"ހަޔާތުގައި ކޮންމެފަދަ ކަމެއް ދިމާވިޔަސް އުއްމީދުކަނޑާލާކަށް ނުވާނެއެވެ. ދަތި އުދަގޫތައް ފިއްލެވުމަށް ﷲ ކުޅަދުންވަންތައެވެ."

***

ދެ މަސް ފަސް

ލަންޑަން ސިޓީގެ ހަލަބޮލި އަޑުތަކާއި ތަންކޮޅެއް ދުރުގައި ހުރި ޕާކު ތަނަވަހެވެ. ގަސްތަކުގެ ގޮފިތައް ވަޔާއެކު ނަށަމުން ދިޔައީ ބަހާރުގެ ނަޔާ ވަހުން މުޅި ތަން އެއްވަސް ކުރުވަމުންނެވެ. އެ މޫސުމުގެ ފެހިކަން ޖަރީ ކުރުވާފައިވަނީ ކުލަ ކުލައިގެ މާތަކުންނެވެ. އުޑުމަތީގައިވާ ހުދު ވިލާތަކުގެ ތެރެއިން މެންދުރުގެ އަލިކަން ފަނޑު ގޮތެއްގައި ފާއްދާލާފައިވާއިރު ފެންނަނީ ލޮލަށް ފަސޭހަ މަޑު ރިހިކުލައެއްގައެވެ. އެ އަރާމު ހިތް ފަސޭހަ މާހައުލުގައި، ބޯގަހެއްގެ ހިޔަލުގައި ހުރި ބެންޗެއްގައި އުރުޖުވާން އިށީނދެލައިގެން އިނެވެ. ކަޅު އަބާޔާއެކު މަޑު ކެޝްމިއަ ފިޔާތޮށި ސުވެޓަރެއް ލައިގެންނެވެ. އުރުޖުވާން ލޯ މަރާލަމުން ފުން ނޭވާ އެއް ލީ ބަހާރު މޫސުމުގެ ފުރުތަމަ ހިމަ ފޮދު ވާރޭ އަށް އަތްތިލަ ދިއްކޮށްލަމުންނެވެ. އަދި ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލަމުން ލޯ ހުޅުވާލީ އެ ހިމަ ފޮދު ވާރެއިން ތެމުނު އަތް ބަނޑުގައި ބީއްސާލަމުންނެވެ.

ލޯ ހުޅުވުނީ ހުވަފެނީ މަންޒަރަކަށެވެ. ދުރުން ފެންނަމުން ދިޔައީ ކުޑަ ކުޑަ އާއިލާއެއް އުފާކުރާ މަންޒަރެވެ. ތުއްތު ކުއްޖެއް ވާރޭ ތިކިތައް ފަހައި ދުވާއިރު އެ ކުއްޖާގެ މައިންބަފައިންގެ ހުނުމުގެ އަޑެވެ. އެ ތުއްތު ދެ އަތުން ފަލި ޖަހަމުން ދުވެފައި އެ ދެމީހުންގެ އަތު ތެރެއަށް އައި ތަނެވެ. އުރުޖުވާންގެ ލޯ ފެންކަޅި ވިއެވެ. އެފަދަ ހަޔާތަކަށް އޭނަވެސް އުއްމީދުކުރިއެވެ. އެކަމަކު އެއީ މިހާރު އޭނާގެ ތަޤުދީރުގައި ލިޔެވިފައިވާ ސަފުޙާއެއް ނޫން ކަމަށް ހިތް ބުނަމުންދިޔައެވެ. ހިތް ކިތަންމެ ނުރުހުނަސް އެފަދަ މަންޒަރުތައް ލޮލަށް ފެންނަ ކޮންމެ ފަހަރަކު މާޒިމްގެ ހަނދާންތަކާއި ދިރިއުޅުން ބިނާ ކުރުމަށް ރޭވި ރޭވުންތައް ސިކުނޑީގައި ކުޅެވެމުންދެއެވެ. އެއީ ދުރު ހުވަފެނެއްކަން ނަފްސަށް ވިސްނައިދޭން ޖެހެއެވެ. ލޮލުގައި ހިފެހެއްޓިފައިވި ކަރުނަ ތިކި ކޯތާފަތަށް އެޅުނީ މީހަކު އޭނާގެ ކޮނޑުގައި އަތް ބޭއްވުމުންނެވެ.

