"ތިބާއަށް ދިމާވާ އުދަގުލާއި ހިތްދަތިކަމަށްވުރެ ބޮޑަށް ލިބިފައިވާ ނިއުމަތްތަކާއިމެދު ވިސްނުމުން ދިރިއުޅުން ފަސޭހަވާނެއެވެ. އިމްތިހާނުތައް ދިމާވުމުން ކެތްތެރިވެ ކޮންމެ ހާލެއްގައިވެސް ﷲއަށް ހަމްދުކުރާށެވެ. ގަޟާގަދަރަށް ރުހި މިންވަރަށް އީމާންވުމުން ދިރިއުޅުމުގެ ދުވަސްތައް ކަޑައްތުކުރަން އަދި އުދަގޫތަކުން އަރައިގަންނަން ފަސޭހަވާނެއެވެ. ހަޔާތުގައި ބަރަކާތް ލައްވާނީވެސް ﷲގެ މިންވަރުފުޅަށް ރުހި ކެތްތެރިވެ ޝުކުރުކުރުމުންނެވެ. އަބަދުވެސް ބަލަންވާނީ ތިބާއަށްވުރެ ދަތި ހާލުގައި އުޅޭ މީހުންނަށެވެ. ތިބާއަށްވުރެ މުއްސަދި ތަނަވަސް މީހުންނަކަށް ނޫނެވެ."
***
""ޓްރިޕެއްގަ ދޯ...ދެވިދާނެ....އޭ...." އޭނާގެ މަންމަގެ މޫނަށް އެރި ކުލަވަރުން އަލްބާން އަވަހަށް ރާގު ބަދަލުކޮށްލިއެވެ. އަލްބާން ގެ ވާހަކަ ހުރި ގޮތުން އެއީ އޭނާ ހިތްހަމަޖައްސާލުމަށް ބުނެލި ބަހެއް ކަން ޒަހްރާ އަށް އެނގުނެވެ. ޒަހްރާ ޖަވާބެއް ނުދިީ އޮތުމުން އަލްބާން މަންމަގެ ކޮލުގައި ހިފާލިއެވެ.
"ދެން މަންމާ އެހާ ސްޓްރެސް ނުވެބަލަ...ކޮން ކަމަކާ ތަ ހާސް ވާން ވީ...މަންމަ ބޭނުމިއްޔާ ދެވިދާނެ އޭ..." އަލްބާން ބޭނުންވީ އޭނާގެ މަންމަ އުފާ ކުރުމަށެވެ. ދީނީ އަޅުކަމުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކުވެސް ޒަހްރާގެ ކަންބޮޑުވުން ފާޅުވެއެވެ. ޒަވިޔާ އިނީ އޭނާގެ ފޯނަށް ގެއްލިފައެވެ. ސްކޮލާޝިޕް އޭނާއަށް ލިބުނީ އޮސްޓްރޭލިއާ އިން ކަމުން އެތަނުގައި ދިރިއުލޭނެ ގެޔަކާއި އެއްޗިހި ބަލައިލަނީއެވެ.
"ސްޓްރެސް ނުވެ ކިއްކުރާނީ...މަންމަ މިއަދު މަރުވިޔަސް ނަމާދަށް އަރާލައި ދުޢާ ކޮށްލާނެ ކުއްޖެއް ނުހުންނާނެހެން ހީވަނީ....މި މުދަލާއި މުއްސަނދިކަމުން މަނަމް އަށް ފައިދާއެއް ނުކުރާނެ...." ޒަހްރާ ގެ ލޮލުގެ ހިމަކޮޅުން ފޭދުނީ ކަރުނައެވެ. ޒަވިޔާ އޭނާގެ މަންމަ އަށް ބަލައިލާ ބޯ ހޫރާލީ ޒަހްރާ ވިސްނަނީ މުޅިން ބޭކާރު ކަންތަކާ ކަމަށް ހީކޮށެވެ. އަލްބާން ފެން ކަޅިވިއެވެ. މަންމަ ނެތް ދުވަހެއް ހިތަށް އެރުވިޔަސް އެ ހިތަށް ތަދުވެއެވެ.
" މަންމާ ޕްލީޒް....ތިހާ ދުރަށް ވިސްނަންވީ ކީއްވެތަ...ތިކަން ކަމާ ސްޓްރެސް ނުވެ ލައިފް އެންޖޯއި ކޮށްލަބަލަ...މަންމަ ގެ ބަލި ބޮޑު ވާ ސަބަބަކީވެސް ބޭކާރު ކަންތަކާއި ވިސްނާތިއޭ..." ޒަވިޔާ ބުނެލީ އެއީ އެހާ ބޮޑު ކަމަކަށް ނަހަދައެވެ. ޒަވިޔާ ގިނައިން އުޅުނީ ކިޔެވުމަށް ރާއްޖެއިން ބޭރުގައި ކަމުން ދީނީ ކަނަތަކަށް ޅަ އިރުގައި ބެހެއްޓި ސަމާލުކަން ގެއްލި ބޭރުގެ ސަގާފަތަށް އުޅުމަށް ހޭނުނީއެވެ. އަލްބާން އޭނަގެ ބޭބެ ޒަވިޔާ އަށް ލޯ އަޅަިއލީ އެ ބަހުން މަންމަ ދެރަވާނެ ވަރު ނުވިސްނާ ޒަވިޔާ ޖަވާބު ދިންގޮތުންނެވެ.
" ދުނިޔޭގައި ތިހާ ކެއާ ފްރީ ވެގެން އުޅޭކަށް ނުވާނެ...ތިމާ ހެއްދެވި ރައްބެއް ވާކަން އެނގި މަރުވާނެ ކަން އެނގިގެން ދުނިޔޭގަ އުޅެންވާނީ..." އަލްބާން ނަސޭހަތް ދިނެވެ. ޒަވިޔާ ގެ ބަސްމަގު ހުރި ގޮތުން އޭނާއަށް ވެސް އެ ބަސްތައް އަޑުއަހަން ފަސޭހަނުވީއެވެ. ޒަވިޔާ އަށް އެ މާނަ ކުރެވުނީ އަލްބާން އެގޮތަށް ވާހަކަ ދެއްކީ އޭނާގެ މަންމަ ގެ ކުރިމަތީގައި މާ ރަނގަޅުކަމަށް ހެދެން ކަމަށެވެ.
"ތިހުރިހާ ވާހަކައެއް ތި ދައްކަނީ މިގޭ އެންމެ ކެއާ ފްރީ ކޮށް އުޅޭ މީހާ....ކިޔެވި ކިޔެވުމެއް ނެތް....ހަރުދަނާ ވަޒީފާ އަކަށް ދަނީއެއްނޫން...މަގުމަތީ ތިހެން ކާރާއި ސައިަކލުން ބުރު އަޅާލާ ކޮފީ މޭޒުތަކުން ދުވަމުން ގެއަށް އައިސް ނިދަން.....ބެޓާ ޓު ޓޭކް ދެޓް އެޑްވައިސް ޓު ޔޯސެލްފް...." ޒަވިޔާ އޭނާގެ ރުޅި ބޭލިއެވެ. އެވަގުތު ޒަހްރާ ތެދުވުނެވެ. އަލްބާން އޭނާގެ މަނަމް ގެ އަތށް ފިތާލީ ބޭބެ އާއި ދިމާއަށް އެއްވެސް އެއްޗެއް ނުބުނުމަށް އެދެމުންނެވެ.
" މާ ދޮންފޮތު ކުރާތީ އޭ މައްސަލައަކީ..." ޒަވިޔާ އައި ރުޅީގައި ކޮޓަރީން ނިކުންނަމުން ބުނެލިއެވެ. އެ ބަސްތަކުން އަލްބާންގެ ހިތުގައި ޖެހުނު ނަމަވެސް ހިނިގަނޑެއް ޖަހައިލީ އެބަސްތައް މަޖަލަކަށް ނަގަމުންނެވެ. ޒަވިޔާ އިތުރަށް ރުޅި އަރުވާލެވޭނީވެސް އެއިރުން ކަމަށް ވާތީއެވެ.
