ބަޔާން އާއި ލެވަކޫސެން ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

ބަޔާން އާއި ލެވަކޫސެން ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އާއި ތާވަލްގެ އެއްވަނައިގާ އުޅޭ ބަޔާން މިޔުނިކް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާން އިންނެވެ. މުޅި މެޗުގައި ވެސް ލެވަކޫސެންއަށް އުފެއްދިފައިވަނީ އެންމެ ތިން ހަމަލާ ނަމަވެސް މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފާވަނީ ބުންޑެސްލީގާގައި ބަޔާން އިން ކުރަމުންދިޔަ 11 އަހަރުވީ ރަސްކަން މިދިޔަ ސީޒަންގައި ނުމުމަކަށް ގެނައި ލެވަކޫސެންއިންނެވެ.

މިލަނޑު މެޗުގެ 31ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮބާޓް އެންޑްރިޗްއެވެ. ނަމަވެސް މިލީޑު ލެވަކޫސެންއަށް ހިފެހެއްޓޭވަރުވީ ހަތް މިނެޓް ވަންދެނެވެ. ބަޔާންގެ އެލެގްޒެންޑާ ޕަވްލަވިޗްވަނީ މެޗުގެ 39ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މިމެޗުގެ ދެވަނަ ހާފުގައި ބަޔާންއަށް މެޗުގެ ލީޑު ނެގުމަށް ރަނގަޅު ދެތިން ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއްނުވިއެވެ. އަދި މިޗުން އެއްވަރު ވުމުގެ އިތުރުން މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ބަޔާންގެ ތަޖްރިބާކާރު ފޯވަޑް ހެރީ ކޭންއަށް އަނިޔާވެގެންވަނީ ބާލަން ޖެހިފައެވެ.

މެޗަށްފަހު ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވިދާޅުވީ އުންމީދަކީ ހެރީއަށް ލިބުނު އަނިޔާއެއީ އެއީ ބޮޑު އަނިޔާއަކަށް ނުވުން ކަމަށެވެ. ބަޔާން ދެން ކުޅޭ މެޗުގައި މިއަންނަ ބުދަދުވަހުގެ ރޭ ބައްދަލުކުރާނީ ޔުއޭފާ ޗެމްޕިއަންސް ލީގުގައި އެސްޓަންވިލާ އާއެވެ.

މިމެޗު އެއްވަރު ވުމުން ބަޔާން މިވަނީ މިސީޒަންގައި ފުރަތަމަ ފަހަރަށް ލީގު މެޗަކުން އެއްވަރު ވެފައެވެ. އަދި މިހާރު އުޅެނީ ފަސް މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ލެވަކޫސެން އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.

މިމުބާރާތުގައި ތާވަލްގެ ދެވަނައިގާ އުޅޭ އާރްބީ ލެއިޕްޒިބާއި އައުގްސްބާގް ބައްދަލުކުރި މެޗު ހަތަރު ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ ލެއިޕްޒިގްއެވެ. އަދި ޑޯޓްމުންޑް އާއި ބޯކަމް ބައްދަލުކުރި މެޗު ހަތަރު ލަނޑު ދެ ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޑޯޓްމުންޑް އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު