ޓެން ހާގުގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ހޯދި އެންމެ ބޮޑު ކާމިޔާބީ ބާންސްލީއާ ދެކޮޅަށް

ކަރަބާއޮ ކަޕްގެ ތިންވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑުން ބާންސްލީގެ މައްޗަށް ފަސޭހަ ކާމިޔާބީއެއް ހޯދާ މި މުބާރާތުގެ ފަހު 16 ޓީމުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބު ކޮށްފައިވަނީ 0-7 ގެ ބޮޑު ތަފާތަކުންނެވެ. މިއީ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގުގެ ދަށުން އެޓީމުން މިހާނަތަށް ހޯދި އެންމެ ތަފަތު ބޮޑު ނަތީޖާ އެވެ. މިއީ 2021 ވަނަ އަހަރުގެ ފްބްރުއާރީ މަހު ނުވަ ލަނޑު ސުން ލަނޑުން ސައުތެމްޕްޓަން ބަލިކުރިފަހުން ޔުނައިޓެޑުން ހޯދި އެންމެ ބިޑު ކާމިޔާބީއެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ޖަހައިދިނީ މާކަސް ރަޝްފަޑްއެވެ. އަދި މި މެޗުގައި އެޓީމުގެ ދެވަަނަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޖަހައިދިނީ އެންޓަނީއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އަލެހަންޑްރޯ ގެނާޗޯއެވެ.

މި މެޗުގެ ދެވަނަ ހާފު ޔުނައިޓެޑްގެ އިތުރުން ގެނާޗޯވެސް ފެށީ ފުރަތަަމަ ހާފު ނިންމާލި ހިސާބުންނެވެ. މިގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު ވަނަ މިނެޓުގައި ގެނާޗޯވަނީ ޔުނައިޓެޑްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ޔުނައިޓެޑްގެ ފަސްވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ރަޝްފަޑްއެވެ. އަދި އެޓީމުގެ ފަހު ދެ ލަނޑު މެޗުގެ 81 ވަނަ މިނެޓާއި 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން އެރިކްސަންއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޓެން ހާގް ހާމަކުރިގޮތުގައި މިއީ ޓީމަށް ވަރަށް މުހިންމު ނަތީޖާއެއް ކަމަށެވެ. މި މެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ބޭނުންވި ކުޅުން ޕްލޭން ކުރި ގޮތަށް ފެނިގެންދިޔަ ކަމަށާއި ބޭނުންވީ ދެން އޮތް ބިރަށް ދިއުމަށް ކަމަށެވެ. ނަމަވެސް އޭގެ އިތުރުން ރީތި ލަނޑު ތަކެއް ޖަހާ ސަޕޯޓަރުންނަށް ވެސް ހިތްހަމަޖެހުމެއް ގެނެސްދެވުނީތީ ހިތްހަމަ ޖެހޭކަަމަށް ވެސް އޭނާ ހާމަކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު