"ތިބާއަށް މިހާރަށް ވުރެ ރަގަޅު މުސްލިމަކަށްވާން ލިބިފައިވާ ފުރުސަތުދޫކޮށް ނުލާށެވެ."

***

" ޖަސްޓް ސްޓޮޕް އިޓް...." އުރުޖުވާން ގެ އަޑުބާރުވިއެވެ. އެއާއެކު ކާކުކަން ޔަގީންކުރަން ފަހަތަށް އެނބުރި ބަލައިލުމާއެކު ހުއްޓުން އެރިއެވެ. އަތުގައި ހިފީ މާޒިމް އެވެ. އޭނަގެ ހިތުގެ ހިނގުން އަވަސްވިއެވެ. ބޮލަށް އެނބުރުން އަރައި ލޯ ފުސްވާންފެށިއެވެ. މާޒިމްގެ އަތު ތެރޭގެ ހިމާޔަތަށް ދިޔަ ކަން އިހުސާސްކުރެވުނެވެ. އެރައިވަލް އިން ނިކުތް ފަރަހްއަށް އެ މަންޒަރު ފެނުމުން ލޯވެސް ފުންމާލަފާނެހެން ހީވިއެވެ. ބުމަ ދެގޮށް ޖަހާލައިގެން ފުމެމުން ކަހަލަ ގޮތަކަށް އައި ވަގުތު މަދީނާ އޭނާގެ ކުރިމައްޗަށް އެރިއެވެ. ފަރަހް އޭނާގެ ބުމަ އަރުވާލީ ތަން ދެއްކުމަށް ބުނާ ފަދައިންނެވެ. މަދީނާ ބޯ ހޫރާލީ އިންކާރުކުރަމުންނެވެ.

" ގޯ އަވޭއި..." މަދީނާ ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. ރުޅީގެ ރަތްކުލަ އޭނާގެ ދޮން މޫނަށް އަރާފައި ހުއްޓެވެ. ފަރަހް ފުން ނޭވާ އެއް ދޫކޮށްލުމުންވެސް ނަފުސް ހަމަޔަކަށް ނޭޅުނެވެ. އޭނަ ޗޮކެއް ކަނޑާލަމުން މަދީނާގެ އަތުގައި ހިފައި ދުރަށް ކޮށްޕާލީ އަތަށް ލެވުނުހާ ބާރެއް ލާފައެވެ. ވާރޭ ވެހިފައިވުމުން ތެތްކަން ހުރި މުށިމަތިން މަދީނާ ކައްސާލައިގެން ވެއްޓިގެން ދިޔަ ވަގުތޔ ދަގަނޑު ރެއިލިންގައި އޭނަގެ ބޯ ނުޖެހުނީ ހަމަ ކިރިޔާއެވެ. ސަލާމަތްވީ ކައިރީގައި ހުރި މީކާއިލް އަށް އެ އަތުގައި ހިފުނީމައެވެ. މީކާއިލް މޭ ފުއްޕާލާފައި ފަރަހް އާއި ދިމާއަށް ދިޔައެވެ. ފަރަހް އެއީ އަންހެނެއް ކަން ހަނދާން ނެތޭވަރަށް ރުޅިގަނޑު ގަދަވިއެވެ.

"އަނެކަކު....މި ކިހާ ދެރަ ކަމެއް؟ޖަހަންތަ ތި އައީ؟ އަޅެ ނިކަން މޮޅިއްޔާ ޖަހާބަލަ..." ފަރަހް އޭނާގެ ކޯތާފަތް ދިއްކޮށްލިއެވެ.

އުރުޖުވާން އަތްދަނޑި މައްޗަށް ލައިގެން ގޮސް މާޒިމް ކާރަށް އަރާތަން ފެނުމުން އެ ދިމާއަށް ދާން ފަރަހް ބޭނުންވިޔަސް މިކާއިލް ހުރީ ތަން ނުދީއެވެ. މީކާއިލްގެ ބިޔަ ކާމައި އިސްކޮޅު ފެނި ފަރަހް ޖެހިލުންވެސް ވިއެވެ.

" ނުކެރެނީ އެއްނޫން....ޖެހިދާނެ ބޭނުމިއްޔާ ބަޓް އައި ޗޫޒް ޓު ގިވް ޔޫ ދަ ރެސްޕެކްޓް ޔޫ ކާންޓް ގިވް ޔޯސެލްފް..." އަތް މުށްކަވާލައިގެން ހުރެ މީކާއިލް ނޭވާ އެތެރެއަށް ހިންދާލަމުންނެވެ.

"މާޒް...މާޒް..." އަޑުގެ ނެތް ކޮޅަށް ފަރަހް މާޒިމް އަށް ގޮވަމުން ދިޔައެވެ. ނަމަވެސް އެވަގުތު އެ ކާރު މަޑުކުރުމެއް ނެތި ދުއްވާލީ ކެނާން ދުއްވަން އިނުމުންނެވެ. މާޒިމް މަސައްކަތްކުރީ އޭނާގެ އުނގުމަތީގައި އޮތް އުރުޖުވާން ހޭ އެރުވުމަށެވެ.

" ދޮންބެ އަކަށް އަޑެއް ނީވޭނެ....މެގަފޯނެއް އަޅައިގެން ގޮވިޔަސް ނީވޭނެ...ޑޯންޓް ޔޫ ފޮގެޓް އުރޫޖް އިޒް ހިޒް ވައިފް..." މަދީނާ އަތް މަހާލަމުން ފޮނި ގޮތަކަށް ބުނެލިގޮތުން މީކާއިލް އަށް ވެސް މަޖާވިއެވެ. މަދީނާގެ ރާގު އެހާ މުސްކުޅިއެވެ. ފަރަހް އަނގަ ހުތް ވެފައި ހުރެ މަދީނާ އަށް ލޯ އަޅައިލީ ވިހަ ގޮތަކަށެވެ.

" ލެޓްސް ގޯ މަދީނާ....ބައެއް މީހުންގެ މޫނު މަތީން ހީވަނީ އިރު އޮއްސިޖެ ހެން....އަނދިރި ނުވަނީސް އަވަހަށް ދާން ހިނގާ..." މީކާއިލް އުޑު މަައްޗަށް ބަލައިލިއެވެ. މަދީނާ އަށް ހެވުނެވެ. މަދީނާ މީކާއިލްއާއި އަރާ ހަމަކުރަން ހިނގައިގަތެވެ.

"އެހެންވިއްޔާ އަހަންނަކީވެސް މާޒް ގެ އަންބެއް...." ފަރަހްގެ އަޑު ގަދައެވެ. އެޖުމްލަ ނީވޭކަމަށް ހަދާފައި މަދީނާ ކުރިޔަށް ހިނގިއެވެ. ފަރަހް ވެސް އެމީހުން ފަހަތު އަޅުވައިލިއެވެ.

" އެންޑް ޔޭސް....އަހަރެން ބަނޑުގައިވެސް މިއޮތީ މާޒް ގެ ދަރިޔެއް.....މަދީނާ އަށް އާންޓް ކިޔާ ކުއްޖެއް....ވޯންޓް ޔޫ ކޮންގްރެޖުލޭޓް..." ފަރަހް ފޮނިގޮތަކަށް ބުނެލަމުން ހުއްޓުނެވެ. މަދީނާ ފަސްއެނބުރި ބެލީވެސް އެވަގުތުއެވެ. ޖެއްސުން ކުރާ ފަދަ ގޮތަކަށް ބަލަން ހުރެ ފަރަހް އޭނާގެ ކުރު އިސްތަށިކޮޅު ކަންފަތުގައި އަޅުވާލިއެވެ. މަދީނާ ގެ ބެލުމުގައި ވީ ރުޅި ވެރިކަމާއި ހިތާމަ އޭނާ އަށް ވީ އުފަލަކަށެވެ.

" މަދީނާ..ކޮންޓްރޯލް....ޝީ ޖަސްޓް ވޯންޓު މޭކް ޔޫ ސޭޑް.....ހިނގާ ދާން...މަދީނާ...އޭނަ ބޭނުންވަނީ ރިއެކްޝަނެއް....ބަހައްޓަބަލަ އެ މޮޔަ ގޮވަން...." އޭނާއަށް ވިސްނަދިނުމަށް މީކާއިލް ބޭނުންވިއެވެ. މަދީނާގެ ރުޅި ގަނޑު ކެކިގެން ދިޔަ ދިޔައީނުން ފަރަހް އާއި ދިމާލަށް އޭނާއަށް ދެވުނީ އަތް މުށްކަވާލައިގެންނެވެ. މިކާއިލް ގަދަކަމުން މަދިނާ ހިފަހައްޓަިއގެން ކާރަށް ލިއެވެ. މަދީނާ ކާރަށް އެރި ވަގުތު ވެސް ފަރަހް އޭނާގެ އަތުން ހަނާ އަޅާލީ ފޮނި ގޮތަކަށް ހުރެ ހިނިގަނޑެއް ޖަހާލަމުންނެވެ.

" އައި ސްވެއަ...ޝީ އިޒް އަ ވިޗް....ވިޗް އަކަށް ވުރެވެސް ނުބައި...ކީއްކުރަންތަ އަހރެން ހިފެހެއްޓީ...ހުވާ މިބުނީ އެހެން ނޫން ނަމަ ވަރު އަރުވާލީމުސް...." މަދީނާ އޭނާގެ އަތް މުށްކަވާލާ ދައްކާލި އިރު އެ އަތުގެ ކުޑަކަމާއި ނާޒުކު ކަން ފެނި މީކާއިްލ އަށް ހެވުނެވެ. މަދީނާގެ ނޭފަތް ރަތް ވެފައި ހުރިއިރު އެ ލޯ ހިމަކޮށްލާފައި ހުރި އިރު އެހާ މައުސޫމެވެ. މީކާއިލް އަށް ހެވުނެއް ކަމަކު މަދީނާ އަށް އެ އިހުސާސް ދައްކަން ބޭނުމެއް ނުވިއެވެ.

"ހްމް...ޕަންޗިންގް ބޭގަކަށް ވަރު އަރުވާލަބަ ކެރެންޏާ....ހީވަނީ އެ ހުރި ތަނުން ގުޑިވެސް ނުލާނެހެން ޖަހައިފިއްޔާ.....ތި ކަހަލަ މޮޔަ ހުވާ ކުރާކަށް ނުވާނެ....އިޓްސް ނޮޓް ގުޑް...." މީކާއިލް ސަމާސާ ރާގަކަށް ވާހަކ ދެއްކި ނަމަވެސް ފަހުގެ ލަފުޒުތައް ބުނީ ސީރިޔަސް ކަމާއެކުއެވެ. ކާރުގެ ހުންގާނު އަނބުރާލަންވެގެން ފަހަތުން އެއްޗެއް އަންނަ ތޯ ބަލަން ފަރުވާތެރިވެގެން އިން މީކާއިލް ގެ އަތަށް އެރި ތަދުން ކާރު ބުރަކި ޖެއްސުނީ ކިރިޔާއެވެ. އޭނަ އެނބުރުނުއިރު މަދީނާ އިނީ އޭނާގެ އަތް އަނގަމަތީ އަޅައިގެންނެވެ.

"ތަދުވިތަ؟." މަދީނާ ވަރަށް ކަންބޮޑުވެފައި އެހިއިރު އެ ލޯ ވަނީ ފެން ކަޅިވެފައެވެ. ވީ ތަދަށް ވުރެ ބޮޑަށް މަދީނާ ގެ މޫނަށް ބެލުނުގޮތަށް ހުއްޓުން އަރާފައި އިނދެވުނީއެވެ.

"އަނެއްކާ ޝޮކެއް ލިބިފަ ތަ؟ މީކާއިލް..." މަދީނާ އޭނާ ޖެހި ތަނުގައި އިނގިލިން ކޮށްޓައިލީ މީކާއިލް ހުއްޓުން އަރާފައި ހުރުމުންނެވެ. އޭނައަށް އަޑެއް ލައްވާލެވުނެވެ. އަދި މަދީނާ އާއި ދިމާލަށް ލޯ އަޅައިލިއެވެ.

" މީކާއިލް އެގޮތައް ބުނީމައޭ....އައި ވޯޒް ޖަސްޓް ޓްރައިން ޓު ޕްރޫވް މައިސެލްފް...." މަދީނާ އަނގަޔަށް ގޮތެއް ހަދައިލުމުން މީކާއިލް އަށް ހެވުނެވެ. ދަތްޕިލައިގެ ހުދުކަން ވެސް ދިއްލުނެވެ. މަދީނާ ހައިރާންވީ އޭނާ ބުނި އެއްޗަކަށް މީކާއިލް ހުނުމުންނެވެ. އެއީ މިފަހުން އޭނާއަށް ފެނުނު މަންޒަރެއް ނޫނެވެ. އަބަދުވެސް ފެންނަނީ މީކާއިލްގެ ހަރުކަށި މިޒާޖެވެ.

"މަޖަލެއް ނޫނޭ....ތީގެ ބަދަލު އަދި އޮންނާނެ...." މީކާއިލް ކަރުކަހައިލީ ލަދުންނެވެ. މަދީނާގެ ކުރިމަތީގައި އޭނާ ބޭޒާރުވީކަމަށް އޭނަ ދެކުނެވެ.

***

"ކެނާން އަވަސްކޮށްބަލަ...." މާޒިމް ހާސްވެފައި ހުރެ ކެނާން އަށް އެންގިއެވެ. އޭނަ އުރުޖުވާން ގެ މޫނުގައި ފެން ހާކައިލަދިނެވެ. އަދި ހިތުގެ ވިންދު ރަނގަޅުތޯ ބަލަމުންދިޔައެވެ. ކެނާން ކާރުގެ ދުވެލި ބާރުކޮށްލައި ބްރޭކް ޖައްސާލީ ހޮސްޕިޓަލަށެވެ. އުރުޖުވާން ސްޓެރެޗާ ގައި އިމަޖެންސީއަށް ގެންދިޔަ ވަގުތު މާޒިމް ވެސް ފަހަތުން ދާން ހެދުމުން ކެނާން އޭނާގެ ގިރުއާނުގައި ހިފައި ދެމިއެވެ. އަދި މޫނު މަތީ ހޫނު އެތިފަހަރެއް އެޅިއެވެ. މާޒިމް ވެސް އައި ރުޅީގައި ކެނާން ކޮށްޕާލިއެވެ. ތުންފަތުން ވެއްޓުނު ލޭ ތިކިތައް އޭނަ ލައިގެން ހުރި ހުދު ޓީޝާޓަށް ފޭދެމުން ދިޔައެވެ. އެ ދެމީހުންގެ ކޯޅުންގަނޑު މައިތިރި ކުރަން ހޮސްޕިޓަލުގެ ސެކުއިރިޓީންވެސް އައެވެ.

" ދެޓް އިޒް ފޯ އުރުޖުވާން....." ކެނާން އޭނާގެ ޖެކެޓު ބިންމަތިން ނަގަމުން މާޒިމް އަށް ދިނި އިންޒާރެކެވެ. އެ އެތިފަހަރަކީ އޭނާ އުރުޖުވާންއަށް ޓަކައި މާޒިމް އަށް ދިން ތަދެކެވެ. އުރުޖުވާން އެ ހިތާމަޔަށް ވައްޓާލީ މާޒިމް ކަމުގައި ދެކޭތީއެވެ. މާޒިމް ކުށްވެރި އިހުސާސެއްގައި ކެނާން އަށް ބަލަހައްޓައިގެން ހުރީ އޭނާއަށް ހަގީގަތް ކިޔައިދޭން ބޭނުންވެފައި ހުރެއެވެ. މާފްކުރުމަށް އެދޭ ހާލުގައެވެ. ކެނާން ގެ ރުޅި އޭނާއަށް ހައްގުކަން ދަނެ ހުރެއެވެ.

"ކެން...." މާޒިމް ކެނާން އާއި ދިމާ އަށް ހިނގާފައި ދިޔުމުން ކެނާން އިސްޖަހާލައި ބޯ ހޫރާލީ އޭނާގެ ނަން ވެސް ނުގަތުމަށް އެދޭ ފަދައަކުންނެވެ.

" ގޯ ޓު ޔޯ ވައިފް...އަދިވެސް ފިރިޔެއްގެ ހައްގު އަދާކުރެވޭތޯ ބަލާ....މާޒިމް އަށް އިހުސާސްވެސް ނުކުރެވޭނެ އުރުޖުވާން އެ އުޅޭ ހާލު....އޭނާގެ ހިތުގަ އަޅާ ވޭން.....ހަނދާން އެބަހުރިތަ ދަ ވެރީ ފަސްޓް ޑޭއި ޔޫ ޓުކް ހާ އޭޒް ޔޯ ވައިފް....އެދުވަހުވެސް މާޒިމް ގާތު ބުނިން ކުޅޭ ކުޅިވަރެއް ނުނޭ...މީހެއްގެ އަމާނާތެކޭ....ޔޫ ލޮސްޓް ހާ މޭން..." ކެނާން ގެ އަޑު ކުރެހުނެވެ. އޭނާގެ ހިތް ފުރެންދެން ހުރި ޝަކުވާތައް ބޭރުކުރަން އުނދަގޫ ވިއެވެ. އެވަގުތު މާޒިމް ގެ ލޯ ފުސް ވިއެވެ. އަޑުއަހަން ދަތިވިއެވެ. އޭނާ ވާ ގުރުބާނީއެއްވެސް ވަނީ އުރުޖުވާން އަށްޓަކައެވެ.

" ހޫ އިޒް ދަ ގާޑިއަން...." ނަރުސް ކުއްޖަކު ސުވާލުކުރުމުން ކެނާން އިސްއުފުލާ ބެލީ މާޒިމް އަށެވެ. އޭނާއަކީ އުރުޖުވާން ގެ ފިރިމީހާކަމުގައި ބުނެފައި މާޒިމް ނަރުސް ކުއްޖާގެ ފަހަތުން ދުވެފައި ދިޔައެވެ. މާޒިމް އެތެރެއަށް ވަންތަން ބަލަން އިނދެފައި ކެނާން ފުން ނޭވާއެއް ދޫކޮށްލިއެވެ.

އުރުޖުވާން ގެ ބުރުގާ ނަގާފައި އޮތް އިރު އެ އިސްތަށިގަނޑުވަނީ ނިއުޅާލެވިފައެވެ. ހަށިގަނޑު އިހުނަށްވުރެ ބަލިކަށްޓެވެ. ލޯ މެރިފައި އޮތް އިރުވެސް އެ މޫނު މަތިން ހިތާމަިއގެ އަސަރު ފެންނަ ހުއްޓެވެ. މާޒިމް ގެ ފައިތިލަ ހުރިތާ ތަތްވިހެން ހީވިއެވެ. ކުރިއަށް ފިޔަވަޅު އަޅަން ފަސް ޖެހުނެވެ. އުރުޖުވާން އަށް ދެވުނު ހިތާމައާއި ހިތްދަތިކަމާއި މެދު ވިސްނިއެވެ. ހާސް ފަހަރު އަމިއްލަ ނަފުސް ކުށްވެރި ކުރެވުނެވެ. ޑޮކްޓަރު އުރުޖުވާންގެ ހާލަތާއި މެދު ވާހަކަ ދެއްކި އރިުވެސް މާޒިމް ހުރީ ގަބު ވެފައެވެ. އުރުޖުވާންގެ ބަނޑުގައި އޮތް ދަރިފުޅުގެ ހިލަން ވާކަން ނަރުހުން ދެއްކި ވަގުތު މާޒިމް އޭނާގެ ބަރު ފިޔަވަޅުތަށް ކުރިޔަށް އެޅިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެ އުފާވެރިކަން އިހުސާސްކުރަން ހިތް އެދޭތާ އެތަކެއް މަހެކެވެ. ލޯ ކަރުނުން ބަރުވެފައި ހުރެ އުރުޖުވާންގެ ބަނޑުގައި ފިރުމާލެވުމުން ބުނަން ނޭނގޭހާ އުފާވެރިކަން އިހުސާސް ކުރެވުނެވެ.

" ޝީ އިޒް އަ ޑެޑީސް ގާލް..." ނަރުސް ކުދިން އެކަކު އަނެކަކަށް އެވާހަކަ ދެއްކީ ޖޯޝާއެކުއެވެ. މާޒިމް ސިހިފައި އެމީހުންނާއި ދިމާލަށް މޫނު އަނބުރާލިއެވެ. އަޑު އިވުނީ ރަނގަޅަށްހެއްޔެވެ؟ އޭނަގެ ލޮލުގައިވީ ސުވާލުމާކު ތަކެވެ. މާޒިމްގެ ލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއް ނެތިއެވެ. ބަނޑުގައި އޮތް ދަރިފުޅު ގާތުންވެސް މާފަށް އެދެވުނެވެ. ބޯ އަޅާއިލައިގެން އޮވެވުނީ އުރުޖުވާން ކައިރީ އެނދުގައެވެ. އުރުޖުވާން އަށް އެވަގުތު ހޭވެރިކަން ވާން ފެށިއެވެ. ދެމަފިރިންނަށް އެކަހެރި ވަގުތު ކޮޅެއް ދިނުމަށް ނަރުހުން އެ ތަނުން ނިކުމެލިއެވެ. އުރުޖުވާން އަށް ފުރަތަމަ ވެސް އަތް ޖައްސައިލެވުނީ އޭނަގެ ބަނޑުގައެވެ. އެ އަތް އެޅުނީ މާޒިމް ގެ އަތް މަތީގައެވެ. އޭނާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެ ހިނދުކޮޅު ހުއްޓޭނެ ނަމައޭ ހިތް ބުނަމުންދިޔައެވެ. މާޒީގަ ވެދިޔަ ކަމެއްވިއްޔާ ހަނދާން ނައްތާލާން ބޭނުންވިއެވެ. އެ ފޮހެލާ ވުޖޫދަށް ނާންނަ ދުވަސްތަކަށް ހަދަން ބޭނުންވިއެވެ. އެ ހިނދުކޮޅުގައި އެއީ އުރުޖުވާން ކުޑަ ކުޑަ އާއިލާއެވެ. މާޒިމް ގެ އަތުގެ ތެރެއަށް އަތް މަހާލެވުނެވެ. މާޒިމްވެސް އިސް އުފުލާފައި އުރުޖުވާން އަށް ބަލައިލިއެވެ.

"ޝްޝް....ޖަސްޓް ފޯ އަ މޮމެންޓް....ލެޓް މީ ލިވް ދިސް މޮމެންޓް....އައި ޑިޒާވް އިޓް...." އުރުޖުވާން ބުނެލީ އޭނާގެ ލޯ މަރާލައިގެންނެވެ. އޭނަ ލޯ ހުޅުވާ މާޒިމްގެ މޫނަށް ބަލައިފިއްޔާ އެ ހިނދުކޮޅަށްށް އަންނާނެ ބަދަލުތައް އެނގިހުރެއެވެ.

***

ފަރަހް ރުޅި ގަދަވެފައި ހުރެ ކުރުކާލި ކަނޑަމުން ދިޔައެވެ. އޭނާގެ ބައްޕަ ސިގިރެޓެއް ރޯ ކޮށްލުމަށްފަހު ދަރިފުޅުގެގެ ނުތަވަސްކަމާއި ހާސްކަމުގެ ޝުއޫރުތައް ދެކެން ހުރީ ބިރުގެންފައެވެ. އެފަދަ ހާލަތުގައި ހުރެ ގޯހެއްވެސް ހަދާފާނެއެވެ.

"ޑޭޑް ކައިރި ބުނިން ދޯ އޭރުވެސް އެ ކަޅު އަންހެނާގެ ކަންތައް ނިންމާށޭ....މިތާ ފައި ޖެހުމާއެކު އެ ގެއްލުނީ އަހަރެންގެ ޕީސް....ހަމ އެކްޓެކޭ އެއީ އެންމެން ރާވައިގެން...ރަނގަޅަށް ވެއްޖިއްޔާ ހަމަ އެއް ކަމެއް ވެސް ނުވާނެ. ހަމަ ހުސް ފޭކް..." ފަރަހް ބަނދިވަރެއްހެން ގޮވަމުންދިޔައެވެ. އަދި އޭނާގެ ބައްޕަ ރޯ ކޮށްލައިގެން ހުރި ސިގިރެޓް ޖަހައިގަނެފައި ދަމާލިއެވެ.

"މީ ރާއްޖެ އެއް ނޫނޭ ދަރިޔާ....ބޭނުން ހާ ގޮތަކަށް ކަން ކުރަން...މިތާ އެހާ އިޒާީ އެއް ނުވާނެ...އެހެން ނޫނަސް އެ އުރުޖުވާން ގެ ބޮޑީ ގާޑުން ތިބޭ...މީކާއިލް އާއި ކެނާން...." ޖައިލަމް ދެއަތް ދެއަތަށް މަހާލިއެވެ. އޭނާ އުރުޖުވާން އަށް ދޭން އުޅުނު އެއްވެސް ހަމލާއެއް ކާމިޔާބު ނުވީތީ އިންތިހާއަށް ރުޅިގަދަވެ ފޫހިވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު