ނިއުރާލިންކްގެ "ބްލައިންޑްސައިޓް" އަށް އިންގިލާބީ އީޖާދެއްގެ ލަގަބު ދީފި

ނިއުރާލިންކުން މަސައްކަތްކުރަނީ ޓެކްނޮލޮޖީއާ އިންސާނުންގެ ސިކުނޑިއާ ސީދާ ގުޅުވާލުމަށެވެ.

ނިއުރަލިންކްގެ "ބްލައިންޑްސައިޓް" އަށް އެފްޑީއޭގެ "ބްރޭކްތްރޫ ޑިވައިސް" ނުވަތަ އިންގިލާބީ އިޖާދުގެ ދަރަޖަ ލިބިއްޖެއެވެ.

އެލޮން މަސްކްގެ ކުންފުނި ނިއުރަލިންކުން އުފައްދާފައިވާ "ބްލައިންޑްސައިޓް" އިމްޕްލާންޓަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން "ބްރޭކްތްރޫ ޑިވައިސް" ގެ ދަރަޖަ ދީފައިވަނީ މި ޑިވައިސްއަކީ ފުރާނައަށް ނުރައްކާވެދާނެ ނުވަތަ ނުރައްކާތެރި ބަލިތަކަށް ފަރުވާދިނުމަށް ނުވަތަ ދެނެގަތުމަށް މުހިންމު އީޖާދެއް ކަމުގައި ބެލެވޭތީއެވެ.

ބްލައިންޑްސައިޓަކީ ލޯފަން މީހުންނަށް ނުވަތަ އުފަންއިރު ލޯފަންވެފައި ތިބޭ މީހުންނަށް ފެނުމުގެ ގާބިލިއްޔަތު ހޯދައިދިނުމަށް ފަރުމާކޮށްފައިވާ އާލާތެކެވެ. މި އިމްޕްލާންޓް ބޭނުންކުރަނީ ސީދާ ސިކުނޑީގެ ވިޝުއަލް ކޯޓެކްސްއަށް ސިގްނަލް ފޮނުވުމަށެވެ. މި ޓެކްނޮލޮޖީގައި ހިމެނެނީ އިލެކްޓްރޯޑްތަކަކާއި ނިއުރަލް ޑީކޯޑިންގގެ ޒަމާނީ ވަސީލަތްތަކެކެވެ.

އެފްޑީއޭގެ މި ދަރަޖަ ލިބުމާ ގުޅިގެން، ނިއުރަލިންކަށް މި ޑިވައިސްގެ ތަރައްޤީއާއި ޓެސްޓްކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެއެވެ. ނަމަވެސް، ސިކުނޑިން ވިޝުއަލް މަޢުލޫމާތު ޕްރޮސެސްކުރާ ގޮތުގެ ބީދައިން، މަތީ ފެންވަރުގެ ފެނުމެއް ހޯދުމަށް އަދިވެސް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ.

ނިއުރަލިންކުގެ މަސައްކަތްކުރަނީ ހަމައެކަނި ފެނުމުގެ މައްސަލަތަކަށް ހައްލު ހޯދުމަކަށް ނޫނެވެ. މި ކުންފުނިން ދަނީ ހަށިގަނޑުގެ ބައެއް ގުނަވަންތައް ޕެރެލައިޒްވެ ހަރަކާތްތެރިވުމުގެ ގާބިލިއްޔަތު ގެއްލިފައިވާ މީހުންނަށް އެހީތެރިވެދިނުމުގެ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. މި މަސައްކަތުގެ މަޤްޞަދަކީ ސިކުނޑިއާއި ޓެކްނޮލޮޖީ ގުޅުވައިދިނުމެވެ.

މި އީޖާދާ ގުޅިގެން އާންމުންގެ ފަރާތުން ފެންނަމުންދަނީ ޝައުޤުވެރިކަމާއި އުއްމީދީ ކަމެކެވެ. ނަމަވެސް، މި ޓެކްނޮލޮޖީގެ ސަބަބުން ކުރިމަތިވެދާނެ އަޚްލާޤީ އަދި އިޖްތިމާޢީ މައްސަލަތަކާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު