"ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވާން ބޭނުންނަމަ ތިބާގެ މަންމައަށް އަޅާލާ ހެޔޮކޮށް ހިތާށެވެ. އަދި އިހުތިރާމްކުރާށެވެ."
***
"އަހަރުމެން ޒަމާނުގަ ވެސް ކައިވެނި ކުރަނީ މިހެން އާދައިގެ ކޮށް....އެހާ ކަންތައް ބޮޑުކުރާއެއްޗެއް ނޫނޭ... ދޯ..." ނައީމު އައްޒަހްރާއަށް ބަލައިލިއެވެ.
" ނޫނޭ....މި ދެކުދިންގެ ރަސްމީ ކައިވެނި އަދި އޮންނާނީ ބޮޑު ކޮށް....ޒަވީ އާއި މައިރާ އާއި އެކީ....." އައްޒަހްރާ އަހެދް ގެ ބުރަކަށީގައި ފިރުމާލަމުން ހިނިތުންވެލިއެވެ.
" ވަޓް ދަ...." އަލްބާން އިނީ ކޮސްވެފައެވެ. މުރުތަސިމް ހަގީގަތުގައިވެސް މޮޔަ ވީބާވައޭ އޭނާގެ ހިތަށް އެރިއެވެ. ނޫނީ ސިހުރެއް ޖެހުނީއެވެ.
***
ކައިލް އުނދަގޫ ކަމާއެކު ހުރިހާ ވާހަކަ އެއް ހިއްސާކުރި އިރުވެސް އާސީނާ އިނީ ގޮނޑީގައި ހަމަޖެހިލައިގެން އެވާހަކައަށް ކަނުލާ އަޑުއަހައިގެންނެވެ. މޫނު މަތީގެ ކުލަވަރުން އާސީނާ ރުޅި ނާންނަ ކަން އެނގެއެވެ. ކައިލް ހުރިހާ ވާހަކަ އެއް ކިޔައި ނިމެންދެން ކެތްތެރިކަމާއެކު އަޑުއަހަންއިނީ އެއީ ކައިލް ގެ މާޒީގައި އޭނާއަށް ދިމާވި އެންމެ ހިތްދަތި އެއް ހާދިސާ ކަން އެނގޭތީއެވެ. އެކަން ހިއްސާ ކުރަންވެސް ކައިލް އަށް ފަސޭހަ ނުވާނެ ކަން އާސީނާ އަށް ވުރެ ރަނގަޅަށް އެހެން އެކަކަށް ވެސް ނޭނގޭނެތީއެވެ.
ކައިލް އަކީ ޔަތީމެއްގެ ގޮތުގައި ބޮޑުވެ އަމިއްލަ މިންނެތް މަސައްކަތުން މިހާ ހިސާބަށް އައިސްފައި ހުރި މީހެކެވެ. އަހެދް އާއި ދިމާވީ ކޮލްޖުންނެވެ. ލެކްޗަރާއެއްގެ ހައިސިއްޔަތުން އެ ކޮލެޖުގައި ަމސައްކަތް ކުރި ދުވަސް ވަރެއްގައި އަހެދް އާއި ދިމާވެ ރައްޓެހިކަން އުފެދުނީއެވެ. އަހެދް ގެ ހާލަތު ކައިލް އަށް އެނގުނު ދުވަހުން ފެށިގެން ބޭނުންވީ އެހީވާށެވެ. އަހެދް އަށް އޭނާގެ ބޮޑުބޭބެ ކުރާ އނަިޔާތަކުގެ ވާހކަ އަޑުއިވި އަދި ލޮލުން ދެކެފައި ވީތީ އެކަމަށް އެހީ ވާން ބޭނުންވީއެވެ. އަހެދް ގެ އެދުމުގެ މަތީން އޭނާ އާއި ކަިއވެނި ކޮށް އެ އަނިޔާތަކުން ސަލާމަތް ކުރަން އެދުނު ފަހަރުތައް މަދެއް ނޫނެވެ. ކައިލްގެ އަދި އެހާ މުއްސަނދިކަމެއް ނެތި ވެސް އަހެދަށް އެ ހިމާޔަތް ދެން ނިންމި ދުވަހު އެގެޔަށް ގޮސް ނައީމު އާއި ބައްދަލު ކުރި ދުވަހަކީ ކައިލް ގެ ބޮލުގައި ބޮޑު ދޮގު އިލްޒާމެއް އެޅި ރަށުން ބެރުކޮށްލެވުނު ދުވަހެވެ. ކޮލެޖް ގެ ލެކޗަރާއަކަށް ވެ ހުރެ ކިޔަވާ ކުއްޖަކާ މެދު ލޯބީގެ ގޮތުން ގަދަކަމުން ގުޅުމަށް ބޭނުންވެ ކައިވެނި ކުރާ ހާލަތަށް ދާ ވަހަކަ މުޅި ރަށު ތެރޭ އަޑު ފެތުރުނެވެ. އެންމެންގެ ހާޒިރަށް އަހެދް ގެނެވި ސުވާލު ކުރުމުން އޭނާ ވެސް އަވަހަށް ކައިލް ގެ ބޮލަށް ހުރިހާ ކަމެއް ޖަހާލި ދުވަހު ކައިލް އަށް އަޑުއަހަން ޖެހުނީ ހަނދާނުން ފިލައި ނުދާނޭ ފަދަ ބަސްތަކާއި މަލާމާތެވެ. އެންމެ ފަހުން އެ ރަށުންވެސް ބޭލީ ރަށުގެ އެންމެން ހެން ނިކުމެއެވެ.
"އިޓްސް އޯކޭ....އައިމް ހިއަ..." އާސީނާ ކައިލް ގެ އަތަށް ފިތާލަމުން ބުނެލީ އެނާގެ ލޯ ވެސް ކަރުނުން ބަރުވެ ހުރެއެވެ.
" އާސި އަށް މާ ކުރިންވެސް ކިޔައިދޭން ބޭނުންވި އެކަމަކު..." އިސް ޖަހާލައިގެން އިން ކައިލް ވާހަކަ ދެއްކީ ކުށްވެރި އިހުސާސަކާއެކީއެވެ.
" ޝްޝްޝް.....އެއްވެސް ޝަކުވާއެއް ނެތް...އެއީ ކައިލް ގެ މާޒީ...އެހެން ނޫނަސް އެއީ ދައްކަން އެހާ ފަސޭހަ ވާހަކަ އަކަށް ވެސް ނުވާނެ.....އައި އަންޑަސްޓޭންޑް...އެކަމު ދެރަވަނީ ސިމް އަށް އެކަން ނޭނގޭތީ...." އާސީނާ އަށް މުރުތަސިމްގެ ކައިވެނި ހަނދާންވެ ހިތް ބިރުގަތެވެ.
" ސިމް އާއި އަހެދްގެ ގުޅުމަށް ވަންނާކަށް އަހަރެން ބޭނުމެއް ނުވޭ.....މިއީ އަހަރެންގެ މާޒީ....އެހެން ނޫނަސް ވެދާނެ އެއްނު އަހެދް އަށް ސިމް ދެކެ ހަގީގީ ލޯބި ވެވުނީ ކަމަށް....އައި ވިޝް ދެމް ވެލް..." ލުއި ހިނިތުންވުމަކާއެކު ކައިލް ބުނެލި ނަމަވެސް އާސީނާ ގެ މޫނު މަތީގައިވީ ކަންބޮޑުވުމެވެ. އަހެދް އެފަދަ ކަމެއް ކުރުމަށް ފަސް ނުޖެހުނީ ކީއްވެބާއޭ އާސީނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އަހެދް ގެ ނިޔަތާއި މެދު ޝައްކު ވާން ފެށިއެވެ.
***
" ނޫނޭ....މި ދެކުދިންގެ ރަސްމީ ކައިވެނި އަދި އޮންނާނީ ބޮޑު ކޮށް....ޒަވީ އާއި މައިރާ އާއި އެކީ....." އައްޒަހްރާ އަހެދް ގެ ބުރަކަށީގައި ފިރުމާލަމުން ހިނިތުންވެލިއެވެ.
" ވަޓް ދަ...." އަލްބާން އިނީ ކޮސްވެފައެވެ. މުރުތަސިމް ހަގީގަތުގައިވެސް މޮޔަ ވީބާވައޭ އޭނާގެ ހިތަށް އެރިއެވެ. ނޫނީ ސިހުރެއް ޖެހުނީއެވެ. މުރުތަސިމްގެ ލޯ ހޯދަމުން ދިޔައީ އަލްބާން އާއި ކައިލް އެވެ. އަލްބާން ފެނުމުން ހެވިފައި ހުރެ ހަނާ އަޅައިލީ އެ އުފާވެރިކަމުގައި ބައިވެރިވެލަން ދައުވަތު ދޭ ފަދައަކުންނެވެ. ނަމަވެސް އަލްބާން ހުއްޓުން އަރައިފައި ހުރި ގޮތުން މުރުތަސިމް އަށް އެ ފަރާތަށް ހިނގައިގަނެވުނެވެ. ޒަވިޔާރު އލަބްނާގެ ކައިރީ ހުރެ އުޅަނބޮށިން ކޮށްޓާލީ އޭނާގެ ދުލުން ބުނެވޭ ބަހަށް ރައްކާތެރިވުމަށް އެދެމުންނެވެ.
" ކޮބާ އަލް.....މަރުހަބާ އެއްވެސް ނެތީތަ؟ހާދަ ފޯރި އެއް ނެތޭ...ކިހިނެއްވަފަ ތިއިނީ ލޯ ތަރަ ޖަހާފަ؟" އަލްބާން ގެ ނިތްކުރީގައި ޓަކި އެއް ޖަހާލަމުން މުރުތަސިމް މަޖާވެލިއެވެ. އަލްބާން މުރުތަސިމް އަށް ލޯ އަޅައިލާ ބުނަން ބޭނުންވި ބަސްތައް ދިރުވާލީ ޒަވިޔާ ކައިރީ އިނދެ ކޮށްޓާ ވަރުންނެވެ.
" ކިހިނެއްވީ؟ބަސްހުއްޓުނީތަ؟ކޮބާތަ މިތާ އުޅޭ ކައިލް....އޭނާވެސް ނެތް ފެންނާކަށް...." މުރުތަސިމް ބުމަ އަރުވާލައި ޒަވިޔާ އާއި އަލްބާންއަށް ލޯ އަޅައިލީ ޖަވާބަކަށް އެދިއެވެ.
" ކައި ދޯ....ހީވަނީ ހޮސްޕިޓަލްގަ ހެން..." ޒަވިޔާ ގަދަކަމުން ހިނިތުންވުމެއް މޫނަށް ވެރިކޮށްލިއެވެ. މުރުތަސިމް ފޯނު ނެގީ ކައިލް އަށް ފޯނު ކުރުމުގެ ނިޔަތުގައެވެ.
" ނުވެސް ނަގާ.....ހީވޭތަ މާ ރަޝްޑް ޑިޒިޝަނެއްހެން..." ފޯނުން ޖަވާބެއް ނުލިބުމުން އަލްބާން ކުރެން އަހާލިއެވެ. ޒަވިޔާ އެވަގުތު ލޯ ބޮޑު ކޮށްލާފައި އަވަހަށް އެތަނުން ދުރަށް ދާން ބޭނުންވީ އަލްބާން ދޭނެ ޖަވާބު އަޑުއަހަން އޭނާ ލަދުގަނެފާނެތީއެވެ. އަދި ދުރުން މައިރާ ފެނުމުން ވާހަކަ ދައްކާލަން ބޭނުންވެފައި ހުރުމާއެކުގައިވެސް މެއެވެ.
" ނޫނޭ ވާ....އަދި ލަހީ....." އަލްބާންގެ އަޑުގައިވީ ސަމާސާ މުރުތަސިމް އަށް ނަގައިގަނެވުނެވެ. އަލްބާން ގެ އެ ސަމާސާއިން ހިތުގަ ޖެހުނު ނަމަވެސް ބަދަލުގައި ހިނިތުންވުމެއް އޭނައަށް ދިނެވެ. އެވަގުތު ސަކީނާ އައިސް މުރުތަސިމްގެ ކޮނޑުގައި ޖަހާލިއެވެ.
" ކަލޯ ވެސް ދޯ ދެން.....ހަމަ ހީވީ ކަސޯޓީ މަންޒަރެއް ހެން....." ސަކީނާ ހުރީ ވަރަށް ފޯރީގައެވެ. މުރުތަސިމް އަށް ކޭކުކޮޅެއް ދިއްކޮށްލައި އަލްބާންގެ މޫނުމަތީގައިވި ކުލަވަރު ދެނެގަންނަން ތޫނުކޮށް ބަލައިލިއެވެ.
" އަލްބާނޫ.....މޫނަށް އިރއޮއްސިފަިއ ތިހުންނަނީ ކީއްވެތަ.؟އަހަރުމެންގެ ބަޖާޖު މިއޮއްގެން ގެއްލުނީނު....ދެންވެސް ހޯދަބަލަ ޖަވާހިރެއް....ތިހެން ބުމަރެއް ހެން ލާޗާރު ބިޗާރަށް ބޭރުގައި ނުތެޅި....މަގޭ ބުނަން....ގޭ ދޮށު ހަފީޒާގެ މަންޖެ ވެސް މިހާރު އެޗްޑީ ނިންމާފަޔޯލަ....ވަރަށް ރީތި ކުއްޖެ....ހަމަޖއްސަދެންތަ؟" ސަކީނާ ޝައުގުވެރިކަމާއެކު އެހިއެވެ.
" އާންޓް.....ދައްކަބަލަ ތި ލޯބި އަތުގަ ހިފާލަމުން ބުނެލަން.....ޕީ ނުލާ އެޗްޑީ ކީއްކުރަން އެ ލައިގެން ޕީއެޗްޑީ ހަމަ ކުރިޔަސް....ނޯ ނޯ....ކައިވެންޏަކީ ތިހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން....ސިފަ އަކުން ރީތި ވިޔަސް މޮޅު ވަނަވަރެއް އޮތަކަސް އެއީ އަދި އެމީހަކާއި ގޮސް އިންނަން ވާ ވަރު ކަމެއް ނޫން....ހޭވް ޓު ހޭވް އަ ފްރެންޑްޝިޕް ޓޫ....އެމީހާ ދަސްވެލަންވެސް ޖެހޭނެ..." އަލްބާންގެ ވާހަކަ ހުރި ގޮތުން މުރުތަސިމް އިނީ ފޫހި ވެފައެވެ. އަލްބާންގެ ހިތް ހަމަ ނުޖެހުން އެވާހަކަތަކުން ހާމަވިއެވެ. ސަކީނާ އަލްބާންގެ އަތް ފޮޅާލަމުން ތުން ދަމާލިއެވެ.
"ހޫން....ދެން މާ ޒަމާނީ ވާންވެގެން....ހުރޭ ތިހެން...." ސަކީނާ ރުޅި ހަދާލިއެވެ. ސަކީނާ ދިއުމުން މުރުތަސިމް ފުން ނޭވާއެއް ދުކޮށްލިއެވެ.
"އައި ނޯ ހާ....ވެލް އިނަފް ޓު މެރީ ހާ...." މުރުތަސިމް ހުރީ ދުރުން ފެންނަ މަންޒަރަށް ބަލަހައްޓައިގެންނެވެ. އައްޒަހްރާ އާއި ވާހަކަ ދައްކަން އިން އަހެދް ގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
" އިފް ޔޫ ސޭ ސޯ.....އެކަމު މީހެއް ވެއްޖިއްޔާ އޭނާގެ މާޒީއެއްވެސް އޮންނާނެ....އާއިލީ ގުޅުންވެސް....އެ ހުރިހާ ކަމަކަށް ބަލަން ސިމް އަށް ވަގުތު ލިބުނުތަ؟." އަލްބާން އަށް ވިސްނޭ ގޮތް ހިއްސާކުރިއެވެ.
" މާޒީ ގަ ކޮންމެ ކަމެއް ވިޔަސް އެއީ ނިމިފަ އޮތް ކަމެއް....އަހަންނަކަށް އެކަމެއް ބަދަލެއް ނުކުރެވޭނެ ދޯ...އަހެދް ގެ އާއިލާ އަކީ މިއީ....އައި ޑޯންޓް ފީލް ސޯ ގުޑް އެބައުޓް ނައީމު....އެހެންވެ ބޮޑަށް މި ކައިވެނި ވެސް އަވަސް ކުރީ...." ދޮރުން ވަދެގެން އައި އާސީނާ ފެނި މުރުތަސިމްގެ ލޮލުގެ ވިދުން ގަދަވިއެވެ. އޭނާއަށްޓަކާ އެންމެ އުފާ ކުރާނީ ކައިލް ކަމަށް ޔަގީންކުރެވުނެވެ.
"އަނހާ...މިއޮށް އައީނު...." އައްޒަހްރާ ވެސް އިނީ ކައިލް ނުފެނިފައެވެ. ކައިލް ދޮރުން ވަދެގެން އައި ވަގުތު އޭނާ އަތުގަިއ އާސީނާ ހިފިއެވެ. ނައީމު ފެނުމުން ކައިލް އަށް ކުރާން އަސަރު އޭނާއަށް ރަނަގޅަށް އެނގޭތީ އެ ހިތްވަރު ދިނުމަށެވެ. އަހެދް ގެ ހިތް ބާރަށް ތެޅިގަތެވެ. އަދި އަދިނާ އަށް ގޮވައި ކައިރިޔަށް ގެނައެވެ. ސަކީނާ އިނީ އަހެދް އާއި އަދީނާ ސިއްރުވެރި ވާހަކަ ތަށް އަޑުއަހަން ކެތްމަދުވެފައެވެ. ނައީމު އިނީ ފޮނި ވެފައި ބޮޑު ގޮނޑީގައި އިށީދެލައިގެން ކޮފީތަށްޓެއް ހިފައިގެންނެވެ. ކައިލް ފެނުމާއެކު ކޮށި އަރާގޮތްވިއެވެ. ސިހުނުލެއް ބޮޑުކަމުން މުޅި ގަޔަށް ހޫނު ކޮފީ އެޅުނެވެ. ކައިރީގައި އިން ސަކީނާ ބުރަކަށީގަިއ ޖަހާލީ އވަސް ފަރުވާ ދިނުމުގެ ގޮތުންނެވެ. ނަމަވެސް ނައީމު ވެއްޓިގެން ދިޔަގޮތަށް ގުޅައަކަށް ޖެހުނީ ބިންމަތިގައެވެ. ކައިލްގެ ފައިބުޑުގައި އޮތް ނައީމު މައްޗަށް ބަލައިލިއެވެ. ކައިލް ގެ މޫނު އޭނައަށް ސާފުކޮށް ފެނުނެވެ. އެއީ ދޮގު އިލްޒާމް އަޅުވާ އޭނާ ރަށުން ބޭލި ސޮރެވެ. ކައިލް ގުދު ވެލާފައި ސަލާމްކޮށްލިއެވެ. ނައީމުއޮތީ ކޮސްވެފައެވެ. އަދީނާ ދުވަމުން އައިސް ނައީމު ތެދުކުރިއެވެ.
" އެ މީ ފީ އިލޮށްޓެތަ؟...." ސަކީނާ ބުނެލި ގޮތުން އައްޒަހްރާ ލަދުން މަރުވާ ވަރުވިއެވެ. ނައީމު ގެ ހާލު ރަނަގޅުތޯ އަހައިލަން ވެސް ނުކެރުނެވެ. ބާބިލް ވެޓް ޓިޝޫ ބޮނޑިއެއް ދިއްކޮށްލި ނަމަވެސް ނައީމު އަތުން މަނާ ކޮށްލާ އިޝާރާތެއް ދިނެވެ.
" ގެސްޓް ވޮޝްރޫމް ދައްކާލަދޭންވީ ނު އަހެދް..." އައްޒަހްރާ ލަދުންހުރި ވަރުން ބޯ އަރިކޮށްލާފައި އަހެދްގެ ކަންފަތް ކައިރީ ސިއްރުން ބުނެލިއެވެ. އަހެދް ހިންދިރުވާލާފައި އޭނާ ގެންދިޔަ ވަގުތު ނައީމު ލޯ އަޅައިލި ރުޅިވެރިގޮތުން އޭނާގެ ހިތް ގުޑުނެވެ. އަދީނާ ވެސް ދުވެފައި ކަހަލަ ގޮތަކަށްގޮސް އެމީހުންނާއި އަރާ ހަމަކުރަން އުޅުނެވެ.
"ދައްތާ....އެދެން މީހުން ކުރާ ކަހަލަ ކަންތައްތައް....." އައްޒަހްރާގެ ބޮލަށް އެނބުރުން އަރާހެން ހީވެ ސޯފާގައި އިށީނީ ބޮލުގައި އަތް އަޅަމުންނެވެ.
" ކޮބާ މޭން....ޔޫ މިސްޑް ދަ ޝޯ....ދޯ އާސީ..." ކައިލް ފެނުމުން މުރުތަސިމް ކޮނޑާއި ކޮނޑު ޖައްސާލިއެވެ.
" މަރުހަބާ.....ﷲ ތިބާގެ ޒަވާޖީ ހަޔާތުގައި ބަރަކާތް ލައްވާށި..."ކައިލް ލުއިކޮށް ހިނިތުންވެލިއެވެ. އާސިނާ އަށް ހުރިހާ ވާހަކައެއް ތެދަށް ކިޔައިދެވުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ.
"އަދި ކިރިޔާ ރަނަގޅު މަރުހަބާއެއް މި ލިބުނީ.....ޔޫ އާ ދަ މޭން....އަލް އާއި ޒަވީ ހީވަނީ ޖަނާޒާއެއްގަ ހެން...." މުރުތަސިމް ހިނިގަނޑެއް ޖަހައިލިއެވެ. އާސީނާ ކައިލް އަށް ލުއި ހިނިތުންވުމެއް ދިނުމަށް ފަހު އެއް ކައިރިޔަކަށް ޖެހެލީ ސޯފިގެ ހާލަތު ބަލައިލުމަށް ކަމުގައި ބުނެއެވެ.
" މިއީ ދޯ.....އޭނަޔާ ހިތާ ވެގެންދޯ މިގެޔަށް މިއައީ...." އަހެދް ގެ އަތަށް ފިތާލަމުން ނައީމު ވާހަކަ ދެއްކީ އަޑު ހަރުކޮށެވެ. އަދީނާ އާދޭސްކުރަމުން ދިޔައީ އެ އަޑު މަޑުކުރުމަށެވެ.
" ﷲ ގަންދީ ހުވާ މިބުނީ އަހަންނަކަށް ނޭނގޭ....." އަހެދް އަށް ރޮވުނެވެ.
"ބުނަން....ކަލޭ އަހަރެން އަތުްނ ބޮނޑިއެއް ބޯން ނަހަދާތި....ގޮތް ކުޑަކަން ބަލާބަލަ....މި ކައިވެންޏަށް މަ އެއްބަސްވީވެސް ލާރި އަށް ބަލާފަ....އެފަދަ މަންފާ އެއް ނުލިބެންޏާ ނިމުނީ.....ތި އެންމެނަށް ކިޔައިދޭނަން ކަލޭމެން ދެމީހުްނގެ ކުޅިގަނޑު...." ނައީމު އަހެދް ގެ އަތުން ދޫކޮށްލި ވަގުތު އެތަނުން މާ ވަށްޓެއް ވެއްޓުނު އަޑު ކިޔެވެ. އަވަސް ވެފައި ނައީމު އެދިމާއަށް ދިޔަވަގުތު އެއވެސް މީހެއް ފެންނާން ނެތެވެ.
"ކައިލް އަކީ މިހެއްގެ ފިރިޔެކޭ....އަހަރެންނާއި އެއވެސް ގުޅުމެއް އޭނަޔާކާ ނޯވޭ...." އަހެދް އާދޭހާއެކު އަދީނާ ކައިރީ ބުނަމުން ދިޔައެވެ. އެވަގުތު އައިސް އަމުރުކުރީ ރުއިން ހުއްޓާލައި މޫނު ސާފު ކުރުމަށެވެ.
***
ޖޫރީ ދުވަމުން ދިޔައީ ބޮޑު ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ. ހިތް ބާރަށް ތެޅެމުން ދިޔައެވެ. ކޮންމެވެސް މީހަކާއި މުޑިއަރާފައި ނުވެއްޓުނީ ކިރިޔާއެވެ.
" ޖޫ...ބަލައިގެން..." އާސީނާ އަށް ހިފުނީ ޖޫރީ އަތުގައެވެ. ޖޫރީގެ މޫނުގައި ހުރި ދާތިކިތަކާއި އަތްތިލައިގެ ފިނިކަން އިހުސާސްވެ އާސީނާ ކަންބޮޑުވިއެވެ.
"ބަލީތަ؟.....ވަޓް ހެޕެންޑް..." އާސީނާ އަށް ޖޫރީ ގެ ނިތްކުރީގައި އަތް ޖައްސާލެވުނެވެ. ޖޫރީ އަށް ހިނދުކޮޅަކަށް އާސީނާ ގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ކަރުނަ ލޮލަށް ޖަމާވިއެވެ. އާސީނާގައިގާ ބައްދާލެވުނެވެ.
" ސިމް މެރީ ކުރީމަ އެކަމާ އިމޯ ވަނީ ދޯ.....ރިމެމްބަރ ހައު ޔޫ ކްރައިޑް ވެން އައި ގޮޓް މެރިޑް...." އާސީނާ އަށް އެ ދުވަސް ހަދާންވެ ހެވުނެވެ. އަދި ޖޫރީގެ ބޮލުގައި ފިރުމާލެވުނެވެ.
***
"ދެން ގޮސްލީ....ވިލްދާން އަށް ނާދެވުނީ ވަރަށް މުހިންމު މީޓިން އެއް ވީމަ...ވަރަށް ބޮޑަށް މާފް..." ސަހަރް ގެ މޫނުން ދެރަވެފައި ހުރިކަން ފައުޅުވިއެވެ. މައިރާ ވެސް ހުރީ އޭނާގެ ބައްޕަ އަށް ނާދެވުމުން އެކަމާ ކުޑަކޮށް ކަޓާފައެވެ. ޒަހްރާ އެއީ މައްސަލައެއް ނޫން ކަމަށް ބުނުމުން ވެސް ތަކުރާރުކޮށް މާފަށް އެދެމުން ދިޔައެވެ.
" ވަރަށް ވަރުބަލި ދޯ.....މަންމަ ވާނެ އޭ ސްޓްރެސް ނުވެ ރެސްޓް ކުރަން....އަވަހަށް ހިނގާ..." ސަހަރްމެނަނަށް ވަދާއުކޮށް ނިމުނު ޒަހްރާ ގާތުގައި ބުނެލިއެވެ. ކުއްލިއަކަށް ޒަހްރާގެ ބޮލަށް އެނބުރުން އެރިއެވެ. ލޯ ފުސްވިއެވެ. ޒަވިޔާރު އަށް އޭނަގެ މަންމަގެ އަތުގައި ހިފުނެވެ. ކަންބޮޑުވެފައި ޒަވިޔާ މަންމަގެ މޫނަށް ބަލައިލުމާއެކު އެދުނީ އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށެވެ. ގޭ ތެރޭގައި އޮތް އުފާވެރިކަން ބަނަ ކޮށްނުލުމަށެވެ.
"އެކަމަކު މަންމާ....ބޭސް ނުކައި ފަރުވާކުޑަ ނުކޮށްބަލަ..." ޒަވިޔާ ކަންބޮޑުވިއެވެ.
އައްޒަހްރާ އެވަގުތު އެދުނީ އަރާމު ކޮށްލުމަށް އެކަނި ވެލުމަށެވެ.
"ނޯ...ދެން މަނަމް ގެ ހަށިފާރަވެރިޔަކަށް ހުންނާނީ މުޅި ދުވަހު...މިހެންވީމަ ޕަނިޝްމެންޓެއްގެ ގޮތުން ބްލަޑް ޓެސްޓް ތައް ވެސް ހައްދަން ދޭންވާނެ..." ޒަހްރާ ލޯ އަޅައިލީ ޒަވިޔާ ގޮތްދޫކުރާނެކަމުގެ ޔަގީންކަމާއެކުގައެވެ. ޒަވިޔާ ގެ އެދުމަށް މަނާ ކުރެވޭނެ ޖާގައެއް ނެތެވެ. ލޯ މަރާލައިގެން ޒަހްރާ އޮތަސް އޭނާގެ ހިޔާލުތަށް އެނބުރެމުން ދިޔައީ ދަރިންނާއި މެދުއެވެ. މުރުތަސިމް ގެ ކައިވެނި ވެސް އެހާ އަވަސް ކަމާއެކު ކުރެވުނު ނަމަވެސް އެއީ އެންމެ ރަނަގޅު ގޮތްކަމުގައި ގަބޫލު ކުރެވުނެވެ.
"ޒަވީ...ދަރިފުޅާ....މަންމަ ބޭނުންވަނީ އެންމެން އުމްރާ ދަތުރަކު ދާން....އާއިލާ އެކީ..." ޒަވިޔާ އެކަމާ އެހާ ގަޔާ ނުވާނެ ކަން އެނގިހުރެވެސް ޒަހްރާ އެދުނީ ވަގުތު ގެ ބޭނުން ހިފުމަށެވެ. ޒަވިޔާ ފުން ނޭވާ އެއް ދޫކޮށްލިއެވެ. އޭނާ ބޭނުންވަނީ ކައިވެންޏަށް ފަހު ޔޫރަޕް ދަތުރެއްގައި އެއް މަސްވާންދެން ދިޔުމަށް ކަމަށް ވާތީއެވެ. އަދި އެއަށްފަހު ކިޔަވަން ދާންވެސް ރާވާފައި އޮތުމުންނެވެ.
" ކިހިނެއް އުމްރާ ޓްރިޕެއްގަ ދާނީ....އެއް މަސް ޔޫރަޕް ގަ ކޮށްފަ އަނެއްކާ އޮސްޓްރޭލިއާ ދާން އޮތީ...." ޒަވިޔާ އޭނާގެ މަންމަ ކައިރީ ބުނެލީ ހަތަރުކަޅި ހަމަނުކުރަން މަސައްކަތްކުރަމުންނެވެ.
" އުމްރާ ދަތުރެއްގަ ގޮސްލާފަ ދާން މާ ރަނގަޅުވާނެ...ދަރިފުޅު މެންނަށް ވެސް ފައިދާ ކުރާނެ....މަންމަހެން ދީނީ ކަންކަމަށް ދަރިފުޅުމެން ފަރުވާ ނުބަހައްޓާތީ..." އައްޒަހްރާ ގެ އަޑުގައިވީ މޮޅިވެރިކަމެވެ.
އަލްބާން ވެސް އެ ކޮޓަރިޔަށް ވަނެވެ.
"މި ތާވެސް ޑްރާމާތަ؟މިތާ އުޅޭ ޖޫރީ ވެސް ހުއްޓާނުލާ ރޮނީ.....ހާދަ އިމޯ ކުއްޖެކޭ....ދޮންތަ މެރީ ކުރި ދުވަހުވެސް ރުޔެއްނު ހަމަ އެގޮތަށް..." އަލްބާން އައިސް ޖައްސާލީ އޭނަގެ މަންމަ ގެ ބޯލާކޮޅުގައެވެ. އަދި އެ ބޮލުގައި ފިރުމާލަދިނެވެ.
"ދަރިފުޅާ...މިދައްކަނީ އުމްރާ ދަތުރެއްގަ ދާ ވާހަކަ..." އައްޒަހްރާ ލުއި ހިނިތުންވުމެއް ދިނެވެ. އޭނާގެ ފަރާތުން ފެހި ސިގްނަލެއް ލިބުމަށް އެދެވުނެވެ. އަލްބާން ވެސް އަނގަޔަށް ހަދާލި ގޮތުން ޒަހްރާ ފުން ނޭވާ އެއް ދޫކޮށްލިއެވެ.
" ޓްރިޕެއްގަ ދޯ...ދެވިދާނެ....އޭ...." އޭނާގެ މަންމަގެ މޫނަށް އެރި ކުލަވަރުން އަލްބާން އަވަހށް ރާގު ބަދަލުކޮށްލިއެވެ.
ނުނިމޭ