"އުރޫޖް...." މަދީނާގެ އަޑެވެ. އުރުޖުވާން ސިހިފައި އެނބުރުނެވެ. ލަންޑަނަށް އައިތާ އެތައް ދުވަހެއް ވީއިރުވެސް މަދީނާ ފެނުމުގެ ނަސީބެއް ނުލިބެއެވެ. މަދީނާ އައިގޮތަށް އޭނަގެ ގައިގައި ބައްދާލަން ހިނދުކޮޅެއްވެސް ނުނަގައެވެ. ފިތާ ބާރުކޮށްލީ އެހާވެސް ބާރަށެވެ. އުރުޖުވާން ނޭވާ ނުލެވޭ ވަރު ވުމުން ކުޑަކޮށް މަދީނާގެ ގައިގާ ކޮށްޓާލިއެވެ.

"އޮ ނޯ...ސޮރީ....ބޭބީ އަށް ތަދުވާނެތަ؟" މަދީނާ ކަންބޮޑުވެ އަނގަމަތީގައި އަތްއެޅިއެވެ. އުރުޖުވާން މަދީނާގެ މޫނުގައި ފިރުމާލީ ލޯބިން ފުރިގެންވީ ނަޒަރަކާއެކުގައެވެ. މަދީނާ ގެ ލޮލުން މާޒިމް ސިފަވި ހިނދު އަވަހށް ދުރު ބަލާލެވުނީ ކަރުނަ ފޮހެލަމުންނެވެ.

" އަޅެ....އުރޫޖް ހާދަ ބޭޑް އޭ...މިސް ވެސް ނުވޭތަ؟ހަމަ އެހާ ދުރުކޮށްލީ؟އުރޫޖް ރުޅި ވިޔަސް ބޭބީ ގެ ވެސް ހައްގެއް އޮންނާނެ އެއްނު....އީވެން އިފް ޔޫ ޑޯންޓް ކޮންސިޑަ މީ އޭޒް ފެމިލީ...މިއީ ބޭބީ ގެ އާންޓް....އެވެސް ވަން އެންޑް އޮންލީ ޕެޓާނަލް އާންޓް..." މަދީނާ އޭނާގެ ޝަކުވާތައް ބަންޑުން ކޮށްލީ ބަނދިވަރެއް ހެންނެވެ. އުރުޖުވާން އަށް ހެވުނެވެ. މިހާ ދުވަސްކޮށްފައި އެ ތުންފަތަށް ހިނިތުންވުން ވެރިކުރުވި ފުރަތަމަ ފަހަރެވެ.

" ތި ކާކު ބުނި ވާހަކައެއް....އައި ޓްރައިޑް....އެކަމު އަހްމަދުބެ...ސޮރީ މިބުނީ ބައްޕަ އެކަމަށް އެއްބަސް ނުވާތީ...މެހެކް ކިހިނެއް؟ބައްޕަ ގެ ނުގަބޫލުގަ ކައިވެނި ކުރަންވީމަ ވަރަށް ދެރަ ވާނެ....މީކާ ވެސް ދިމާވަނީ ހޮސްޕިޓަލަށް ދާން ޖެހެންޏާ....ވަރަށް ބަސްމަދު...އައި ފީލް އެންމެންވެސް ބްލޭމިން މީ..." އުރުޖުވާންގެ އަޑުގައިވީ މޮޅިވެރިކަމެވެ. މަދީނާ އިސްޖަހާލިއެވެ. މެހެކްއާއި ޚުޝަލް ކައިވެނި ކުރި ދުވަހު މެހެކް ރުއިވަރު މަދީނާ އަށް ރަނގަޅަށް އެނގެއެވެ.

"ނޫން މެހެކް ލަވްސް ޔޫ....އެންމެ ދުވަހެއްވެސް ނުދާނެ އުރޫޖް ގެ ވާހަކަ އަހާނުލާ....އެކަމަކު އައިމް އޯލްސޯ ވާނުވާގަ ވިއްޔާ...މީކާއިލް އެއީ ހިތެކޭ ކިޔާފަ ގަލެއް އޮންނަ މީހެއް ކަންނޭނގެ...މެހެކް އާއި ދިމާވެލަން ވެސް ނާދޭ....ކުޑަބެ އަށް ވިޒިޓް ކުރޭ ވަރަށް މަދުން....އެކަމަކު ދެން އެނގެއެއްނު އަހްމަދުބެ އެހާ ސަޑެން ކޮށް ހުރިހާ ކަމެއް ކިޔަިއދިނިމަ މީކާ އަދިވެސް އެ އުޅެނީ އެކަން ގަބުލުކުރަން ދަތިވެގެން ޕްލަސް މެހެކް އެކަން ސިއްރު ކުރުމުން އެކަމާ އަދިވެސް ރުޅި ހަދާލާފަ....ވިޔާޑް ބޮއި އެއް...." މަދީނާ އަނގަޔަށް ގޮތެއް ހަދާލާ މީކާއިލް ގެ ވާހަކަ ދެއްކިއެވެ.

"އައި މިސް ހާ ޓޫ...ކީއްވެ ނައީ ގޮވައިގެން....މީކާއިލް އާއި ހާދަ ދުޝްމަން ހަދާފަ....ދެން ވަގުތު ނަގާނެތާ، އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ....އިޓް ވިލް ޓޭކް ސަމްޓައިމް ޓު މެންޑް ބްރޯކެން ރިލޭޝަންޝިޕްސް...ފެމިލީ ވީމަ ކޮންމެވެސް ދުވަހަކުން އަދި ގުޅުން ރަނގަޅުވާނެ...." އުރުޖުވާންގެ ލޯ ވަށައިގެން ހިންގައިލީ މެހެކް ފެނިލުމަށް އެދިއެވެ.

"މެހެކް އެއް ނާދޭ.....ކުޑަބެ އާއި އެކީ އައި ކޭމް....މިތާ ކައިރި ހައިޑް ޕާކް ގެ ސްޕިކާސް ކޯނާ އަށް....މިހެން ދަމުން ފެނުނީމަ..." މަދީނާ ދޮގު ހެދިއެވެ. އުރުޖުވާން އަށް ހެވުނީ މަދީނާ އަށް ދޮގު ހަދަން ނޭނގޭކަން އެނގިއެވެ.

" ހައިޑް ޕާކް އެއީ އަދި އެއީ އަނެއް މަގު....ކެނާން އައީ ދޯ ގޮވައިގެން....އާންމުކޮށް މިކާއިލްއާއި އެކީ ހޮސްޕިޓަލަށްދާ ދުވަސް ތަކުގަ މި ޕާކަށް މަޑުކޮށްލަ ދޭން ބުންޏަސް ވަގުތު ނެތް ކަމަށް ބުނެ ނުކުރާނެ...ހަމަ ސްޓްރެއިޓް ހޯމް...މިއަދު ވަރަށް ތަފާތު....މިއަދު ޕާކަށް މަޑުކޮށްލީ...." އުރުޖުވާން ކަންވިގޮތް ކިޔާލަދިނެވެ. މަދީނާ އެވާހަކަ އަޑުއަހަން އިނީ އުރުޖުވާންގެ މޫނަށް ގެއްލިފައި ހުރެއެވެ. ހިތާހިތުން މީކާއިލް އެފަދަ ކަމަކަށް އެއްބަސްވުމުން ޝުކުރުކުރެވުނެވެ.

"ހްމް...ކުޑަބެ ބުނީމަ އެއީ....އެތައް ފަހަރަކު އައި މެސެޖްޑް ހިމް އުރޫޖް އާއި މީޓް ކުރެވޭނެ ގޮތެއް ހޯދަން އެކަމަކު ސިންޒޯން ކޮށްލާނެ...ވަރަށް ފޫހި ވޭ..." މަދީނާ ތުން ދަމާލީ ކުޑަކުއްޖެއް ބޮޑާހާކާނެ ގޮތަކަށެވެ. އުރުޖުވާން އަށް އެ ދެމީހުންގެ ކުރީގެ ހަނދާންތައް ސިކުނޑީގައި ކުޅެވުނެވެ. އެ ހަނދާންތައް ލޮލަށް ކަރުނަ ޖަމާކުރިއެވެ. މަދީނާ އަށް އެ މަނޒަރު ފެނި އުރުޖުވާން ގެ އަތައް ފިތާލެވުނެވެ. އުރުޖުވާން އޭނާގެ މޫނު އަނބުރާލީ ފޮރުވުމަށެވެ. އޭނާގެ ހިތުގައި ވާ ހިތާމަތައް އެއްވެސް މީހަކަށް ހާމަކުރާކަށް ބޭނުމެއް ނުވިއެވެ.

" ދޮންބެ...ގުޅިތަ؟" މަދީނާ ޖެހިލުންވެފައިވެސް އަހައިލިއެވެ. އެ ޚަބަރު އަހާހިތުން ކެތްނުކުރެވުނީއެވެ. މާޒިމްގެ ހާލަތާއި މެދު އޭނާގެ ހިތުގައިވެސް އެތައް ކަންބޮޑުވުމެއް ވިއެވެ. އުރުޖުވާން އޭނާގެ އަތް ދަމައިގަތެވެ. މާޒިމްގެ ޚަބަރެއް އޭނާއަށް ނޭގެއެވެ. އަހްމަދު ބުނެލާ އެއްޗެއް ފިޔަވައެވެ. ލަންޑަނަށް އައި ފަހުން ފޯނު އޮފް ކުރިގޮތަށް އުރުޖުވާން އޭނާގެ ފޯނު ބަލާނުލައެވެ.

" ދޮންބެ އަދި އަންނާނެ....ހީ ވިލް މޭކް ތިންގްސް ރައިޓް ފޯ ޔޫ....އައިމް ޝުއަ..." މަދީނާ އޭނާގެ ހިތުގައި އޮތް ޔަގީން ކަން ފާޅުކުރުމުން އުރުޖުވާން ރުޅިވެރިކަމާއެކު އެތަނުން ތެދުވުނެވެ. އަދި ބާރަށް ހިނގައިގަންނަން ފިޔަވަޅު ނޭޅެނީސް މަދީނާ އޭނާގެ އަތުގައި ހިފިއެވެ.

" އޯކޭ ސޮރީ..." މަދީނާ އުރުޖުވާންގެ ކުރިމައްޗަށް އަރައި އޭނާގެ ކަންފަތުގަިއ ހިފައި މާފަށް އެދުނީ ތުންފަތަށް ގޮތެއް ހަދާލަމުންނެވެ. އުރުޖުވާން ނުހޭން ހުއްޓަސް މަދީނާގެ ނުސިޔާނުކަން ފެނި ހެވުނެވެ.

" ހްމްމްމް...ދެންވެސް ބޭކާރު ވާހަކަ ނުދައްކައްޗޭ....ޕްރެގްނަންސީ ހޯމޯންސް ބްރިންގް އައުތް ދަ ބީސްޓް އިން މީ..." އުރުޖުވާން ވެސް މަޖާ ގޮތެއްގައި އިންޒާރެއްދިނީ މަދީނާގެ ހެދުމަށް ލޯ ހިންގާލަމުންނެވެ. މަދީނާ ލައިފައި ހުރި ހެދުން ލޮލުގަިއ އަޅައިގަތީ އަދި ކިރިޔާއެވެ. ގަދަ ނޫކުލައިގެ ދިގު އަބާޔާއެކެވެ. ބުރުގާވެސް އަޅާފައި އޮތީ ބޮޑުކޮށެވެ. އުރުޖުވާންގެ މޫނު އުޖާލާވިއެވެ.

"اللّهُـمَّ بارِكْ....ހާދަ ރީއްޗޭ...ހަނދާންވޭތަ ފަސްޓް ޓައިމް އަބާޔާ ޓްރައި ކުރި ދުވަސް...." އުރުޖުވާން ހަނދާންކޮށްދިނެވެ. މަދީނާ ބޯ ޖަހައިލީ އިރު އެސްފިޔަތައް ކަރުނުން ބަރުވިއެވެ. އެ ދުވަހަށްފަހު ހާސް އަހަރު ވެގެން ދިޔަހެން ހީވިއެވެ. އެހާ ގާތް ގުޅުމެއްގެ ތެރެއަށް މިހާ ދިގު ރާސްތާއެއްގެ ހުސް ކަމެއް އަތުވެދާނެ ކަމުގައި ދުވަހަކު ވެސް އުއްމީދެއްނުކުރެއެވެ.

"ކޭން ނެވަ ފޮގެޓް....އެދުވަހު ދޮންބެ...މިބުނީ ނަން ނުކިޔާ ފަރާތް..." މަދީނާ ދައްކަން އުޅުނީ މަޖާ ވާހަކައެއް ކަމުގައި ވިޔަސް ވެސް މާޒިމް ގެ ނަން ގަނެގެން އުރުޖުވާން އަނެއްކާވެސް ރުޅި އިސްކޮށްފާނެ ކަމަށް ވާހަކަ މެދުކަނޑާއިލިއެވެ.

" ނަން ނުކިޔާ ފަރާތް ކިހިނެއްވީ އޯ..." އުރުޖުވާން އެވާހަކަ އަޑުއަހަން ބޭނުންވިއެވެ.

"އުނހޫ...ބަހައްޓާ....އަސްލު ދޮންބެ ގެ ވާހަކަ އުރޫޖް ކައިރިން އެހީ ދެރަ ކުރާކަށެއް ނޫން...މޯސްޓްލީ ބިކޯޒް އައި ހެވެންޓް ހާޑް ފްރޮމް ހިމް.....މިހާރު މޯ ދޭން ޓޫ މަންތްސް..."ބެންޗްކައިރީގައި ހުރި ފިނިފެންމާގަހެއްގައިވާ މަލަކާއި ކުޅެލަމުން މަދީނާ ވާހަކަ ދެއްކިއެވެ. އުރުޖުވާން ސިހުނެވެ. ސިކުނޑިއަށް ވެރިވީ ކަންބޮޑުކަމާއި ނުތަނަވަސްކަމެވެ. މާޒިމް އެގޮތަށް ހަބަރު ނުވެ ހުންނާނީ އަނެއްކާ އޭނާއަށް ބޮޑުކަމެއް ދިމާވުމުންނޭ ހިތް ބުނަމުން ދިޔައެވެ.

"އެ ކީއްވެ؟މާޒް އަށް ކަމެއްވީތަ؟އެއްވެސް ހަބަރެއް ނުވަނީތަ؟ބައްޕަ ބުނި ފަރަހް އާއި...ކައިވެނި..." އުރުޖުވާން ގެ ކަރު ބެދުނެވެ. ފަރަހް އާއި މާޒިމްގެ ކައިވެނީގެ ވާހަކަ ދައްކަން އޭނައަށް އުނދަގޫވިއެވެ. އެ ލަފްޒު އަނަގއިން ބޭރުކުރިއިރު ހިތުގައި އެތައް ވޭނެއް އެޅިއެވެ. މަދިނާގެ ލޯ ބޮޑުވިއެވެ. އެއީ އަދި އޭނާ ދެނެހުރި ކަމެއް ނުނެވެ.

"ވަޓް.....ތިބުނީ....ދޮންބެ އާއި ވާހަކަ ދެއްކުން މަނާ ކޮށްފަ އޮތީ މަންމަ ގެ ޚަބަރު އެނގިދާނެތީ....ހަމަ ޔަގީންތަ ފަރަހް އާއި ދޮންބެ ކައިވެނި ކުރިކަން؟ކީއްވެ އެހާ ބޮޑުކަމެއް ހިނގިއިރު އެއްވެސް މީހަކު ނުބުނީ..........."މަދީނާ ހައިރާންވެ އަންތަރީސްވިއެވެ. އޭނާގެ ދުލުން ބޭރުކުރެވުނީ ކިހާ ބޮޑު ސިއްރެއްކަން ވެސް ރޭކާ ނުލައެވެ.

"މަންމަ؟ތިބުނީ.." އުރުޖުވާން ގެ މޫނުމަތިންވެސް ހައިރާންކަމުގެ ކުލަވަރު ފެނުނެވެ.

ތަންކޮޅެއް ދުރުގައި އެ މަންޒަރު ދެކެން ކާރު ތެރޭގައި އިން މިކާއިލް ކެނާން ގައިގާ ކޮށްޓާލިއެވެ. އޭނައިނީ ފޯނަށް ގެއްލިފައެވެ. އުރުޖުވާން އާއި މަދީނާ ގެ މޫނަށް އަރަމުންދާ ކުލަވަރުތައް ފެނި އެ ދެމީހުންގެ ދެމެދުގައި ބަދަލުކުރެވެނީ ކޮން ވާހަކައެއްކަން ޝައްކު ކުރެވުނީއެވެ.

" އޭރުވެސް ބުނިން ދޯ...މަދީނާ އަކަށް ސިއްރެއް ނުހިފެހެއްޓޭނެއޭ....އަނެއްކާވެސް އިތުރު ހައިޖާނެއް އުފެދެނީ...އެހެންވެ އަހަރެން އޭރުވެސް ބުނީ ދިސް އިޒް އަ ބޭޑް އައިޑިއާ އޭ..." މީކާއިލްގެ އަޑުގައިވީ ހިތްހަމަނުޖެހުމާއި ނުރުހުންތެރިކަމެވެ. އޭނަ ކާރުން ފޭބިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު