"ﷲ ތިބާދެކެ ލޯބިވޮޑިގެންވާނަމަ އެންމެ އަގުހުރި ހަދިޔާ ދެއްވައެވެ. އެއީ ހިދާޔަތެވެ. އެއީ އިންސާނާއަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތެވެ."

***

މާޒިމް އެވަގުތު ސިޑިން މައްޗަށް އަރާފައި ޓެރެސް އާއި ދިމާއަށް ދިޔައީ ފަރަހް ގެ ކުރި ކަނޑާލަމުންނެވެ. ފަރަހް އޭނާ އަށް ގޮވާލުމުން އަޑު އިވުނު ކަމަކަށް ނެހެދިއެވެ. ސިޑިމަތިން ދިމާވީ މަދީނާއާއެވެ.

" ހެލޮވީން މޭކަޕެއްތަ؟.....ވަރަށް ގުޅޭ...." މަދީނާގެ ރާގުގައިވީ ޖެއްސުންކުރާފަދަ ގޮތެކެވެ. ފަރަހް ދެބޮމަ ގޮށް ޖަހާލައި ލޯ އަޅާލިއެވެ. އަދި މާޒިމް ގެ އަތުގައި ހިފިއެވެ.

"ތަސްބީހަ އެއްހެން އަހރެންގެ ނަން ކިޔާލަ ކިޔާލަ....ކިހިނެއްތަ ވީ؟ޕާޓީ ކުރެވިއްޖެ އެއްނު ރަނގަޅަށް....އައި ކާންޓް ފައިންޑް މައި މޯމް...ޖަސްޓް ލީވް..." މާޒިމް ފަރަހް އާއި ދިމާލަށް މޫނު އަނބުރާލިވަގުތު މޫނުމަތިން ފެނުނު ރުޅިވެރިކަމުން ހީވީ އަތް އިސްކޮށްފާނެހެންނެވެ. ފަރަހް ފަހަތައް ޖެހިލީ ރަކިވެފައި ހުރެއެވެ. މަދީނާ އަނގަމަތި ފޮރުވާލައި މަލާމާތް ކުރާފަދަ ގޮތަކަށް ފަރަހް އަށް ކަޅި ހިންގާލިއެވެ.

" ޓްސްކް....ޓްސްކް....ސޭޑް....ކްރައި އަ ލިޓްލް....ޔޫ ވިލް ފީލް ބެޓާ..." މަދީނާ ޖެއްސުމެއް ކޮށްލިއެވެ. ފަރަހް ރުޅިގަދަވެ ބުން ފައި ޖަހާފައި ދިޔައީ ނާޝިދުއަށް އެ ރުޅިގަނޑު ބޭލުމަށެވެ. އޭރު ބޯ ވާރޭ ތުނި ކޮށްލައިފިއެވެ.

ޓެރެހުގައި ހުރި ހިޔާ ދޭ އަސްކަނި ދޮށަށް ނަބިލާ ގެންދެވުނީ ވަރަށް މަސައްކަތުންނެވެ. އޭނަ ކެނާންގެ ކޯޓުތެރޭގައި މޫނު ފޮރުވާލައިގެން ހުރެ ހުއްޓާނުލާ ބުނަމުން ދިޔައީ ނާވިޔާ އޭނަގެ އަތުން މަރުވީކަމަށެވެ.

ވާރޭގައި ތެމިފައި ހުރުމުން އުރުޖުވާންވެސް ފިނިވެ ތުރުތުރުއަޅަން ފެށިއެވެ.

"މަންމަ...." މާޒިމް އެހިސާބަށް ފޯރިއިރު އޭނަހުރީ މާނޭވާލެވިފައެވެ. މަންމަ ސަލާމަތުން ހުއްޓާ ފެނުމާއެކު ހުރިހާ ހާސްކަމާއި ކަންބޮޑުވުން އެއްފަހަރާ ފިލައިގެން ދިޔައެވެ. ކެނާން އަތުން އިޝާރާތްކުރީ މާޒިމް ހަމަޖެހިލުމަށެވެ.

" އުރޫޖް...ޔޫ އާ ޝިވަރިން....ކަމަކު ނުދާނެ...ރޯގާ ޖެހިދާނެ..." މަދީނާ އުރުޖުވާން ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. މާޒިމް ވެސް އެވަގުތު އުރުޖުވާންއަށް ނަޒަރު ހުއްޓައިލިއެވެ.

" ނާވިޔާ މަރުވެއްޖެ.....ނާވިޔާގެ ދަރި އެއީ އަހަރެންގެ ޒިންމާއެއް..." ނަބީލާ ބޯ ހިއްލަމުން ވާހަކަ ދެއްކިއިރު ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. މާޒިމް ގެ ހިތް ބާރަށް ތެޅިގަތެވެ.. ނާޝިދުގެ މޫނަށް އެރި ކުލަވަރުން އުރުޖުވާން ބިރުގަތެވެ. އޭނާގެ ހިތުގައި ވި ސުވާލުގެ ޖަވާބު ލިބުނުހެން ހީވިއެވެ.

" މަންމަ މަރާލީތަ؟މިއީ ތެދެއްތަ؟" އުރުޖުވާން ސުވާލު އަމާޒުވީ ނާޝިދުއަށެވެ. އޭނަ އިސްޖަހާލިއެވެ. ނަބީލާ ތެދުވެފައި މާޒިމް ދެކޮނޑުގައި ހިފިއެވެ.

"މާޒް ދުށީމެއްނު....ދުށީމެއްނު....މަންމަ ކޮށްޕާލިތަން....ނާވިޔާގެ އެއްވެސް ކުށެއް ނެތް...." ނަބީލާ މާޒިމް ގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އުރުޖުވާން ހައިރާންވީވަރުން އަނގަމަތީގައި އަތް އެޅުނެވެ. މާޒިމްގެ މޫނުމަތިންވެސް ފެނުނީ ތަފާތު އަސަރެކެވެ. އެކަން އޭނަ ދޮގެއް ނުކުރިއެވެ. މަދީނާ ކަންބޮޑުވެފައި އުރުޖުވާން އަތުގައި ހިފުމުން އަތް ފޮޅާލިއެވެ.

" އިތުރު ކިތައް ސިއްރު....ހައު މެނީ ލައިސް ޑޫ ޔޫ އޯލް ޕްލޭން ޓު ޓެލް މީ....." އުރުޖުވާންގެ އަޑު ބާރުވިއެވެ. އުރުޖުވާން ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. މާޒިމް ބޯ ހޫރައިލީ އާދޭސްކުރާފަދަ ގޮތަކަށެވެ. އޭނާއަށް ވެސް އެވަގުތު ބުނާނެ ވަކި އެއްޗެއް ނޭނގުނީއެވެ. އުރުޖުވާން އެތަނުން ދާން ހިނގައިގަންނަމުން މާޒިމް ގެ ކައިރިޔަށް އޭނާ ދިން ޖެކެޓު ވައްޓާލިއެވެ. މީކާއިލްއަށްވެސް އާދެވުނީ އެވަގުތުއެވެ. ވާރޭ ވެހިފައި އޮތުމުން މުޅި ތަނުގައި ފެން އޮތް ނަމަވެސް އުރުޖުވާން މިކާއިލްގެ އެހީ ހޯދަންވެސް އިންކާރުކުރިއެވެ. މަދީނާ ފަހަތުން ދާން ހެދުމުން ނައުމަށް އެދުނެވެ. ކުއްލިއަކަށް ކާލި އަޅަމުން ވަކި މިސްރާބެއްނެތް ފަދަ ގޮތަކަށް އެމީހުންނާއި ދިމާލަށް ޖައިލަމް އަންނަތަން ފެނުނެވެ. އޭނަ އައި ގޮތަށް ހިފެހެއްޓީ އުރުޖުވާންގެ އަތުގައެވެ. ދުރަށް ދާން އުޅުމުން ކައްސައިނުލީވެސް ކިރިޔާއެވެ. މީކާއިލް ވިދުވަރެއްފަދައިން ޖައިލަމް އާއި ދިމާއަށް ދިޔަނަމަވެސް ހުއްޓުން އެރީ އެއަތުގައި އޮތް ފިސްތޯލަ ފެނިފައެވެ. މަސްތުވެފައި ހުރުމުން އޭނާގެ ލޯ ވެސް ރަނަގޅަކަށް ނުހުޅުވެއެވެ.

"ޕިޝޫން...ޕިޝޫން...ކައިރިވެއްޖިއްޔާ ނިމުނީ..." ޖައިލަމް ފިސްތޯލު މީކާއިލް އާއި ދިމާއަށް އަމާޒުކޮށްގެންހުރެ ހީގަތެވެ. މާޒިމް ގެ ހިތުގެ ތެޅުން އެތައްގުނަ އިތުރުވިއެވެ. ކެނާން ފަހަތުން އައީ ޖައިލަމް އަތުން ފިސްތޯލު އަތުލުމަށެވެ. ނަމަވެސް އޭނަ ފިސްތޯލަ އުފުލާލާފައި މައްޗަށް ޖަހާލި ވަޒަނުން އެންމެން ހިމޭންވިއެވެ. އުރުޖުވާން ހުރީ ލޯ މަރާ ބާރުކޮށްލައިގެންނެވެ. ޖައިލަމްގެ އަތުން ސަލާމަތްވުމަށްޓަކާ ގަދަހަދާލަންވެސް ނުކެރުނެވެ. ނަބީލާވެސް އެ ދިމާލަށް ހިނގައިގަންނަން އުޅެފައި ހުއްޓުން އެރިއެވެ.

" އެކަކު ކައިރިވިޔަސް ނިމުނީ.....މި މަންޖެ މިހާ ޚާއްސައީތަ....ރީތި....ރީތި ލޮލެއް....އޮމާން މޫނެއް....."އޭނަ އުރުޖުވާންގެ މޫނުގައި ފިސްތޯލައިން ފިރުމާލިއެވެ. މާޒިމްގެ ލޭކެކިގަތެވެ. އަމިއްލަ ނަފުސްގެ ކޮންޓްރޯލް ގެއްލިގެން ދިޔުމާއެކު ވައިރޯޅިއެއްހާ ބާރަށް އޭނަ ދިޔަގޮތަށް މަޑުޖެހިލީ ޖައިލްމްގެ މޫނާއި މޫނު ޖެހޭ ހިސާބުގައެވެ.

"ނޯ...މާޒް ނޯ..." އުރުޖުވާން އަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ޖައިލަމް އޭނާގެ ފިސްތޯލު އުރުޖުވާންގެ ބަނޑުގައި ޖައްސާ ބާރުކޮށްލިއެވެ. ހީވީ ދެންމެ ދެންމެހެން ވަޒަނެއް ފޮނުވައިލާފާނެހެންނެވެ. ނާޝިދު ފުލުހުންނަށް ގުޅަން މަސައްކަތް ކުރިއެވެ. ދޮރު ބަންދުކޮށްގެން ޖައިލަމް ހުރުމުން އެކަކަށް ވެސް އެތަނުން ބޭރަށް ނިކުމެވެންވެސް ނެތީއެވެ.

" ކީއްވެ ފިލީ.....އަހަރެން ހުތުރީތަ؟ކަލޭ އިނދެގެން ހުރި ސިހުރުވެރިޔާ މާ ރީތިއީތަ؟އޭ ކަލޭ...ނާޝިދު...ބުނަން މަ ނަބީލާ ކައިރީ ބުނީމޭ ކަލެއޭ މި މަންޖެ އާ ހެދި މޮޔަވެގެން އުޅުނީ.......ނަބީ އަށް އެހެންވެ ދިނިން ކުޑަ ޕިލް އެއްވެސް...." ޖައިލަމް ހެމުން ވާހަކަދެއްކިއެވެ. ނާޝިދު ގެ ބޮލަށް އެނބުރުން އެރިއެވެ. މިހާ ދުވަހު ހީކުރެވުނީ ހަގީގަތުގައިވެސް އޭނާއަށް މަސްތުގެ ހާލަތުގައި އަރައިގަނެވުނު ކުށެއް ކަމުގައެވެ. ނަމަވެސް މި ހުރިހާ ނުބައި ރޭވުމެއްގެ ފަހަތުގައި ހުރީ ޖައިލަމްއެވެ. ނާޝިދު މޮޔައެއްހެން ހޭންފެށިއެވެ. އޭނަ އުފާކުރިއެވެ. އަދި ހުސް ކަމުގެ ތެރެއަށް ބަލަހައްޓައިގެން ގަބުވެފައި ހުރި ނަބިލާގެ އަތުގައި ހިފަހައްޓައިގެން ހުރެ ނަށަައިލެވުނެވެ.

" އައި ނެވާ ޑިޑް ދެޓް ޓު ހާ....އަހަރެން ނާވިޔާއަކަށް އެއްވެސް ދެރައެއް ނުދެން ...ނަބީލާ...އަލްޙަމްދުލިއްﷲ....މިހާ ދުވަސް ވަންދެން އަހަރެންގެ ބޮލުގައި އެޅުވީ ދޮގު އިލްޒާމެއް....ނަބީލާ އަޑުއިވުނުތަ؟އަޑުއިވުނުތަ؟" ނާޝިދު ހެމުންގޮސް ރޮވުނެވެ. ނަބިލާ އޭރުވެސް ބޭރުގެ މަންޒަރަށް ބަލަހައްޓައިގެންނެވެ.

" ސައިލެންސް...." ބަޑީގެ ދެވަނަ އަޑު އެތަނުގައި ގުގުމައިލިއެވެ. ހުޝިޔާރުކަމާއެކު މާޒިމް ގެނައި ހަރަކާތުން އޭނައަށް އުރުޖުވާން ސަލާމަތް ކުރެވުނެވެ. މާޒިމްގެ ފަހަތައް އުރުޖުވާން ލަމުން އޭނަ ޖައިލަމް އާއި ކުރިމަތިލިއެވެ. ހުރިހާ ކަމެއްވެސް ވެދިޔައީ ބަސްބުނާހިނދުކޮޅުގެ ތެރޭގައެވެ.

" އުނހޫ....ތިކުރީ ގޯސް ކަމެއް....މިހާރު އަހަރެންގެ ނުލަފާކަން ކަލޭމެން އެންމެނަށް ފެންނާނެ.....ކޮންމެވެސް މީހަކު މަރުވާނެ...އެނީ ވޮލެންޓިއާސް...." ޕިސްތޯލު އެންމެނަށް އަމާޒުކުރަމުން ޖައިލަމް މުޅިތަނުގައި ހިނގަމުން ދިޔައެވެ. ދޭތެރެއަކުން ނުލަފާ ހިނިގަނޑެއް ޖަހައިލައެވެ.

"ކަލޭ މަރުވާނީ އަހަރެންގެ އަތުން...." ނާޝިދު ދަގަނޑު ބުރިއެއް އަތަށް ހެޔޮވަރުކޮށްލަމުން ދުއްވައިގަތީ ޖައިލަމް އަށް ހަމަލާދިނުމަށެވެ. ކެނާން އާއި މަދީނާ ބައްޕަ ހިފެހެއްޓުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

" އޯ...މަގޭ އެންމެ ގާތް އެކުވެރި ނާޝިދު....ވަރަށް ބޭނުންދޯ މަރުވާން...އަވަހަށް އާދޭ މަރުވާން....ޝަހާދަތް ލައިދީފަތަ މަރާލަންވީ..." ޖައިލަމް ގެ ފުރަތަމަ ހަމަލާ ނާޝިދުގެ ހަށިގަނޑަށް ނާރާ ސަލާމަތް ކުރީ ކެނާންއެވެ. އޭނާއަށް ކިރިޔާ ނާޝިދުގެ ގައިގާ ހިފަހައްޓާފައި ދުރަށް ކޮށްޕައިލެވުނީއެވެ. ނަބީލާ ހުސްކަމުގެ ތެރެއިން ނަޒަރު ހުއްޓައިލީ އެ ހަލަބޮލި މާހައުލަށެވެ. އަދި ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ބެލްކަންޏާއި ދިމާލަށް ފިޔަވަޅުއަޅަން ފެށިއެވެ. އެންމެންގެ ސަމާލުކަން ހުރީ ޖައިލަމް އަށް ކަމުން ނަބީލާއާއިމެދު ސަމާލުވާނެ އެކަކުވެސް ނެތެވެ. ނަބީލާ ފަހަތަށް ބަލައިލާފައި ހިނިތުންވެލިއެވެ. އަދި އޭނާގެ އިސްތަށިގަނޑު ރޫޅާލަމުން އެ ރޭގެ ފިނި ރޯޅިތައް މޫނުގައި ބީހެން ފުރުސަތު ދިނެވެ. އަދި ލައިގެން ހުރި ފައިވާން ބޭލުމަށްފަހު އެރީ ބެލްކަނީގެ ރެއިލިންގް މައްޗަށެވެ. އޭނާގެ ހިތުގައި އެއްވެސް ހާސްކަމެއް ބިރެއް ނެތެވެ. އެތާ މައްޗަށް އަރައި އަތް އުފުލައިލީ އުޑާއި ދިމާއަށެވެ.

" އާން ކޮބާ.....އެހެރީ އަހަރުމެންގެ އެންމެ ފުރަތަމަ ވޮލަންޓިއާ....ބަލާލަ ނިކަން....އަވަހަށް ފުންމާލާ..." ޖައިލަމްއަށް އެ މަންޒަރު ފެނުމުން މަޖާވިއެވެ. އެއާއެކު އެންމެން ސިހިފައި އެދިމާލަށް ބަލައިލީ އެކީގައި ކަހަލަ ގޮތަކަށެވެ. އެންމެނަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު އެ ލޯތަކުން ފެނުނީ ހާސްކަމުގެ އިންތިހާއެވެ.

" މަންމާ...." ކެނާން މަޑުމަޑުން ކިޔައިލަމުން ކުރިޔަށް ފިޔަވަޅު އެޅިއެވެ. ޖައިލަމް ވަގުތު ބޭނުން ކޮށް އުރުޖުވާން އަށް ބަޑި އަމާޒުކުރިއެވެ.

" ކޮންމެވެސް އެކަކު....ސަޅި ޑީލެއް؟" މާޒިމް ދެފަރާތައް ބަލައިލީ ހަދަންވީ ގޮތެއް ނޭގި ހާސްކަމުގައެވެ. ދެފަރާތުންވެސް އޮތީ ގެއްލުމެވެ. ވާރޭ ބޯކޮށްލީވެސް އެވަގުތުގައެވެ. ނަބިލާ ހީވީ ދެންމެ އަރި އަޅާލައިގެން ވެއްޓިދާނެހެންނެވެ. ކެނާން ކުރިއަށް ފިޔަވަޅު އަޅާ ކޮންމެ ފަހަރަކު ޖައިލަމް ދިނީ އިންޒާރެކެވެ. އުރުޖުވާންގެ ގަޔަށް ބަޑި ޖަހާލާނެ ކަމުގެ އިންޒާރެވެ. ނަބީލާއަށް ހަށިގަނޑު ސަމާލު ނުކުރެވި ފައިތިލަ ކައްސާލާ ކޮންމެ ފަހަރަކު އެންމެނަށް ހަޅޭއްލަވައިގަނެވެނީ އެއްފަހާރާއެވެ.

" އައި ޑިޒާވް ޓު ޑައި....އަހަންނާ ހެދި އެންމެންގެ ދިރިއުޅުން ހަލާކުވީ.....އައި ލަވް ޔޫ އޯލް....." ނަބީލާ ވާހަކަދެއްކީ ހިނިތުންވުފައި ހުރެއެވެ. އުރުޖުވާން ލޯ މަރާލާފައި ހިތާހިތުން އާޔަތުލް ކުރުސި ކިޔެވިއެވެ. ކާމިޔާބު ލިބުމަށް އެދި ދުޢާ ކުރެވުނެވެ. ކޮންމެ ހާލަތެއްގައިވެސް ކުރަންވީ ދުޢާއެވެ. މާޒިމް ވަރަށް ހުޝިޔާރުވެފައި ޖައިލަމް ފައިގައި ޖެހި ބާރުމިނާއެކު އުރުޖުވާން އޭނައާއި ދުރުކޮށްލިއެވެ. ޖައިލަމް ބިންމަތީގައި ޖެހުނުއިރު ފިސްތޯލު ވިއްސައިގެން ގޮސް ޖެހުނީ މާ ދުރުގައެވެ. ބިންމަތީ ވެއްޓިފައި އޮތް ޖައިލަމް ގެ އަތަށް ފައިން އެރީ މީކާއިލް އެވެ. ނަބީލާ ފުންމައިލަންވެގެން އެއް ފައި ނެގި ސިކުންތުކޮޅު ނާޝިދު އާއި ކެނާންއަށް ގޮސް ނަބިލާ ގެ އަތުގައި ހިފުނީ ހަމަ ކިރިޔާއެވެ. މާޒިމް ބިންމަތީ އޮތް ފިސްތޯލު ނަގައި މިކާއިލްގެ ފައިތިލަ ދަށުގައި އޮތް ޖައިލަމްގެ ބޮލުގައި ޖައްސާ ފިއްތާލިއެވެ.

" ޔޫ ވިލް ބެގް ފޯ ޔޯ ލައިފް ވަން ޑޭއި...." މާޒިމް ދަތްކުނޑިވިކާފައި ބުނެލިއިރު އުރުޖުވާން އޭނާގެ އަތުގަިއ ހިފައި އާދޭސް ކުރަމުން ދިޔައެވ. ފަރަހް ވެސް ޓެރެސްއަށް އަރާފައި އެ މަންޒަރު ފެނި އޭނާގެ ބައްޕަގެ ސަލާމަތަށް ދުވެފައި އައެވެ.

" ޑޭޑް...." ފަރަހް ހައިރާންވިއެވެ. ހަގީގަތުގައި މި ހުރިހާ ކުޅިވަރެއް ދުރުން ބަލަން ހުރީވެސް އޭނައެވެ. ޖައިލަމް އަތަށް ފިސްތޯލު ދީ މިހުރިހާ ކަމެއްގެ ރޭވި މޭސްތިރިއަކީވެސް އޭނައެވެ. މާޒިމް ފިސްތޯލައިން ޖައިލަމްގެ ބޮލުގައި ޖެހި ބާރު އެތިފަހަރުން އޭނަ ޚަބަރުހުސްވާގޮތްވިއެވެ.

"ކޮން ޑޭޑް އެއް....ޑޫ ޔޫ އީވެން ރިއަލައިޒް ވަޓް ހީ ހޭޒް ޑަން....." މާޒިމް ގެ ރުޅިގަނޑު މަތަކުރަން އުދަގޫވިއެވެ. އެއާއެކު އުރުޖުވާންގެ އަތުގައި ހިފައިގެން އެތަނުން ނިކުމެގެން ދިޔަތަން ބަލަން ފަރަހް ހުރީ ގަނޑުވެފައިވާ ބުދެއްހެންނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު