މި ތަކެތި ތަށި ދޮންނަ ސިންކަށް ނާޅާ

ބާކީ ހުންނަ ކާބޯތަކެތި ސިންކަށް އުކާލުން ރައްކާތެރިއެއް ނޫން--ފޮޓޯ/ޕިންޓްރެސްޓް

ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ކެއުމަށްފަހު ތަށިތައް ދޮންނައިރު އެއާއެކު ބާކީވެފައި ހުންނަ ކާބޯތަކެތީގެ ބާވަތްތައް ސިންކަށް އުކާލުމަކީ ބައެއް މީހުންނަށް ނޭނގި ނަމަވެސް ކުރެވޭ ކަމެކެވެ.

ނަމަވެސް މި އާދައަކީ ފަހުން އެކަން ބޮޑު ބުރައަކަށްވެ ބަދިގޭގެ ސިންކު އާ ކުރުންފަދަ ހާދިސާއެއް ކުރިމަތިވެދާނެ ގޯސް އާދައެކެވެ.

ކާބޯތަކެތީގައި ވެސް ސިންކުތެރެއަށް އުކާލުމަށް ދޫކޮށްލުން ރަނގަޅު ނޫން ގިނަ ބާވަތްތަކެއް ހުރެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް މި މައުލޫމާތު އެނގިފައި އޮތަސް ގައިގައި ހަރުލާފައި ހުންނަ އާދަތަކުގެ ސަބަބުން ބައެއްފަހަރު ހަނދާނުން އެފަދަ ކަންކަން ކައްސާލާ ފަހަރު ވެސް މަދެއް ނޫނެވެ.

އަޅުގަޑުމެން ބޭނުންކުރާ ބައެއް ކާބޯތަކެއްޗަކީ އޭގެ ބާވަތުން ފެނާ އެކުވުމުން އޭގެ ސައިޒު ބޮޑުވެ ފުފޭ ތަކެއްޗެކެވެ. މިސާލަކަށް ޕާސްތާ، މުގުރާލާފައި ހުންނަ ކޮފީ ބީންސް އަދި ތަފާތު ވައްތަރުގެ ސީރިއަލް އޭގެތެރޭގައި ހިމެނެއެވެ.

މިފަދަ ކާބޯތަކެއްޗަކީ އޭގެ ސައިޒު ކިތަންމެ ކުދިކޮށް ހުއްޓަސް ފެނާ އެކުވުމުން ސައިޒު ބޮޑުވެ ސިންކުގެ ފެން ދައުރުކުރާ ހޮޅީގައި ބޮޑެތި ބްލޮކްތައް އުފެއްދުމުގެ ފުރުސަތު ބޮޑު ބާވަތްތަކެކެވެ.

ސާފުތާހިރު ބަދިގެ އަކީ އަމިއްލަ ނަފުސަށް ހިނިތުންވުމާއި އުފާވެރިކަން ގެނެސްދޭ އިހުސާސެއް--ފޮޓޯ/ޕިންޓްރެސްޓް

އާއްމުގޮތެއްގައި ބަދިގޭގެ ސިންކަށް އުކާލެވޭ ތަކެތީގެ ތެރޭގައި ހަނޑުލުގެ ފުއްތަށް، ކެއުމަށްފަހު ތަށީގައި ހުންނަ ބަތް ފުއްތައް، އަލުވި، ފިޔާ ފަދަ ތަކެތީގެ ތޮށިތައް، ބިސް ތޮށިތައް އަދި އުކާލެވޭ ތެޔޮ ހިމެނެއެވެ.

ސިންކުގެ ހޮޅިތައް ބެދުންފަދަ ހާދިސާއަކުން ސަލާމަތް ވުމަށް ކައްކަން ފެށުމުގެ ކުރިން އުކާލަން ބޭނުންވާ ސާމާނުތައް އަޅަން ވަކި އެއްޗެއް ޚިޔާރު ކުރެވިދާނެއެވެ.

މިސާލަކަށް އެކަމަށް ހާއްސަ ޑަސްޓްބިނެއް ގެންގުޅުމަކީ އެންމެ ރަނގަޅު އެކަމަށް އެކަށީގެންވާ ވިސްނުމެކެވެ.

ހަމައެއާއެކު އުކާލާ ގްރައުންޑު ކޮފީ ބިސް ތޮށިތައް އަދި ކާބޯތަކެތީގެ ބޭނުންކޮށްގެން ގަސްކާނާ ނުވަތަ އުކަލުމުގެ ބޭނުމުގައި އޭގެ ބޭނުން އެހެން ގޮތަކަށް ކުރެވިދާނެ ގޮތްތަކެއް ހުރިތޯ ހޯދިދާނެއެވެ.

އުކާލާ ކާބޯތަކެތި ރައްކާކުރުމަށް އެކަމަށް ހާއްސަ ޑަސްޓްބިންއެއް ބެހެއްޓުމަކީ މިކަމަށް ހޯދިދާނެ ހައްލެއް--ފޮޓޯ/ޕިންޓްރެސްޓް

އަލުވި، ކެރެޓު، ފިޔާ އަދި ލޮނުމެދުގެ އިތުރުން ބައެއް މޭވާ ތަކުގެ ތޮށިތަކަކީ އެ ރަނގަޅަށް ސާފުކުރުމަށްފަހު ބައެއް ޝެފުން ތަފާތު އެކި ވައްތަރުގެ ސޫޕް ނުވަތަ ޖޭމް ފަދަ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންކުރާ ބާވަތްތަކެކެވެ.

މިފަދަ އާ އީޖާދުތަކާ އުކުޅުތަކުގެ ސަބަބުން ގެއަށް ޕްލަމްބައެއް ގެނައުމުގެ ފުރުސަތު ކުޑަކޮށްދީ އަތުންދާ ޚަރަދު މާބޮޑަށް ވެސް ކުޑަކޮށްދޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު