ކުރީގެ ދެ ބަންޑާރަނާއިބުން ކަމަށްވާ ޢާޒިމާ ޝަކޫރާއި ދިޔާނާ ސަޢީދު އިސްވެ ތިއްބަވައިގެން، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި އެ އޮނިގަނޑުގެ ދަށުން ދައުލަތް ހިންގުމުގެ ދިރާސާއެއް ހައްދަވަން ނިންމަވައިފިއެވެ.
އެ ބޭފުޅުން ވިދާޅުވީ، މިއީ ޢިލްމީ އަދި ފަންނީ މަސައްކަތެއް ކަމަށާއި އެ މަސައްކަތްކުރަން ނިންމީ ގައުމީ ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ.
ގާނޫނުއަސާސީ ތަސްދީގުކުރުމަށް ފަހު މިހިނގާ 16 އަހަރުގެ ތެރޭގައި އެކަށީގެންވާ ދިރާސާއެއް ކުރެވިފައިނުވާތީ، ރާއްޖޭގެ ދުސްތޫރީ މުސްތަގުބަލުގެ ރާސްތާ ކަނޑައެޅުމުގައި މިފަދަ ދިރާސާއެއް ކުރުން މުހިންމު ކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

ކުރީގެ ދެބަންޑާރަނާއިބުން ކަމުގައިވާ ޢާޒިމާ ޝަކޫރާއި ދިޔާނާ ސަޢީދު އިސްވެ ތިއްބަވައިގެން ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި އެ އޮނިގަނޑުގެ ދަށުން ދައުލަތްހިންގުމުގެ ދިރާސާއެއް ހައްދަވަނީ---
އެ ދެ ބޭފުޅުން ވަނީ މިފަދަ ކަންކަމުން ތަޖުރިބާ ލިބިގަނެގެން ދުސްތޫރީ މުސްތަގުބަލު ކަނޑައެޅުމަކީ ގައުމަށް އެންމެ ފައިދާވާނޭ ގޮތް ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން، ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވި، ގާނޫނުއަސާސީ ތަންފީޒުކުރުމުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ބައެއްގެ ހައިސިއްޔަތުން، މިފަދަ މަސައްކަތެއްކޮށް، ލިޔެ، ރިކޯޑުކޮށް، މިހާރުގެ ދިވެހި މުޖުތަމައަށާއި ކިޔަވާކުދިންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
މިމަސައްކަތުގައި ގާނޫނުއަސާސީގައި ބަޔާންކުރާ ހަމަތަކާއި ދައުލަތް ހިންގުމުގައްޔާއި ގާނޫނުއަސާސީއަށް އަމަލުކުރުމުގައި ކަންކަން ހިނގާފައިވާ ގޮތް ދިރާސާކޮށް މުސްތަގުބަލް އޮންނަންވާނޭ ގޮތްކަމަށް ދެކޭގޮތުގެ ތަސައްވުރަށް ވާސިލުވުމުގައި ގާނޫނީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކަށް އަލިއެޅުއްވުމަށް ގަސްތު ކުރާކަމަށްވެސް ދެ ބޭފުޅުން ވިދާޅުވިއެވެ.

ކުރީގެ ދެބަންޑާރަނާއިބުން ކަމުގައިވާ ޢާޒިމާ ޝަކޫރާއި ދިޔާނާ ސަޢީދު އިސްވެ ތިއްބަވައިގެން ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި އެ އޮނިގަނޑުގެ ދަށުން ދައުލަތްހިންގުމުގެ ދިރާސާއެއް ހައްދަވަނީ---
މިމަސައްކަތަކީ، ދުސްތޫރީ އިލްމަށް ޚާއްސަ ރާއްޖެއިން ބޭރުގެ ފަސް ތަޖުރިބާކާރުންނާއެކު، ކުރިޔަށް ގެންދާ މަސައްކަތެކެވެ.
މިމަސައްކަތް ކުރިއަށް ގެންދިޔުމުގައި އެކިދާއިރާތަކުގެ ތަޖުރިބާކާރުންނާއި އާންމު ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާއާއި ޚިޔާލު ހޯދުމަށް ރާވާފައިވެއެވެ.
މިދިރާސާގެ މަޢުލޫމާތު ހާމަކުރުމަށް އަންނަ ހަފުތާގެ ތެރޭގައި ޖަލްސާއެއް ބާއްވާނެ ކަމަށް ވެސް އާޒިމާއާއި ދިޔާނާ ވިދާޅުވިއެވެ.