ވިނަރެސް ފްލެޓުކައިރީ ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ ފަރުވާދެނީ

ވިނަރެސް ފްލެޓުކައިރީ ހިނގި އެކްސިޑެންޓެއްގައި ހިމެނޭ ކާރު --

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓު ކައިރީ ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ، ފަރުވާދޭން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި އެކްސިޑެންޓް ރިޕޯޓުކުރީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ މިހާރު ފިލާފައި ވާކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރާކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

އެކްސިޑެންޓުގައި އަނިޔާވި، ސައިކަލު ދުއްވަން އިން މީހާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް، މިހާރު އިތުރު ފަރުވާއަށް އޭނާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

މި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެކްސިޑެންޓުވެފައި ވަނީ ރަތްކުލައިގެ ކާރެކެވެ. މި ކާރުގެ ފަތާއި ކުރިމައްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާއިރު، ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައެވެ.

އެކްސިޑެންޓުގައި ހިމެނޭ ސައިކަލު މި ވީޑިއޯގައި ފެންނާކަށް ނެތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު