"ދުނިޔެއާއި އާޚިރަތުގައި ތިބާއާއި ކުރިމަތިވެދާނެ މުސީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭނަމަ މީސްތަކުންނާއި ކުރިމަތިވާ މުސީބާތްތަކުން އެމީހުން ނަޖާކޮށްދިނުމަށް ތިބާ މަސައްކަތް ކުރާށެވެ. އެހީއަށް އެދި އަތް ދިއްކުރާ މީހުންނަށް ހަމްދަރުދީވާށެވެ. އެމީހުންގެ ކަރުނަތައް ފޮހެލަދޭށެވެ."ހުކުރު ޚުތުބާއިން"
***
"ސޯ ވަޓް....ޔެސް އައިމް މެރީންގް ފޯ މަނީ...ސޯ ވަޓް..ގޮސް ބުނެބަލަ އެންމެން ކައިރީ...." ޖޫރީގެ އަތް ފޮޅާލަމުން އަހެދް ފަހު ލަފުޒުތައް ބުނެލީ ރުޅިވެރިކަމާއެކުއެވެ. ޖޫރީ ގެ އެސްފިޔަތައް ތެމުނެވެ. އަހެދް މިހާ ދަށުދަރަޖައަކަށް ވެއްޓިދާނެކަމަށް އޭނަ ފަހަރެއްގައިވެސް ހީކޮށްފައެއް ނެތެވެ. ޖޫރި އޭނާގެ މޫނު ދެއަތް ތެރެއަށް ލައި ފޮރުވަމުން ރޮއެ ގަތެވެ. އަހެދް ގެ ދުލުން އެފަދަ ކަމަކަށް އެއްބަސްވެދާނެ ކަމަށް ހީވެސް ނުކުރެއެވެ.
އަހެދް އޭނާގެ މޫނު ފޮތި ކޮޅު އަޅަމުން ނިކުތީ ދޮރު ބާރަށް ޖަހަމުންނެވެ. އަހެދް ނިކުތް ވަގުތު ކުރިމަތީ ހުރި މުރުތަސިމް ފެނި އޭނަ ގަނޑުވިއެވެ. މުރުތަސިމްގެ މޫނުމަތިން ފެނުނީ ތަފާތު ކުލަވަރެކެވެ. އެ ލޮލުގައިވީ ރުޅިވެރިކަމުގެ އިންތިހާއެވެ. އޭނާގެ ދެއަތް ފަހަތަށް ލައިގެން ހުރީ އަތް މުށްކަވާ ބާރުކޮށްލައިގެންނެވެ.
" ސިމް....އިޓްސް...އަމް..." އަހެދް ގެ ދޫ ހަރަކާތްކުރަން އުނދަގޫ ވިއެވެ. މުުރުތަސިމް އަހެދް ގެ އަތުގައި ބާރަށް ހިފެހެއްޓިގޮތުން އިތުރު އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުލިބުނެވެ. ރުޅިވެރިކަމާއެކު ދަމަމުން ކަހަލަ ގޮތަކަށް ގެންދަން ފެށިއެވެ. ހުރެވުނު ތަނުގެ ގޮތުން އަހެދް އެއްވެސް ގަދަހެދުމެއް ނެތި މުރުތަސިމް އާއި އެކު ދިޔައެވެ. ސެލޫން އިން ބޭރަށް ގޮސް ކާރާއި ހަމަޔަށްވެސް ދިޔައީ އެގޮތުގައެވެ. އަލްބާން ލޯ ހަނިކޮށްލައި މުރުތަސިމް އާއި އަހެދް އަށް ބަލައިލެވުނެވެ.
" ކާރަށް އަރާ...." މުރުތަސިމް ކޮށްލީ އަމުރެކެވެ. އެ ދެމީހުންގެގެ މެދުގައި ކަމެއް ގޯސް ވެއްޖެކަން ޔަގީންވިއެވެ. އަހެދް ހުރީ އިސްޖަހާލައިގެންނެވެ. މުރުތަސިމް ކާރުގެ ދޮރު ހުޅުވައިގެން ހުރެ އަހެދް އަށް ކާރަށް އެރުމަށް އަމުރުކުރަމުން ދިޔައެވެ. އަހެދް ކާރަށް އަރަން ފަސްޖެހުމުން ގަދަ ކަމުން ކާރަށް އެރުވީ އަތުގައި ހިފާފައެވެ.
"ސިމް....ވަޓްސް ރޯންގް....ބީ ޖެންޓެލް....ރުޅި އަޔަސް ތިއީ..." އަލްބާން އަށް ކެތްނުކުރެވި ބުނެލެވުނެވެ.
"ސްޓޭއި އައުޓް އޮފް އިޓް..." ހަރުކަށި ކަމާއެކު މުރުތަސިމް އެންގީ އެކަމާއި ނުބެހުމަށެވެ. އަލްބާން އިތުރު އެއްޗެއް ނުބުނެވެނީސް މުރުތަސިްމ ކާރަށް އަރާފައި ދުއްވާލިއެވެ. ދެކޭ މީހުންވެސް ބިރުން ފިތްކަނޑައިގެންދާހާ ބާރަށެވެ.
"މިހާރު ކިހިނެއްވީބާ...." އަލްބާން ހިތާ ހިތުން ކިޔާލިއެވެ. މިވީ ގޮތުން އެންމެން ގޮވައިގެން ގެޔަށް ލައިދޭން ދެ ދަތުރު އަޅަން ޖެހޭނީ އޭނާއަށް ކަން ޔަގީންވިއެވެ.
***
" ސިމް....ކާރު ދުވެލި މަޑުކޮށްލަބަލަ....ޕްލީޒް..." އަހެދް އާދޭސް ކުރަމުންދިޔައެވެ. ޓްރެފިކް ސިގްނަލަކަށް ނުބަލާ މުރުތަސިމް ކާރު ދުއްވަމުން ދިޔައެވެ. އަހެދް ދައްކާ ވާހަކައަކަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. ދުވެލި މަޑުކުރަން ބުނާ ކޮންްމެފަހަރަކު އެއަށްވުރެންވެސް ބާރުކޮށްލައެވެ. އަހެދްގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ޖޫރީ އާއި ދެއްކި ވާހަކަ މުރުތަސިމްއަށް އެނގުނީ ކަން ޔަގީނެވެ. އޭގެ ދިފާއުގައި ދައްކަންވީ ވާހަކައެއް ސިކުނޑީގައި ރާވަން މަޖުބޫރުވިއެވެ.
"ޕްލީޒް ސްޓޮޕް......" އަހެދް ރޮއެގަތެވެ. މުރުތަސިމްގެ ހިތް މަޑުކުރުމުގެ ބޭނުމުގައެވެ. މުރުތަސިމް ކާރުގެ ބުރަކި ޖައްސާލީ ބާރަށެވެ. އަހެދް އިނީ ސިޓްބެލްޓް ނާޅައި ކަމުން އޭނަ ވިއްސައިގެން ގޮސް ތަނެއްގައި ބޯ ނުޖެހުނީ މުރުތަސިމް އޭނާގެ އަތް ޖެއްސުމުންނެވެ. އެވަގުތު އަހެދް ގެ ހިތް ބާރަށް ތެޅުނެވެ. މުރުތަސިމް ރުޅީގައިވެސް އޭނާ ހިމާޔަތްކޮށްދިނެވެ.
" ފައިސާ އާއި މުދާތަ ބޭނުންވަނީ؟މިހިރީ....ޓޭކް އިޓް.....މަދިއްޔާ އަދިވެސް ދީފާނަން،...." މުރުތަސިމް ކާރުގެ ވަތްގަނޑުން ނެގި ފައިސާ ނޫޓުތައް އަހެދް ގެ ގަޔަށް އުކާލިއެވެ. މުޅި ކާރުތެރޭގައި އެ ފައިސާ ނޫޓުތައް އުދުހެމުންދިޔައެވެ.
" ޖޫ މާގިނައިން އަހާތީވެ އެގޮތަށް ބުނީ....އެންމެންވެސް އެގޮތަށް އެ ސިއުމް ކުރާތީވެ...އިޓްސް ނޮޓް ޓްރޫ..." އަހެދް އަށް އޭނާގެ އަމިއްލަ ނަފްސުގެ ނިކަމެތިކަން އިހުސާކުރުވިއެވެ. މުރުތަސިމް ގެ ނަޒަރުގައި އޭނާ އެ ވެއްޓުނީ ކިހާ ދަށު ދަރަޖައަކަށް ކަން ރޭކާލީ ދެނެވެ. މުރުތަސިމް އަހެދް މޫނު އަޅާ ފޮތިކޮޅުވެސް ނަގާ ހޫރާލިއެވެ. އަހެދް ގެ އަތުން ހީބިހި ނެގިއެވެ. މުރުތަސިމް އަކީ އެހާ އަނިޔާވެރި މީހަކީބާއެވެ. ހިތް އެފުށްމުފުށަށް ޖެހުނު ކަހަލައެވެ.
" ދޮގު......މޫނު ނިވާ ކުރަނީ ތި ދޮގުތަށް ފޮރުވަންތަ؟ޑޫ ޔޫ އީވެން ރިއަލައިޒް...." މުރުތަސިމްގެ ކަރު ބެދުނެވެ. ޒަހްރާ އަށް އަހެދް އެ ބުނި ބަސްތައް އަޑުއިވުނު ނަމަ ވާނެ ދެރަ ވިސްނިފައެވެ. ޖޫރީ އާއި ދިމާއަށް އެފަދަ ބަސްތައް ބުނަން ކެރުނު ކަމާއި މެދުގައިވެސް މެއެވެ. އޭނަ އަހެދްގެ ކައިރީގައި އަމަލުތައް އަބަދުވެސް ބެހެއްޓީ ލޯތްބާއި އިއްޒަތާއި އެކުއެވެ. އަހެދް ގެ މޫނުން އެފެންނަ ކުލަވަރުން މުރުތަސިމްގެ ހިތުގައި ހީވީ އަލިފާން ޖަހާހެންނެވެ.
" ކޭން ޔޫ ލިސިން.....މިބުނީ ނު ޖޫރީ މާގިނައިން އަހާތީވެ ބުނި އެއްޗެއްކޭ..." އަހެދް އޭނާގެ އަޑަށް ބާރުލައި ބުނި ވަގުތު އެ ދޮން މޫނު ރަތްވިއެވެ. ކައިލްގެ ވާހަކަ އަޑުނީވޭކަން އަހެދް ޔަގީން ކުރަން ބޭނުންވިއެވެ. މުރުތަސިމް އެވަގުތު އަތް މުށްކަވާފައި ޖެހީ ހުންގާނުގައެވެ.
" އިތުރު އެންމެ ލަފުޒެއްވެސް އަޑުއަހަން ބޭނުމެއް ނުވޭ......" މުރުތަސިމް އޭނާގެ މޫނު އަހެދް އާއި ކައިރިކޮށްލައި ބުނެލީ ދަތްކުނޑިވިކާފައެވެ.އަހެދްގެ ތުންފަތް ރޫ ރޫ އެޅިއެވެ. ހިތް ތެޅޭ އަޑުވެސް އެ ހިދުކޮޅުގައި ބޭރަށް އިވުނެވެ. އަހެދް ދައްކާ ވާހަކަތައް ގަބޫލުކުރަން އޭނައަށް ފަސޭހައެއްނުވިއެވެ. ލޯ ފިތައި ބާރުކޮށްލައިގެން އިން އަހެދްގެ މޫނު ފެނި މުރުތަސިމްގެ ހިތަށް އަސަރުކުރިއެވެ. ނަމަވެސް މައްސަލައަކީ އަހެދް ދައްކާ ވާހަކައަށް އިތުބާރުކުރަން ފަސޭހައެއް ނުވީމައެވެ. ހިތާ އި ސިކުނޑި ފެށީ ހަނގުރާމައެކެވެ. އޭނަ އަހެދް އަށް ސީޓްބެލްޓް އަޅުވާލަދިނެވެ. އަހެދް ލޯ ފިތައި ބާރުކޮށްލައިގެން އިން އިރު އެ ލޮލުން ހޫނު ކަރުނަތައް ފޭދެމުންދިޔައެވެ. ނައީމުގެ އަނިޔާތައް އޭނާގެ ސިކުނޑީގައި ކުޅެވެމުންދިޔައެވެ. މުރުތަސިމްގެ ރުޅި މައިތިރިވިއެވެ. ރުޅިގަދަވި ވަގުތު އަހެދް އާއި މެދު ކަންތައްކުރެވުނު ގޮތުން އޭނަ ލަދުގަތެވެ. ކާރު ދުއްވާލީ މަޑުންނެވެ. ކާރު ދުއްވާކަން އިހުސާސް ވުމުން އަހެދް އޭނާގެ ލޯ ހުޅުވާލިއެވެ. ގެޔާ ހަމަޔަށް ފޯރީ އެއްވެސް ވާހަކައެއް އެ ދެމެދުގައި ނުދެކެވިއެވެ. ކާރު މަޑުކޮށްލީ ގޭގެ ދޮރާށި ކައިރިއަށެވެ. މުރުތަސިމް އެވަގުތު އަހެދް އަށް އޭނާގެ މޫނު ފޮތިކޮޅު ދިއްކޮއްލަދިނީ ދުރަށް ބަލަހައްޓައިގެން އިނދެއެވެ.
" ގޯ އެންޑް ގެޓް ރެޑީ.....ފޯ ދަ ރިސެޕްޝަން....ވީ ވިލް ޓޯކް އާފްޓާ ދެޓް...." މުރުތަސިމް ގެ ރާގުގައިވީ އަމުރުވެރިކަމެވެ.
" އާ ޔޫ ސްޓިލް ގޮނަ މެރީ މީ؟" އަހެދް ހައިރާންކަމާއެކު ސުވާލުކުރިއެވެ. މުރުތަސިމް އެވަގުތު އަހެދް އަށް މޫނު އަނބުރާލިއެވެ.
" އައި މެރިޑް ޔޫ އޯލްރެޑީ....ހަހް....ހަނދާނެއް ނުވޭ ދޯ...." މުރުތަސިމް ބުނެލީ ޖެއްސުމުގެ ރާގުގައެވެ. އަހެދް އިތުރު އެއްވެސް އެއްޗެއް ނުބުނެ ކާރުން ފޭބީ އޭނާގެ ލޮ ފޮހެލަމުންނެވެ. ކާރުން ފައިބަމުން ފައިސާގެ ނޫޓުތައް ގައިން ފޮޅާލި ވަގުތު އަހެދް އަށް އޭނާ ގެ ނިކަމެތިކަން އިހުސާސް ކުރެވި ފެންކަޅިވިއެވެ.
***
" ވިލްދާން....ވިލް...ކޮން ހިޔާލަކަށް ގެއްލިފަ..." ސަހަރް އަތުން ހަނާ އަޅަން ފެށިއެވެ. ވިލްދާން އިނީ ކޮފީ މޭޒުގައި ބޭރުގެ ބަގީޗާއަށް ހުއްޓުން އަރާފައި ހިޔާލެއްގައެވެ.
"އަ...ކަމެއް ނޫން....މައިރާ ވެސް ދަނީ ދޯ...." ވިލްދާން ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލި މަޑު މޮޅިރާގެއްގައެވެ. ނަމަވެސް އޭނާގެ ހިޔާލުގައި އެނބުރެމުން ދިޔައީ އަހެދްއެވެ، ސަހަރް އޭނާގެ ލޯ ފޮހެލަމުން ހިނިތުންވެލިއެވެ.
" އާނ....މިގޭ ވަރަށް ފަޅުވާނެ....އަދި އެއް ކުއްޖަކު ހުރިނަމަ ދޯ..." ސަހަރް ބުނެލީ ދެރަވެފައިހުރެއެވެ. ވިލްދާން ކޮފީ ތަށި ދަމާލިއެވެ. އެ މައުޟޫ ބަދަލުކޮށްލަން ބޭނުންވިއެވެ.
" އެ ދެކުދިން ދަނީ އޮސްޓްރޭލިއާ އަށް ދޯ....ގެއެއް ބަލާ ވާހަކަ ޒަވީ ބުނި....ވެޑިން ގިފްޓަކަށް ސިޑްނީގައި ހުރި އެޕާޓްމެންޓް ދިނުމުގެ ކަންތައް ހަމަޖައްސާފަ ވީ ......" ވިލްދާން ޖޯޝާއެކު ބުނެލިގޮތުން ސަހަރް ގެ ލޯ އުފަލުން ވިދައިލިއެވެ.
" އަލޙްމަދްލިއްﷲ ތިއީ ވަރަށް އުފާވެރި ހަބަރެއް....ޒަހްރާ ބުނި އުމްރާ ދަތުރެއްގެ ވާހަކަ.....އަހަރުމެންވެސް ދާނީ ދޯ އެ ދަތުރުގަ..." ސަހަރް ހިޔާލުދިނެވެ. އެދެމީހުންގެ ވާހަކަ އެހިސާބަށް ދިޔަތަނާ މައިރާވެސް އައެވެ. އޭނަ ހުރީ މޫނުގައި މާސްކެއް އަޅާފައި ކަމުން ސަހަރް އާއި ވިލްދާންވެސް ސިއްސައިގެން ދިޔައެވެ.
" ބިރުން މަރުނުވީ ކިރިޔާ....ކޯޗެއް ހާކާފަ މޫނުގަ..." ސަހަރް ހީގަތެވެ. މައިރާ އަށް ވެސް ހެވުނެވެ.
"މިއީ....ހަނީ އެންޑް ބީޓްރޫޓް މާސްކެއް....ހީވަނީ ބްލަޑް ހެން ދޯ....ފޭޝަލް ތަކުގަ ބޭނުން ކުރާނީ ހުސް ކެމިކަލް އެހެންވެ ގޮތެއް ހަދާލީ..." މައިރާ ބުނެލި މަޖާ ރާގެއްގައެވެ.
"މަންމަމެން މިދައްކަނީ އުމްރާ ދަތުރުގެ ވާހަކަ....އެ ދަތުރުގަ މަންމަމެންވެސް ދާން ކަމަށް...." ސަހަރް ބުނެލިއެވެ. މައިރާ އަށް އުމްރާގެ ވާހަކަ އަޑުއިވިފައި ނެތުމުން ހުރީ ވާނުވާގައެވެ. ޒަވިޔާ އެފަދަ ވާހަކައެއް އޭނާ ގާތު ދައްކާފައެއް ނެތެވެ. ނަމަވެސް އެއީ ސަޕްރައިޒެއް ކަމުގައިވެ ހިތާހިތުން އުފާ ކުރިއެވެ. ޔޫރަޕް ޓްރިޕަށް ވުރެ އުމްރާ ދަތުރަށް ޝައުގުވެރިވިއެވެ.
"އަސްލުވެސްތަ.....ވަރަށް ސަޕްރައިޒްޑް....ޒަވީ ނުވެސް ބުނޭ....ވަރަށް ބޮޑު ވާހަކަ އެއް ވެސް ބުނަން އެބަ އޮތް..." މައިރާ ސޯފާގައި ހަމަޖެހިލިއެވެ.
" އޮސްޓްރޭލިާއަށް ނުދާންކަމަށް.....ޒަވީ އެކަނި ދާ ގޮތަށް....އައި ވޯންޓް ޓު ވޯކް ހިއާ އަ ބިޓް....ޒަވީ ގެ އާއިލާ ވެސް އެނގެން ބޭނުން.....ކިޔެވުމަށް އަދި ފަހުންވެސް ދެވިދާނެ ތާ....އައި ވޯންޓް ޓު ސްޓާޓް އަ ފެމިލީ އާލީ...." މައިރާ ގެ ފަހު ޖުމްލައާއެކު މޫނު ކުޑަކޮށް ރަތްވިއެވެ. އެއީ އޭނާ ޒަވިޔާ ގާތުގައި ވެސް ނުދައްކާ އޮތް ވާހަކައެކެވެ. އެ ޚަބަރުން ވިލްދާން އަށް ވުރެ ބޮޑަށް ސަހަރް އުފާ ކުރިއެވެ. މައިރާގެ ވިސްނުމާއި މެދު އުފާކުރިއެވެ.
"އެކަމަކު ޒަވީ ވަރަށް ޕްލޭން ކޮށްގެން ހުރީ އެކީ ކިޔަވަން ދާން....ދަރިފުޅު ތިވާހަކަ އަދި ނުބުނަންތަ؟" ވިލްދާން ކަންބޮޑުވެފައި ސުވާލުކުރިއެވެ.
" އަދި ނުބުނަން....އެކަމަކު އައިމް ޝުއާ....ޒަވީ ވިލް ބީ އޯކޭ ވިތް އިޓް..." މައިރާ ހިނިތުންވެލިއެވެ.
ނުނިމޭ