"ﷲ ތައާލާ ގުރުއާނުގައި އަންގަވާފައިވަނީ ދެރަނުވުމަށެވެ. މާޔޫސް ނުވުމަށެވެ. ﷲ ގެ ރަހުމަތާއިމެދު އުއްމީދު ކަނޑައިނުލުމަށެވެ. ދުނިޔޭގެ ހަގީގީ އުފާތައް ލިބޭނީ ގުރުއާން ކިޔަވާ އޭގައި ހުރިގޮތަށް އަމަލުކޮށްގެންނެވެ."
***
"ސުބްޙާނައްﷲ....ތިގޮތަށް ބުނަން ހެޔޮނުވާނެ...އެންމެ ފުރިހަމަ ކޮށް ކަންތައްތައް ހުންނަން ވާނީ.....އަހެދް ގެ އާއިލާ އަކީ މިހާރު އަހަރުމެންގެ ވެސް އާއިލާ..." އައްޒަހްރާ ބާބިލް އަށް ގުޅުމަށް އަވަސްވެލިއެވެ. ބާބިލް ފޯނު ރިންގު ވި ނަމަވެސް ފޯނު ނުނަގައެވެ.
"އަޅެ...އެ މަންޖެ ބަލިވީ ކަންނޭނގެ....ޚަބަރެއްވެސް ނުވޭ...." ޒަހްރާ އެނދުގައި އިށީނީ ގޮތް ހުސްވެފައި ހުރެއެވެ. މިފަދަ ކުޑަ ވަގުތު ކޮޅެއްތެރޭގައި ހުރިހާ ކަމެއް ހަމަޖައްސާނީ ކިހިނެއް ކަމާއި މެދު ކަންބޮޑުވެފައެވެ.
"މަންމަ އެހާ ހާސް ނުވެބަލަ....އަހެދް ވެސް މިހިރީ ނު.....ދަނީންވެސް މޮޅު ވާނެ ސައި ތައްޔާރުކުރަން..." މުރުތަސިމް އަހެދް އަށް އިޝާރާތް ކޮށްލީ ފަޚުރުވެރިވެފައެވެ. އަހެދް ގެ ލޯ ބޮޑުވިއެވެ. އަދި ހިތާ ހިތުން ކުދި ކިޔާލެވުނީ މުރުތަސިމް އޭނާ ބާބިލް އާއި އެއްފަދަ ކުރުމުންނެވެ.
" އެކަމު...އެއްޗެއް އޯޑާ ކަންނޭނގޭ ކުރަންވީ މިހާ ވަގުތު ކުޑަތަން ވިމަ..." އައްޒަހްރާ ޚިޔާލުދިނެވެ. އަހެދް އަވަހަށް އެ ހިޔާލަށް އެއްބަސްވެލީ މަސައްކަތުން ރެކެން ވެގެންނެވެ. އެވަގުތު ދަނީން އެ ކޮޓަރިއަށް ވަނެވެ.
" މާމާ...މިއަދު ބާބް ގެ ޚަބަރެއްވެސް ނުވޭ...އެންމެ ރަނގަޅު ދޯ އަޅުގަނޑު މިއަދު ސައި ތައްޔާރުކުރިޔަސް...." ދަނިން އައީ ވެސް ރަނގަޅު ޚަބަރަކާއި ގެންނެވެ. ޒަހްރާގެ މޫނު އުފާވެރިކަމުން އުޖާލާވިއެވެ.
"އަލްޙަމްދްލިއްﷲ.....ހަމަ އެންމެ ބޭނުންވި ގޮތަށް...." އައްޒަހްރާ ހުރީ ހައިރާންވެފައެވެ. މުރުތަސިމް އަށް ވެސް ހެވުނެވެ. އަހެދް އަނގަޔަށް ގޮތެއް ހަދައިލީ ދަނީން އަށް ކުރެވުނު ތަޢުރީފް އަޑުއަހާފައެވެ.
" އެކަމު...ދަނީން އަށް އެހީވާން އަހެދް ވެސް ދާނެ...ދޯ އަހެދް..." މުރުތަސިމް ހީވީ އަހެދް އަށް މަސައްކަތެއް ހަވާލުނުކޮށް ދޫ ކޮށްނުލާނެހެންނެވެ. އަހެދް ލޯ އަޅާލީ މަޖާގޮތަކަށެވެ.
" ހާދަ ރަނގަޅޭ މިގޭގެ އަންހެން ދަރީން....މާޝާﷲ..." އައްޒަހްރާގެ ހިތް އުފަލުން ފޮޅުނެވެ. އަހެދް އާއި ދަނީން ބަދިގެއަށް މިސްރާބު ޖެހި އިރު މުރުތަސިމްއާއި އައްޒަހްރާ އަނެއްކާވެސް މުހިންމު ސައްލާ އެއް ކުރުމަށް އެ ކޮޓަރީގެ ދޮރު ލެއްޕިއެވެ. އަހެދް ގެ ހިތް އޮތީ އެތާނގައި ކަމަށް ވިޔަސް ދަނީން އާއި އެކު ސައި ތައްޔާރުކުރަން ދާން މަޖްބޫރު ކުރުވިއެވެ.
" އައިސް ޓީ މީރުތަ އަހެދް އަށް.....މަސާލާ ޗާއި ވެސް ހަދާނީ ދޯ....ވަރަށް ސްޕެޝަލް ކުރަންވާނެ..." ދަނީން ވަރަށް ފޯރިގައި ވާހަކަ ދެއްކި ނަމަވެސް އަހެދް ގެ މޫނު މަތިން ފެންނަމުން ދިޔައީ ފޫހި ކަމެކެވެ.
" އަހެދް އަށް އެނގެނީ ކަޅު ސައި ހަދަން އެކަނި..." ލުއި ހިނިގަނޑެއް ޖަހައިލާފައި އެތަނުން ގޮނޑިއެއްގައި އިށދެލީ ކަންނެތް ގޮތަކަށެވެ. ދަނީންގެ ނަޒަރު ފަސްޓް އެއިޑް ބޮކްސް އަށް ހުއްޓިފައި ހުރީ ރޭގައި އޭނާ އަށް ފެނުނު ބޭސް ކާޑުގެ ހަނދާންވެފައެވެ. އަދި ކައުންޓަރުމަތި ހޯދާލެވުނެވެ. އަހެދްއަށް އެކަން ވިސްނި އަވަހަށް ތެދުވެ ދަނީން ގެ ސަމާލުކަން އެހެން ކަންކަމަށް ދަމައިގަތުމަށް އަވަސްވެލިއެވެ.
"ހިނގާ ދޯ އަވަސް ކުރަން....މެހެމާނުން އައުމުގެ ކުރީން...ބާބިލް ވަރަށް ފާސްޓް ކޮށް ނިންމާލިޔަސް އަހަރުމެންނަށް ނުވެފަ އޮންނާނީ...." އަހެދް ގެ ނިތުން ދާ ހިއްލިއެވެ. ދަނީން ފަސްޓް އެއިޑް ބޮކްސް ނަގަިއ އެ ހުޅުވާލިއެވެ. އަދި ބޭސް ކާޑުތައް ބަލައިލިއެވެ.
"ކިހިނެއްވީ....ބަލީތަ؟" ދަނީން އެހާ ފަރުވާތެރިކަމާއެކު ބޭސް ބަލަން އިނުމުން އަހެދް އަހާލިއެވެ.
" ނޫން...އެ ހަމަ ބަލާލީ....ރޭގަ ހީވި އެހެން ބޭސް ކާޑެއް ފެނުނު ހެން....ހުސް ކާޑެއް...އަހެދް ނުދެކެންތަ؟...ރޭގަ ޑެޒާޓް ސާވް ކުރީ އަހެދް ދޯ...." ދަނީން އަށް އަހެދް ގެ މޫނު މަތީގައި ވި ހާސް ކަން ކިޔާލެވުނެވެ.
"ތި...ތި ބުނީ....ކޮބާ ބޭހާއި އެކަމާއި ހުރި ގުޅުމަކީ؟" އަހެދް ނޫންކަމަށް ހެދި ސައި ތައްޔާރުކުރަން ބޭނުންވާ އެއްޗިހި ކަބަޑުން ނެގުމަށް އަވަސްވެލިއެވެ. ދަނީން ލޯ ހިމަ ކޮށްލާފައ އަހެދް އަށް ބަލަިއލީ އޭނާގެ ސިކުނޑި ކިޔާލާން ގަސްތުކޮށެވެ.
" ދަނީން ލޮލަށް މިރުސް އެޅުނީތަ؟އަވަސް ކޮށް ހިނގާބލަ މިކަން ނިންމޭތޯ..." އަހެދް ފޮނި ގޮތަކަށް މޫނު އަނބުރާލަމުން ފާޑަކަށް ބުނެލިއެވެ. އަހެދްގެ ރާގުން ދަނީން އަށް ވެސް ހެވުނެވެ.
"ތި ދެން ޖޫހެއް ނު...ހެނދުނުގަ އައިސް ޓީ ބޯނީ ކާކު..." އަހެދް ސަމާސާ ކޮށްލިއެވެ. ދަނީން ގެ މޫނަށް ވެރިވި ފޮނި ހިނތުންވެސް ފާހަނގަ ވިއެވެ. މަރްވާން އަށް މީރު އެއްޗެއް ކަމުން ދަނީން އެ ތައްޔާރުކުރަން ބޭނުންވީއެވެ. އަހެދް އަށް އެކަން ނޭނގުނު ނަމަވެސް ދަނީން ގެ މޫނަށް ވެރިވި ރަކި ހިނިތުންވުން ފާހަގަވިއެވެ.
"އޯ ހޯ....ކޮންމެވެސް ސްޕެޝަލް ކުއްޖަކަށް ދޯ.....ކާކަށް؟" އަހެދް ގާތް ގޮތަކަށް އަހައިލީ ދަނީން ގެ ހިތުގައި ވި ސިއްރު އެނގެން ބޭނުންވެފައި ހުރެއެވެ. ދަނީން ގެ މޫނު ރަތް ވިއެވެ.
" ދޮންބެ އަށް މީރުވާނީ ކޯޗެއް؟" ދަނީން އަވަސް އަވަހަށް އަހައިލިއެވެ. ޖަވާބު ރަނަގޅަށް އެނގިގެން ހުރެއެވެ. އަހެދް ގެ މޫނު މަތީ ވި ހާސްކަން ފެނި ހެވުނެވެ.
" ދޮންބެ އެންމެ ލައިކް ވާނީ ހެނދުނު ގަޑިގަ ފްރެޝް އޮރެންޖް ޖޫހެއް...ނޫނީ މިލްކް ތައްޓެއް....ސައި ވަރަށް ނުބޯނެ.....ކައި ނިމިގެން ތިރީސް ވަރަކަށް މިނިޓް ފަހުން ކޮފީ ތައްޓެއް....ޔޫ ޝުޑް ރައިޓް އިޓް ޑައުން..." ދަނީން ހިނިގަނޑެއް ޖަހައިލިއެވެ. އަހެދް ރަކިވިއެވެ. އޭނާއަށް މުރުތަސިމް ރަނގަޅަށް ނޭނގޭ ކަމުގެ އިހުސާސް ކުރެވުނެވެ.
" ދެން ކޯޗެއް ސިމް ލައިކް ވަނީ؟.ސިމް ގެ އެކަހަލަ އެއްވެސް ކަމެއް ނޭނގޭ..." އަހެދް ގެ ހިތް ޖަވާބަކަށް އެދުނެވެ. ކައިވެނި ކުރާ މަގްސަދަކީ ލޯބި ކަމުގައި ނުވިޔަސް އަހެދް ގެ ހިތުގައި މުރުތަސިމް އާއި މެދު ކުރެވޭ އިހުސާސްތައް ތަފާތެވެ. ހިތަށް އެކަމަށް އެއްބަސް ވާން ބޭނުންނުވިޔަސްމެއެއެވެ.
"ދޮންބެ ދޯ.....ވަރަށް ސިމްޕަލް މައިންޑެޑް...އެހާ ގޮތް ބޮޑެއް ނުވާނެ...ވަރަށް މީހުންނަށް އޯގާތެރިވާނެ....މީހުންނަށް ލަނޑު ދިނުމާއި ގޮސިޕް ކުރުން އެއީ އެންމެ ރުޅި އަންނަ ކަންތައް....ދޮންބެ ނުވެސް ހޭނެ މީހަކަށް މަލާމާތް ކުރާ ފަދަ ބަހެއް ބުނަޏަސް....ސަމްޓައިމްސް ވަރަށް ސީރިޔަސް....އެންޑް މާމަ އެއީ ދޮންބެ ގެ މުޅި ދުނިޔެ...." ޖޫސް ތައްޔާރުކުރަމުން ދަނީަން ވާހަކ ދެއްކިއެވެ. އަހެދް ގެ ގައިން ހީބިހި ނަގައިގެންދިޔައެވެ.
" ބިރުގަތީތަ؟އަހެދް ހާސް ވާކަށް ނުޖެހޭނެ....ދޮންބެ ނުލާހިކު ލޯބި ވޭ ވިއްޔާ އަހެދް ދެކެ...ވީ ހޭވް ނެވަ ސީން ހިމް އެހާ މީހަކަށްޓަކާ ފިދާ ވެފަ ހުރި ތަނެއް......އަހެދް އަށް ބަލައިލަނީ ވެސް އެހާ އިޝްޤީ ކޮށްވިއްޔާ...." ސަމާސާ ގޮތެއްގައި ދިމާ ކޮށްލިއެވެ.
" އެހާ ކުޑަ ދުވަސްކޮޅެއް ތެރޭގަ ލޯބި ވެވޭނެތަ؟" އަހެދް އަށް ކިޔާލެވުނީ ހިތު ތެރޭގއި އޮތް ލަފުޒުތަކެވެ. ދަނީންއަށް އިވޭވަރަށެވެ. ދަނީން ގެ މޫނުގެ ކުލަވަރު ބަދަލަުވިއެވެ.
"ތިބުނީ؟" ދަނީން ހައިރާންވިއެވެ. އަހެދް އަށް ރޭކާލީ ދެނެވެ.
" މިބުނީ...ހަގީގީ ލޯބި ފެށޭނީ ކައިވެންޏަށް ފަހު އޭ.....މެރީ ނުކޮށް ވާ ލޯބި އެއީ ރިއަލް އެއް ނޫން..." އަހެދް ވާހަކަ ހަމަޖައްސާލިއެވެ. ދަނީން ބޯ ޖަހައިލީ މަރްވާން އާއި އޭނާގެ ގުޅުމާއި މެދު ސުވާލުކުރެވެމުންނެވެ. އަހެދް ފޫހި ވެގެން އާ ފުރުވާތަން ބަލައި ގަޑިއަށް މާގިނައިން ނަޒަރު ހިނގާތަން ފެނުމުން ތައްޔާރުވާން ލަސްވެގެން ކަމަށް ވިސްނުނެވެ.
" ދެން ދޭ ތައްޔާރުވެލަން...މިހާރު މި ނިމުނީ....މިހެން ވާހަކަ ދައްކާލާނެ މީހަކު ހުރުމުންވެސް މަސައްކަތް ނިމޭލެއް އަވަސް ވޭ..." ދަނީާން ހިނިގަނޑެއް ޖަހައިލީ އަހެދް އެއްވެސް މަސައްކަތެއް ނުކުރި ކަމަުގެ އިހުސާސް އޭނާއަށް ނުވުމަށް އެދޭތީއެވެ. ޖަހާލި ވިދުވަރެއް ހެން އަހެދް ފުންމައިގެން ތެދުވެ އަވަހށް ދިޔައީ ދަނީން އަށް ޝުކުރުއަދާކުރަމުންނެވެ. އޭނާ އިނީ އަވަހަށް ދާން ބޭނުންވެފައެވެ.
***
" ފޯނު ދީބަ....ޒަހްރާއްތަ ކަމަކު އޭ އެ ގުޅަނީ....އަލް...އަލްބާން ޝާކިރް..." ބާބިލް ރުޅި މޫނެއް ދައްކާލިއެވެ. ބާބިލް ގެ ފޯނު ނަގައިގެން އިން އަލްބާން އަށް ހެވުނީ އެކުއްޖާ އަށް ރުޅި އަންނަން ވެސް ނޭނގޭތީއެވެ. އަލްބާން ފޯނު ހިފަހައްޓާލައިގެން ހުރި އަތް މައްޗަށް ހިއްލައިގެން ހުރީ ބާބިލްގެ އަތުގައި ފޯނު ނުޖެއްސުމަށެވެ. ހަ ފޫޓު ދިގު އިސްކޮޅެއް ހުންނަ އަލްބާން ގެ ކޮނޑާއި ހިސާބަށް ވެސް ނާރާ ބާބިލް އަތް ފޯރުވަން މަސައްކަތް ކުރި ނަމަވެސް އެ ކަމަެއް ކާމިޔާބެއް ނުވިއެވެ.
" ޔޫ އާ އަ މިނިޔަން...." އަލްބާން ދިމާކުރިއެވެ. ބާބިލް ފުންމާލީ ފޯނު ހޯދުގެ ބޭނުމުގައެވެ.
"އައުޗް....." ފަޔަށް ތަދެއް އެރި ކަމަށް ހަދައި ބާބިލް އަޑެއް ލައްވާލިއެވެ. އެވަގުތު އަލްބާން ހާސް ކަމާއެކު ބާބިލް އަށް ވީ ކިހިނެއްތޯ ބެލުމަށް އަވަސްވިއެވެ.
" ލޫޒާ...."ބާބިލް ފޮނި ގޮތަކަށް ބުނެލީ އަލަބާން އަތުން ފޯނު ޖަހައިގަންނަމުންނެވެ. ބާބިލް ގެ މޫނު މަތީގައިވި އުފާވެރިކަމަށް ހުއްޓުން އަރާފައި އަލްބާން އަށް ހިނދުކޮޅަކަށް ހުރެވުނެވެ. ހިތުން އެ މޫނު ގައިވި މައުސޫމު ކަމަށް ތަޢުރީފުކުރެވެމުންނެވެ. އަލްބާން ބަލަހައްޓާއިގެން ހުރުމުން ބާބިލް ރަކިވިއެވެ. އަދި ބުރުގާއިން ނިވާ ނުވެ މޫނަށް އެޅިފައިވި އިސްތަށިކޮޅު ރަނގަޅު ކޮށްލައި ހިމޭނުން އިށީނެވެ.
"ކިހިނެއްވީ....އުފާ ފާޅުކޮށް ނިންމާލީ ތިހާ އަވަހަށް...." އަލްބާން ގެ ކަޅި ބާބިލް ގެ ލޮލަށް އަމާޒު ކުރީ ތީރެއް ފަދައިންނެވެ. ބާބިލް އިސް ޖަހައިލީ ލުއި ހިނިތުންވުމެއްގައެވެ. އަލްބާން އޭނާގެ ހޭވިފައިވީ އިސްތަށިގަނޑު އަތުން ފުނާ އަޅައިލިއެވެ. އެވަގުތު ޒަހްރާގެ ފޯނެއް އައެވެ. އަވަސް އަވަހަށް ބާބިލް އެ ފޯނަށް ޖަވާބު ދިނެވެ.
" ދައްތާ...މިއަދު ލަސްވީ...." ބާބިލް ހާސް ކަމާއެކު ވާހަކަ ފެށިނަމަވެސް އެ މޫނު މަތީގެ ހާސް ކަން ފިލީ އައްޒަހްރާގެ އޭނާގެ ހާލާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނާދެވުނު ކަމަށްޓަކައި ޝަކުވާއެއް ނުކުރިތާގައި ބާބިލް ގެ ހާލާއި މެދު ވާ ކަންބޮޑުވުންފާޅުކުރީ އެހާ ލޯބިންނެވެ.
"ނޫނޭ....މިދަނީ....މިހާރު ފުދޭވަރަކަށް ރަނަގޅު އަލްޙަމްދްލިއްﷲ...." ފޯނު ކަނޑާލަމުން ބާބިލް ބުނެލި ވަގުތު އޭނާގެ ލޯ އުފަލުން ފުރުނުވެ.
" ޗުއްޓީ ދިނީމަ އެ ނުހޯދީ ކީއްވެ....މަސައްކަތް ކުރަން އެހާ މަޖަލީތަ؟" އަލބާން ގެ އަޑު ހަރުކަށިވެފައި ބަރެވެ. ހިތްހަމަނުޖެހުނީ ބާބިލް އެހާލުގައި ވެސް މަސައްކަތަށް ދާން ހިފާފައި ހުރުމުންނެވެ.
" އައި ފީލް ހޯމް ދެއަ....." ބާބިލް މަޑުމަޑުން ބުނެލި ގޮތުން އަލްބާންގެ ހިތް ބާރަށް ތެޅުނެވެ.
" ގެއަށް ގެންގޮސްދެވިދާނެ؟" މޫނު އަރި ކޮށްލަމުން ބާބިލް ވާހަކަ ދެއްކީ މައުސޫމު ގޮތަކަށެވެ. އަލްބާން ގެ ހިތް ފުރުނެވެ. އަލްބާން ގެ ދުލުން ބަހެއް ބުނުމުގެ ކުޅަދާނަކަމެއްވެސް ނެތެވެ. ހަމަ އެކަނި ބޯ ޖަހައިލީއެވެ. ބާބިލް އެ ގޭގައި އޭނަގެ ލޯ ކުރިމަތިން ނުގެއްލި ހުރުމަށް ހިތް އެދެވުނެވެ. ކޮންމެ ހާލެއްގައިވެސް ބާބިލް ރަނަގޅަށް ބަލައި ހިމާޔަތް ދިނުމަށް ހިތުގައި އަޒުމްކަނޑައެޅިއެވެ.
" އެކަމު..." އަލްބާން ވާހަކަ ފުރިހަމަ ނުވަނީސް ބާބިލް ވާހަކަ ދެއްކިއެވެ.
" ހާސް ނުވޭ...ރޭގަ ހިނގައިދިޔަ އެއްވެސް ކަމެއް އެއްވެސް މީހެއްގެ ކައިރީ ކިޔައި ނުދޭނަން..." ބާބިލް ޔަގީން ކަން ދިނެވެ. އަލްބާންއަށް ހީވީ އޭނަގެ ހިތުގައިވި ވާހަކަތައް އެނގިގެން ޖަވާބުދިނީހެންނެވެ.
***
"ތި މޫނުގަ ތި ކޮންހާ ދަވާދެއް ހާކައިގެން....ބަލަ އަދީނާ ތަ ތި ދަނީ މީހަކާއި އިންނަން...މަ ހަމަ އަންތަރީސް ވޭ އެބަ....ތި މޫނުގައި ހުރި އެއްޗިހި ހަމަ މިހާޜު ފޮހެލާ...." ނައީމު ދިއްކޮށްލީ ޓީޝޫ އެކެވެ. ދުފާ ރަތް ކޮށްލައިގެން އަނގަ ފޮހެފައި އޮތް ޓިޝޫ ގަނޑެވެ. ކާރު އަންނަން ދެން މަޑު ކޮށްލައިގެން ތިބި ކިއޫގައި ތިބި މީހުންނަށް ވެސް ނައީމު ގެ އަޑު އިވޭނެއެވެ. އަދީނާ އޭނާގެ މޫނު މާސްކަކުން ފޮރުވާފައި ހުރި އިރުވެސް ނައީމު ގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.
" ތިހާ ބާރަށް އެންމެންގެ ތެރޭގަ އަޑު ގަދަ ނުކޮށްބަލ.....މޫނު ފޮރުވާފަ އެއްނު.." އަދީނާ މަޑުމަޑުން ޖަވާބު ދިނެވެ. ނައީމުއަށް އޭނާގެ ރުޅި ގަނޑު ހިފަހައްޓައިލެވުނީ މަރްވާން ގޮވާލުމުންނެވެ.
"ޑްރައިވަރު ދޯ...." ދުފާ ރަތް ކޮށްލައިގެން އިން ދަތްޕިލަ ދައްކާލަމުން ވާހަކަ ދެއްކިއެވެ. މަރްވާން އަށް ހެވުނެވެ. ދަތުގައި ހަރުލާފައި ހުރި ބިލެތްގަނޑު ފެނިފައެވެ.
"ނޫން...އަޅުގަނޑު މިއީ މަރްވާން....ޒަހްރާއްތަގެ ކޮއްކޮގެ ދަރިއެއް..." މަރްވާން އަމިއްލަ ތަޢާރަފެއް ދިނެވެ. ސަލާންކުރުމަށް އަތް ދިއްކޮލުމުން ނައީމު ސަލާން ބަލައިނުގަތް ނަމަވެސް އަދީނާ އިނީ ޖެހިލުންވެފައެވެ. ނައީމު ގެ މޫނަށް ބަލަހައްޓައިގެންނެވެ.މަރްވާން އަވަހަށް އެ ނުވާ ކަމަކަށް ހަދައި ކާރަށް އެރުމަށް އެދުނެވެ. ނައީމު އަދީނާގެ އަތަށް ބާރު ކޮށްލިތަންވެސް މަރްވާންއަށް ފާހަނގަވިއެވެ.
" ވަރަށް ދުރުގަ ތަ މި ހަވޭލި ހުންނަނީ....ތިހާ މުއްސަނދި މީހުން ކީއްވެ ޑްރައިވަރެއް ނުގެންގުޅެންވީ..." ކާރުގައި ހަމަޖެހިލަމުން ނައީމުގެ ސުވާލުތައް ބަންޑުންކުރިއެވެ. މަރްވާން އިނީ އެ ސުވާލުތަކުން އުނދަގޫ ވެފައި ނަމަވެސް ލުއި ހިނިގަނޑެއް ޖަހާލިއެވެ.
"ހާއްސަ މެހެމާނުންތަކެއް ވީމަ....ޒަހްރާއްތަ ބޭނުންވީ ގޭ ކުއްޖެއް އައުމަށް...." މަރްވާން ދިން ޖަވާބުން ނަޢީމު އަނގަ ހަދައިލައި އަދީނާ ގެ އަތަށް ފިތައިލީ ލޯ އަޅަމުންނެވެ. އަދީނާ އިނީ އަހެދް ފެނުމަށް ކެތްމަދުވެފައެވެ. ކާރު ތެރޭގައި ހުރި މީރުވަހާއި ފިނިކަން އަދި އެ ކާރުގެ އެތެރެ ފެނި އާޝޯހުވެފައެވެ.
މަރްވާން އަށް ނީވޭ ވަރަށް ސިއްރުން ދެމީހުން ވާހަކަދައްކަން ފެށިއެވެ.
" މިހުރިހާ އެއްޗެއް ލިބޭނީ ދެން އަހަރެންނަށް ތާ ދޯ..." ނައީމުގެ ވަރުގަދަ ހިނގަނޑު ޖަހާލިއެވެ.
އެމީހުންނަށް މަންޒިލަށް ފޯރިއިރު މުރުތަސިމް ވެސް ކާއެއްޗިހި ހިފައިގެން ގޭޓާޢި ހަމައަށް އާދެވުނީއެވެ. ނައީމު އަވަހަށް ކާރުން ފައިބައި ވަށައިގެން ލޯ ހިންގައިލީ ހައިރާންވެފައި ހުރެއެވެ. އެފަދަ އަގުބޮޑު ރީތި ތަނެއް އޭނަގެ އުމުރުގައި ފެނުނީ އަލަށެވެ.
" ބަލާބަލަ...އެހެރީ އަހަރުމެންގެ އިސްތިގުބާލުގަ ގާޑެއްވެސް ބަހައްޓާފަ....އެ މީހުން ތިބެނީވެސް ނުލާހިކު ސްމާޓު ކޮށް....ކަލޭ ގޮތަށް މާސްކެއް ވެސް އަޅާފަ...." ނައީމު މުރުތަސިމްއަށް އިޝާރާތްކުރަމުން އަދީނާ ގާތު ބުނެލިއެވެ. މަރްވާންއަށް ވެސް އެ އަޑު އިވުނެވެ. އަދި އެއީ ގާޑެއް ނޫންކަމަށް ބުނަން ހިނގައިގަތުމުގެ ކުރިން ނައީމުގޮސް މުރުތަސިމްއާއި އަރާހަމަކުރިއެވެ.
"އަހަރުމެން އަންނަން ވާ އިރަށް ކާއެއްޗެހި ގެނައީ ދޯ....." މުރުތަސިމް ގެ ފައި ކައިރިއަށް ރަތްކުޅުގަނޑެއް ޖަހައިލަމުން ނައީމު ބުނެލިއެވެ.
ނުނިމޭ"