ދާއޫދު އެސިސްޓަންޓް ކޮމިޝަނަރުކަމަށް ޕްރޮމޯޓުކޮށްފި

ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރުކަމުގެ މަގާމަށް ޕްރޮމޯޓްކުރުން -- ފޮޓޯ/ ސަރުކާރު

ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރުކަމުގެ މަގާމަށް މިއަދު ޕްރޮމޯޓްކޮށްފިއެވެ.

ދާއޫދަށް ޕްރޮމޯޝަން ހަވާލުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިޙްސާނެވެ.

މީގެ ކުރިން ދާއޫދުވަނީ ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމު އަދައިކުރައްވައިފައެވެ. އަދި ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމު ވެސް ދާއޫދު ވަނީ އަދައިކުރައްވައިފައެވެ.

ދާއޫދަކީ މި ވަގުތު ހުޅުމާލޭ ފޮލިސް ސްޓޭޝަންގެ ހެޑް ވެސް މެއެވެ.

ފުލުހުންގެ އޭސީޕީގެ މަގާމަކީ އެ މުއައްސަސާގައި އިދާރީގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ.

ޑެޕިއުޓީ ކޮމިޝަނަރު އަދި ކޮމިޝަނަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމުހޫރިއްޔާއެވެ.

comment ކޮމެންޓް