"ޒަވީ ގެ އެހުންނަ ރުންކުންރު ކަމެއްވާ...ކާކުގެ ކަމެއް ކަމެއްވެސް ނޭނގޭ...." ޒަހްރާ އޭނާގެ ނިތުގައި އަތުން ޖަހައިލިއެވެ.
"މަންމަ ގެ ފަރާތުން ވާރުތަވެފަ އެހެރީ..." އަލްބާން ބުނެލީ މުސްކުޅި ރާގެއްގައި ކަމުން ޒަހްރާ އަށް ވެސް ހެވުނެވެ.
" ހްމްހްމް...ދެން ތިހެން ކިޔާ...އެކަމަކު ޒަވީ ވެސް އެދެއްކީ ދަރިފުޅަށް ރަނގަޅަކަށް....ކިޔެވުން ހުއްޓާލީ ކީއްވެ ދަރިފުޅު...ގައިމު ބޭރުން ކިޔެވެން އަދިވެސް ފުރުސަތު އެބަ އޮތް...މަންމަ ކަންބޮޑުވޭ ތިހެން ދަރިފުޅު އެއްވެސް މިސްރާބެއް ނެތި އުޅޭތީ..." އަލްބާން އަށް ވިސްނައިދޭން ރަނަގޅު ވަގުތެއް ކަމަށް ބަލާފައި އޭނަ ވާހަކަ ފެށިއެވެ. އަލްބާން ޒަހްރާގެ އުނގުގާ ބޯ އަޅާލައި ފައި ދަމާލައި ނިދާ ކަމަށް ހެދުނެވެ. ޒަހްރާ އަލްބާން ގެ ކޮލުގައި ކޮށްޓާލިއެވެ.
" ޖަސްޓް ލެޓް މީ ރެސްޓް މަންމާ....ބޭރުތަން ތަނަށް ގޮސް ނުކިޔެވިޔަސް އަލް މި ހުންނަނީ ހަމަ ކިޔަވައިގެން....ނޮޓް އެވްރީވަން ނީޑްސް ޓު ބީ އަ ޕައިލެޓް އޯ އަ ޑޮކްޓާ އޯ އޭނާ އިންޖިނިއާ...އަންޑަކަވާ އޭޖެންޓްތަކަށް ވެސް ވެވިދާނެ އެއްނު...ވަޓް ޔޫ ސޭއި..." އަލްބާން އޮތީ އެނދުގައި ހަމަޖެހިލައިގެން ލޯ މަރާލައިގެންނެވެ. ޒަހްރާގެ ލޮލުން އޮހުނު ކަރުނަ ތިކި އަލްބާން ގެ މޫނުގައި ޖެހުނު ވަގުތު ލޯ ހުޅުވިއެވެ.
" ކީއްވެ މަންމަ ލޮލުން ވާރޭ ވެހެނީ؟" އަލްބާން މައުސޫމު އަޑަކުން ބުނެލީ އޭނާ އަށް މަންމަ ހެއްވާލެވޭނެ ކަން އެނގޭތީއެވެ. ޒަހްރާ ލޯ ފޮހެލަމުން ހިނިތުންވެލިއެވެ. އަލްބާންގެ ހުންނަނީ ޝާކިރުގެ ނުސިޔާނުކަމެވެ. ހަމަ އެ މިޒާޖެވެ. ޒަހްރާ ލޮލުން ފޭދުނު ކަރުނަ އަކީ ވެސް އޭނާ ޝާކިރު ހަނދާންވުމުން ލޮލަށް ޖަމާވި ކަރުނައެވެ.
" ދަރިފުޅު ތީ ހަމަ ދަރިފުޅުގެ ބައްޕަ....އެކަމަކު ވެސް މަންމަ ވަރަށް ބޭނުން ދަރިފުޅު ރަނަގޅު ހަރުދަނާ ވަޒީފާއަކަށް ގޮސް މީހަކާ އި އިނދެ އާއިލާ އެއް ބިނާ ކުރާތަން ދެކެން...އެއީ މަންމަގެ ހުރިހާ ކުދިންނަށް ވެސް މަންމަ ދެކޭ ހުވަފެނެއް..." ޒަހްރާ ގެ ޖުމްލައިން އަލްބާންގެ ސިކުނޑީގައި ކުޅެވުނީ ބާބިލް އާއި އެކީ ބިނާ ކުރެވޭ މުސްތަޤުބަލެވެ. ހިނތުންވެފައި ހިޔާލަށް ގެއްލިފައި އޮވެވުނެވެ. ޒަހްރާ އޭނަގެ ކަންފަތުގައި ވިކާލިއެވެ.
"އަންހެންކުއްޖެއް ހުރީތަ؟އަޅެ ބުނެބަލަ...." ޒަހްރާ ޝައުގުވެރިވިއެވެ. އަލްބާން ޗުސް ކަނޑާލީ ނޫން ގޮތަކަށެވެ. ހިވީ ވައްކަމެއް ކުރަނިކޮށް އަތުލައިގަތީ ހެންނެނެވެ. ނިތްކުރިން ދާތިކިތައް ފައުޅުވިއެވެ. އވަހަށް އެނދުން ތެދުވެ ލައިގެން ހުރި ޓީޝާޓު ފޮޅާލައި ލޯގަނޑު ކުރިމަތީ ގައި ހުއްޓި ހުރެ އިސްތަށިގަނޑު ރަނގަޅުކޮށްލަނީ ކަމަށް ހަދާލިއެވެ. ޒަހްރާ ބަލަައްޓައިގެން ހުރި ގޮތުން އެ ސުވާލުން އޭނާއަށް ރެކެން އުނދަގު ވާނެ ކަން އެނގުނެވެ.
" ވަރަށް ގަޔާ ވާ ކުއްޖެއް ހުރޭ....އެކަމަކު....ލިބޭނެ ހެންނެއް ހިނުވޭ....މާ ލަސްވީ ފެނުނު ލެއް...މޮޔަ ކާޅެއް އެ ކުއްޖާ ހައްޔަރުކޮށްފި.....ވެރީ ހާޓްބްރޭކިންގް...." އަލްބާންގެ އަޑުގައިވީ މޮޅިވެރިކަމެވެ. އޭނަ މޭމައްޗަށް ތަދު އަރާ ކަމުގެ ހަރަކާތް ކުރިއެވެ. ޒަހްރާ ތުން ތަޅުވާލީ އަލްބާން ގެ ފަރާތުން ސީރިޔަސް ޖަވާބަކަށް އެދެވުނު މޮޔަ ހިތަށް އަރައެވެ. އެވަގުތު ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑު އިވުމުން އަލްބާން އޭނާގެ ސަކަރާތް ގަނޑު ހުއްޓާލިއެވެ.
" ޒަހްރާއްތަ؟" އަހެދް ގެ އަޑެވެ. މުރުތަސިމް ވެސް ކައިރީގައި ހުރި ކަން އެނގުނީ އަހެދް ގާތު މަންމަ ކިޔާ މުހާތަބު ކުރުމަށް އެދުމުންނެވެ. ޒަހްރާ އެ ދެކުދިންނަށް ވަނުމަށް ގޮވާލުމުން އަލްބާން އޭނާގެ އަތުން ހަނާ އަޅާލީ ދަނީ ކަމުގައި ބުނެއެވެ.
***
ގޭތެރޭގެ ހަލަބޮލިކަން އިތުރުވަމުން ދިޔައެވެ. އެ ހަފްތާގައި ދުރުތާ ތިމާގެ މީހުންވެސް ކައިވެނީގެ ހަފްލާއަށް އައިސް ތިބީ އެ ހަވޭލީގައެވެ. އެ ހަލަބޮލި ކަމުގެ ތެރޭގައި އަހެދް އާއި ވާހަކަ ދެއްކޭނޭ ފުރުސަތަކަށް މުރުތަސިމް އަށް ވުރެ ބޮޑަށް ޖޫރީ ހުރީ ފައި ނަގާފައެވެ. ނަމަވެސް އަދީނާ ހީވަނީ އަހެދް ގެ ހަށިފާރަވެރިޔެއް ހެންނެވެ. އެ ހަވޭލީގެ ތަނަވަސް ކަން ބޮޑު ބޭރުގައި ޕާޓީގެ ތައްޔާރީތައް އެންމެ ފުރިހަމަށް ކުރެވޭތޯ ބަލަން ޒަހްރާ އުޅުނީ އަވަދިނެތިއެވެ. އެކަމާއި އޭނާގެ ދަރިން ކުރާ އެއްވެސް ޝަކުވާ އެއް އަޑެއް ނާހައެވެ. މުޅިތަން ތައްޔާރުކޮށްފައިވީ އެކި ކުލަ ކުލައިގެ މާމެލާ މެލިންނެވެ. ވައިގެ ތެރޭގައި ވެސް ހިފައިފައިފާ ހުރީ އެހާމެ މިރުވަހެވެ.
"ނޫން އަދި ސީދަލެއް ނޫން....." ޒަހްރާ ލޯ ހަނި ކޮށްލައި ބަލާލީ ވަންނަ ދޮރަށެވެ. ތަނބުޖަހާފައި ހުރި އިރު އޭގެ މަތީން ވިސްޓެރިޔާ މާ ކޯނިތަށް ބަހައްޓާފައިވިއެވެ. ބާބިލް ޒަހްރާގެ ހަރާކާތްތަކަށް ފަރުވާތެރިވިއެވެ. ތަބެއްގައި ޖޫސްތަށްޓެއް ހިފައިގެން އައިސް ހުރީ ހިދުމަތުގައެވެ.
"ދެން ޒަހްރާއްތާ.....ބްރޭކެއްވެސް ނަގާނުލަންތަ؟ބާބް ގެ ފަޔަށް ވެސް ތަދުވެއްޖެ..." ބާބިލް ބޮޑާހާކާލީ ޒަހްރާގެ ސަމާލުކުން ދަމައިގަތުމަށެވެ.
"އަޅޭ...މަގޭ ކޮޔާ...އަވަހަށް ހިނގާބަލަ އިށީންނަން....." ޒަހްރާ ބާބިލް އަތުގައި ހިފަމުން ހިނގައިގަތީ ހިޔާ ދޭ ހިސާބަކަށެވެ. އެތަނުން ބެންޗެއްގައި އިށީނދެވުމުން ކަކުލުގައި ހުރި ތަދު އިހުސާސްވިއެވެ. ބާބިލް ލޯ އަޅައިލުމުން އެއީ ކަމަކަށް ނަހަދަން ޒަހްރާ މަސައްކަތް ކުރިއެވެ. އަލްބާން އޭނާގެ ކެމެރާގެ ލެންސް ފޯކަސް ކޮށްލީ އެ ބެންޗަށެވެ. ދުރުގަިއ ހުރި ނމަވެސް އެތައް ފޮޓޯއެއް ނަގާލިއެވެ. ބާބިލް ގެ މޫނު ވަކިން ހާއްސަކޮށް ޒޫމްކޮށްފައެވެ. ނައީމު އޭނާގެ ފަހަތުގައި ހުރިކަން އެނގުނީ ކަރުކަހައިލުމުންނެވެ.
" އެ މަންޖެ....އެއީ މާ ހާއްސަ މިހަކީތަ؟" ނައީމު ދުފައި ރަތް ކޮށްލައިގެން ހުރިއިރު ރަތް ކުޅި ތިކިވެސް ބުރައިގެން ދިޔައެވެ. އަލްބާން އަނަގޔަށް ގޮތެއް ހަދައިލިއެވެ. އަދި ނައީމު ގެ ދަތްޕިލައިގެ ފޮޓޯ އެއް ނަގައިލީ ފްލޭޝް އާއި އެކީ ކަމުން ނައީމުގެ ލޮލަށް ފުސްވިއެވެ.
"އެ މަންޖެ އަކީ މިގޭ ކުއްޖެއް....އެއީ ހަމަ މި އާއިލާ މީހެކޭ އެއްފަދަ...މަންމަ ވެސް ދުވަހަކު ތަފާތެއް ނުކުރާނެ..." އަލްބާން އަވަހަށް އެމީހުނާއި ދިމާއަށް ހިނގައިގަތީ ނައީމުގެ ޖަވާބަކަށް މަޑުކުރުމެއް ނެތިއެވެ.. ލޮލަށް އެ ކެނޑި ފްލޭޝް އިން އުދަގޫވެ ލޯ އުނގުޅާލަން ހުރިއިރު އަލްބާން އަށް ހިތާހިތުން ނުބައި ދުޢާކުުރެވުނެވެ.
"ސޭއި ޗީޒް....." އަލްބާން ކައިރިން ފޮޓޯއެއް ނަގައިލި ވަގުތު ބާބިލް އޭނާގެ މޫނު ފޮރުވިއެވެ. ޒަހްރާ ޗުސް ކަނޑާލި ނަމަވެސް ހިނިތުންވެވުނެވެ.
" އާނ މިއޮށްގެން އައީނު....އަލް ދޭބަ ބާބް ސެލޫން އަށް ލައިދޭން....މަންމަ ބުނެ ބުނެ ނުދިޔަ..." ޒަހްރާ ޝަކުވާގެ ރާގުގައި ބުނެލިއެވެ. އަލްބާން ގެ ލޯ ވިދައިލިއެވެ.. ބާބިލް ގެ މޫނު ރަތް ވިއެވެ.
"ބާބް ފޮނުވާލަން ދޯ....ޒަހްރާއްތަ ގެޔަށް ވަނީމަ ދާނީ....މިތާ އަވީގަ ޒަހްރާއްތަ އެކަނި ކޮށްފަ ކިހިނެއްދާނީ.،...މިއަދު އެއްވެސް ރެސްޓެއް ނުނަގާ...." ބާބިލް ވެސް ކުރީ ޝަކުވާއެވެ. ބާބިލް އޭނާގެ އުފަލުން މަހުރޫމް ނުކުރުމަށް އެހެން ގޮތެއް ނެތް ކަން އެނގި ޒަހްރާއަށް ޖެހުނީ ގެޔަށް ވަންނަންށެވެ.
"ލެޓްސް ގޯ؟." އަލްބާން ބާބިލް އަށް ކާރުގެ ތަޅުދަނޑި ދައްކާލިއެވެ. އޭރު ޖޫރީ އާއި ދަނީން އަދި އަހެދް ވެސް އަންނަނީއެވެ.
" އަވަހަށް ހިނގާ...." ޖޫރީ ފުމެމުން އައިސް އަލބާން އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. އަލްބާންގެ މޫނު މިލަިއގެން ދިޔަ ތަން ފެނި ބާބިލް އަށް ހެވުނެވެ. ޖޫރީ ޔަގީންކޮށްގެން ހުރީ ސެލޫން އަށް ގޮސް އަހެދް އާއި ވާހަކަ ދެއްކޭނޭ އެކަނި ފުރުސަތެއް ލިބިދާނެ ކަމަށެވެ. ދާން ބޭނުންވީވެސް އެކަމުގެ އުންމީދުގައެވެ.
" އަހެދް ލައިދޭން ގޮސްދީފާނަން...އެންމެނަށް އެއް ކާރަކަށް ނޭރޭނެއެއްނު..." އިވުނީ މުރުތަސިމްގެ އަޑެވެ.
"އަހެދް އެކަނިތަ؟" އަލްބާން ޖެއްސުމުގެ ރާޣުަގއި ބުނެލީ އަޑު ހަރުކޮށެވެ. ސަކީނާ އަށް އެ އަޑު އިވި އަވަހަށް އައީ އެމީހުން ފަހަތުން ސެލޫން އަށް ދިޔުމުގެ ނިޔަތުގައެވެ. ނައީމު ލޯ އަޅައިލި ގޮތުން އަހެދް ގެ ފަހަތުން ދާން އަދީނާވެސް ނިންމިއެވެ. މުރުތަސިމް ލޯ ހިމަ ކޮށްލައި ފިނި ހިނިތުންވުމެއް އަލްބާން އަށް ދިނެވެ. ފަހުން އޭގެ ބަދަލު ދޭނެ ކަމަށް ތުން ތަޅުވަމުންނެވެ. ކާރު ދަތުރުގައި ސަކީނާ ގެ އަނގަ ގަދަކަމުން އެހެން އެއްވެސް މިހަކަށް ވާހަކަ އެއް ދައްކާލާން ފުރުސަތެއް ނުލިބުނެވެ.
" ސިމް އަށް ބޮޑު ލަނޑެއް....." ދަނީން ކާރަށް އެރިއެވެ. ޖޫރި ކުރިޔަށް އަރަން ދިމާކުރުމުން އަލްބާން ކާރުގެ ދޮރުގައި ހިފެހެއްޓިއެވެ.
" ހޫން...ދެން ޖޫ ބޭނުމީ ކުރީ ސީޓު..." ޖުރީ ބޮޑާހާކާލިއެވެ. އަލްބާން ބޯ ހޫރާލީ ޖޫރީ ހާ އަނގަ ގަދަ މީހަކު ކުރީ ސީޓުގައި ހުރުމުން ކާރު ދުއްވަން ފަސޭހަ ނުވާނެ ކަމަށް ބަހަނާ ދައްކަމުންނެވެ.
'އޮކޭ ފައިން....ބާބް އަރާ ކުރިޔަށް..." ޖޫރީ އަވަހަށް ސެލޫން އަށް ދާން ބޭނުންވެފައި ހުރުމުން ދޫ ދިނެވެ. ދަނީން އަށް ފާހަގަވީ އަލްބާން ބާބިލް އަށް ބަހައްޓާ ޚާއްސަގޮތެވެ.
***
" މި އަންހެންވެރިން މިއީ ހާދަ ވަގުތެއް ބޭކާރު ކުރާ ބައެކޭ....އަޅެ މީހަކު ހައިރާނެއް ނުވާނެތަ؟ދެ ގަޑި އިރު ވެއްޖެ..ކިއވެނީގެ ހަފްލާ ފެށޭ އިރުވެސް މި މީހުން ނުނިމޭނެ..." ސެލޫން ބޭރުގައި މަޑުކޮށްލައިގެން ހުރެ އަލްބާން އަތުކުރީ ގަޑި ބަލާލިއެވެ.
މުރުތަސިމްވެސް ކުރުކާލި ކަނޑާލަ ކަނޑާލަ ހުރީ ލަސްވެގެންނެވެ.
" ބަލާލާފަ އެބަ އަންނަން..." މުރުތަސިމް މަގު ގެ ދެކޮޅު ބަލަމުން މަގު ހުރަސް ކުރުމުގެ ތެރޭގައި މުޑި އެރީ މުޅިން ނިވާ ވެގެން ހުރި އަންހެނެއްގެ ގައިގައެވެ. ފުރަތަމަ އަހެދް ކަމަށް ހީކޮށް އަހެދް ގެ ނަން ގޮވާލެވުނެވެ.
"ސޮރީ..." އެ އަންހެން މީހާ އަވަހަށް މާފަށް އެދިފައި ދިޔައެވެ. އެ އަޑުގައި މުރުތަސިމް އަށް ދަންނަ ފާޑު ޖެހިނަމަވެސް އެއީ ކާކުކަން ދެނެގަންނަ ނޭނގުނެވެ. ސެލޫން ގެ ދޮރުން ވަދެވުމާއެކު ވެއިޓިން ރޫމުގައި އެތަށް ފިރިހެނުން ތިބީ އެމީހުންގެ އަންހެނުންގެ އިންތިޒާރުގައެވެ. މުރުތަސިމް ލަދުން ހުރެ ނަމަވެސް ރިސެޕްޝަންއަށް ގޮސް ސުވާލުކުރީ އެކަމަށް ނަގާނެ ވަގުތާއި ބެހޭގޮތުންނެވެ. އެވަގުތު އަހެދް ގެ މެސެޖެއް މުރުތަސިމްގެ ފޯނަށް އައެވެ.
" ސިމް ވެސް ފޭޝިއަލް އަކަށްތަ؟..." ހުނުމުގެ އިމޯޖީ ޖަހާލަމުން ދިމާކުރަނީ ކަން އެނގުނެވެ. މުރުތަސިމް ވަށައިގެން ހޯދައިލީ އަހެދް އިން ތަނެއް ބަލައިލުމަށެވެ.މައްޗަށް ބަލަިއިލިތަނާ އަހެދް ފެނުމުން ވާހަކަ ދައްކާލަން މައްޗަށް އަރަން ބޭނުންވިއެވެ. އެދުވަހުގެ ކަިއވެންޏަށް ފަހު ގޭތެރޭގެ ހަލަބޮލި ކަމާއި ހެދި ދިމާވެލާނެ ފުރުސަތެއް ނުލިބޭތާގައި ވާހަކަ ދައްކާލަނެ ފުރުސަތެއްވެސް ނުލިބެއެވެ.
އަހެދް ލޯ މަތިން ގެއްލުމުން އެތަނުގެ ރިސެޕްޝަންގެ ހުއްދައާއި އެކު ސެލޫން ގެ މަތީބަޔަށް އަރަން މުރުތަސިމް ދިޔައެވެ. އެ ފްލޯ ހިފާފައިވަނީ ހުސް އެ އާއިލާ މީހުންކަމުގައި ވުމުން މުރުތަސިމް އަށް ހުއްދަ ލިބެންވެސް ފަސޭހަވީއެވެ.
" އަހަރެން ހީނުކުރަން އަހެދް ތިއީ އެހާ ޗީޕް މީހެއް ކަމަށް...ލާރިތަ ބޭނުންވަނީ.....ޔޫ އެންޑް ކައި ދޮންބެ... މިބުނީ ކައިލް....ފަކުރުވެސް ގަނޭ ބޭބެ ކިޔަންވެސް...ދޮންތަ އާއި ސޯފީ އާއި މެދު ވިސްނާފަ އެއްޗެއް ނުބުނެ މި ހުންނަނީ..." ޖޫރީ ދަތް ކުނޑިވިކާފައި އަހެދް އާއި ވާހަކަ ދެއްކި އިރު އެ ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އަހެދް އިނީ ހައިރާންވެ ބަސްހުއްޓިފައެވެ.
"ޓެލް މީ؟" އަހެދް ގެ ދެ ކޮނޑުގައި ހިފައި ހަލުވާލަމުން ޖޫރީ ބުނެލިއެވެ. ޖޫރީގެ އަމަލުހުރިގޮތުން އަހެދް ގެ ގާތަށްވެސް އައީ ރުޅިއެވެ.
"ސޯ ވަޓް....ޔެސް އައިމް މެރިންގް ފޯ މަނީ...ސޯ ވަޓް..ގޮސް ބުނެބަލަ އެންމެން ކައިރީ...." ޖޫރީގެ އަތް ފޮޅާލަމުން އަހެދް ފަހު ލަފުޒުތައް ބުނެލީ ރުޅިވެރިކަމާއެކުއެވެ. ޖޫރީ ގެ އެސްފިޔަތައް ތެމުނެވެ. އަހެދް މިހާ ދަށުދަރަޖައަކަށް ވެއްޓިދާނެކަމަށް އޭނަ ފަހަރެއްގައިވެސް ހީކޮށްފައެއް ނެތެވެ.
ނުނިމޭ