"ދުނިޔެއަށް އައީ ކައިގެން މަސައްކަތްކޮށް ބިލްތައް ދައްކާފައި ނިދާކަށް ނޫނެވެ. ﷲއަށް އަޅުކަން ކުރުމަށެވެ. ކިތަންމެ އަވަދިނެތި އުޅުނަސް ދިރިއުޅުމުގެ މަގުސަދު ހަދާން ނައްތާލާކަށް ނުވާނެއެވެ."

***

" އޭރުވެސް ބުނިން ދޯ...މަދީނާ އަކަށް ސިއްރެއް ނުހިފެހެއްޓޭނެއޭ....އަނެއްކާވެސް އިތުރު ހައިޖާނެއް އުފެދެނީ...އެހެންވެ އަހަރެން އޭރުވެސް ބުނީ ދިސް އިޒް އަ ބޭޑް އައިޑިއާ އޭ..." މީކާއިލްގެ އަޑުގައިވީ ހިތްހަމަނުޖެހުމާއި ނުރުހުންތެރިކަމެވެ. އޭނަ ކާރުން ފޭބިއެވެ. ބާރު ހިނގުމުގައި ދިޔައިރު އޭނާއާއި އަރާ ހަމަ ކުރަން ކެނާން މަސައްކަތްކުރިއެވެ. މިހާރަކަށް އައިސް މިކާއިލް ގެ ރުޅި އިސްކުރެވޭ ފަހަރުތައް އެހާ ގިނައެވެ. ޖިމް އަށް ގޮސް ގިނައިން އުޅެނީވެސް އެ ގަދަ ރުޅިން މީހަކަށް ގެއްލުމެއް ދެވިދާނެ ކަމަށްޓަކައެވެ.

"ހިނގާ ދާން....ގަޑި ޖެހެނީ..." މީކާއިލް އުރުޖުވާންމެން ތިބި ދިމާލަށް ގޮސް ބުނެލީ ހަރުކަށި އަޑަކުންނެވެ. އުރުޖުވާން ހުރީ އެވަގުތު މަދީނާއަށް ބަލަހައްޓައިގެންނެވެ. ޖަވާބަކަށް އެދި އެދިއެވެ. ނަބީލާ ދުނިޔޭގައި ހުރިކަން ޔަގީން ކުރަން ސުވާލުކޮށްގެންނެވެ.

" އަޅެ ބުނެބަލަ...އިޒް ޝީ އެލައިވް.....މަދީނާ؟" އުރުޖުވާން މަދީނާގެ އަތުގައި ހިފައި ފިތައިލިއެވެ. މަދީނާ އަށް ހާމަ ކުރެވުނު ސިއްރުގެ ބޮޑުކަން ވިސްނި ހުރީ އިސްޖެހިފައެވެ.ދޫ ބަންދުވެފައެވެ. އޭނާގެ ސިކުނޑިތެރޭގައި ހިނގަނީ މާޒިމް އާއި ފަރަހްއެވެ. އެކައިވެންޏެވެ. މީކާއިލް އެހުމެއް ނެތި އުރުޖުވާން ގެ އަތުގައި ހިފައި ގެންދަން މަސައްކަތް ކުރިއެވެ. ކެނާން މީކާއިލް އަށް އެވަގުތު ބެލީ ނުރުހުމުގެ ނަޒަރަކުންނެވެ. ލޯ އަޅައިލުމުން މިކާއިލްގެ މޫނުން ވެސް ކުލަވަރު ދައްކާލީ ކެނާން އެކަމަށް އެއްޗެއް ނުބުނުމަށެވެ.

" ޖަސްޓް ސްޓޮޕް އިޓް....ކެނާން....އިޒް ޝީ އެލައިވް..." އުރުޖުވާން މީކާއިލްގެ އަތް ފޮޅާލީ ބާރަށެވެ. އޭނާގެ މޫނުން ދުވަހަކުވެސް ނުފެންނަ ރުޅިވެރިކަމެއް ފާޅުވިއެވެ. މީކާއިލް ވެސް ހިމޭންވިއެވެ. އޭނާއަށް ކުށްވެރި އިހުސާސެއްވެސް ކުރެވުނެވެ. ރުޅީގައި ހުރެ އުރުޖުވާން ގެ އަތުގައި ހިފުނީ ތަދުވާހާ ބާރަށްކަން އިހުސާސްވިއެވެ. ކެނާން ފުން ނޭވާ އެއް ދޫކޮށްލަަމުން ބޯ ޖަހައިލީ ހަގީގަތް އިތުރަށް ފޮރުވުމުގެ ބޭނުމެއް ނެތް ކަން ވިސްނިއެވެ.

" އަދި ކިހާ ދޮގެއް؟ހުސް ދޮގުވެރިން...." އުރުޖުވާން ގެ ލޮލަށް ޖަމާވެފައިވި ކަރުނަތައް އޮހިގަތީ އޭނާގެ ކޯތާފަތްމައްޗަށެވެ. އެންމެންވެސް އޭނާއަށް އޮޅުވާލުމެވެ. މަދީނާ އައިސް އުރުޖުވާން އަތުގައި ހިފުމުން އެ އަތް ވެސް ފޮޅާލިއެވެ. މަދީނާ ގެ މޫނަށް ވެސް ބަލަން އުރުޖުވާން އަށް އުނދަގޫވިއެވެ.

" އުރޫޖް ޕްލީޒް...." މަދީނާ އާދޭސްކުރިއެވެ. ތެދު ހާމަކުރުމަށް އޭނާ ބޭނުންވި ނަމަވެސް ކައިރީ ތިބިމީހުން އެކަމަށް ފުރުސަތު ނުދިނީއެވެ. އެކަމަކު މިހާރު އެހެން ބުންޏަސް އުރުޖުވާން އަށް އެއީ ތެދުކަމަށް ގަބޫލުކުރަން އުނދަގޫ ވާނެއެވެ. ކަންހިނގީވެސް އެގޮތަށެވެ. މަދީނާ ގާތު ބުނީ މާފަށް ވެސް ނޭދުމަށެވެ. އުރުޖުވާން ކަރުނަ ފޮހެލަމުން ހިނގައިގަތެވެ. މީކާއިލް ދާން ހެދުމުން އެކަމަށް ވެސް އިންކާރުކުރިއެވެ.

" އެއްވެސް މީހަކަށް ބުރައެއް ކަމުގަ ވާކަށް ބޭނުމެއްނޫން....އެއީ އަމިއްލަ ލޭ ކަމުގަ ވިޔަސް....ޖަސްޓް ލީވް މީ އެލޯން..." އުރުޖުވާން ގެ ލަފުޒުތަކުން މީކާއިލް ގެ ހިތަށް އަސަރުކުރިއެވެ. ގެޔާއި އެހާ ދުރު ނޫން ކަމުން އުރުޖުވާން ހިނގައިގަތީ ގެޔާ ދިމާލަށް ކަން އެނގުނެވެ. މިވަގުތު އުރުޖުވާން އިޚުތިޔާރުކުރީ އެކަނިވެލުމަށެވެ. ކެނާން އަތް މުށް ކަވާލެވުނީ އުރުޖުވާން އެ ތަހައްމަލު ކުރަން ޖެހޭ އުނދަގޫ އިހުސާސް ވެފައެވެ. އުރުޖުވާން އަށް އެއިން އެއްވެސް ތަކުލީފެއް ހައްގެއް ނޫނެވެ. މާޒިމް ދެކެ އަންނަ ރުޅި އެ ހިތުގައި އަނދަމުން ދިޔައެވެ. މާޒިމް އެފަދ ކަމެއް ކޮށްފާނެ އޭ ހިތަކަށްވެސް ނާރައެވެ. އަދި އެންމެ ގަބޫލުކުރަން އުނދަގޫ ވީ ފަރަހް އާއި ކައިވެނި ކުރުމުންނެވެ.

" އާ ޔޫ ހެޕީ ނައު...." ބެންޗުގައި ރޯން އިން މަދީނާއާއި މީކާއިލް ސުވާލުކުރީ ހަރުކަށި އަޑަކުންނެވެ.

" ވަޓްސް ރޯންގް ވިތް ޔޫ....ހިތުން ތިމާ މީހާ އަކީ ވަރަށް ދީންވެރި އަޅުވެރިޔެއް....ޖަސްޓް ގޯ އަވޭއި..." މަދީނާގެ ހިތުގައި އޮތް ނުރުހުންތެރިކަން ފާޅުކުރެވުނެވެ. ކިޔަން ބޭނުން އެއްޗިހި ގިނަކަމުން ބޭނުންވީ ހަނު ހުރުމަށެވެ. ކެނާން ހުރީ އުރުޖުވާން ލޯ މަތިން ގެއްލެންދެން ބަލަހައްޓައިގެންނެވެ. އޭނަ އަވަހަށް ގޮސް ކާރަށް އެރިއެވެ. އުރުޖުވަން ސަލާމަތުނ ގެއާއި ހަމަޔަށް ދިޔަކަން ދުރުން ވިޔަސް ޔަގީން ކުރަން ގަސްތުކޮށެވެ.

" ކީކޭ؟....އައި ނެވަ ސެޑް އައިމް ޕާފެކްޓް.....މަދީނާގެ މައްސަލައަކީ ކަން ނޭނގި ވާހަކަ ގިނަ ކުރާތީ...ހާލަތާއި ވަގުތަށް ނުބަލާ އަނގަގަދަ ކުރާތިވެ..." މީކާއިލް އަށް މަދީނާ ކީ އެއްޗިހި ހަޖަމް ކުރަން އުނދަގޫ ވިއެވެ.

އުޑުމަތީގެ ވިލާ ބޯކޮށްފައި އޮތުމުން ޕާކު އޮތީ އެވަގުތު ހުހަށެވެ. މީކާއިލް އާއި މަދީނާ ޒުވާބެއްގައި ތިބިއިރު އެ ހޭވެރިކަން ނުވެއެވެ.

ވިލާތަށް ބޯކޮށްލުމުން ވާރެއާއި ޖެހި ކުރިޔަށް ނުދެވިދާނެ ކމުގެ ބިރަށް އުރުޖުވާން ވަނީ އެތާ ކައިރީގައި ހުރި ކެފޭއަކަށެވެ. ބަލިވެ އިނުމުން މިހާރު ކުޑަކޮށް ހިނގާލިޔަސް ބައެއް ފަހަރު އޭނާއަށް ވަރުބަލި އިހުސާސް ކުރެވެން ފަށައެވެ. ސިކުނޑިގައި ވީ އެންމެ ކަމެކެވެ. މާޒިމް އަށް އޭނާގެ މަންމަ ދުނިޔޭގައި ހުރިކަން ނޭނގޭކަމެވެ. މާޒިމް އަށް ނަފްރަތު ކުރަން އެ ހިތް ބޭނުންވިޔަސް އެކަމަށް ގިނަ ފަހަރު ނުކުޅެދެއެވެ. ކެފޭ ތެރެއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ވާރޭ އޮއްސައިގަތީ ހަމަ ކުއްލިއަކަށެވެ. އެހާ ބޯކޮށެވެ.

ޖެކެޓުން ބޯ ނިވާ ކުރަމުން ކެނާންވެސް ކެފޭއަށް ވަނެވެ. އުރުޖުވާން ގެ ފަހަތުގައި ހުރުމުން އޭނާއަކަށް ކެނާން ހުރިކަމެއް ނޭނގުނެވެ. އުރުޖުވާން މިހާރު ފޯނެއްވެސް ނުގެންގުޅޭ ކަމުން އޭނާ ވީތަނެއް ނޭނގި މިކާއިލް ކަންބޮޑުވާނެކަން ވެސް އެނގެއެވެ. އުރުޖުވާން އެތަނަށް ވަދެ މޭ ނުބައި ކުރާ ގޮތް ވީ މީހަކު ސިގިރޭޓު ދުން ބުރުވާލުމުންނެވެ. ކެނާން ރުޅިގަދަވީވަރުން ކެތެއް ނުކުރެވި އެމީހާއާއި ދިމާއަށް ހަޅޭއްލަވައިގަތެވެ. ސިގިރޭޓު ނުބޯން ނޯޓިސް ޖަހައިފައި ވާކަމުގެ ނިޝާން ދައްކައި އެމީހާ މުޅި ތަނަށް ލަދުގަންނަވާލިއެވެ.

" ކެނާން....ހަމަޖެހިބަލަ...." އުރުޖުވާން ކެނާން އަށް އޭނާ ހުރިތަން ހަނދާންކޮށްދޭން ބޭނުންވިއެވެ. މީހުން އެއްވެފައި ތިބީ ކެނާންއާއި އެމީހާ ގެ ޒުވާބަށެވެ. ފުރަތަމަ ވެސް އެމީހާ ބެހުނީ އުރުޖުވާން އަޅައިގެން ހުރި ބުރުގާއާއި ކެނާން ގެ ތުނބުޅިއާއެވެ. މުސްލިމުންނާއި ދެކޮޅުވެރި ވިސްނުމެއް ހުންނަ މީހެއް ކަމުން އެމީހާ ފުރަތަމަވެސް ދީނަށް ޖެއްސުންކުރިއެވެ. އޭނާގެ އަމިއްލަ ކުށް ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ގިނަ މީހުން ދިފާއުކުރީ ކެނާންއެވެ. މުޅި ތަނަށް ހަމަހިމޭންކަން ވެރިވީ އެމީހާ އެތަނުން ދިޔުމުންނެވެ. އުރުޖުވާން އިނީ ހައިރާންވެފައެވެ. ކެނާން ފަދަމަޑު މައިތިރި މިޒާޖެއްގެ މިހަކު އެފަދަ ގޮތަކަށް އުޅެފާނެއޭވެސް ހިނުކުރެއެވެ.

" ސަޕްރައިޒްޑް؟" ކެނާން ހިނިތުންވުމަކާއިއެކު ބުނެލީ އުރުޖުވާންގެ ހިތް ހަޖައްސާލުމަށެވެ. އަދި އޯޑަރު ކުރީ އަބަދުވެސް އުރުޖުވާން ނަގާ ވެނީލާ މިލްކްޝޭކަކަށެވެ. އަދި އާއްމުކޮށް އުރުޖުވާން ނަގައި އުޅޭ މަފިން އަކަށެވެ.

" ކީއްކުރަން އައީ ފަހަތުން...." އުރުޖުވާން ފުރަތަމަ ވެސް ކުރީ ޝަކުވާއެވެ. އަދި އެތަނުން ނިކުންނަން ހިނގައިގަތުމުން ކެނާން ތަން ނުދީ ހުރަސް އެޅިއެވެ.

"އުރޫޖް އަޑުއަހާބަލަ.....ޔޫ ހޭވް ޓު ނޯ ދަ ފުލް ސްޓޯރީ....ތި އެނގުނީ އެއިން އެންމެ ޖުމްލަ އެއް..." ކެނާންގެ އޭނާ އޯޑަރު ކުރި އެއްޗެހި ލާފައިހުރި ތަބައް ހިފައިގެން މޭޒެއް ދޮށަށް އައީ އުރުޖުވާން ވެސް އިށީންނަން އެދެމުންނެވެ. އުރުޖުވާން ފުން ނޭވާ އެއް ދޫކޮށްލަމުން އައިސް އިށީނީ ކެނާން ދުލެއް ނުދޭނެ ކަން އެނގޭތީއެވެ.

***

މުށު ތެރޭގައި އޮތް ސްކާފުގައި ހަރުލާފައި ވީ ލުއި މަޑު ވަސް މާޒިމް އަށް އެތަކެއް ފޮނި ހަނދާންތައް އާ ކޮށްދިނެވެ. އަތު ތެރޭގައި އޮތް އެ ފޭރާމުގެ ނާޒުކު ކަން އޭނާގެ އިހުސާސްތަކުގެ ބަރުދަން ހިފެހެއްޓިއެވެ. ލޮލަށް ކަރުނަ ޖަމާވާން ފެށީ އޭނައާއި އުރުޖުވާން ގެ ދެމެދުގަވީ ދުރުކަން އިހުސާސްވެއެވެ.

" ޑޭޑް ބުނި އެކޮޅުގަ ރިސެޕްޝަން ބާއްވާ ވާހަކަ....ލަންޑަން ހޮސްޕިޓަލުން މިހާރު ވަޒީފާ ވެސް ހަމަޖެހޭނެ އޭ ބުނި..." ފަރަހް އެތަނަށް ވަނެވެ. މާޒިމްއަށް އޭނާގެ މުށު ތެރޭގައިވި ސްކާފަށް ބާރުކޮށްލެވުނެވެ. ލޮލާއެކު ނިތްކުރީގައިވެސް ފިރުމައިލެވުނެވެ. ފަރަހް ގެ އަޑު ކަންފަތުގައި ޖެހޭ ކޮންމެ ފަހަރަކު އޭނާގެ ލޭ ކެކޭ ވަރުވެއެވެ.

" ތި ހުރިހާ ކުޅިވަރެއް ކުޅޭ ކަށް މަށެށް ބޭނުމެއް ނޫން....." މާޒިމް ވާހަކަ ދެއްކީ ފަރަހް އަށް ބަލައިވެސް ނުލައެވެ. ފަރަހް އައިސް މާޒިމް ގެ އަތުގައި ހިަފއިލި ވަގުތު އަތް ފޮޅާލަން އުޅުމުންވެސް އޭނާ އެ އަތުގައި ހިފައި ބަނޑުގައި ޖެއސިއެވެ.

" ކޮންމެ ފަހަރަކު މާޒް އަށް ރިމައިންޑް ކޮށްދޭން އެބަ ޖެހޭ...." ފަރަހް އަށް އޭނާގެ ބަނޑު ހުސްކަން އެނގިވެސް ދޮގުހެދިއެވެ. މާޒިމް އޭނާއާއި ކައިވެނި ކުރިޔަސް އަންބެއްގެ އެއްވެސް ހައްގެއް ދީފައި ނުވެއެވެ. މާޒިމް އޭނާގެ އަތް ދަމައިގަތއެވެ.

"އަހަރެންގެ ދަރިއެއް ކަމެއް އެނގެނީ ކިހިނެއް....އެހެން ނޫނަސް ލަންޑަނަށް މިދަނީ ޑީއެންއޭ ޓެސްޓު ކުރަން..." މާޒިމް އަށް ފަރަހް ދައްކާ ވާހަކަ ގަބޫލެއް ނުކުރެވެއެވެ. އޭނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން އެނގޭތީއެވެ.

" ކިހިނެއްވީ ރުޅީ؟މާޒް ގަބޫލުކުރަން ބޭނުން ނުވިޔަސް މިއީ މާޒް ގެ ދަރިއެއް....ޔޫ ކޭން ޑޫ ދަ ކަލްކިއުލޭޝަންސް....އެ ދުވަހު މާޒް ހޮޓެލް އަށް އައިސް..." ފަރަހް ގެ ވާހަކަ ނުނިމެނީސް މާޒިމް އެ ކޮޓަރިން ނިކުތެވެ. އޭނާގެ ކަންފަތަށް އެ ވާހަކަ ވަނީ އެއްފަހަރު ދެފަހަރަކު ނޫނެވެ. ހާސްފަހަރުއެވެ. ހަނދާނުގައި އެފަދަ ކަމެއް ވި ކަން ނެތަސް ފަރަހް އެ ދައްކާ ވީޑިޔޯ ދޮގެއް ނުކުރެވެއެވެ. އަމިއްލަ ނަފްސު އެކަމުން ލަދުގަންނަ ވަރަށް ވުރެ އުރުޖުވާން އަށް އޭނާގެ ފަރާތުން އުފުލަން ޖެހުނު ހިތާމަ ވިސްނި މާ ދެރަވެއެވެ. އެ ހިތާމައިގެ އަސަރު މީހާގެ މުޅި ސޫރައިންވެސް ފެންނަން ފަށައިފިއެވެ. ގިނަ އިރު ނުކައި ހުންނަނީ ކަޅު ކޮފީއެއް ބޯލައިގެންނެވެ. މާޒިމް ކާރަށް އަރާތަން ބަލަން ފަރަހް ހުރީ ކުޑަދޮރު ކައިރީގައެވެ. ތުން ފިތައިލެވުނެވެ. އޭނާގެ ގާތުގައ މާޒިމް ހުއްޓަސް މާޒިމް ގެ ލޯބި ލިބުން މާ ދުރުހެން ހިވާތީއެވެ. އެވަގުތު އޭނާއަށް ފޯނެއް އައެވެ. އުފަލުގެ ކޮޅެއްވެސް ނެތެވެ. ސޯފާއިން ތެދުވެ މުޅި ތަނުގައި ފުމުނެވެ. އަދި އަވަސް އަވަހަށް ގުޅާލީ ޖައިލަމްއަށެވެ.

" ޑޯނާ އެއ ހަމަޖެހިއްޖެޔޯ...އެމީހާގެ ފޮޓޯވެސް އެބައިން ފޮނުވާފަ...އެމީހާގެ ޕްރޮފައިލް މާޒް ގެ މެޑިކަލް އާއި ދިމާވޭ...." ފަރަހް ވަރަށް ފޮނމި ވެލާފައި ވާހަކަ ދެއްކިއެވެ.

" ހެޕީ ދޯ މިހާރު.....ބައްޕަ މިހާރު އޮތީވެސް ބުނެފަ ފޭކް ރިޕޯޓުތަކާއި ސްކޭން ހެދުމަށް....ދަރިފުޅުމެން އަންނަންވާ އިރަށް ހުރިހާ ކަމެއްވެސް ނިމޭނެ..." ޖައިލަމް އޭނާގެ ރޭވުންތައް ހާމަކުރިއެވެ.

" ޔެސް....ވަން މޯ ތިންގް... އުރުޖުވާން ގެ ޑޮކްޓަރު އާއި ދިމާވިތަ؟" ފަރަހް އޭނާގެ ދެބުމަށް ގޮށްޖަހައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު