"ބޭކާރު ގޮތުގައި ވަގުތު ދުއްވާނުލާށެވެ. މަސައްކަތެއްގައި އުޅުނަސް ޒިކުރުކުރުންފަދަ އަޅުކަމެއްގައި ޝާމިލުވުން މުހިއްމެވެ. ސަބަބަކީ ތިބާ މިދުނިޔޭގެ އުފާތައް ހޯދުމުގައި އަވަދިނެތި އުޅެނިކޮށް ދާއިމީ ގޮވަތްޗަށް ދާން ޖެހިދާނެތީއެވެ."
***
"ތި ކޮންތަނަކަށް ގެއްލިފަ....ހިނގާބަލަ..." ކައިލް ހުރީ ހިތް އަވަސްވެފައެވެ.
" އެ ދެން މިގަޑިޔަކު ނޫން...އެހެން ނޫނަސް ދެންމެ ޔޯ ވައިފް ވެސް ކުޓުވާލައިފި އޭ މަންމަ ގާތު ގަ....ޔަގީން މި ޒަވީ ގެ ކަމަކަށް ވާނީ..." ފޫހިވެފައި އަލްބާން ވާހަކަދެއްކިއެވެ.
" ދެން ޕްލީޒް އަހަރެން މިހާ މުހިންމު ކަމަކު ނޫން ނަމަ ނުބުނާނަމޭ..." ކައިލް ގެ ލޮލުގައިވި އާދޭހެކެވެ.
ކައިލް އެހާ އާދޭސްކުރާނީ ބޮޑު ކަމެއް ވީމަކަން ޔަގީނެވެ. އަލްބާންއަށް ވަރުބަލިކަން ކިތަންމެ ބޮޑަށް އިހުސާސް ކުރެވުނު ނަމަވެސް އެއްބަސްވެލިއެވެ.
" ފަނަރަ މިނިޓް ވަރު...." އަލްބާން ބޯ ކަހައިލިއެވެ. ކައިލް ޝުކުރުވެރި ބެލުމަކާއެކު ހިނިތުނެވެލައި ހިނގައިގަތީ ތައްޔާރުވުމަށެވެ. އަލްބާން ކޮޓަރިއަށް ވަދެ އޭނާގެ އެނދު ފެނި ކައިލް ގެ އެދުމަށް އެއްބަސްވެވުނު ކަމުގެ ހިތިކަން އިހުސާސްވިއެވެ. ނަމަވެސް އަވަސް ވެލައި ފާހާނާއަށް ވަދެ ތާޒާ ވެލައިގެން އައި ވަގުތު ދޮރުގައި ޓަކި ޖެހި އަޑުއިވުނެވެ. ކައިލް ކެތްމަދުވަނީ ކަމަށް ހިތާ އެތަކެއް އެއްޗެއް ކިޔައިލެވުނެވެ.
" ކެތްތެރިކަމެއް ހަމަ ނެތީ އޭ....ތި އަތް ވެސް ބިނދޭނެ ދެން ތިހާ ވަރަށް ޓަކި ޖެހީމަ..." އޭނަ އެއްޗެހި ގޮވަމުން ގޮސް ދޮރު ހުޅުވިއެވެ. އޭރު ތެތް އިސްތަށިގަނޑުން ފެން ތިކި ތަޅަމުން ދިޔައެވެ. އަތް ދިގު ހުދު ޓީޝާޓަކާއި ޖީންސުގައި ހުރިއިރު ހެދުން ލެވުނީ ނުފުށުން ކަމެއްވެސް ނޭގުނެވެ. އެހާ އަވސް އަރުވާލަފައި ދޮރު ހުޅުވާލީ އަވަހަށް ނިކުތުމަށް އެއް އަތުން ސެންޓު ހެދުމަށް ސްޕްރޭއި ކޮށްލަމުންނެވެ. ދޮރު އެހާ ބާރަށް ހުޅުވި ވަގުތު ވައި އެޅިފައި ދިޔައީ މުޅި ތަނަށް އެ ސެންޓުގެ މީރުވަސް ފަތުރަމުުންނެވެ.
" އައި ވިލް ބްރޭކް ޔޮ ހޭންޑް...." ދޮރު ހުޅުވުމާއެކު އަލްބާންގެ ރުޅިވެރި މޫނަށް މަޑުމޮޅިކަމެއް ވެރިވިއެވެ. ކައިލް ކަމަށް ހީކޮށް ކިޔުނު އެއްޗިއްސަށް ވެސް ލަދުގަތެވެ.
" ބްރެކްފާސްޓް...." ބާބިލް ރަކިވެފައި ހުރެ ދިއްކޮށްލީ އޭނާ އަލްބާން އަށް ތަބަކަށް ލައިގެން ގެނައި ފުރިހަމަ ނާސްތާއެވެ. ބަލަން ނުކުރި ހުރެފައިވެސް އިސްއުފުލައިލެވުނެވެ. އަލްބާންގެ ހޭވިފައި ހުރި ތެތް އިސްތަށިގަނޑު ލޯ މައްޗަށް އެޅިފައި އޮތް ގޮތުން އެ ދުރުކޮށްލަން ހިތް އެދުނެވެ. އެ މޫނުގަިއ ހުރި ތާޒާ ކަން ފެނި ރޭ ނުނިދައި ބާބިލްގެ ޚިދުމަތުގައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އެސްފިޔަ ދިގު އެ ލޮލުގައިވީ މީހަކު އެެއަށް ގެއްލިދާފަދަ ސިއއްރުވެރިކަމެކެވެ. ހިތްހެޔޮ ހިނިތުންވުމެކެވެ. އެ ހިތުގެ ސާފުކަން ހިނިތުންވުން ފުދެއެވެ. ބާބިލް އަށް އޭނާގެ ހައިސިއްޔަތު ހަނދާންވާން ހިނދުކޮޅެއް ނެގި ނަމަވެސް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.
"އަލް.....ކޮޓަރީގަ ބަހައްޓަ ދޭން ވީ ތަ؟" ބާބިލް އޭނާގެ ބެލުން ތިރިކުރިއެވެ. އަލްބާން ހުރީ ބުދެއްހެން ގަބުވެފައެވެ.
" އަ...ޔާ....ބާބް ބުނި ނަމަ...ކައިލް ކަމަށް ހީކޮށް..." އަލްބާން މާފަށް އެދޭފަދަ ގޮތެއްގައި ވާހަކަ ދެއްކިއެވެ. އަދި އޭނަ ވަނުމަށް ތަން ދެއްކިއެވެ. އޭނާއަށް ބާބިލް ކުރިމަތީ ބައެއް ފަހަރު ވާހަަކ ދައްކަންވެސް ނޭނގޭފަދަ ގޮތެއްވެއެވެ. އަލްބާން އެހާ ރަކިވެދާނެ ކަމުގައި އުއްމީދުނުކޮށް ހުރި ބާބިލް އަށް ހެވުނެވެ.
" ދެޓް ސްމައިލް....." އަލްބާން ވައި އަޑަކުން ހިތާ ހިތުން ކިޔާލިއެވެ. ބާބިލްގެ ތުންފަތަށް ވެރިވާ ހިނިތުންވުމުން ހަގީގަތުގައިވެސް އޭނާގެ ހިތުގެ ތެޅުން ބާރުކުރުވައެވެ. އެނދު ކައިރީ ހުރި ސައިޑް ޓޭބަލް މަތީގައި ނާސްތާ ބެހެއްޓުމަށް ފަހު ބާބިލް އެނބުރުނު ވަގުތު ފައިގާ އަޅަިއގަތީ އަލްބާން ގުޅައަކަށް ޖަހާފައި ހުރި ހެދުމެވެ. އަލްބާން އަވަސް އަވަހަށް ހެދުންތައް ނަގައި ދާ ވަށިގަނޑަށް އެއްލައިލިއެވެ. އެއި ބާބިލް އަށް އާ މަންޒަރެއް ނޫނެވެ. ނަމަވެސް އަލްބާން އުޅޭ ގޮތުން ބާބިލް އަށް ހެވެނީއެވެ.
" ބާބް ހެނީ އޯ....މީހުންނަށް މަލާމާތް ކުރާކަށް ނުވާނެ...." އަލްބާން ގެ މޫނު ރަތް ވިއެވެ. ދުވަހަކުވެސް އެހާ ލަދުރަކި ކަމެއް އަންހެން ކުއްޖެއް ކުރިމަތީ އޭނާއަށް އިހުސާސްވެފައި ނެތެވެ.
"އެ ދެން އާ ކަމެއް ނޫން ވީމަ....ޔޫ އާ ފޮގެޓިން އައި ކްލީން ޔޯ ރޫމް މޯ ދޭން ޔޫ....ތި ދާ ތަނަކަށް ރަނގަޅަށް ކައިގެން ދާތި...ޒަހްރާއްތަ ބުނީމަ މިއައީ ކާއެއްޗިހި ހިފައިގެން..." އަލްބާން ހުއްޓި ހުރިގޮތުން ބާބިލް އިސްޖަހައިލާ ދެއަތް ދެއަތާ މޮޑެމުން ވާހަކަ ދެއްކީ އަވަހަށް އެ ކޮޓަރިން ނިކުތުމަށެވެ.
"ހްމް..ހްމް...ޒަހްރާއްތަ ބުނީމަ ހުރިހާ ކަމެއްވެސް....ހިކުރީ ބާބް ކާންދޭ ހިތުން ގެނައީ ކަމަށް....ކާހިތެއް ނެތް..." ދޮރާ ދިމާއަށް އަވަސް ފިޔަވަޅުތަކުގައި ހިނގާފައި ދިޔަ ބާބިލް ހުއްޓުވުމުގެ ނިޔަތުގައި އަލްބާން ވާހަކަ ދެއްކިއެވެ. ބާބިލް އެނބުރިލާފައި ލޯ އަލައިލިއެވެ.
" އަންގްރޭޓްފުލް....އަލް ގެ ލައިފް ބޭނުންވާނެ އެތައް ބަޔަކު މި ދުނިޔޭގަ ތިބޭނެ..." ބާބިލް ޗުސް ކަނޑާލައި އަލްބާން އަށް ލޯ ހިމަކޮށްލަމުން ބަލައިލިއެވެ.
" ފިލޯސަފާ ބާބާ ބުލްބުލް..." އަލްބާން ފުން ނޭވާ އެއް ދޫކޮށލްމަުން ބާބިލް އަށް ބުނެލީ އޭނާ އަބަދުވެސް ބާބިލް ރުޅިއަރުވާލުމަށް ބޭނުންވކުރާ ނަން ބޭނުންކޮށެވެ. ބާބިލް ގެ ނޭފަތް ރަތްވިއެވެ. އަދި ތުންފިތައިލީ އަލްބާން ދެކެ ރުޅިންނެވެ.
" މިޝަން އެކޮމްޕްލިޝްޑް....ނޭފަތް ހަމަ ހީވަނީ ޖަންބެއް ހެން....ކުޑަކުޑަ އިންސާނުން ތިހާ ރުޅި އައީމަ ވަޔަށް އަރައިގެން ދާނީ..." ސައިތަށިން ކޯވަރެއް ބޯލަމުން އަލްބާން ސަމާސާކޮށްލިއެވެ.
" ވަޓްއެވަ.....ހެދުމުގެ ރަނގަޅު ފުށް ނޭނގޭ މީހުން ތިހާ މޮޅެތި ވާހަކަ ދައްކާކަށް ނުވާނެ...." އޭނަ ކަޅި އަނބުރާލިއެވެ.އަލްބާން ވަރަށް ހަމަޖެހިލައި ޓީޝާޓު ހިއްލާލި ވަގުތު ބާބިލް އޭނާގެ ލޯ މަތި އަތް އެޅިއެވެ.
" ޔާ ރައްބީ....އަލްބާން............................." ބާބިލް ލޯ ނިވާކޮށްހުރެ ބާރު ހިނގުމުގައި އެ ކޮޓަރީން ނިކުތީ ލަދުން މަރުވާވަރުވެފައި ހުރެއެވެ. ނިކތް ވަގުތު ކައިލް އާއި މުޑި ނޭރީވެސް ކިރިޔާއެވެ. ކައިލް ބާބިލް އަށް ގޮވާލުމުން ސިހިފަިއ ލޯ މަތިން އަތް ނަގައި ދުވެފަިއ ދިޔައީއެވެ.
" ބާބް ފަކިރު ހުރީ ރަތް ވެފަ....އެ ފަކީރަށް ކޮން ޖެއްސުމެއްތަ ކުރީ...." ޓީޝާޓު ރަނގަޅުފުށަށް ލާން ހުރި އަލްބާން ކުރެން ކައިލް އަހައިލިއެވެ.
" ކިއުޓް...." އަލްބާން ގެ ތުންފަތަށް ވެރިވި އާދަޔާ ހިލާފު ހިނިތުންވުމެކެވެ. ކައިލް ވެސް އަނގަޔަށް ގޮތެއް ހަދައިލައި ނިތް އަރުވާލިއެވެ.
" ދެން ކޮފީ އަށް ގޮސްވެސް ކެވިދާނެ ނު...ހިނގާބަލަ..." ކައިލް އަވަސް އަރުވާލަން ބޭނުންވި ނަމަވެސް އަލްބާން އޭނަ ގެ އަތުގެ އިޝާރާތުން މަޑުކުރުމަށް އެދުނެވެ. ދެކޯ ފުރޭވަރަށް ބިސްގަނޑު އަނގަޔަށް ލަމުން ކޮފީ ތަށި ދަމާލިއެވެ.
***
" ކޮބާ ވިލްދާން؟. އަންނާނެ ކަމަށް ހިކުރީ...އެހެން ނޫން ނަމަ މުޅި އާއިލާ ވެސް ހަމަވީތާ..." އައްޒަހްރާ އަހަިއލީ ސަހަރް ކުރެންނެވެ. ވެލްވެޓް މޭންޝަންގެ ތަނަވަސް ސިޓިންރޫމުގެ ބޮޑު ސޯފާގައި އެންމެން ހަމަޖެހިލައި ތިއްބެވެ. ނައީމު އާއި އަދީނާ ވެސް އައި އެވަގުތުއެވެ. ސަހަރްގެ ހިޖާބު އަޅާފައިވާ މޫނުން ފެންނަން ހުރި ލޮލުން ދަންނަ ފާޑުޖެހިއެވެ.
" އަދީނާ....ވަރަށް ދުވަސްކޮށްފަ ދޯ މި ދިމާވީ....ސަހަރް....ވިލްދާން ގެ އަންހެނުން...." އަދީނާ އާއި ސަލާން ކުރަމުން އޭނާ ތައާރަފު ވެލި އިރު އަދީނާ ގެ ނަޒަރު ހުއްޓުނީ ނައީމުގެ މުނަށެވެ. އެ މޫނަށް ވެރިވީ ނުލަފާ ހިންޏެކެވެ.
"ކޮބާ ވިލްދާން؟ވަރަށް ދުވަސްވެއްޖެ ނުފެންނަތާ....އަނެއްކާވެސް ގެއްލުނީތަ؟" ނައީމު އަތް ދިއްކޮށްލީ ސަލާމަށެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ހުރި ޖެއްސުން ކުރާ ރާގު އަހެދް އަށް ނަގައިގަނެވުނެވެ. ސަހަރް އޭނާގެ މޭމަތި އަތް އަޅާފައި ސަލާމުގެ ޖަވާބު ދިނުމުން ނައީމު ރަކިވެފައި އޭނާގެ އަތް ފަހަތަށް ލިއެވެ. ނައީމު އެ ދެއްކި ވާހަކައިން ސަހަރް އަށް ވެސް އުނދަގު އިހުސާސް ކުރުވި ނަމަވެސް އނާ މަސައްކަތް ކުރީ އެއީ ވިލްދާން ފެންނަން ނެތުމުން ބުނި އެއްޗެއް ކަމަށް ނިންމުމަށެވެ. އެކަމަކު ހިތް އެކަމާ އަރައިރުންވަމުން ދިޔައެވެ.
"ބައްޕަ ވި މީޓިން އަކު....އަތުވެދާނެ ނިމުނީމަ..." މައިރާ ޖަވާބު ދިނީ ހިނިތުންވުމާއެކީއެވެ. ނައީމު މައިރާ އަށްފަހު އަހެދްގެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. އެއްގޮތް ސިފަ އެއް ހުރިތޯއެވެ. އަހެދް އަށް ނައީމުގެ ސިކުނޑީގައި ކުޅެވެނީ ކޮން ވަޑާމެއް ކަން އެނގެން ބޭނުންވެފައި ހުރެވުނެވެ. ޒަހްރާ ތެދުވެ ނައީމު އާއި އަދީނާ އަށް އިށީންނަން ތަން ދައްކާދިނެވެ. އަދީނާގެ އަތުން ފެން ހިލުނެވެ. އޭނާގެ ހިތް ބިރުގަތެވެ. ތަޤުދީރުގެ ނިޔާ އާއި މެދު ހައިރާންވިއެވެ. ފީރޯޒާގެ މާޒީގެ ސަފްހާއެއް މިފަދަ ގޮތެއްގަިއ ފާޅުވެދާނެ އޭ ދުވަހަކު ހީނުކުރެއެވެ. ވިލްދާން އަށް އަހެދްއަކީ އޭނަގެ ދަރިއެއްކަން އެނގިދާނެބާއޭ ހިތުގައި ސުވާލު އުފައްދަމުން ދިޔައެވެ.
" ދެރައީ މި ދުވަސް ދެކެން ކަލޭގެ ކޮއްކޮ ނެތްކަން....ތި ވިލްދާނަކަށް ވެސް ލައްކަ ދުވަހަކު ފިލައިގެން އުޅެވިއްޖެ ނު...." އަދީނާގެ ކަންފަތް ކައިރީ ނައީމު ވައި އަޑުން ބުނެލިއެވެ.
"އޯލް އޯކޭ؟ކިހިނެއްވީ ފިނިވީތަ؟" އަހެދް ކައިރީ އިށިނދެއިން މުރުތަސިމް އަށް އަހައިލެވުނީ އަހެދް އެއް ދިމާއަކަށް ބަލަހައްޓައިގެން ހުއްޓިފައި އިނުމުންނެވެ. އޭނަ ބޯ ހޫރާލައި އެއްވެސް ކަމެއް ނުވާ ކަމުގައި ހަދައިލިއެވެ.
" މާތްކަލާކޯ.....ނާސްތާ ނިންމާލީތަ؟" ސަކީނާ ގެ އަޑު މުޅިތަނުގައި ގުގުމާލިއެވެ. ނައީމު އެ ދިމާއަށް ނަޒަރު ހުއްޓާލާފައި ލޯ އަޅައިލިއެވެ.
" ނާސްތާއަށް އެރުވި ތަށިތައްވެސް ކާލައިގެން އައިސް އެ އަހަނީ..." ނައީމު އަށް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ. ނަމަވެސް އެނެމެން އެކި އެކި ވާހަކައިގައި ތިބުމުން އެހާ އަޑު ސާފެއްނުވިއެވެ. އަދީނާ އަށް ނައީމުގެ އަތަށް ފިތާލެވުނެވެ. އޭނަ އަދީނާ ގެ އަތް ފޮޅާލީ ކަޅި ހަދާލަމުންނެވެ.
" ނޫނޭ....ދައްތަ އަންނަން ދެން ހަމަ މިތިބީ....އަވަހަށް އާދޭ..." ސަހަރް ވާހަކަ ދެއްކިއެވެ. އެންމެންވެސް ކާގެއަށް އައުމަށް ޒަހްރާ ދައުވަތު ދިނެވެ. ނައީމު ދާން ތެދުވެފައި އަހެދް ހުއްޓުވިއެވެ. މުރުތަސިމްގެ ހިތަށް އުނދަގޫ ކުރުވީ ނައީމު އަހެދްގެ އަތުގައި ހިފިގޮތުންނެވެ.
" މޮޅު އިނގޭ.....ކަލޭގެ މަންމަ މިއަދު ހުރި ނަމަ ނިކަން އުފާވީސް...ނޭނގޭ އޭނަގެ ބޫތުވެސް މިތާ ފުމި ފުމި ހުންނާނެ ތޯއްޗެއް..." ނައީމު ނުލަފާ ހިނިގަނޑެއް ޖަހައިލިއެވެ. އެވަގުތު ސަކީނާ އޭނާގެ ބަރުހެލި ފިޔަވަޅުތަކުގައި އައިސް އެ މީހުންނާއި އަރާ ހަމަކުރިއެވެ.
"ކާކުގެ ބޫތެއް....މަ ބުނީ ތިއީ ފިރޯޒާގެ އަސްލު ދައްތަ ތަ؟ފީރޯޒާ ހާދަ ދޮންކޮށޭ އެކަމު ހުންނަނީ..." ސަކީނާ ވަރަށް ހެވިލާފާއި އަދީނާއާއި ހަތަރުކަޅިހަމަކޮށްލިއެވެ. ނައީމު އަށް ހެވުނެވެ.
" އަދީނާގެ މަންމަ މާގިނައިން ރިހާކުރު ކައްކަން ދަރު އުނދުން ތެރޭގއި އޮތީމަ އޭނަ ކަޅުވީ..." ނައީމުގެ މަލާމާތް ސަކީނާ އަށް ވަރަށް މަޖާވިއެވެ.
"އަދި ކިރިޔާ ރަނގަޅު މީހަކާ މިދިމާވި...." ސަކީނާ އަށް ހެވުނެވެ. އަހެދްގެ ރުޅިގަނޑު ގަދަވެ ހަމައިން ނެއްޓޭވަރުވިއެވެ.އޭނަ ބޭނުންވީ އެތަނުން ދުރަށް ދިޔުމަށެވެ.
***
"ކައިލް ކަލޭ މޮޔަ ތަ؟" އަލްބާން އިނީ ކައިލް ފާޅުކުރި ހަގީގަތް އަޑުއިވުމުން ހައިރާންވެފައެވެ. ކައިލް އިސްޖަހާލައިގެން އިނީ ބުނާނެ އިތުރު އެއްޗެއް ނޭނގިފައެވެ.
ނުނިމޭ