ކަމަނާ ޕްރިމިއާ ޝޯ ހައުސް ފުލް

ދިވެހި ޕްރޮޑަކްޝަން ކުންފުނި "ސެޓާން ސްޓޫޑިއޯ"އާއި "ކިޑް ޕްރޮޑަކްޝަން"ގެ އާ ފިލްމު "ކަމަނާ"ގެ ޕްރިމިއާ ޝޯ ޓިކެޓުތައް ވިކި ހައުސް ފުލް ޝޯއަކަށް ތައްޔާރުވެއްޖެއެވެ.

މި މަހުގެ ފަހުކޮޅުގައި އެޅުވުމަށް ހަމަޖެހިފައިވާ ޑްރާމާ ފިލްމަށް އަންނަނީ މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ފިލްމު ބެލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.

ހަގީގީ ހާދިސާތަކަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27ގައެވެ. ފިލްމުގެ ޕްރިމިއާ މި މަހުގެ 27 ގައި އޮތް އިރު މިހާރު ޕްރިމިއާ ޝޯގެ ޓިކެޓުތައް ވަނީ ވިކި ހުސްވެފައެވެ.

ޕްރިމިއާ ޝޯގެ އިތުރުން އެހެން ޝޯތަކުގެ ސީޓުތައް ވެސް ދަނީ ވަރަށް ހަލުވި ސްޕީޑެއްގައި ފުރެމުންނެވެ. ޓިކެޓް ބުކް ކުރުމަށް ގުޅާނީ 7458800 އަށެވެ.

މި ފިލްމަކީ އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި ހާލަތު ދައްކުވައިދޭ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ކުންފުނިން ބުނެއެވެ.

ކަމަނާގެ ލީޑް ރޯލުން ފެންނާނީ މަރިޔަމް އައްޒަ އެވެ. އައްޒަގެ އިތުރުން ފިލްމުގެ ލީޑުން ދެން ފެންނާނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ. މި ފިލްމުގައި ކިޔައިދޭނީ ރިމްޝާއާއި ހައިދަރުގެ ވާހަކައެވެ. އާއިލާއަށް އާ މެންބަރެއް ލިބެން އުޅޭ ހިސާބުން ދިމާވާ ގަބޫލުކުރަން ދަތި ކަންތައް މި ފިލްމުން ފެންނާނެއެވެ.

ކަމަނާގެ އިތުރު ރޯލުތަކުން އައިމިނަތު ރަޝްފާ (އާޝާ)އާއި މުހައްމަދު މަނިކާއި ނަތާޝާ ޖަލީލް އަދި މުހައްމަދު ރަޝީދު (ދަރާ) ފެންނާނެއެވެ.

comment ކޮމެންޓް