ކައުންސިލަރުންގެ އަދަދު ކަނޑައަޅަން ޖެހޭނީ އާބާދީއަށް ބަލައިގެން: އެމްއެންޔޫގެ ދިރާސާ

ދިރާސާގެ ނަތީޖާ ހުށަހެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ކައުންސިލަރުންގެ އަދަދު ކަނޑައަޅަން ޖެހޭނީ ރަށުގެ އާބާދީއަށް ބަލައިގެން ކަމަށް ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ގާއިމު ކުރުމުން ދެކޭ ތަޞައްވަރުތަކާއި ގޮންޖެހުންތަކާއި އަސަރުތައް ދެނަގަތުމަށް ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއިން ދައްކާ --- ފޮޓޯ/ އެމްއެންޔޫ

ކައުންސިލަރުންގެ އަދަދު ކަނޑައަޅަން ޖެހޭނީ ރަށްރަށުގެ އާބާދީއަށް ބަލައިގެންކަމަށް، ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ގާއިމު ކުރުމުން ދެކޭ ތަޞައްވަރުތަކާއި ހުރި ގޮންޖެހުންތަކާއި އަސަރުތައް ދެނަގަތުމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫއިން) ހެދި ދިރާސާގެ ނަތީޖާއިން ދައްކައިފިއެވެ.

އެ ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި، ދާއިރާތަކުގައި މިހާރު ތިބި ކައުންސިލަރުންގެ އަދަދަކީ އާބާދީގެ ސައިޒަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށް އެ ދިރާސާގައި ބައިވެރިވި 43.5 ޕަސެންޓު މީހުން އެއްބަސް ވެފައިވެއެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ދާއިރާތަކުގައި މިހާރު ތިބި ކައުންސިލަރުންގެ އަދަދަކީ އާބާދީގެ ސައިޒަށް އެކަށީގެންވާ އަދަދެއް ކަމަށް އެއްބަސް ވެފައި ވަނީ 40.8 މީހުން ކަމަށްވާއިރު، 15.7 މީހުން އެއްވެސް ކޮޅަކަށް އެ ދިރާސާގައި ޖެހިފައި ނުވާ ކަމަށް ނަތީޖާއިން ދައްކައެވެ.

ދިރާސާގެ ނަތީޖާ ހުށަހެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ކައުންސިލަރުންގެ އަދަދު ކަނޑައަޅަން ޖެހޭނީ ރަށުގެ އާބާދީއަށް ބަލައިގެން ކަމަށް ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ގާއިމު ކުރުމުން ދެކޭ ތަޞައްވަރުތަކާއި ގޮންޖެހުންތަކާއި އަސަރުތައް ދެނަގަތުމަށް ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއިން ދައްކާ --- ފޮޓޯ/ އެމްއެންޔޫ

މީގެއިތުރުން، އާބާދީގެ ސައިޒަށް ބަލައިގެން ކައުންސިލަރުންގެ އަދަދު ހަމަޖައްސަން ޖެހޭ ކަމަށް ދިރާސާގައި ބައިވެރިވި 62.9 ޕަސެންޓު މީހުން އެއްބަސްވެފައިވާއިރު، އެ ނިންމުމަށް އެއްބަސް ނުވަނީ 21.6 ޕަސެންޓު މީހުންނެވެ.

ދިރާސާ ނަތީޖާއަށް ބަލާއިރު، ދާއިރާތަކުގައި މިހާރު ތިބި ކައުންސިލަރުންގެ އަަދާދާމެދު 46.8 ޕަސެންޓު މީހުން ހިތްހަމައެއް ނުޖެހެވެ. އަދި، އެ ނިންމުމާމެދު ހިތްހަމަޖެހޭ ކަމަށް ބުނެފައި ވަނީ 32.2 ޕަސެންޓު މީހުންނެވެ.

އެއާއެކު، ކައުންސިލަރުންގެ އާބާދީ މަދު ކުރަން ޖެހޭ ކަމަށް ދިރާސާގެ ގިނަ ބައިވެރިން ފާހަގަކޮށްފައިވެއެވެ. ކައުންސިލަރުން ގިނަ ވުމުގެ ސަބަބުން ބައެއް ރަށްރަށް މަރުކަޒީ ނިޒާމަކަށް ބަދަލުވެ، ކައުންސިލަރުންގެ ފަރާތުން ލިބެން ޖެހޭ ޚިދުމަތްތައް ނުލިބޭ ކަމަށް ބައިވެރިޔަކު ބުނެފައިވެއެވެ. އަދި، އެކަމުގަ ސަބަބުން ބަޖެޓަށް ކުރާ ކަމަށް އެ ބައިވެރިޔާ ބުނެއެވެ.

"ދާއިމީ ދެ ކައުންސިލް މެންބަރުން ތިއްބަވާ ގޮތަށް ޚާއްސަ ދާއިރާތަކުން (މިސާލަކަށް ތައުލީމު، ސިއްހަތު، ޓުއަރިޒަމް ފަދަ) މެންބަރުން ހަމަޖައްސާ ސިޓިން އެލަވަންސެއް ދޭ ގޮތަށް ހަމަޖެއްސުން" އެ ބައިވެރިޔާ ފާހަގަކޮށްފައިވެއެވެ.

ދިރާސާގެ ނަތީޖާ ހުށަހެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ކައުންސިލަރުންގެ އަދަދު ކަނޑައަޅަން ޖެހޭނީ ރަށުގެ އާބާދީއަށް ބަލައިގެން ކަމަށް ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ގާއިމު ކުރުމުން ދެކޭ ތަޞައްވަރުތަކާއި ގޮންޖެހުންތަކާއި އަސަރުތައް ދެނަގަތުމަށް ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއިން ދައްކާ --- ފޮޓޯ/ އެމްއެންޔޫ

ކައުންސިލްތަކުގެ އަދަދާ ގުޅޭ ގޮތުން ދިރާސާގައި ބައިވެރިވި އިތުރު ބައިވެރިއަކު ހުށަހެޅީ 1000އަށް ވުރެ ދަށުގެ އާބާދީތަކަށް ތިން ކައުންސިލަރުންނާއި 1000އާއި 3000 ދެމެދު އާބާދީގެ ރަށްތަކަށް ހަތަރު ކައުންސިލަރުން ހަމަޖެއްސުމަށް ކަމަށް ނަތީޖާގައި ބުނެފައިވެއެވެ.

5،000 އާއި 10،000އާ ދެމެދުގެ އާބާދީގެ ރަށްތަކަށް ހަ ކައުންސިލަރުން އިންތިޚާބުކޮށް، ސިޓީ ކައުންސިލްގެ ތެރެއިން މާލޭގެ ކައުންސިލަރުން ވަކިވަރަކަށް މަދު ކުރަން ޖެހޭ ކަމަށް ބުނެ އެ ބައިވެެރިޔާ ޝުއޫރު ފާޅުކޮށްފައިވެއެވެ. އަދި، 10،000 މަތީގެ ސީޓީތަކަށް ހަތް ކައުންސިލަރުން ހަމަޖެއްސުމަށް އެ ބައިވެރިޔާ ބުނެފައިވާ ކަމަށް ނަތީޖާގައި ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިރާސާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. އެގޮތުން، ދަރިވަރުންނާއި ސަރުކާރުގެ މުވައްޒަފުންނާއި އަމިއްލަ ދާއިރާތަކުގައި ވަޒީފާގައި އުޅޭ މީހުންނާއި މުސްކުޅިންނާއި ވަޒީފާ ނެތް ފަރާތްތައް ހިމެނެއެވެ.

މި ދިރާސާގައި 1159 މީހުން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 640 އަންހެނުންނާއި 519 އަންހެނުންނެވެ.

comment ކޮމެންޓް