ވަރަށް އަގުހެޔޮ؛ އުރީދޫން އައިފޯން 16ގެ ޕްރީއޯޑަރަށް ހުޅުވާލައިފި

އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް ޕްރީއޯޑަރަށް ހުޅުވައިލުން --

އުރީދޫއިން އައިފޯން 16 ޕްރީއޯޑަރަށް ހުޅުވާލައިފިއެވެ.

މިރޭ 00:00 އިން ފެށިގެން ޕްރީއޯޑަރަށް ވަނީ ހުޅުވައިލައިފައެވެ.

އުރީދޫއިން ޕްރީއޯޑަރަށް ހުޅުވައިލިއިރު އަގުތައް ފެށެނީ:

  • އައިފޯން 16 ޕްރޯ - 24،899 ރުފިޔާ
  • އައިފޯން 16 ޕްރޯ މެކްސް - 27،199 ރުފިޔާ

އައިފޯން 16 އަދި އައިފޯން 16 ޕްލަސްގެ ފީޗާތަކުގެ ތެރޭގައި މުޅިން އާ އޭ18 ޗިޕް ހިމަނާފައިވާއިރު ކެމެރާ ކޮންޓްރޯލް، އެޑްވާންސްޑް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑްތައް ހިމެނެއެވެ.

އަދި އެއީ އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗާތައް އަވަހަށް ހޯދައި ބެޓެރީ ލައިފް އިތުރަށް ރަނގަޅުކޮށްފައިވާ މޮޑެލް ތަކެކެވެ.

އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް އަކީ އޭ18 ޕްރޯ ޗިޕްގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ މޮޑެލްތަކެކެވެ.

އޭއައިގެ ގާބިލުކަމާއެކު އައިފޯން 16 ތައާރަފުކޮށްފިއިތުރަށް ވިދާޅުވުމަށް
އައިފޯން 16 ނެރެފައިވަނީ ދެ ސައިޒެއްގައެވެ. އެއީ 6.1 އިންޗީގެ އައިފޯން 16 އަދި 6.7 އިންޗީގެ އައިފޯން 16 ޕްލަސްއެވެ.

comment ކޮމެންޓް