"ލޯބިވާ މީހުންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ހެޔޮ ދުޢާއެވެ."

***

"ނަބީލާ..." ޖައިލަމް އަވަހަށް ދޮރާއި ދިމާއަށް ދުވެފައި ދިޔައެވެ. ފަރަހް ވެސް އަވަހަށް އަނގަޔަށް މިންޓު ސްޕްރޭއި ކޮށްލައި ގައިގައި ހުރި ސިގްރެޓްގެ ވަސް ފިލުވަން އަވަސްވެގަތެވެ. އަތު ޖެހުނީ އެވަގުތު ކޮޓަރިއަށް ޖަހާ ސްޕްރޭއި ކަމުން އެވެސް ގަޔަށް ޖަހައިލީ އަވަސް ވެފައި ހުރެއެވެ.

" ޑޮކްޓަރ އަދި ނާދޭތަ؟" މާޒިމް މާ ނޭވާލަމުން ކުރި ސުވާލަށް ޖަވާބު ދޭން ނޭނގިފައި ހުރި ޖައިލަމް ބޯ ހޫރާލިއެވެ. ފަރަހް އަވަހަށް އެގޭގެ ހާދިމުނަނަށް ނަބީލާ އަށް ކޮޓަރިއެއް ހަމަޖެއްސުމަށް އަމުރު ކުރިއެވެ. ޑޮކްޓަރުންގެ ޓީމެއް އެގެއަށް ވަން ވަގުތު ކެނާން ވެސް އެ މީހުންގެ ފަހަތުން އަންނަނީއެވެ.

"މާޒް....މަންމަ ގޮވައިގެން ގެޔަށް ހިނގާ...ޑޯންޓް ބީ ސޯ ފޫލިޝް....ތިއީ އެންމެ ރަނގަޅު ގޮތެއް ނޫނޭ...ﷲ އަށްޓަކައި....ޕްލީޒް..." ކެނާން އާދޭސް ކުރަމުން ގޭގެ ދޮރުން ވަނުމާއެކު މާޒިމް ދުވެފައި އައިގޮތަށް އޭނާގެ މޭގައި އަތް އަޅާ ކޮށްޕާލިއެވެ. އަދި ދޮރު ލައްޕާލަން އުޅުމުން ކެނާން ދޮރުގައި ހިފައި އެތެރެއަށް ވަންނަން މަސައްކަތް ކުރިއެވެ. ފަރަހް ދަނޑިވަޅު ބަލާފައި ސެކިއުރިޓީ އިންނަށް ގޮވާފައި ކެނާން ގޭޓުން ބޭރަށް ނަގައި ހޫރާލަން އެދުނީ ފޮނި ވެފައި ހުރެއެވެ.

" މަންމަ އަށް ތި ދެވެނީ އަނިޔާއެއް...ޔޫ ވިލް ރިގްރެޓް ދިސް..." ކެނާން ގެ ފަހު ޖުމްލަތަކާއެކު ރުންކުރުވެފައި ހުރި މާޒިމް ދޮރު ލައްޕާލީ ބާރަށެވެ. މުޅި ތަނުގައި އެ އަޑު ގުގުމައިލިއެވެ. ނަބީލާ އެ ހާލަތުގައި ގެއަށް ގެނެސް ފަރުވާއިން އޭނާ މަހްރޫމް ކުރުމުން އެކަމުގެ ޝަކުވާ ޑޮކްޓަރުން ކުރި އެވެ. އެކަން ކުށްވެރިކުރިއެވެ. ހޮސްޕިޓަލް ކެއަ އަށް ގެންދަންވެސް ދުވަސްކޮޅެއް ނަގާނެ ކަމަށް ޑޮކްޓަރު ލަފާދިނެވެ. ސަބަބަކީ ނަބީލާގެ މާހައުލަށް ކުއްލި ބަދަލުތައް އެހާ އަވަހަށް ގެނައުމުން ހާލަތު އިތުރަށް ގޯސް ވެދާނެ ކަމަށްޓަކައެވެ. އަދި ނަބީލާ އެހާ ބޮލަށް އުދަގޫވާފަދަ މާހައުލެއް ގައި ހުރުމުން ހާލަތު އިތުރަށް ގޯސްވީ ކަމަށް ވެސް ޑޮކްޓަރުން ނިންމިއެވެ. މިހުރިހާ މައުލޫމާތުން ނަބީލާ ގެ ބަލި އިތުރަށް ބޮޑުވީ ސަބަބު އެނގި މާޒިމް ގެ ލޭ އިތުރަށް ކެކުނެވެ. އޭނާ ގެ ޒަޚަމް ވެފައި ހުރި އަތް މުށްކަވާލެވުމުން އަނެއްކާ ވެސް އަތުން ލޭ އޮހެރެން ފެށިއެވެ. ފަރަހް އަވަހަށް ފުރުސަތުގެ ބޭނުން ހިފަމުން ކުއްލި ފަރުވާދޭ ފޮށި ގެނެސް ބޭސް އަޅަން އަވަސްވެގަތެވެ. ޑޮކްޓަރުން އޭރު އުުޅުނީ ނަބީލާއަށް ބޭސް ލިޔެދިނުމުގައެވެ. އަދި ނަބީލާ ހިނދުކޮޅެއް ތެރޭގައި ހޭ އަރާނެ ކަމަށް ވެސް ބުނެލިއެވެ. ޖައިލަމްގެ އެދުމަށް ނަބީލާ އަށް ހިދުމަތް ކުރަން ނަރުހުން ތިބުމަށް އެދި އެކަމަށް ޚަރަދުވާ ފައިސާ ހަމަޖައްސާދިނެވެ. މާޒިމް އޭނާގެ މި ހެޔޮކަން ގަބޫލުކޮށް ފަރަހް އަށް އަޅާލާ ލޯބިދޭނެކަމަށް ކަމަށް ހިތުލަމުންނެވެ. މާޒިމް އަށް އެ ހިނދުކޮޅުގައި އިހުސާސްކުރެވުނީ އޭނާގެ އާއިލާ ވަރުގެ ނުބައި ބައެއް މި ދުނިޔޭގައި ވެސް ނެތް ކަމެވެ. މާޒިމް އިނީ ޖައިލަމް އަށް ޝުކުރުކުރު އަދާކުރަންވީ ކިހިނެއް ކަމެއް ވެސް ނޭނގިފައެވެ.

" ދިސް އިޒް ޔޯ ހޯމް...." ފަރަހް އޭނާގެ އަތުގައި ބޭސް އަޅައިދެމުން ބުނެލި ޖުމްލައިން މާޒިމް އަށް އެ މޫނު މަތިން އުރުޖުވާން ސިފަވިހެން ހިނދުކޮޅަކަށް ހީވިއެވެ. އެ ބަސްތައް އަޑުއަހާލަން ބޭނުންވަނީ އުރުޖުވާންގެ ދުލުންނެވެ. ނަމަވެސް އެއީ ބިލާހެކެވެ. މާޒިމްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ފަރަހް ގެ އަތްތިލައިގެ ތެރެއިން އަތް ނަގަމުން އޭނާގެ މަންމަގެ ނިތްކުރީ ފިރުމާލެވުނެވެ.

" އެއީ ތެދެއް...މިއީ މިހާރު މާޒް ގެ ވެސް ގެ....މާޒް ގެ އާއިލާ އަށް ވެސް މިގެއަށް އައުމަށް މަނަލެއް ނެތް....ނަބީލާ މިހާ ހާލުގައި ކަމެއް އަހަރެންވެސް ނުދަނެ ހުރިން....ނާޝިދު ވެސް މިހާ ޅައެއްޗެއް އަޅާފާނެ ކަމަކަށް މަށެށް ނުދަނެހުރިން...." ޖައިލަމް އަށް ހުރިހާ ހަގީގަތެއް އެނގުނު ނަމަވެސް މާޒިމް ކުރިމަތީގައި އޭނާ ކުޅެލީ ބޮޑު ޑްރާމާއެކެވެ. ނަބީލާ އެންމެ ފުރަތަމަ މިކޮޅަށް ގެނެސް މަރުވި ކަމަށް ހަދާ ހުރިހާ ލިޔުންތައް ވެސް ތައްޔާރުކުރުވުގައި އެހީތެރިވީ ޖައިލަމްއެވެ. ފަރަހްގެ ތުންފަތަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ.

" ދެން އެކަމު އެންމެން މާޒް އަށް އޮޅުވާލީމަ އެންމެ ދެރައީ.....ގައިމު އެ އުރުޖުވާން ވެސް މިތާ އެތައް ދުވަހެއް ވެއްޖެ ހުންނަތާ...އޭނަޔަށް ވެސް އިނގޭނެތާ...ވީ ހޭވް ބީން ލައިޑް ޓު....އައިމް ހިއަ މާޒް...." ފަރަހް އޭނާގެ މޫނު އަރި ކޮށްލަމުން ބުނެލިއިރު ހިތް އުފަލުން ނަށައިލިއެވެ.

"ނޯ...އައި ހޭވް ނޯ ފެމިލީ....މަންމަ އެކަނި..." ނަބިލާގެ މޫނަށް ބަލައިލަމުން މާޒިމް އަށް ބުނެލެވުނީ އޭނާގެ އެސްފިޔަތައް ކަރުނުން ބަރުވެ ހުރެއެވެ. އެވަގުތު ގެއިން މެއިޑް އައިސް ކޮޓަރި ތައްޔާކުރެއްވިއްޖެ ކަމުގައި ފަރަހް އަށް އަންގާލަދިނެވެ.

"އާންޓް ނަބީ....އައި މީން މޯމް ގެ ރޫމް ރެޑީ....ހިނގާ ދޯ ގެންދަން..." ފަރަހް ވަރަށް ތުއި އަޑަކުން މާޒިމް ކައިރީ ބުނެލީ އޭނާ އަށް ރަނގަޅު ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. މާޒިމް ބޯ ޖަހައިލާފައި ނަބީލާ އަތް ދަނޑިމައްޗަށް ލައިގެން އެ ކޮޓަރިއަށް ގެންދިޔުމަށް ހިނގައިގަތެވެ. އެވަގުތު ޖައިލަމް އޭނާ އަށް ގޮވާލިއެވެ.

"މާޒް...އެހެންވީމަ...ޕާޓީ ކަންތައް މި ވީކެންޑަށް ހަދަނީމި....ނަބީލާވެސް ހޮސްޕިޓަލަށް ބަދަލު ކުރުމުގެ ކުރީން މިފަދަ އުފާވެރި ހަފްލާއެއް ބޭއްވުމުން ފަހަރެއްގަ ހާލަތު ވެސް ރަނަގޅު ވެދާނެ....ކީކޭ ބުނަނީ..." ޖައިލަމްގެ ރާގު ހިތްހެޔޮކަމުން ފުރިފައިވިއެވެ. އެ ދަނޑިވަޅަކީ އެފަދަ ވާހަކައެއް ދައްކަން މުނާސަބު ވަގުތެއް ނޫން ކަމުގައިވިޔަސް މާޒިމް އެއްބަސްވެލިއެވެ. ޖައިލަމް ބޭނުންވާ ގޮތަކަށް ކަންތައް އިންތިޒާމް ކުރުމަށް އެދުނެވެ.

" މާ...މާޒް....މަންމަ ސަލާމަތްކުރޭ..." ނަބީލާ ކުކުރާލިއެވެ. މާޒިމް އަވަހަށް އޭނާގެ މަންމަ އަށް މިއީ ރައްކާތެރި ހިމާޔަތް ލިބިގެންވީ މާހައުލެއްކަން ވިސްނައިދޭން މަސައްކަތްކުރިއެވެ. އަދި ނަރުހުންގެ އެހީގައި ހުރިހާ ކަމެއް ސެޓުކޮށް ނަބީލާ އަށް އައިވީ ގުޅާދިނެވެ. އޭނަ އެހާ ވަރުބަލި ވެފައި އޮތުމުން ކާ އެއްޗެއް ދިނުމަށް މަސައްކަތް ކުރަން މާޒިމް ބޭނުންވިއެވެ.

" މާޒް ގެ ބޭގް މިތާ ތަ؟އޮޅުނީ ކަންނޭނގެ..." ފަރަހް އެއްލި ކަޅިއަކުން މާޒިމް ގެ ދަބަސްތައް އެ ކޮޓަރީގައި ވުމުން އެ ނެރުމަށް ހާދިމަކު ލައްވާ އެންގިއެވެ.

" ނޫން...އައި ވިލް ސްޓޭއި ވިތް މަންމަ...." މާޒިމް އަޑު ހަރުކޮށް ބުނެލީ ފަރަހް އާއި ހެދީ އުނދަގޫ ވެފައިވާ ފާޑަކަށެވެ. އޭނާ ހީވަނީ މާޒިމް ގެ ވަށައިގެން އެނބުރޭ ބުމަރެއް ހެންނެވެ.

" ވަޓް....މިބުނީ...މަންމަ ކައިރީ ނަރުހުންވެސް މި ތިބީ ނު...ކޮންކަމާކާ ހާސް ވާންވީ..." ފަރަހްގެ އަނގަ ހުތް ވިއެވެ. އެ ހިނދުކޮޅު ނަބީލާއާއި މެދުގައިވެސް ނަފްރަތާއި ހަސަދައިގެ ހުޅުކޮޅެއް ހިތުގައި އުފަންވިއެވެ. އޭނާއަށް ދޭންވާ ސަމާލުކަން މިހާރު މާޒިމް އެދެނީ ނަބީލާ އަށެވެ

" ތިހާވަރުން ވެއްޖިއްޔާ ފަރަހް ވެސް މި ކޮޓަރިއަށް އާދޭ....ކޭން ޔޫ ޖަސްޓް ގިވް މީ އަ މޮމެންޓްސް ޕީސް....ޕްލީޒް...." އަތާ އަތް ޖޯޑުކޮށް މާޒިްމ ބުނެލީ ފަރަހް އާއި ހެދީ އޭނާ އަށް ވެފަިއ ވާ އުނދަގުލެއްގެ ބޮޑުކަމުންނެވެ. ނަމަވެސް ފަރަހް ވީ އުފަލެއްގެ ބޮޑުކަމުން އަވަހަށް އޭނާގެ ސާމާނު ނަގަން ހާދިމުންނަށް އެނގި ވަގުތު އެމީހުންވެސް ތިބީ ހުނުން ހިފަހައްޓާލައިގެންނެވެ.

ފަރްހ ގެ ލޮލުގައި އަޅައިގަތީ އޭނާގެ ބައްޕަ ފުން ހިޔާލަކަށް ގެއްލި އިނދެ ހެވޭ މަންޒަރެވެ. ބައްޕަވެސް އަނެއްކާ މޮޔަވީ ބާވައޭ ހިތަށް އެރިއެވެ.

"ޕްރިންސެސް...." ފަރަހް ފެނުމާއެކު ޖައިލަމް އުފާވެރި އަޑަކުން ގޮވައިލިއެވެ. ސިއްރުވެރި ބޮޑު ރޭވުމެއް ކިޔާދޭން އުޅޭ ފަދައިންނެވެ. ފަރަހް ވެސް ދެކޮޅު ހޯދައި ބަލާލަމުން އައީ ފުމެމުންނެވެ. ޖައިލަމް އޭނާގެ އަތް ފަރަހް ގެ ކޮނޑުގައި އޮޅާލަމުން ކަންފަތް ދޮށުގައި ބުނެލި ވާހަކަ އަކުން ފަރަހް ގެ ލޮލުން އެތައް ސަތޭކަ ބައްތިއެއް ދިއްލުނުފަދައެވެ.

" ވަޓް ދަ.....އައި ސްވެއަ އައި ލަވް ޔޫ....ބައްޕަ ގެ ތި އައިޑިއާ ވަރަށް ސަޅި....އެކަމު މާޒް އަށް ނާންގާތި...ނަމަ ނަމަ..." ފަރަހް ހެވި ދިއްލުނެވެ. މަޑުން އިނދެވުނީކީ ނޫނެވެ. ޖައިލަމް ބޭނުންވީ މާޒްވިލާ ގެ އާއިލާ އާއި އުރުޖުވާން ފަރަހްގެ ކައިވެނީގެ ބޮޑު ހަފްލާ އަށް ދައުވަތު އެރުވުމަށެވެ.

"ގެރެންޓީ އެ އުރުޖުވާން މާކުންބޭ ގަނޑުވެސް އަންނާނެ ފުމެމުން....އެންމެ މަޖަލީ އެންމެންވެސް އަންނާނީ މާޒް ބުނެގެން ކަމަށް ހީކޮށް.....އައި ކާންޓް ވެއިޓް ޓު ސީ ދިސް ޑްރާމާ....މަޖާ ވާނެ..." ފަރަހް އަށް އޭނާގެ ސިކުނޑީގައި ކުޅެވެމުންދާ ހިޔާލުތަށް ކިޔާލިއިރު އެ ހިތުގައިވާ ހަސަދަވެރިކަން ފާޅުވިއެވެ.

" އޮފްކޯޒް މަޖުބޫރު ވާނެތާ އަންނަން....ނަބީލާ އެގެޔަށް ގެންދެވޭނީ އައުމުން ކަމަށް ޝަރުތުކުރީމަ....ހުންނާނެ ފޯރިޔެއް ބުނަން....މިއަދު ކެނާން އަށް ވެސް ހަދާލި ގޮތުން މަށަށް ޔަގީން މާޒިމް ހިމޭނުން ނުހުންނާނެކަން..." ޖައިލަމް ނުލާފާ ހުނުމަކާއެކު ސިގިރޭޓުން ދުން ބުރުވައިލިއެވެ. އަދި ފަރަހް އެ ދުންގަނޑު އެތެރެޔަށް ދަމާލީ ފުން ނޭވާއަކުންނެވެ. އުފަލުގެ ކޮޅެއްވެސް ނެތް ފަދައެވެ.

" ހުރިހާ ކަމެއްވެސް މިއީ ހަމަ ދަރިފުޅަށްޓަކާ....ނަސީބެއްތާ މި ކުޅި ގަނޑުވެސް އަވަހަށް ފެށުނުކަން....ބައްޕަ ހިތުލައިގެން ހުރި ގޮތުން ކަންތައް މާ ލަހުން ކުރިޔަށް ދާނީވެސް...މިވީ ގޮތުން އަވަސް ވެއްޖެތާ....މާޒިމް އަށް ދަރިފުޅު ނޫން ދެން އެހެން މީހެއް ނުފެންނާނެ....ބައްޕަ ހަމަ ގެރެންޓީ..."

***

ނާޝިދު ގެ ހާލަތު ރަނގަޅުވެ ގެޔަށް ގެނެވޭވަރުވީ އެރޭގެ ދަންވަރުގައެވެ. ގޭގެ ބޭރުގައި ކުރުކާލި ކަނޑަން ހުރި އަހްމަދުގެ މޫނަށް ކާރުން އަލި އެޅުނެވެ. އޭނަ ހުރީ ނާޝިދުގެ އިންތިޒާރުގައެވެ. މީކާއިލް އާއި ޚުޝަލް ނާޝިދު ކާރުން ފައިބަން އެހީވެދިނެވެ.

" އަހަރެން އޭރު ބުނި ދުވަސް މިއޮތީ އައިސް..." ކަނބޮޑުވެފައި ހުރެ އަހްމަދު ވާހަކަ ދެއްކިއެވެ. ނާޝިދު ލުއި ހިނިތުންވުމެއްގައިހުރެ އޭނާގެ ހިތާމަ ފޮރުވާލަން މަސައްކަތް ކުރިއެވެ.

"ބައްޕާ....މިހާރަކު ނޫން..." މީކާއިލް ބުނެލީ ނާޝިދުގެ އެ ހާލަތް އިތުރަށް ގޯސް ވެދާނެ ކަމަށް ވިސްނާފައެވެ. ނަމަވެސް ނާޝިދު އަތުގެ އިޝާރާތުން އޭނާގެ ބައްޕަ އަށްެ ވާހަކަ ނުބުނުމަށް އެދުނެވެ.

"އުރުޖުވާން ގާތު ބުނޭ ގެއަށް އަންނަން...އެވާހަކަ ބުނެލަން މިއައީ...." އަހުމަދު ހިނގައިގަތް ވަގުތު ހުޝަލް އޭނާއަށް ގޮވާލިއެވެ.

" މެހެކްއަށް ގޮވާނުލާތަ ތި ދަނީ...." މެހެކް އޭނާގެ ބައްޕަ ނުފެނި ކުރާ ހިތާމަ ހުޝަލް ނޫން މީހަކަށް ނޭނގެނެއެވެ. މިހުރިހާ ވަގުތު ބޭރުގައި ހުރި އިރުވެސް އަހްމަދު އެގެޔަށް ވަދެ ނުލާކަން އެނގުމުން އޭނާ ދެރަވިއެވެ. އަހްމަދު އަޑު ނީވޭ ކަމަށް ހަދާފައި ގޮސް އޭނާގެ ކާރަށް އެރިއެވެ. މިހާއިރު ވަންދެން ބޭރުގައި މަޑުކޮށްގެން ހުރިއިރު ކުޑަދޮރުން އެ ގޭގެ މަންޒަރު އޭނައަށް ސާފުކޮށް ފެނުނެވެ. އިވުނު އަޑުތައް އޭނާގެ ހިތަށް ލުއި ކަން ލިބުނެވެ. ދުރުން ނަމަވެސް މެހެކް އާއި އުރުޖުވާންގެ އެ ގާތްކަމާއި ގުޅުން ފެނުމުން ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބުނެވެ.

***

ފަރަހް އޭނާގެ ކޮޓަރިޔަށް އައި ފެންވަރާލުމަށެވެ. ނަަމވެސް ދުވަހުގެ ވަރުބަލިކަން އޭނާ އަށް އިހުސާސްވެ އެނދުގައި އޮށޯވެލެވުނެވެ.

"ދެން ވަރަށް ފޫހި.....މާޒްއަށް ވެސް ވިސްނޭނީ އަޅެ ކޮންދުވަހަކުްނތަ....މިވީ ގޮތުން ހޭވް ޓު ޝެއަ ރޫމް ވިތް ދެޓް ކްރޭޒީ މަދާ...އެނިވޭއި....މާޒް އެހެން އެ ބުނީ އާދޭސްކޮށްފަ....ހީ މަސްޓް ރިއަލީ ވޯންޓް މީ ދެއަ...ވިޔާޑް...އެކަމު ދެން އަވަހަށް ރެޑީ ވާންވީ..." ފަރަހް އަމިއްލަ ހިޔާލަށް ގެއްލިފައި އިނދެ ވާހަކަ ދެއްކިއެވެ. އަދި އެނދު ކޮޅުގައި އޮތް ޓެޑީ ބެއަ ނެގިއެވެ. އޭގެ ކެހެރިގަނޑުގައި ފިރުމާލައި އެޔާ ދިމާއަށް ބަލައިލާ ހީގަތެވެ.

" ޔޫ އާ މައިން....ސޯ އިޒް މާޒް...ޔަގީނޭ މި ލޯބިގަނޑުވެސް އުރުޖުވާން އެއްޗެއްކަން....އެކަމު އޭނަޔާކާ ނުވެސް ގުޅޭ މިކަހަލަ ކިއުޓް އެއްޗިއްސަކާ..." ފަރަހް އެ ގާޠަށް ލާ ފިއްތާލި ވަގުތު އޭނާގެ ގަޔަށް ވަނީ ވަރަށް ފިނި ހީއެކެވެ. ވަގުތުން އެ ނަގައި ދުރުކޮށްލައި ލޯ ހިމަކޯށްލައި ބަލާލެވުނެވެ.

"ޑިޑް އިޓް ހަގް މީ ބެކް..." ހިތާހިތުން ކިޔާލައި އެއި ފަހަރެއްގައި ބެޓެރި ލައްވާފަ ހުރި އެއްޗެއް ކަމުގައި ހީކޮށްލެވުނެވެ. ގަޑި ބަލައިލާފައި އަވަހަށް ބޭނުންވީ ތާޒާ ވެލުމަށެވެ.

"ފަރަހް..." ފަރަހް އަށް ގޮވާލި ހެން ހިވުނެވެ. އޭނައަށް މުޅި ތަން ހޯދައި ބަލައިލެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު