ސ. ހުޅުދޫއިން ފަރީދު ނަމަކަށް ކިޔާ ހާލެއް ގެއްލިގެން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފަރީދު ނަމަކަށް ކިޔާ ހާލެއް ގެއްލިގެން ހޯދުމަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ އެ ހާ ގެއްލުނީ ސ. ހުޅުދޫއިން ކަމަށެވެ.
އަދި އެ ހާލުގެ ކަނާތު ފައިގައި ރަން ކެވެލި ފަށެއް އިންނާނެ ކަމަށް އެ ޕޯސްޓުގައިވެއެވެ. އެ ހާ ފެނިއްޖެ ނަމަ، 7587911އަށް ގުޅައި އެކަން އެންގުމަށް އެ ޕޯސްޓުގައި ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
ޕޯސްޓުގައި ވާގޮތުން ފަރީދުގެ ނަމުން ގޮވުމުން ގޮވާމީހެއް ކައިރިއަށް މި ހާ ދާނެއެވެ.

އާންމު ގޮތެއްގައި މި ގޮތަށް ގެއްލިގެން ހޯދަން އިއުލާންކުރަނީ ގުރަޔާއި ބުޅާފަދަ އޮޅުކޮށްގެން ގެންގުޅޭ ބައެއް ޖަނަވާރެވެ. އަދި އެ ފަދަ ޖަނަވާރެއް ގެއްލިގެން ހޯދަން އިއުލާންކުރާއިރު، އެ ހޯދައިދީފި މީހަކަށް އާންމު ގޮތެއްގައި އޭގެ ވެރިފަރާތުން އިނާމެއް ވެސް ދެއެވެ.
މިއީ މިފަދަ ނަމެއް ދީފައިވާ ހާލެއް ގެއްލިގެން ހޯދަން އިއުލާނުކޮށް، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ލިބުނު ފުރަތަމަ ފަހަރެވެ. އެގޮތުން ފަރީދު ގެއްލުންކަން އިއުލާނުކޮށް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުތައް ގިނަ ބަޔަކު ވަނީ ޝެއާކޮށްފައެވެ.
comment އަފީފާ
7 month 2 day ago
ތިޔަ ވަރުގެ ކަމެއް ކުރުމުގެ ބޭނުމަކީ ކޮބައިތަ؟ ގެއްލުނިމަ ނިމުނީ އެއް ނޫންތަ؟ މީހުން ގެއްލި ގެން ނުވާ ވަރު ތިވަނި.
comment މުހްތާރު
7 month 2 day ago
ތި ހާލެއްނުފެންނާނެ ކާލާފި......
comment ޓިނު
7 month 3 day ago
ފިރިހެން ހާލެއްގެ ފައިގާ ރަން ކެވެލި އެޅުވުން ހުއްދަވާނެބާ؟
comment އާދަމް
7 month 3 day ago
ތިޔައީ ފަރީދުގެ ވެރިފަރާތުގެ އިހުމާލާއި އެކު ރަން ކެވެލި ފަށުގެ މައްސަލަ. ތިޔަ ކަމުގައި ފަރީދުގެ ކުށެއް ނެތް.
comment ލޯބި
7 month 3 day ago
ފަރީދު ދިޔައީ އޭނާގެ ލޯބިވެރިޔާއާއިއެކު ކަމަށްވެދާނެ. ލޯބިވެރިޔާ ހޯދާ!
comment ގަންބޯ
7 month 3 day ago
ނެތްތަ އަތްގުޅިނުކާވަރުގެ ޖަވާހިރެއް ވާތުފައިގަ އަޅުވަން. ޢޭރަކުން ވަގަކައް ނުނަގާނެ. 100000ރ ކޭކުލީގަ އެލުވާލާ އޭރަކުންވެސް ވަގަކައް ނުނަގާނެ.
comment ފފ
7 month 3 day ago
ތިހާ އުޅެނީ ރަސްމާލެއަށް ހިޖުރަ ކޮށްގެން ނުންތަ !