެރީ ކާރުގެ ފަހަތު ސީޓަށެވެ. މީކާއިލް އެ ހަރާކަތްތައް ބަލަން ހުރެފައި ހިތުން ޝުކުރުކޮށްލެވުނެވެ.
" ގެއަށްތަ؟" މީކާއިލް ކާރު ދުއްވާލަމުން އަހާލިއެވެ. މަދީނާ ބޯ ޖަހައިލިއެވެ. މަދީނާ އަށް ފިނީގެ އަސަރުކޮށް ނޭފަތް ހިރުވަން ފެށިއެވެ. ކިނބިހި އެޅޭގޮތްވުމުން ކޮންމެ ފަހަރަކު ނޭފަތުގައި ހިފަހައްޓާލަނީއެވެ. މީކާއިލް ކުޑަ އިރުވެސް މަލާމާތްކުރާ ކަމެއް ކަން އެނގޭތީ ކިނބިހި ބާރަށް އެޅިދާނެތީ ލަދު ގަންނަނީއެވެ. މީކާއިލް ކާރުގެ ބުރަކި ޖައްސާލީ އެފަދަ ވަގުތަކާއި ދިމާކޮށެވެ. މަދީނާ އަށް އެޅުނު ކިނބިހީގެ އަޑު ކާރުގައި ގުގުމާލިއެވެ.
"ބާރު ގުގުރީގެ އަޑު ދޯ..."
މަދީނާ ހަމަޖެހެން ހިނދުކޮޅެއް ނެގި ނަމަވެސް މީކާއިލް ގެ ސީޓުގައި ބާރަށް ޖަހައިލިއެވެ.
" ހަމަ ގަސްތުގަ....." މަދީނާގެ މޫނު އެއްކޮށް ރަތް ވިއެވެ. މިކާއިލް އިނީ މަޖާވެފައެވެ. މަދީނާ ރުޅިއަރުވާލެވުމަކީ އޭނާގެ ހިތްހަމަޖެހުމެކެވެ.
" ކިނބިހި އެޅުނީމަ ރުޅި ތަ އަންނަންވީ....ﷲ އަށް ޙަމްދުކޮށްބަލަ...." މީކާއިލް ދިމާކޮށްލިއެވެ. މަދީނާ ތުންއޫކޮށްލައިގެން އިނީ އެ ބުނި އެއްޗެއް އަޑުނީވޭކަމަށް ހަދައިގެންނެވެ. ގެއާއި ހަމަޔަށް ފޯރުމާއެކު މަދީނާ އަވަހަށް ކާރުން ފޭބި ނަމަވެސް މީކާއިލް ގޮވާލިއެވެ.
" ވަޓް..............." މަދީނާ އެނބުރުނީ ރުޅިގަދަވެފައެވެ. ހިކުރީ އަނެއްކާވެސް މިކާއިލް ޖެއްސުމެއް ކުރަން އުޅެނީ ކަމަށެވެ.
" ފޯ ޔޯ އެލާޖީސް......ޓޭކް އިޓް....ޔޫ ނެވާ ނޯ...ތި އަޅާލާ ކިނބިހިއަކުން މިހަކު ހާޓް އެޓޭކެއްވެސް ޖެހިދާނެ...."އޭނަ ފަހު ޖުމްލަ ބުނެލީ މަދީނާ އެ ބޭސް ކާޑު ހޯދުމުންނެވެ. މަދީނާ އަށް ވެސް ހެވުނު ނަމަވެސް ކަޅީ އަނބުރާލައި ދުއްވައިގަތެވެ.
"ސިލީ ގާލް..." މީކާއިލް ކާރު ދުއްވާލީ މަދީނާ ގެއަށް ވަންކަން ޔަގީން ކޮށްފައެވެ.
***
"ސޯ...ވައި އާ ވީ ހިއާ...." ރިޓްޒް ލަންޑަން ހޮޓެލް ގެ ދޮރުމައްޗަށް ކާރު މަޑުކުރުމުން އުރުޖުވާން އަހައިލިއެވެ. ނަމަވެސް މާޒިމް އެ ސުވާލަކަށް ނުބަލައި ކާރުން ފޭބުމަށްފަހު ތަޅުދަނޑި ހަވާލުކުރީ ހޮޓެލް ގެ ވެލެޓްއަށެވެ. އުރުޖުވާން ވެސް ކާރުން ފައިބައިގެން މާޒިމް އާއި އެއް ހަމަ ކުރުމަށް ހިނގައިގަތެވެ. ލަންޑަނުގެ ރިޓްޒް ހޮޓެލް ކުރިމަތީގައި ފެންނަން ހުއްޓެވެ. އޭގެ ރަން އަލިތައް ވާރޭގެ ތެރެއިން ހޫނުކަމާއެކު ދިއްލިފައިވީ ފިނިން ސަލާމަތްވާން ދައުވަތު ދެމުންނެވެ. މާޒިމް، އެއްވެސް އެއްޗެއް ނުބުނެ، ޔަޤީންކަމާއެކު އެތެރެއަށް ހިނގައިގަތެވެ. އުރްޖުވާން މަޑުމަޑުން ކުރަމުން ދިޔަ ސުވާލުތަކަށް އަޅައިނުލައެވެ. އުރްޖުވާން އޭނާގެ ފަހަތުން ދިޔައީ ޔަޤީންކަމެއް ނެތިއެވެ. ހޮޓެލް ގެ ލޮބީގައި ވި އަލި ގަދަ ޗާނދަލިޔާތަށް ދިއްލިފައިވީއިރު މާމެލާމެލީގެ މިރުވަސް މުޅިތާ ހިފެހެއްޓިފައި ހުރިއެވެ. ބޭރުގައި ކުރިމަތިވެފައިވާ ބަނަ ވިއްސާރައާއި މުޅިން ތަފާތު މާހައުލެކެވެ. ހީވީ އެހެން ދުނިޔެއަކަށް ވަދެވުނު ހެންނެވެ. އެތެރެއަށް ވަނުމާއެކު ރީތި ހެދުން އަޅައިގެން ތިބި މެހެމާނުންގެ ނަޒަރު އޭނާއަށް އިހުސާސްކުރެވުނެވެ. ހެދުމުން ފައިބަމުން ދިޔަ ފެންތިކިތަކުން އުރުޖުވާން ގެ ހިތް ލަދުވެތިކަމުގެ އިހުސާސުން ތެޅެމުން ދިޔައެވެ. މާޒިމް އެއްވެސް ޖެހިލުމެއްނެތި މަގު ދައްކަމުން ދިޔައިރު އޭނާގެ ހުރުމުން އެންމެންގެ ލޯތަކުގެ ބަރުދަނުން އޭނާ ސަލާމަތްކުރިއެވެ.
"މާޒިމް، ކީއްވެ މިތަނަށް؟" މިފަހަރު އިތުރަށް މަޑުމަޑުން އަހާލިއެވެ.
ނަމަވެސް މާޒިމް ހިމޭނުން ހުއްޓެވެ. އޭނާގެ ހަމައެކަނި ޖަވާބަކީ އޭނާގެ ދިމާލަށް ނަޒަރު ހިންގާލި ޖަވާބެކެވެ. އަދިވެސް އެހެން މީހުންގެ ނަޒަރު އިހުސާސްކުރެވެމުން ދިޔަ އުރްޖުވާން މާޒިމް ހުރުމުން ރައްކާތެރިކަމުގެ އިހުސާސަކުން ހިތް ހަމަޖއްސާލިއެވެ. ރިސެޕްޝަނިސްޓް ވަރަށް ހޫނު މަރުހަބާއަކާއި އެކު މާޒިމް އަށް ދިއްކޮށްލީ ތަޅުދަނޑިއެކެވެ. އަދި އެ ދެމީހުންނަށް ދާންވާ މިސްރާބު ދައްކައިދިނީ އެތަނުގެ ހާދިމެވެ.
އުރުޖުވާން ހުއްޓުން އަރާފައި ހުރުމުން މާޒިމް އޭނާގެ ފިނި ވެފައި ވީ އަތުގައި ހިފަމުން ހިނގައިގަތެވެ. އުރުޖުވާން ހުރީ ދޫ ބަނދުވެފައެވެ. އެ ވަގުތު އޭނާއަކަށް އެއްވެސް އެއޗެއް ނުވިސްނޭ ފަދައެވެ. ލިފްޓުން އެރީ އެތަނުގެ ހަތް ވަނަ ފަންގިފިލާއަށެވެ. ކޮޓަރީގެ ދޮރު ހުލުވާލަ ދިނުމަށް ފަހު ބާއްޖަެވރި ރެޔަކަށް އެދެމުން ހާދިމު ދިޔައެވެ.
"ވައި ހިއާ؟" އުރުޖުވާން އަހާލި ބާރަށެވެ. ނަމަވެސް އޭނާގެ ފިޔަވަޅު އެޅީ ކުރިއަށެވެ. މާޒިމް އަށް ވުރެ ކުރިން ކޮޓަރިޔަށް ވަނީ އުރުޖުވާން އެވެ.
" ބިކޯޒް ޔޫ ވޯންޓް ޓު ބީ ހިއާ..." މާޒިމް ހިނިތުންވެލިއެވެ. އުރުޖުވާން ގެ ކޯތާފަތަށް ހޫނުވިއެވެ.
" ސޯ އިޓް އިޒް ޓްރޫ..." އުރުޖުވާން އެއްޗެއް ނުބުނެ ހިމޭނުން ހުރުމުން މާޒިމް ދޮރު ލައްޕާލަމުން ބުނެލީ ލާނެތް ރާގަކަށެވެ.
" މަޖަލެއް ނޫނޭ....އައި ވޯންޓް ޓު ގޯ ހޯމް..." އުރުޖުވާން ކޮޓަރިތެރެއަށް ނަޒަރު ހިނގާލަމުން ބުނެލީ މާޒިމް އޭނާ ގެޔަށް ނުގެންދާނެކަން އެނގިހުރެއެވެ. ބޭނުން ނުވީ މާޒިމް އަށް އޭނާގެ ހިތުގަިއވި އަސްލު އިހުސާސްތަށް ފޮރުވުމަށެވެ.
" އާން އޯކޭ...އަވަހަށް ހިނގާ...." މާޒިމް ގެ ޖަވާބު އިވުމާއެކު އުރުޖުވާން އަށް އެނބުުރި ބަލައިލެވުނީ އެ އަޑު އިވުނީ ރަނަގޅަށް ކަމަށް ގަބޫލުނުކުރެވިއެވެ.
" އުރޫޖް މިހާރު ހާދަ މޮޅޭ ދޮގު ހަދަންވެސް....ދާން ބޭނުން ނުވާކަން ބުނެލުމަކީ ފާފަ އަކީތަ؟" ހަށިގަނޑު ސީދާ ކޮށްލައިގެން މާޒިމް ހުއްޓި ހުރިގޮތުން އުރުޖުވާން ރަކިވިއެވެ. އޭނާގެ ހިތަށް އަރާ ހުރިހާ އެއްޗެއް މާޒިމް ދެނެހުރިއެވެ. ކިޔާލަން ފަސޭހަ ހުޅިވިފައި އޮތް ފޮތެކެވެ.
"ވަޓްއެވާ....ހެނދުނު އަރާ އިރާއެކީ އައި ވިލް ގޯ...." އުރުޖުވާން ބޮޑާހާކާލިއެވެ. އަދި ކޮޓަރިތެރެ ހޯދައިލިއެވެ. އެއްފަރާތުގައި ހުރި އުސް ބިއްލޫރިތައް ބިމުން ފެށިގެން ސީލިންގއާ ހަމައަށް ޖަހާފައި ހުރިއިރު، ވާރޭވެހެމުންދިޔަ އުޑުދަށުން ދުރުގައި ވިދަމުންދިޔަ ލަންޑަންގެ ސްކައިލައިންގެ ހިތްގައިމު މަންޒަރެއް ފެންނަން ހުއްޓެވެ. ކޮޓަރީގެ ކަނެއްގައި ހުރި ބޮޑު ފަޔާޕްލޭސް މަޑުމަޑުން ދިއްލިގެން ދިޔައިރު އަލިފާންގަނޑުގެ ސަބަބުން މުޅި ތަނަށް ނަށަމުން ދިޔަ ހޫނުކަން ފެތުރިގެން ދިޔައެވެ. އުރުޖުވާން ހީ ފިލުވައިލަން އެތަނުގައި އިށީނެވެ. މާިޒމް ކަރުކަހައިލިއެވެ.
" ޔޫ ކޭން ޓކް ދަ އާމް ޗެއާ...." މާޒިމް އަށް އެއޗެއް ބުނުމުގެ ކުރީން އުރުޖުވާން ބުނެލިއެވެ. އެ ތަނަވަސް ކޮޓަރީގައި ހުރި ބޮޑު އެނދު ފިޔަވައި ދެން ހުރީ ބޮޑު ދެ ގޮނޑިއެވެ. މާޒިމް އަށް ހެވުނެވެ. އަދި އުރުޖުވާން އަށް ދިއްކޮށްލަދިނީ އަލމާއރިން ނަގައި ހިކި ހެދުމެކެވެ.
" ޔޫ ހޭވް ޔޯ ކްލޯތްސް ހިއާ...." އުރުޖުވާން ހައިރާންވިއެވެ. އަނެއްކާ އެރޭ ފަރަހް އާއި އެކު މާޒިމް އައުމަށް ހަމަޖައްސާފައި ވާ ކޮޓަރިއަކީ ކަމަށް ހީކުރެވުނެވެ. އުރުޖުވާން އަށް ހީވީ އޭނާގެ ހިތަށް ހަންޖަރެއް ވަނީހެންނެވެ.
" ސްލޯ ޑައުން ވިތް އެސަމްޕްޝަންސް.....ޕާޓީ ނިމުނީމަ އައި ނޯ އައި ވިލް ނީޑް ސަމް ސްޕޭސް އެހެންވެ...މިތާ ނުހުންނާނެ ފަރަހް ގެ އެއްވެސް އެއްޗެއްވެސް....ބޭނުމިއްޔާ ބަލާލާ..." މާޒިމް އަލަމާރި ހުޅުވާލަމުން ދައްކާލިއެވެ. އުރުޖުވާންގެ ހިތަށް ލިބުނު ތަސައްލީ އޭނާގެ މޫނުން ހާމަވިއެވެ. ނަމަވެސް އަޅާނުލާ ކަމަށް ހަދާލިއެވެ.
ނުނިމޭ