"ތިބާގެ ހިތަށް ގުރުއާނުން ޝިފާ ހޯދާށެވެ. އިބުން ގައްޔިމް ރަހިމަހުﷲ ވިދާޅުވއެވެ. ގުރުއާނުގެ އެންމެ އާޔަތެއް ނަމަވެސް ތަދައްބަރުކޮށް ކިޔަވާނަމަ އެއީ ތިބާގެ ހިތަށް ޝިފާ ލިބުމަށް ވާ ތަޅުދަނޑިއެކެވެ. އެއީ ސަތޭކަފަހަރު ނުވަތަ މުޅި ރޭގަނޑު އެއްކޮށް އެތަކުރާރުކުރިކަމުގައި ވިޔަސްމެއެވެ. ތަދައްބަރު ކުރުމަކާއި ނުލައި އަދި ވިސްނުމަކާއި ނުލާ ޚަތިމް ކުރުމަށް ގުރުއާން ކިޔެވުމަށްވުރެ އެންމެ އާޔަތެއް ނަމަވެސް ތަދައްބަރުކޮށް ވިސްނައިގެން ކިޔުން މާ ހެޔޮވެގެންވެއެވެ. އެކަމުން ހިތަށް މާބޮޑަށް ފައިދާކުރުވައެވެ. އަދި އީމާންތެރިކަން އިތުރުކުރުމާއި ގުރުއާނުގެ ފޮނިރަހަ ލިއްބައިދިނުން ކަށަވަރުކުރުވައެވެ."

***

ލޯ މެރިފައި އޮތް އުރުޖުވާން ގެ ލޮލުގެ ހިމަކޮޅުން އެ ލޮލުގެ ތެރޭގައި ފުރިފައި ހުރި ކަރުނަތައް ބަންޑުންވީ އިރު ދިގު އެސްފިޔަތަކުގައި ހަރުލާފައި ހުރި ކަރުނަ ތިކިތަކެވެ. އެހަލަބޮލިކަމުގެ ތެރޭގައި އުރުޖުވާންގެ މޫނަށް ބަލަހައްޓައިގެން ހުއްޓުން އަރައިފައި މާޒިމް އަށް ހުރެވުނީ ދުރުގައެވެ. އެ ކަރުނައިގެ ސަބަބަކީ އޭނާ އެވެ. އެފަދަ ދުވަހެއް ނާންނާނެ ކަމުގެ ވަޢުދު ފުއްދައިނުދެވުނެއް ކަމަކު އެ ފޮހެލަދިނުމަށް ހިތް ބޭޤަރާރުވިއެވެ. ކުރިޔަށް ފިޔަވަޅު އެޅުނީ ނެތް ހިތްވަރެއް ލާފައެވެ. ކިޔައިދޭން ބޭނުންވީ ހަގީގަތެވެ. ލަސްވި ކަމުގައިވި ނަމަވެސް އެވެ. ކުށަކަށް އަރައިގަނެވިފައިވާ ކަމުގެ ހަނދާނެއް ޚުދު އޭނަގެ ސިކުނޑީގައި ނެތް އިރު އެފަދަ ހަމަޔަށް ދެވުނުގޮތެއް އަދި އެފަދަ ކަމެއް ހިނގާ ދިޔަކަން ގަބޫލުކުރުމަށް އޭނާގެ ހިތަށް ވެސް ނުކުޅަދާނައެވެ. ނަމަވެސް މިހާރު އެ ހުރިހާ ވާހަކަތަކެއް ގަބޫލުކުރާނީ ކާކުބާއެވެ. ހަގީގަތް ދެނެވޮޑިގެންވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ. އުރުޖުވާންގެ ލޯތްބަށް ކުރާ ގަދަރާއި ވަފާތެރިކަން އަދިވެސް އެ ހިތުގައި ވާކަން ހާމަކުރަން ބޭނުންވިއެވެ. އެ އިތުބާރު ގެއްލުވާނުލާކަން ސާބިތުކޮށްދޭން ބޭނުންވިއެވެ. އުރުޖުވާން އަށެވެ. ދުނޔެއިން އެކަކު ގަބޫލުނުކުރިޔަސް އެންމެ ރަގަޅެވެ. ނަމަވެސް އުރުޖުވާން އެފަދަ ގޮތަކަށް މާޒިމް އާއި ދޭތެރޭ ހީކުރުމަކީ އޭނާ މި ދުނިޔެއިން ވެސް މޮޔަކޮށްލާނޭ ފަދަ ޚިޔާލެއްކަން ދެނެގަނެވުނީ އަދިކިރިޔާއެވެ. ނަރުހުންނާއި ޑޮކްޓަރުން އުރުޖުވާން ގެ ޚިދުމަތުގައި ވީއިރު އަހްމަދު ވެސް އެ އެނދު ގެ އަރިމަތީގައި ހުއްޓެވެ. އުރުޖުވާން ގެ ލޯ ހުޅުވުމަށް އާދޭސްކުރަމުން ދިޔައެވެ.

" ކަލޭ....އަހަރެންގެ ދަރީގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް ނިމުނީ...ދުރަށް ދޭ...މި ބުނީ ނު ދާށޭ..." އަހްމަދު ހަޅޭއްލަވައިގަތީ މާޒިމް ގަމީހުގެ ގިރުއާނުގައި ހިފައި ބާރުކޮށްލަމުންނެވެ. އަހްމަދުގެ ލޮލުގައިވީ ރުޅިވެރިކަމެވެ. މާޒިމްގެ ޝަހާދަތް އިނގިލީގެ ކޮޅުން އުރުޖުވާން ގެ ލޯ ފޮހެލަދެވުނީ ކިރިޔާއެވެ. އަހްމަދު ގަދަ ބާރުން މާޒިްމ ގެ އަތް ދުރުކޮށްލީ ރުޅިވެރިކަމާއެކުއެވެ.

" އަންކަލް ޕްލީޒް.....އެއީ އަހަރެންގެ އުރުޖުވާން...ޕްލީޒް ލެޓް މީ ހެލްޕް ހާ...." މާޒިމް އާދޭސްކުރާފަދަ ގޮތަކަށް ބުނެލިއިރު އޭނާގެ އެސްފިޔަތައް ބަރުވެފައިވީ ކަރުނައިންނެވެ.

***

"މާމާ....މާމާ..." އުރުޖުވާން މަޑު މަޑުން ގޮވާލިއެވެ. އެވަގުތު އަހްމަދު އަވަހަށް އުރުޖުވާން ގެ ގާތަށް އައިސް އުރުޖުވާންގެ ބޮލުގައި ފިރުމާލިއެވެ.

"ދަރިފުޅާ..." އަހުމަދު ގޮވާލި ތަނާހެން މާޒިމް ވެސް އައިސް އުރުޖުވާންގެ އަތްތިލައިގާ ހިފެހެއްޓިއެވެ. އުރުޖުވާން ގެ ލޯ މާޒިމްގެ މޫނަށް ހުއްޓުނެވެ. އެސްފިޔަ ވެސް ޖަހާނުލައި ބަލަހައްޓައިގެން އޮވެވުނީއެވެ. އިސްތަށިގަނޑުން ބައެއް ނިތްކުރި އަށް އެޅިފައި ވީއިރު ލޮލުގައި ކުޑަ ރަތް ކަމެއް ވިއެވެ. ލޮލުގައިވީ އާދޭހެވެ.

" ރޭގަ އެތައް ފަހަރަކު ބުނީމެއްނު މާފްކުރާށޭ.....އަދިވެސް ބޭނުންތަ އަހަރެން މާޒިމް އަށް މާފް ކުރަން..." އުރުޖުވާން ކުރަކި އަޑަކުން ވާހަކަ ދެއްކީ ވަރަށް ހިތްވަރާއި އެކުގައެވެ. ލޮލުން ކަރުނަ ނާޅަން ގަސްތުކޮށެވެ. ބޭނުންވީ މާޒިމް އަށް އޭނާގެ ހިތްބަލިކަށި ކަމާއި ދެރަވީވަރު ނުދެއްކުމަށެވެ. މާޒިމް ބޯ ޖަހައިލި ވަގުތު ލޮލުގައި ހިފެހެއްޓިފަިއވި ކަރުނަތިކިތައް އުރުޖުވާން ގެ އަތަށް އެޅުނެވެ. އުއްމީދުގެ ހުޅުކޮޅެއް ހިތުގައި ރޯވިއެވެ. އަމިއްލަ ދިފާއުގައި ވާހަކަ ދައްކާނޭ ފުރުސަތެއް ދޭނޭ ކަމުގައި ހީކުރެވުނެވެ.ހިތުން ހަމްދު ކުރެވުނެވެ.

" އެހެންވިއްޔާ ބުނޭ.....އަހަރެން ވަރި ކޮށްފީމޭ....."އުރުޖުވާން ގެ ދުލުން ބޭރުވި ލަފްޒުތަކުން އޭނައަށް ލިބުނީ ކުއްލި ސިހުމެކެވެ. އުރުޖުވާންގެ އަތަށް ބާރުކޮށްލެވުނެވެ. އޭނާގެ ހިތް ބާރަށް ތެޅުނެވެ. އެހާ ސާބިތުކަމާއެކު އެހެން ބުނެވުނީތީ އުރުޖުވާންވެސް ހައިރާންވިއެވެ.

" މަރުގެ ތުންފަތްމައްޗަށް ގެނަޔަސް ތި ލަފްޒު އަހަރެން އުރުޖުވާން އަށް ނުބުނާނަން...." މާޒިމް އަށް ލިބުނު ސިހުން ރުޅިވެރިކަމުގެ ސިފަ ޚިޔާރުކުރިއެވެ. އޭނާއަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ފުރުސަތެއްވެސް ނުދިނީއެވެ.

" އެހެންވިއްޔާ މިއީ ތި މޫނު ދެކޭ އެންމެ ފަހު ފަހަރު....ޔޫ އާ ޑެޑް ޓު މީ......" ފަހު ބަސް މާޒިމް ގެ ކަންފަތުގައި ޖެހުނުވަގުތު އޭނާއަށް އުރުޖުވާން ގެ އަތުން ދޫކޮށްލެވުނެވެ. އުރުޖުވާންގެ ކަރުނައިން ބަރުވެފައިވީ ލޯ ފޮރުވުމަށް މޫނު އަނެއް ފަރާތަށް އަނބުރައިލީ ވެސް އެވަގުތުއެވެ.

"އުރޫޖް.....ޕްލީޒް...އެންމެ ފަހަރަކު އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ...ޕްލީޒް...ﷲ އަށްޓަކާ...." ހިނދުކޮޅެއް ނެގި ނަމަވެސް މާޒިމްއަށް އާދޭސްކުރެވުނެވެ. އަހްމަދު ވަގުތުން ތެދުވެ މާޒިމް ގެ މޭމަތީ އަޅައި ކޮށްޕާލިއެވެ.

" މާޒިމް..ކަލޭގެ ގައިގާ ޒައްރެއްގެ މިންވަރެއްގެ ވެސް ލަދެއް ހުރިއްޔާ ހަމަ މިހާރު މިތަނުން ދޭ.....މި ބުނީ ނު ދާށޭ...." އަހްމަދުގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ. އުރުޖުވާން އަށް އޭނާގެ އަތަށް ބާރުކޮށްލެވުނެވެ. އަހްމަދު ކަންތައް ކުރިގޮތުން މާޒިމް ގެ މޭމައްޗަށް އަރާނެ ތަދާއި މެދު ވިސްނިފައެވެ. އެ މަންޒަރު ބަލާނެ ހިތްވަރު އޭނާގެ ހިތަކު ނެތެވެ.

" ނޫން.....އެހެންވިއްޔާ ތި ބުނާ ލަދެއް ނެތް.....އަންކަލް ޕްލީޒް...އުރޫޖް އަށް ވިސްނަދީ..." މާޒިމްގެ ހޭވެރިކަން ގެއްލި މޮޔާވާ ވަރުވިއެވެ. އަނގައިން ކިޔޭ ނުކިޔޭ ނޭނގޭ ވަރުވާން ފެށިއެވެ. އެވަގުތު އަހްމަދު އޭނާގެ އަތް ވީއްލާ މާޒިމް ގެ މޫނުމައްޗަށް ބޭލި ދިލަ ހޫނު އެތިފަހަރު އުރުޖުވާން ތެދުވެ އެ ދިމާއަށް ދުއްވައިގަނެވުނެވެ. ބިންމައްޗަށް ވެއްޓިފައި އޮތް މާޒިމް ފެނުމުން ހިތް ހަމްދަރުދީން ފުރުނެވެ. މާޒިމް އަނެއްކާވެސް ތެދުވެ ދެ ކަކޫ މައްޗަށް ތިރިވެ އާދޭސް ކުރިއެވެ.

" ޕްލީޒް.....ފޯ ދަ ސޭކް އޮފް އަވަ ބޭބީ....ތިހެން ނަހަދާ...." މާޒިމް އުރުޖުވާން ގެ ފައިގަިއ ހިފުމަށް އަތް ދިއްކުރި ވަގުތު އޭނާ ފަހަތަށް ފިޔަވަޅު އެޅިއެވެ. އަދި އެނބުރުނެވެ.

" އަހްމަދް ބެ.....ޕްލީޒް ޓޭކް މީ ފްރޮމް ހިއަ...." އުރުޖުވާން އޭނާގެ އަތް މޭމަތި އަޅައި ބާރުކޮށްލަމުން ބުނެލިއިރު ރޮވޭގޮތްވިއެވެ. އަހްމަދު އުރުޖުވާންގެ އަތުގައި ހިފަިއގެން އަވަހަށް އެތަނުން ނިކުންނާން ހިނގައިގަތެވެ. އުރުޖުވާން ފަސް އެނބުރި ބަލައިލަން އެދުނަސް އޭނާ އަމިއްލަ ނަފްސާ ހަނގުރާމަ ކުރިއެވެ.

މާޒިމް ތެދުވެ ހިނގައިގަންނަން އުޅުމުން ބޮލަށް އެނބުރުން އަރައިގަތެވެ. އެވަގުތު އެތަނުން ބައެއް ޑޮކްޓަރުން އައިސް މާޒިމް ގެ ގައިގައި ހިފުމުންވެސް ގޮތް ދޫނުކޮށް ކުރިޔަށް ދާން އުޅުނެވެ.

ހޮސްޕިޓަލުގެ މުވައްޒަފުންވެސް މަންޒަރު ބަލަން ތިބީ ހައިރާންކަމާއެކުއެވެ. ދުރުގައި ފަރަހް ހެވި ދިއްލިފައި ހުއްޓެވެ.

"ކިހިނެއް ވެގެންތަ އެ އުޅެނީ...." ފަރަހް ގެ ކައިރީގައި ތިބި ނަރުހުންތަކެއްގެ ވާޙކަ އޭނާ ކަންފަތުގައި ޖެހުނެވެ. ވަގުތުން އެ ފަރާތަށް އެނބުރުނުވެ.

"ވީގޮތް ކިޔައިދެން؟" ފަރަހް ފޮނިގޮތަކަށް ލޯ އަޅައިލިއެވެ. ނަރުހުންގެ މޫނުތަކަށް ވެރިވީ ބިރުވެރިކަމެކެވެ. ފަރަހް ގެ މިޒާޖު އެކުދިންނަށްވެސް އެނގޭތީއެވެ. އެ ވާހަކަ ދެއްކުމުން އޭނާ ހަދާލާފާނެ ގޮތެއް ނޭގޭތީ ހާސްވިއެވެ.

" ވީ ގޮތަކީ...ދެއި ސޯ އަސް ޓުގެދަ....މާޒް އެންޑް މީ....އެހެން ނޫނަސް އެ ކުއްޖާ އަކީ މާޒް ލޯބިން އިނދެގެން އުޅޭ ކުއްޖެއް ނޫން....މަޖްބޫރުން އިންނަން ޖެހުމުން ވާނީވެސް އެހެންނެއް ނު....މާޒް އެންޑް އައި ހޭވް ބީން ޓުގެދަ ސިންސް ފޯއެވަ...." ފަރަހް ފޮނިގޮތަކަށް ވާހަކ ދެއްކި އިރު އެ އަޑުއަހަން ތިބި މީހުންގެ މޫނުތަކުންވެސް ފެނުނީ ހަިއރާންކަމެވެ. މާޒިމް އެފަދަ ކަމެއް ކޮށްފާނެ ކަމަށް އެމީހުންނަށް ވެސް ގަބޫލުކުރަން ދަތިވިއެވެ.

" ދޮގެއް ކަމަށް ތަ؟" ފަރަހް ގަދަކޮށްލާފައި ސުވާލުކުރިއެވެ. އޭނަ އަށް އެކުދިންގެ ލޯތަކުން ހުރިހާ އެއްޗެއް ސާފުވިއެވެ. އެކުދިން އޭނަބުނި އެއްޗެއް ގަބޫލެއްނުކުރިއެވެ. ނަރުހުން އިސް ޖަހައިލައިގެން ތިބެފައި ބޯ ހޫރާލީ ފަރަހް އެތާނގާ އިތުރު ޑްރާމާއެއް ކުޅެން އުޅެފާނެތީއެވެ. އެތަނުން ދެ ނަރުހުން އެއް ފަރާތަކަށް ޖެހެލީ ފަރަހް އަށް ލޯ އަޅާލަމުންނެވެ.

"އުލް އޯކޭތަ؟ކީއްވެ ތިހާ ހާސްވެފަ...އަތް ވެސް ހާދަ ފިންޏޭ...ފަރަހް ދެކެ ހަމަ ތިހާ ބިރުގަނޭ..." އުލްފާ ގެ އަތުގައި ހިފަހައްޓާލައިގެން ހުރި ޝާނީ އަހައިލި ކަންބޮޑުވުމާއެކުއެވެ.

" ނޫން....އަހަރެން....ޝާނީ އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ...."

"ތިބުނީ...ހަމަޖެހިބަލަ....އެ ފަރަހް ކަނޑާ ފޮނި އެއީ...އަހަންނަށް ހީނުވޭ މާޒް އެފަދަ ކަމެއް ކޮށްފާނެ ހެންނެއް....އެހެން ނޫނަސް ފަހަދް ފަހަތުން ވިއްޔާ މި ޑަޔަނު ދައިތަ ގަނޑު އުޅެނީ...." ޝަނީ ބަނދިވަރެއް ކިޔައލި އިރު އުލްފާއަށް ރޮވިއްޖެއެވެ.

" ނޫން....އެކުއްޖާގެ މާމަ ބަލިވި ދުވަހު ފަރަހް ކަންތައްކުރި ގޮތުން....." އުލްފާގެ އަޑު ކެނޑޭގޮތްވިއެވެ.

"ތި ކިޔާ އެއްޗެއް ސާފު ކޮށް ކިޔާބަލަ....އަހަރެންވެސް ބިރުގަނޭ އެބަ..." ޝާނީވެސް ބިރުގަންނަގޮތްވިއެވެ.

" ފަރަހް ކިލްޑް ހަ....އަހަންނަށް ފެނުނު.....އައި ޓްރައިޑް ޓު ސްޓޮޕް ހަ....." އުލްފާ އަށް ގިސްލެވުނެވެ. އުނދަގުލުން ނަމަވެސް ހަގީގަތް ހާމަކުރެވުނެވެ. އެފަދަ ބޮޑު ކަމެއް ފޮރުވަން ޖެހުނު ސަބަބަކީ އޭނާގެ އަބުރު ހިމާޔަތް ކުރުން ކަމުގައިވިޔަސް މީހެއްގެ މުޅި ހަޔާތް އެކަމުން ގެއްލޭތަން ދެކެން މިއަދު ޖެހުނީ އޭނާއަށް ވެސް އެކުށް ފޮރުވުމުގައި ބައިވެރިވެވިފައިވާތީއެވެ.

"ޔާ ރައްބީ....ހުވާތަ؟އަހަރެން ހީނުކުރަން ފަރަހް އެހާ ނުލަފާ ކަމަކަށް...އެކަމު އުލް...މީހަކު މަރާލުން އެއީ ކޮން ފަދަ ބޮޑު ކުށެއް....އަދި މިހާރު އެ އިނޮސެންޓް ގާލް ގެ ލައިފް....ވީ ހޭވް ޓު ޓެލް ދަ ޓްރުތް...." ޝާނީ ހިތްވަރު ލައިދިނެވެ. އެވަގުތު އިމަޖެންސި އަށް ގެނައި ބަލިމީހަކާއި ދިމާލަށް އެންމެން ހެން ދުއްވައިގަތް މަންޒަރު ފެނި ތަން އިތުރަށް ހަލަބޮލި ވިއެވެ. އެ ދެމީހުންވެސް އަވަސް ވެލީ އެ ދިމާއަށް ދިޔުމަށެވެ. ހީވީ މުޅި ހޮސްޕިޓަލް އެލާޓަށް އައީ ހެންނެވެ.

" އަހަރެންގެ ދަރިފުޅު.....ކުޅި ބަލަން ތަ ތި ތިބެނީ...އަވަސް ކޮށްބަލަ...." ފަހަދް ގެ ބައްޕަ ހައިޝަމް ގެ އަޑެވެ. ބޮޑެތި ޒަޚަމްތަކާއި އެކު ލއެިން ފޯވެފައި ސްޓްރެޗާމަތީގައި އޮތީ ފަހަދް އެވެ. އެ މަންޒަރު ފެނުނު އެންމެން ސިއްސުވާލާ ހިތްތައް ގުޑުވައިލިއެވެ.

" ޑޭޑް ނެވަ ޑިސްއެޕޮއިންޓްސް....." ފަރަހްގެ ތުންފަތަށް ވެރިވީ ނުލަފާ ހިންޏެކެވެ. އުލްފާ އާއި ޝާނީއަށް ފަރަހްގެ ހިނިތުންވުން ފެނި އެ އެދެކުދިންގެ ގައިންވެސް ހީބިހި ނަގައިގެންދިޔައެވެ. ފަރަހް އޭނަގެ މޫނުގެ ކުލަވަރު ބަދަލުކޮށްލީ ސިކުންތެއްގެ ތެރޭގައެވެ. ކުއްލިއަކަށް ރޮއިގެންފާ އެ ދިމާލަށް ދުއްވައިގަތީ ވިދުވަރެއްހެންނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު