ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ޖައިޝަންކަރު ބައްލަވާލެއްވުން -- ފޮޓޯ

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް އިންޑިއާ ސަރުކާރުގެ އެހީގައި އަޅަމުން ގެންދާ ބްރިޖްގެ މަޝްރޫއު ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އެ ސަރަހައްދަށް ޒިޔާރަތްކުރައްވައިފިއެވެ.

މިއަދު "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރުވެ، ރާއްޖޭ އިގްތިސާދު ކުރިއަރާނެ ކަމަށެވެ.

ޖައިޝަންކަރު ވަނީ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވި ފޮޓޯތައް "އެކްސް"ގައި ހިއްސާކޮށްފައެވެ.

މިއަދު ތިލަމާލެ ބްރިޖްގެ މަސައްކަތް ބައްލަވާލެއްވުމަށް ޖައިޝަންކަރު ކުރި ޒިޔާރާތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމާރާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވެސް ބައިވެރިވެ ވަޑައިގެންނެވިއެެވެ.

ފްލެގްޝިޕް މަޝްރޫއުގެ ސަބަބުން ގުޅުން އިތުރުވެ އިގްތިސާދަށް ކުރިއެރުން ލިބިގެންދާނެ އެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ. އެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި، މި މަޝްރޫއު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބޮޑަށް ގަބޫލުކުރެއްވެނީ 2026 ވަނަ އަހަރެވެ. ނަމަވެސް، އެ މަނިކުފާނު ބޭނުންފުޅުވަނީ އަންނަ އަހަރުގެ ކުރީކޮޅަށް އެ މަޝްރޫއު އެއްކޮށް ނިންމައިލަން ކަމަށް ރައީސް ވިދާޅުވިއެވެ.

https://sun.mv/188510

އެހެންވެ، ކޮޕް 28 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުވުމުން، ތިލަމާލެ ބުރިޖުގެ މަޝްރޫއު އަވަސްކޮށްދޭން އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް