"ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅެއްގެ އަގު ވަޒަން ކުރާށެވެ. ސަބަބަކީ އިތުރު ވަގުތުކޮޅެއް ލިބޭނެނަމައޭ ހިތަށް އަރާނެ ދުވަހެއް އަދި އަންނާނެތީއެވެ."
***
"އުރުޖުވާން....." މާޒިމް އަށް ކިޔާލެވުނެވެ. އެވަގުތު އުރުޖުވާން އޭނާގެ އަތް ދަމައިގަތެވެ. ކެވެލި ކޮޅުވެސް އަތުން ނެއްޓި މާޒިމްގެ ގަމީހުގައި ތާށިވިއެވެ. މިއުޒިކާއި އެއްވަރަށް ޕާޓީގެ އެންމެން ނަށަމުން ދިޔައިރު އުރުޖުވާން ގެ ހިތް ބިރުގަތެވެ. މާޒިމް ގެ އަތު ނުޖެހި އަމާން އައްސޭރިޔަކަށް ދިޔުމުގެ ނިޔަތުގައި ފިޔަވަޅުތައް ކުރިއަށްވުރެ އަވަސްކޮށްލިއެވެ. މަގުސަދު ހާސިލުވީކަމަށް ހީކުރެވުނުތަނާ އޭނަގެ ދިގު ހެދުމުގެ ފަސްބައި ކޮންމެވެސް މީހެއްގެ ބޫޓެއްގެ ދަށުވިއެވެ. ނޭނގި ހުއްޓާ އަތުގައި ހިފަހައްޓާފައި ދަމައިގަނެ އެމީހެއްގެ އަތު ތެރެޔަށްލާފައި ބާރަށް ހިފެހެއްޓިއެވެ.
އުރުޖުވާންގެ މުޅި ވުޖޫދުވެސް ގަނޑުވިފަދައެވެ.
"ލެޓްސް ހޭވް އަ ޑާންސް ގާލް....ހްމް..އަ ހިޖާބީ...އިންޓްރެސްޓިންގ ޓު ސީ އަ ގާލް ލައިކް ޔޫ ހިއަ...." އެ ފިރހެންމީހާ ވާހަކަ ދެއްކިގޮތުން ގަދަޔަށް ރާ ބޮއެ މަސްތުގެ ހާލަތެއްގައި ހުރި ކަން އެނގެއެވެ. އުރުޖުވާން ހޮޑުލެވޭގޮތެއް ވީ އެ ވަސް ޖެހުމުންނެވެ. އަތުން ދޫކުރަން އެދުމުންވެސް އެމީހާ ދުލެއް ނުކުރިއެވެ. އަޑު ގަދަ ކަމުން ކިޔާ ނުކިޔާ އެއް ސާފުނުވާވަރުވާން ފެށިއެވެ. އުރުޖުވާން ގެ ލޮލުގައި ކަރުނަތިކިތައް ގިނަވާންފެށިއެވެ. އެމީހާ އުރުޖުވާން ދަމަމުން ގެންދިޔައީ އެކަހެރި ހިސާބަކަށެވެ.
" ޕްލީޒް ލީވް މީ....." އުރުޖުވާން އާދޭސް ކުރަމުން އަތް ނައްޓަން މަސައްކަތް ކުރިއެވެ. އުރުޖުވާން ދައްކާ ވާހަކައަކަށް ބެލުމެއް ނެތި އެމީހާ ބޭނުންވީ މަޖުބޫރުންވެސް އުރުޖުވާން އާއި އެކީ ނެށުމަށެވެ. އުރުޖުވާން ގަދަހެދުމުން އޭނާ ރުޅި ގަދަވެ ބުރުގަލުގައި ހިފައި ދަމައިގަތެވެ. އުރުޖުވާންގެ ހިތަށް އިންތިހާ ދަރަޖައިގެ ބިރުވެރިކަމާއި ހާސްކަންވަނެވެ. ލޯ މަރައި ތަގުޅިކޮށްލެވުނެވެ. ހިތާހިތުން ދުޢާކޮށްލެވުނީ ހެއްދެވި ފަރާތަށެވެ. މިމީހާގެ އުދަގުލުން ސަލާމަތްކޮށްދެއްވުމަށެވެ. ލޯ ހުޅުވައިލެވުނީ މޫނަށް ވައި އެޅިގެން ދިޔުމުންނެވެ. އުރުޖުވާން ﷲއަށް ހަމްދުކުރިއެވެ.
" ހަބަރުދާރު....ތި އޮތް ތަނުން ތެދުވުނަސް ތިގައިގަ ހުރިއްޔާ ހުރި ކަށްޓެއް ބިންދާލާނަން....ޔޫ މެސްޑް ވިތް ދަ ރޯންގް ޕާސަން..." ވެއްޓި ހޭނެތިފައި އޮތް ޒުވާނާ އަށް އެ އަޑު ނީވުނަސް އުރުޖުވާން އަށް އެ އަޑު ސާފު ވިއެވެ. އެއީ މާޒިމްގެ އަޑެވެ.
އެކަން ހިނގީ އެކަހެރި ހިސާބެއްގައި ކަމުން އެހާ ގިނަ ބަޔެއްގެ ސަމާލުކަމަށް އެކަން ނަޔަސް ސެކުއިރިޓީންނަށް ސިއްރެއް ނުވިއެވެ. އެމީހުން އައިގޮތަށް ވެއްޓިފައި އޮތް ޒުވާނާ ގެންދިޔައެވެ. މާޒިމް އޭނާގެ މޫނުގައި އަޅާފައި ވި މާސްކް ނެގިއެވެ. އޭރު އުރުޖުވާން ހުރީ ރޫ ރޫ އަޅާވަރުވެފައެވެ. ބިރުންގޮސް ގަނޑުވެފައެވެ. ބުރުގަލަށް ދެމިފައި އޮތުމުން ކަޝްފުވެފައި އޮތް އިސްތަށިގަނޑު ނިއުޅިގެން ފައިބައިގަތެވެ. އެ ދިމާއަށް މީހުން އަންނަ ހެން ހީވުމުން ފިލަން ދުވާންވީ ތަނެއް ނޭނގި ހުއްޓާ މާޒިމް އޭނާ ފާރަށް ލަށް ކޮށްލައި ފޮރުވައިލަދިނެވެ. މާޒިމްގެ މޫނު މަތީގައިވި ރުޅިވެރިކަމާއި ހާސްކަން އުރުޖުވާން އަށް އިހުސާސްވިއެވެ. ފާރުގައި އަތް ޖެހުނު އަޑުކީ ބާރަށެވެ. ނަމަވެސް އެ ލޯ ހުރީ އުރުޖުވާން ގެ މޫނަށް ހުއްޓިފައެވެ. ކަޅިވެސް ޖަހާނުލައެވެ.
" އަދިވެސް ދުވޭ...ބާރަށް ދުވޭ...ޑޫ ޔޫ އީވެން ރިއަލައިޒް ވަޓް ކުޑް ހޭވް ހެޕެންޑް؟" މާޒިމް ވާހަކަ ދެއްކި ރާގުގައި ރުޅިވެރިކަން އިންތިހާއެވެ. ހޫނު ނޭވާ އުރުޖުވާންގެ މޫނުގައި ބީހެމުންދިޔަ އިރު އެއްޗެއް ނުބުނެ ހުރެވުނީ އޭނާގެ ގައިން އަދިވެސް އެ ބިރުފިލައި ނުގޮސް ހުރުމުންނެވެ.
"ސޮ..ރީ.." ތުންފަތް ތުރު ލަމުން ބުނެލެވުނީ ގިސްލެވެމުންނެވެ. މާޒިމް އަށް އެ އަޑުގައިވި ބަލިކަށިކަން އިހުސާސްކުރެވުމުން ހިތް މަޑުވިއެވެ. ރުޅި ވެސް މަތަ ވިއެވެ. އުރުޖުވާން އެ ހުރި ހާލަތާއި މެދު ކުށްވެރި އިހުސާސެއް ކުރެވުނެވެ. ކޮނޑާހަމަޔަށް ވެއްޓިފައި އޮތް ބުރުގާ ނަގައި އިސްތަށިގަނޑު ނިވާ ކޮށްދިނެވެ.
" ކީއްވެ ދުވެފަ ދިޔައީ؟ހްމް.." އުރުޖުވާންގެ ލޯ މަތީ އަޅާފައި ހުރި މާސްކް ނަގައި އެ ލޮލުން ފޭދުނު ކަރުނަ ފޮހެލައިދެމުން އަހާލީ ލޯބިންނެވެ. އެ ސުވާލުގައިވީ ފުން މާނައެކެވެ. އުރުޖުވާން އަކީ އޭނާގެ ހައްޤަކަށް ވެ ހުރެ އަމާންކަން ވަނީ އޭނާއާއި އެކު ކަން އުރުޖުވާން އަށް ނޭގެނީ ބާވައެވެ. މީހުން މަދުވުމުން މާޒިމް ބޭނުންވީ ހަމަޖެހޭ މާހައުލަކަށް އުރުޖުވާން ގެންދިޔުމަށެވެ. އޭރުވެސް ގަނެފައިވާ ބިރެއްގެ ސަބަބުން އުރުޖުވާން ގެ އަތުން ތުރުތުރު ނުފިލައެވެ. ކައިރީގައިހުރި ހަރުގަނޑުން މާޒިމް ގެ ކޯޓު ނަގައި އުރުޖުވާންގެ ގައިގާ އޮޅާލަދިނެވެ. އަދި ގަޔަށް ލައްކޮށްލައިގެން ގޮސް ސިޑިން އެރީ އެތާ ޓެރެސް އަށެވެ. ކިޔަމަންތެރިކަމާއެކު އުރުޖުވާން މާޒިމް އާއި އެއް ހަމަޔެއްގައި ފިޔަވަޅު އަޅަމުންދިޔައެވެ.
ދަންވަރުގެ ނޫކަޅު އުޑުމަތިގައި ފުރިހަމަ ހަނދެއް މުތީއެއް ފަދައިން އަލިކަމުގެ އުސް ތަހުތުގައި ވީ އިރު އޭގެ ރިހި އަލި ދުނިޔެއަށް ވެރިވެފައިވިއެވެ. ތަރިތައް އުޑުމަތީގައި ފެތުރިފައިވީ އަލިގަދަ ޖަވާހިރުތަކެއް ފަދައިންނެވެ. ބަހާރުގެ މާމެލީގެ މީރު ވަސް ޖައްވުގައި ބަބުޅަމުން ދިޔައީ ޖެހޭ ފިނި މަޑު ވައިރޯޅީގެ ތެރޭގައެވެ. އެ ފުރިހަމަ އުޑުދަށުގައިވި ސިއްރުވެރި ހިޔާއެއް ކަމުގައި އެ ޓެރެސް ސިފަވެގެން ދިޔައީ ހަލަބޮލި ބޭރުގެ އަޑުތަކާއިވެސް އެކަހެރިވުމުންނެވެ. އުރުޖުވާން އާއި މާޒިމްގެ ވަށައިގެން ވީ ހިމޭން މަޑުމައިތިރިކަމެވެ. ތަރިތަކާއި ހަނދު ވެސް އެމީހުންނަށް ހުއްޓި ބަލާހެން ހީވެއެވެ. ސްވިޒަލޭނޑްގެ އެންމެ ފަހު ރޭ މަތީން ހަނދާންކޮށްދެމުންނެވެ.
" ބެޓާރ..." މާޒިމް އޭނާގެ ބޯ އަރިކޮށްލަމުން އުރުޖުވާން ކުރެން އަހާލިއެވެ. ޓެރެހުގެ މެދުގައި އެ ދެމީހުން ހުއްޓި ތިބި ހިނދު އުރުޖުވާން ހުރީ އިސް ޖަހާލައިގެންނެވެ. މާޒިމްއަށް އުރުޖުވާންގެ ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ރަގަޅަށް ބަލައިލެވުނެވެ . އުރުޖުވާން ލައިގެން ހުރީ ގަޔަށް ދޫ ރިހި ކުލައިގެ އަބާޔާއެކެވެ. ޖަރީކަމެއް ނެތަސް އެ ހެދުން އެޅުމުގައި ހުރި ސާދާކަން އިތުރުކޮށްދިނީ އެ މައުސޫމު މޫނު ކޮޅެވެ.
"އަ..އައުޗް.." އުރުޖުވާން އަށް އޭނާގެ ބަނޑުމަތީގައި އަތް އަޅާލެވުނެވެ. އެވަގުތު މާޒިމް ގެ އަތް ވެސް ބޭއްވުނެވެ. އުރުޖުވާން އަށް ހެވުމުން މާޒިމް އަށް ވެސް ހެވުނެވެ.
" ކޮބާ....ބޭބީ ވެސް އެބުނަނީ ބަލައިގެން އުޅޭށޭ...." މާޒިމް ސަކަރާތުގެ ރާގެއްގައި ބުނެލި އިރު އެ ދެމީހުންގެ ދޭތެރޭގައި އެއްވެސް ބީރައްޓެހިކަމެއް ނެތެވެ. ކުއްލިއަކަށް އޭނާ އެތަނަށް އައި މަގްސަދު ހަނދާންވެ މާޒިމް އާއި ދުރަށް ޖެހިލެވުނެވެ.
" އަލްޙަމްދުލިއްﷲ އައިމް ފައިން....އައި މީން ވީ އާ ގުޑް....މާޒިމް އެހާ ކަންބޮޑުވާކަށް ނުޖެހޭ...ސޮރީ ވީ ޓުކް ޔޯ ޓައިމް....މާޒް ގެ ޕާޓީ ވީމަ ވަރަށް ގިނަ މީހުން ތިބޭނެ އިންތިޒާރުގަ....ސްޕެޝަލީ ފަރަހް...." އުރުޖުވާން މޫނު އަނބުރާލާފައި ހިނގައިގަތީ ޓެރެސްގެ ރެއިލިންގް އާއި ދިމާއަށެވެ. މާޒިމް އޭނާ ފަހަތުގައި މަޑު ހިނގުމުގައި އައެވެ.
" އުރުޖުވާން، ވައި ޑޫ ޔޫ ހޭވް ޓު ޕްރިޓެންޑް ޔޫ ޑޯންޓް ނީޑް މީ....މިއަދު ވެސް ކަމެއް ދިމާވިނަމަ...." މާޒިމް ރުޅި އަންނަގޮތްވިއެވެ. އުރުޖުވާން އެ ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެއެވެ. ފަރަހްއާއި ޕާޓީ އޭނައަށް މުހިއްމު ނޫންކަން ބުނެދޭނީ ކިހިނެއްހެއްޔެވެ؟ އުރުޖުވާން ފުން ނޭވާއެއް އެތެރެއަށް ދަމާލިއެވެ.
" މާޒިމް، ތީގެ ޖަވާބު މާޒިމް ގެ ސިކުނޑިޔަށް އަދިވެސް ނުވިސްނެނީތަ؟އާ ޔޫ ދެޓް ސްޓުޕިޑް....ޔޫ ލެފްޓް މީ....ލަފުޒަކުން ވަރި ނުކުރިޔަސް އަހަރުމެންގެ ކައިވެންޏެއް ނެތް..." ފަހު ޖުމްލަ އުރުޖުވާން ބުނެލީ ކަރުނަ ހިފަހައްޓާލަމުންނެވެ. މާޒިމް ހިމޭންވިއެވެ.
" އިފް ސޯ ވައި އާ ޔޫ ހިއާ؟ކީއްވެ ރޭގަ ފޯނު ކަނޑާލީ....ޔޫ އާ ދަ ވަން ހޫ ލެފްޓް...ނޮޓް މީ...." މާޒިމް އޭނާގެ އަޑަށް ބާރުލިއެވެ.
" މާޒިމް އެއް ނޫންތަ އެންމެނަށް ދައުވަތު ދިނީ...މި ހަފްލާއަށް އައުމުން ނޫނީ މަންމަ ގެޔަށް ނުގެންދެވޭނެއޭ......." މާޒިމް ގެ މޫނުމަތީން ފެންނަމުން ދިޔަ ކުލަވަރުން އުރުޖުވާން ހިކުރީ މާޒިމް ނޭނގޭ ކަމެއް ކަމުގައި ހަދަން އުޅޭކަމަށެވެ.
"ދެން ބުނޭ...ދޮގެކޭ...އެއްވެސް ކަމަކާ ހަވާލުނުވާތި..."
" ހްމްމް ހަވާލެއް ނުވާނަން....ބަޓް...ގުޑް ދެޓް ޔޫ ކޭމް....އުރޫޖް އައީމަ އަސްލުވެސް ވަރަށް ހެޕީ....ނަސީބެއްތާ....ހިނދުކޮޅަކަށް ނަމަވެސް ތި މޫނު ދެކިލަން ލިބުން އެއީ ނިއުމަތެއް.....ރިމެމްބަރ ދަ ލާސްޓް ނައިޓް އިން ދަ މައުންޓެއިންސް...." އުއްމީދުގެ ހުޅުކޮޅު ނިވާލަން މާޒިމް ބޭނުންނުވިއެވެ. އުރުޖުވާން ބޯ ހޫރާލިއެވެ. ނުހޭން މަސައްކަތް ކުރިނަމަވެސް ހެވުނެވެ.
" ސީ...ޔޫ އާ ހެޕީ ވިތް މީ..." މާޒިމް ފުރުސަތުގެ ބޭނުން ހިފިއެވެ.
" ނޫން....އުފަލަކުން ނޫން...އައި ތިންކް އައި ހޭވް ގޯން ކްރޭޒީ...." އުރުޖުވާން އޭނާގެ އަޑު ހަރުކަށިކުރަން މަސައްކަތް ކުރިއެވެ.
"ކްރޭޒީ އިން ލަވް ވިތް މީ..." އުރުޖުވާން ގެ ޖުމްލަ ފުރިހަމަ ނުވަނީސް މާޒިމް މަޖާ ރާގެއްގައި ބުނެލި ގޮތުން އުރުޖުވާން ގެ ކޯތާފަތް ރަތް ވިއެވެ. މާޒިމް ގެ ހުދު މުތީތަކެއް ފަދަ ދަތްޕިލަ ހާމަޔަށް ހުރުމުން ބަލަހައްޓައިގެން ހުރެވުނީ ގެއްލިފައެވެ. އެ ހިނިތުންވުން އުރުޖުވާން ގެ ހިތް ގުޑުވާލިއެވެ. މާޒިމް އެބުނަނީ ތެދުކަން އޭނާއަށް އެނގެއެވެ. މާޒިމް އުރުޖުވާން ގެ ހޯލި އިނގިލިތަކުގައި ކުޅެލިއެވެ.
" އައި ރިގްރެޓް ކަމިންގް ބެކް ފްރޮމް ދަ މައުންޓެއިންސް އޮފް ސްވިސް..." މާޒިމް އޭނާގެ ހަޔާތަށް އައި ބަދަލުތަކާއި މެދު ވިސްނި ފެންކަޅިވިއެވެ.
ޕާޓީ ތެރޭގައި ހަމަނުޖެހުމެއް ހިނގައި އަޑުގަދަވާހެން ހީވިއެވެ. ބަޑި ޖަހާ އަޑާއެކު ތަށިތަށް ތެޅޭ އަޑު އިވުމާއެކު މާޒިމް އާއި އުރުޖުވާން ދެމީހުންނަށް ބަލައިލެވުނީ ކަންބޮޑުކަމާއެކުއެވެ.
" މަންމަ..." ނަބީލާ މަތިން ހަނދާންވެ މާޒިމް ހާސްވެފައި ދާން ހެދުމުން އުރުޖުވާން ވެސް ފަހަތުން ދުވަމުން ދިޔައެވެ. ނަމަވެސް ސިޑިން ފޭބުމުގެ ކުރިން މާޒިމް އޭނާގެ ފިޔަވަޅުތައް ލަސްކޮށްލާފައި އުރުޖުވާން ގެ އަތްތިލައިގާ ބާރަށް ހިފެހެއްޓިއެވެ.
"ނޯ....ނޮޓް ޔޫ...ޕްރޮމިސް މީ މިތާ މަޑުކުރާނެކަމަށް....ޕްލީޒް...އައި ވިލް ކަމް ބެކް ފޯ ޔޫ ޕްރޮމިސް...." މާޒިމް އާދޭހާއެކު ބުނަމުން ދިޔައެވެ. އުރުޖުވާން ދާން ބޭނުންވި ކަމުގައި ވިޔަސް މާޒިމްގެ ބުނުމަށް ކިޔަމަންތެރިވިއެވެ.
***
ރަތް ބޮތްކެއްގެ އަލި ދަށުގައި ފަރަހް ޚަބަރު ހުސްވެފައި އޮތެވެ. ގައިމަތީގައި އޮތީ އޭނަ ލައިގެން ހުރި ހުދުކުލައިގެ ހެދުމެވެ. އުނދަގޫ ކަމާއެކު ލޯ ހުޅުވެމުން ދިޔައިރު އޭނާގެ ނަން ގޮވާހެން ހީވިއެވެ. ޗޭންޖިން ކްލޯޒެޓް ގެ ކުޑަ ގޮޅިޔެއްތެރޭ ކުރު ގެޅި ވެއްޓިފައި އޮތް ގޮތުން ހެލިލަން ވެސް އުނދަގޫވިއެވެ. ރަގަޅަށް ލޯ ހުޅުވުމުން ސހިފައި ތެދުވެވުނެވެ. ދޮން ހަށިގަނޑެއްކަމުން ނޫފައި ގެންފައިހުރި ތަން ތަން ހާމަޔަށް ފެންނާން ހުއްޓެވެ. އެލައްތައް ފިލުވަން އޭނަ މަސައްކަތްކުރިއެވެ. ކުރީ ރޭގައި ވެސް އޭނާއަށް ދިމާވި މިފަދަ ގޮތެއްކަން ހަނދާނަށް އައެވެ. ހިތް ބިރުގެންފައި ހުރުމުން ގުޑިލަން ވެސް ނުކެރިފައި ހުއްޓާ ކަންފަތަށް ވައި އެޅުނު ހެންހީވިއެވެ.އެއާއެކު ފަހަތުގައި ހުރި މީހަކު އޭނަގެ ހޭވިފައިވާ އިސްތަށިގަނޑަށް ދަމާލިހެން ހީވިއެވެ. ފަހަތް ބަލަން ނުކެރި ހުރެފައިވެސް އޭނަ އެނބުރުނެވެ. އެއާއެކު ފެނުނު މަންޒަރަކުން ލޯ ބޮޑުވެ ހަޅޭއްލަވައިގަންނަ އުޅުމުން އަޑުވެސް ކަރުތެރޭގައި ތާށިިވިއެވެ. އޭނާއަށް ފެނުނީ ފަހަދް އެވެ. ފަހަދް ގެ ބޮލުން ލޭ އޮހެމުން ދިޔައެވެ. ލައިގެން ހުރި ހުދު ގަމީސް ހުރީ ލެއިން ފޯވެފައެވެ. އޭނާގެ ބަރު ފިޔަވަޅުތައް ހުރީ ފަރަހްއާއި ދިމާލަށެވެ.
" ޕްލީޒް..ނޯ...." ފަރަހް ރޮމުން ހަޅޭއްލަވަމުން ދިޔައީ ސަލާމަތަށް އެދިއެވެ. ދޮރު ވެސް ހުރީ ބަންދުވެފައެވެ. ހުޅުވަން މަސައްކަތް ކުރިނަމަވެސް އެ ދޮރު ނުހުޅުވުނެވެ.އޭނަ ބިރުން ހަލާކުވާވަރުވެފައި ހުރެ ރޮމުން ދިޔައެވެ. ކުއްލިއަކަށް އެ ދޮރު ބޭރުން ހުޅުވާލުމާއެކު ފަރަހް އެމީހެއްގެ ގައިގާ ހިފައިގަތެވެ.
" ޕްލީޒް އަހަރެން ސަލާމަތް ކޮށްދީ.....އޭނަ....އޭނަ.." ފަރަހް ލޯ މަރާ ބާރުކޮށްލައިގެން ހުރެ ރޮމުން ދިޔައެވެ.
" ކިހިނެއްވީ؟....ބޫތު؟" ނަބީލާ ގެ އަޑެވެ. ފަރަހް ސިހިފައި ފަހަތަށް ޖެހެވުނެވެ. ނަބީލާ ހުރީ މަލާމާތުގެ ފާޑަކަށް ފަރަހަ އަށް ނަޒަރު ހުއްޓާލައިގެންނެވެ. ފަރަހް އޭނާގެ އަތުން ހަށިގަނޑު ނިވާ ކުރަން މަސައްކަތް ކުރިއެވެ. އޭނާއަށް އެ ދިމާވީ އާދަޔާހިލާފް ކަމެކެވެ. ނަބިލާ މޮޔައެއްހެން ހެމުން ދިޔައެވެ. އެކިޒާތުގެ ބިރުވެރި އަޑުތަކުންނެވެ. ފަރަހް އެންމެ ކުރިން އަތު ޖެހުނު ހެދުމެއް ލައިގެން އަވަހަށް އެތަނުން ނިކުމެގެން ދުވެފައި ދިޔައިރު އޭނާއަށް އެ ފެންނަނީ އަސްލު ނަބީލާ ކަމުގައިވެސް ޝައްކުވިއެވެ. ޔަގީނެވެ. މިއީ ނަބީލާގެ ސިފައިގާ ހުރި ޖިންނިއެކެވެ. ކުއްލިއަކަށް ނަބީލާ އޭނަގެ އަތުގައި ހިފެހެއްޓިއެވެ. ބާރަށެވެ.
" އަދި މިއީ ފެށުމެއް....." ފަރަހް ގެ ކަންފަތް ދަށުގައި ވައި އަޑަކުން ބުނެލިގޮތުން އޭނާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ.
ނުނިމޭ