Dhiraagu
Ooredoo

އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފުތަރުވާން ހުޅުވާލައިފި

މާލޭގައި ހުޅުވި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަ: އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމަށް ބީސީސީން ވަނީ ހުޅުވާލައިފަ --- ފޮޓޯ/ ބިޒްނަސް ސެންޓާ ކޯޕަރޭޝަން

ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ މީހުން ދަފުތަރުކުރުމުގެ މަސައްކަތް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން މިއަދު ފަށައިފިއެވެ.

ADK GENERAl

ބީސީސީން ބުނި ގޮތުގައި މިއީ ރާއްޖޭގައި ވިޔަފާރިކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓްރީކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ ތެރެއިން ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، އެ ފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ، އެ ފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކުރުމަށް އެކުލަވައިލާ ދަފުތަރެކެވެ.

އޭގެ އިތުރުން، ދަފުތަރު އެކުލަވާލުމުގެ އެއް މަގުސަދަކީ އެފަދަ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން، ބީސީސީން ވަނީ އެ ދަފުތަރުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފުތަރު ކުރުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅާފައެވެ.

ދަފުތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން އެ ކަމަށް ޚާއްސަ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ޕޯޓަލްގެ ލިންކު ބީސީސީގެ މީސްމީޑިޔާ މަންސަތަކުންނާއި ބީސީސީގެ ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން ފެންނަން ހުންނާނެއެވެ.

އަދި، ދަފުތަރުގައި ރަޖިސްޓަރީވާން ފުރަންޖެހޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލޭގައި ހުންނަ ބީސީސީގެ މައި އޮފީހުންނާއި، އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

ވިޔަފާރީގެ ގޮތުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް މި ދަފުތަރުގައި ރަޖިސްޓަރީވުމަކީ އެ ފަރާތްތަކަށް ވިޔަފާރީގައި ކުރިއަށް ދިއުމަށް ބޭނުންވާ ވަރަށް ގިނަ ކަންކަމުގައި ލުއިފަސޭހަތައް ލިބޭނެ ކަމެއް ކަމަށާއި، އެފަދަ ހުރިހާ ފަރާތްތަކެއް ވެސް މި ފުރުސަތުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ބީސީސީން ބުންޏެވެ.

ދަފުތަރު އެކުލަވާލައި، އަދާހަމަކޮށް އެ ކަމާ ބެހޭ އުސޫލުގައި ބަޔާންކުރާ ކަންކަން ހިންގައި ތަންފީޒުކޮށް ބަލަހައްޓާނީ ވެސް ބީސީސީއިންނެވެ.

Redstar
comment ކޮމެންޓް

comment އެޕަލް

7 month 3 week ago

އެސް.އެމް.އީ އަށް ޑިސްކްރިމިނޭޓްކުރާ އެއް މިނިސްޓްރީ އަކީ އެންވަޔަރަމަންޓް މިނިސްޓްރީ. ކިތައްމެ ކުޑަ ކަމެއް ވިޔަސް، ބިޑް ޝަރުތުތައް ވަރަށް ބޮޑު. އެއް ފަހަރަކު ވޯކްޝޮޕެއް ހިންގަން ބޭނުންވެގެން މީހަކު ހޯދަން އޮތް އިއުލާނާ އެކީ އޮތް ބިޑްޝަރުތުތައް ބަލާލުމުންވެސް ހުރީ ހައިރާންވެފަ. އެހެން އެއްވެސް މިނިސްޓްރީއަކުން މިހާވަރެއް ނުކުރޭ. ސަރުކާރު ބަދަލުވިޔަސް މިނިސްޓްރީގެ މި ޑިސްކްރިމިނޭޓަރީ ޕޮލިސީ ބަދަލެއް ނުވޭ. އެތާ އުޅެފަ ވަކިވެފަ އުޅޭ މީހުންނަށް ޕްރޮޖެކްޓްސް ލިބޭގޮތަށް އަދި ވަކި ކުންފުނިތަކަކަށް ލިބޭ ގޮތަށް ބިޑު ޝަރުތުތައް ބައްޓަންކޮށްފަ ހުންނަނީ.

comment މޮނާ

7 month 3 week ago

ޓެކުސް

comment ސޭޓޭ

7 month 3 week ago

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކީ ކޮބައިބާ؟ މީގެތެރޭގައި ފިހާރަތަކާއި ހޮޓާ ކެފޭ ރެސްޓޯރަންޓް ޓޭކްއަވޭ ހިމެނޭބާ؟ މިއިން ކޮންމެތަނެއްވެސް ހުރޭ ކުދިތަންތަން ބޮޑެތި ތަންތަން. މިބުނާ އެއްޗެއް ނޭންގެ ތަނެއް ދޮރެއް ވައްކެތް ނުވޭ. މިތަންތަނަކީ މިހާރުވެސް އިކޮނޮމިކް މިނިސްޓްރީގަ ނޫނީ އެޗްޕީއޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަން. އަނެއްކާވެސް ރަޖިސްޓްރީ ކުރަންވީތޯ. އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކީ ކިއްލި ތަޅާ މީހާ އާއި ހަވާދު ހަދާ މީހާއާއި ތެއްލިފަތް ހަދާ މީހާ އާއި ބަނބުކެޔޮ ތެއްލާ މީހާ އާއި ހެދިކާ ހަދާ މީހުންތޯ. ނޭންގެ ވާނުވާއެއް.

comment ލލ

7 month 3 week ago

ތިއުޅެނީ އިންކަމް ޓެކުސް ނަގަން ފަސޭހަ ކުރަން ކުރާކަމެތޯ !