މޯޕާއިން ޕްލާސްޓިކް މެނޭޖުކުރާ ވަސީލަތްތަކާއި ޕިކަޕުތަކެއް ވެމްކޯއަށް ހަދިޔާކޮށްފި

މިއަދު ވެމްކޯއަށް ހަދުޔާކުރި ޕިކަޕުތައް: މޯޕާއިން ޕްލާސްޓިކް މެނޭޖުކުރާ ވަސީލަތްތަކާއި ޕިކަޕުތަކެއް ވެމްކޯއަށް ހަދިޔާކޮށްފި --- ސަންފޮޓޯ/ އިސްމާއިލް އަބްދުލް ގަފޫރު

ޕްލާސްޓިކް ރިސައިކަލް ކުރަން އެހީވާން މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް ޕިކަޕުތަކަކާއި ބެއިލާ މެޝިންތަކެއް މިއަދު ހަދިޔާކޮށްފިއެވެ.

އެ ތަކެތި ހަދިޔާކުރަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯޕާގެ ފަރާތުން ތަކެތި ހަދިޔާކުރެއްވީ މޯޕާގެ ރައީސް އަޙުމަދު މައުމޫނެވެ. ވެމްކޯގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.

އެގޮތުން، މޯޕާއިން ވެމްކޯއަށް ހަތަރު ޕިކަޕާއި ބެއިލަރުގެ އިތުރުން ޕްލާސްޓިކް ފުޅި އެއްކުރަން ގިނަ އަދަދެއްގެ ގޯނި ހަދިޔާކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވީ، ރައްކާތެރިކޮށް ޕްލާސްޓިކް މެނޭޖުކުރުމަށް ވެމްކޯއަށް ދަތިތަކެއް އެބަހުރި ކަމަށެވެ.

ޕްލާސްޓިކް ނައްތާލަން ބޭނުންވާ ސާމާނު ވެމްކޯއަށް ހަވާލުކުރުން -- ސަން ފޮޓޯ/ އިސްމާއިލް އަބްދުލް ޣަފޫރު

އެގޮތުން، މާލެއިން އުކާލާ ގިނަ އަދަދެއްގެ ޕްލާސްޓަކް މޯޕާއިން މެނޭޖްކުރާ ކަމަށާއި ހަދިޔާ ކުރި ތަކެއްޗާ އެކު އަތޮޅުތަކުން އުކާލާ ޕްލާސްޓިކު ވެސް ރައްކާތެރިކޮށް، ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

މި ހަތަރު ޓްރަކް ބޭނުންކުރަން ގަސްތުކުރަނީ އައްޑޫ ހިތަދޫ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައި ޚިދުމަތް ފަށާއިރު ފުނަދުއާއި ގަމުގައި ބޭނުންކުރާނެވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް

މީގެ އިތުރުން، އަތޮޅުތަކުގެ ވެމްކޯ ފެސިލިޓީތަކުގައި ވެސް ޕްލާސްޓިކް މެނޭޖުކުރެވޭ ކުދި ފެސިލިޓީތަކެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަން މުޖުތަބާ ވަނީ ފާހަގަކުރައްވާފައެވެ.

މޯޕާގެ ރައީސް މި ރަސްމިއްޔާތުގައި ވިދާޅުވީ، އެ ޖަމިއްޔާއިން ބޭނުންވަނީ ރާއްޖޭގެ ބޮޑު އާބާދީއަކަށް ޕްލާސްޓިކު މެނޭޖުކުރަން އެހީވުމަށް ކަމަށާއި މިހާރު ވެސް އާބާދީގެ 65 ޕަސެންޓުން ޕްލާސްޓިކު ފުޅި މޯޕާއިން ކަލެކްޓުކުރާ ކަމަށެވެ. އަދި، މިދިޔަ ހަތަރު އަހަރު ތެރޭ 239 ޓަނު ޕްލާސްޓިކް ކަލެކްޓުކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް