ކޮލަމާފުށިން ދެ ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި

އިއްޔެ ކޮލަމާފުށިން ހޮވި މާވަހަރު ކަމަށް ބެލެވޭ އެއްޗެއް---

ގއ. ކޮލަމާފުށިން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް އިއްޔެ ހޮވައިފިއެވެ.

ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހީމް ވަހީދު މިއަދު 'ސަން'އަށް ވިދާޅުވީ، އެ ރަށުން މާވަހަރެއް ކަމަށް ބެލެވޭ ހަތަރު އެތިކޮޅު އިއްޔެ ހޮވާފައިވާ ކަމަށެވެ.

އެގޮތުން، އެ އެއްޗެހިތައް ފުރަތަމަ ފެނުނީ އިއްޔެ ހެނދުނު 10:00 ހާއިރު އެރަށު ގޮނޑުދޮށަށް ފައިބާ އުޅުނު މީހަކަށް ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

އެ ހަތަރު އެތިކޮޅު އެއްކޮލުމުން ދެ ކިލޯވަރު ހުންނާނެ ކަމަށާއި އެ އެއްޗެހިތައް ހޮވާފައިވަނީ ތިން މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހޮވާފައިވާ އެތިކޮޅުތަކަކީ މާހަރެއްތޯ ޔަގީން ކުރުމުގެ މަސައްކަތް އެ ހޮވި މީހުން ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް