"ކިތަންމެ އަވަދިނެތި އުޅުނަސް އެންމެ ފުރަތަމަ އިސްކަން ދޭންވާނީ ވަގުތުން ނަމާދުކުރުމަށާއި އަޅުކަމަށެވެ. ދުނިޔޭގެ މަސައްކަތާއި އެހެން ކަންތައްތައް އަންނާންވާނީ އޭގެ ފަހަތުންނެވެ. އޭރުން ތިބާގެ ދެ ދުނިޔޭގެ ހަޔާތްވެސް ބާއްޖަވެރިވާނެއެވެ."

***

"ކޮބާ މަށަށް ދޭން ބުނި އެތި ކޮޅު.....އަވަހަށް ދީ....އެއިރުން ފެއްސޭނަން...." އާދަމް އޭނާއަށް ދޭން ބުނި މަސްތުވާ އެއްޗިއްސާއި ފައިސާ އަށް އެދުނެވެ. ފަރަހް އަވަހަށް ކޮތަޅު ދިއްކޮށްލައި ކާރުން ފޭބުމަށް އެދުނެވެ.

" އަދި މަޑުކުރޭ.....މިއޮތީ އެންމެ ބާރުގަދަ އެތި...މި ކޮންމެވެސް ގޮތަކަށް އެ ސޮރަށް ކާންދީ....ގެރެންޓީ ތި ދެމީހުން ސަޅިކޮށް ސެޓް ވާނެ..." ފަރަހް ގެ ކާރުން ފައިބަމުން ދިއްކޮށްލީ ސިހުރު ހަދާފައި ހުރި ފުޅިއެކެވެ. ފަރަހް އަނގަޔަށް ގޮތެއް ހަދާލަމުން އެ ހޯދި ނަމަވެސް އޭނާ އާދަމް އަށް ޝުކުރުކުރިއެވެ. ފަރަހް ހަމަޖެހިލާފައި ކާރު ދުއްވައިލީ ފުން ނޭވާ އެއް ދޫކޮށްލަމުންނެވެ. ހިތު ތެރޭގައި މާޒިމް ލިބޭނެ ކަމުގެ ފޮނި އުއްމީދު އިތުރު ވި ނަމަވެސް އުރުޖުވާން ބަނޑުބޮޑުކަން އެނގުމުން ފަރަހް އިނީ ހިތް ހަމަނުޖެހިފައެވެ. މާޒިމް އަށް އުރުޖުވާން ދޫ ކޮށްލާން ފަސް ޖެހިދާނެ މައިގަނޑު ސަބަބކަށް އެ ދަރިފުޅު ވެދާނެތީއެވެ.

"ސްޓޭއި ސްޓްރޯންގް މައި ޗައިލްޑް....ޔޫ ވިލް ބީ ހިސް ފަސްޓް ބޯން...." ފަރްހަ އޭނާގެ ބަނޑުގައި އަތް ކާއްތާލިއިރު ތުންފަތުގައި ނުލަފާ ހިންޏެއް ވިއެވެ. ފަހަދް ގެ ދަރިއެއް ނަމަވެސް މާޒިމް ގެ ބޮލުގައި އެ ޒިންމާ އެޅުވޭނެ އެއްވެސް ހުރަހެއް ނުވާ ކަމުގައި ގަބޫލުކުރަމުންނެވެ. ބޮޑު ހަވޭލި އެއް ފަދަ ގެއަށް އޭނާގެ ކާރު ވެއްދުމަށް ގޭޓާއި އަރާ ހަމަވި އިރު ކާރު ގެ އަލި އެޅުނީ ސީދާ ފަހަދްގެ މޫނަށެވެ. ފަރަހް ގެ ހިނތުންވުން ފަނޑުވިއެވެ. ފަހަދް ފެނުމާއެކު ކުދި ކިޔައިގަނެވުނެވެ. ބަރުގޮނު އަޅައިލީ ފަހަދް ދުރަށް ދިއުމަށް އިޝާރާތް ކުރަމުންނެވެ. ނަމަވެސް ފަހަދް އައި ބާރު މިނުގައި ކާރު ދޮރު ހުޅުވާލިއެވެ.

" ތި ހާ ދަށު ދަރަޖައިގެ ތިހާ ގޮތްކުޑަ އިންސާނެއް ދުވަހަކު ނުދެކެން....." ފަހަދް ގެ ރުޅި ވެރިކަން އިންތިހާ އެވެ. ފަރަހް މޫނު އަނބުރައިލީ ލޯ އަޅަމުންނެވެ.

"އުފް ފަހަދް....ވަރަށް ވަރުބަލި...ތި ލެކްޗާ ފަހުން ދޭންވީނު...އެހެން ނޫނަސް ވި ނީޑް އަ ބްރޭކް...." ފަރަހް ބުނެލީ ފޫހިވެގެން މަރުވާވަރުވެފައި އިނދެއެވެ. ފަހަދް ފަރަހްގެ މޫނު އޭނާ އާއި ދިމާލަށް އަނބުރައިލަމުން އެ ބާރުގަދަ ދެއަތުން އެ ކޯތާފަތުގައި ހިފަހައްޓާފައި ފިތައިލިއެވެ.

" ހީނުކުރާތި ފަރަހް ޖައިލަމް އަށް އުފަލުގަ އުޅެވިދާނެ އޭ.....މި ސިކުންތުން ފެށިގެން ކަލޭ ގެ ދުވަސް ގުނަން ފަށާ....މިއީ ލައްކަ ވާހަކަ...." އެ އިންޒާރުން ފަރަހް ގެ މޫނު ރަތްވިއެވެ. ފަހަދް އެހާ ރުޅި ވެރިކަމާއި އެކު އޭނާއާއިމެދު އެފަދަ ގޮތަކަށް އަމަލު ކުރަން ކެރިދާނެކަމަކަށް އޭނަ ހީނުކުރެއެވެ. ފަހަދް ގެ އަތުގައި ހިފައި އެ ބާރުގަދަ އަތް ނައްޓަން އޭނަ މަސައްކަތް ކުރިއެވެ.

" ތަދުވެޔޭ....ފަހަދް...މިބުނި ނު ދޫކުރާށޭ..." ފަރަހް ރުޅިގަދަވިއެވެ. އޭނަގެ މޫނުން ފަހަދްގެ އަތް ވިއްލާލި ވަގުތު ފަރަހް ގެ ބޯ ދޮރުގައި ޖެހުނެވެ.

" ޑޯންޓް ޔޫ ހޭވް އެނީ ކޮންސާން ފޯ މައި ޗައިލްޑް؟" ފަރަހް ބިރުގަތެވެ. ފަހަދްއަށް އޭނާގެ ހުރިހާ ކަމެއް އެނގެއެވެ. ފަހަދް އެފަދަ އިންޒާރެއް ދޭނީ ވަރަށް ކަންތައް ގޯސްވީމާ ކަން އޭނާއަށް ދަނެގަނެވުނެވެ. ދަރިފުޅުގެ ވާހަކަ ދައްކައިގެން ނަމަވެސް ފަހަދް ގެ ހިތުގައި ހަމްދަރުދީ އެފެއްދުމަށް އޭނާ ބޭނުންވިއެވެ.

" ޗި.....ލަދެއް ނެތްތަ ދުލުން ދަރި އޭ ކިޔާފަ ވާހަކަ ދައްކާކަށް.....މާޒިމް ބޮލުގަ ތި ދަރި އަޅުވަން އުޅުނަސް ނޭޅުވޭނެ...ކިތަންމެ ހިތް އެދުނަސް ތިކަން ހާސިލް ނުކުރެވޭނެ...އެންޑް އައި ވިލް މޭކް ޝުއަ އޮފް ދެޓް.....އަހަންނަށް މިއަދު އެނގިއްޖެ ތިއީ ކިހާ ދަށު ދަރަޖައިގެ މީހެއް ކަން....މި ހުރިހާ ދުވަހު އަހަރެންގެ ހިތުގައި ފަރަހް އަށް ވި ލޯތްބަށްޓަކާއި ހިތާ ދެކޮޅަށް ވިޔަސް އެކަން ކޮށްދޭން މަސައްކަތްކުރިން ....ދަރީގެ ހައްގުގައިވެސް ލައްކަ ކަމެއް ކުރެވިއްޖެ.....އަހަރެންގެ ހިތަކީ ފަރަހް ބޭނުން ހިނދަކު ފައިން އަރައި ޗިސް ކޮށްލާ ހިތުހުރިހާ ކަމެއް ކުރުމަށް ފުރުސަތު ދިން އަގެއ ނެތް އެއްޗެއް ކަމުގައި ވިޔަސް މީހެއްގެ ހައްގަކަށް އަރައިގަނެ މައުސޫމު ކުއްޖެއްގެ އުފާވެރި ދިރިއުޅުން ފަނާ ކޮށްލާކަށް އެ ފުރުސަތެއް ފަރަހް އަކަށް ނުދޭނަން....." ފަހު ޖުމަލަ ބުނެލީ ފަހަދް ގެ ލޯ ކަރުނުން ފުރިފައި ހުރެއެވެ. އެ ބެލުމުގައި ވީ ވޭނާއި ރުޅިވެރިކަމެވެ.

" އޯ ހޯ.....ހާދަ ވަރެއް ތިވަނީ....އުރުޖުވާން ހިތު އެޅީތަ....ގުޑް ޔޫ ހޭވް އަ ނިއު ޑޯލް ޓު ޕްލޭއި ވިތް...." ފަރަހް ގެ ޖުމްލަ ފުރިހަމަވީ ސިކުންތުގައި ފަހަދް ގެ އަތް އިސްކުރެވުނެވެ. ހޫނު އެތިފަހަރެކެވެ. ފަރަހް އޭނާގެ މޫނު އަނބުރާލީ ރުޅި ވެރި ކަމާއެކު ކޯތާފަތުގައި އަތް އަޅަމުންނެވެ.

" ޑޯންޓް ޔޫ ޑެއަ ޓޭކް ހަ ނޭމް..." ފަހަދް އިނގިލި ދިއްކޮށްލަމުން ދިނީ ހަރުކަށި އިންޒާރެކެވެ.

" ދުވަސް ގުނަން ފަށާ.....ފަހަދް....ތި އެތިފަހަރުގެ އަގު ވަރަށް ބޮޑުވާނެ...." ފަހަދް އާއި ދިމާލަށް ލޯ އަޅަމުން އޭނަ ވާހަކަ ދެއްކީ ދަތްކުޑިވިކާފައެވެ. ހީވީ އެ ނުރައްކާތެރި ބެލުމުން ފަހަދް ކާލަފާނެހެންނެވެ. ފަހަދް އެނބުރި ބަލާލުމެއް ނެތި ކާރުން ފޭބިއެވެ. ފަހަދް ފަހަތުން ފަރަހް ވެސް ކާރުން ނުކުތީ ފަހަދް އަށް އޭނާގެ ރުޅި ބޭލުމުގެ ނިޔަތުގައެވެ. ނަމަވެސް ފަހަދް ހަލުވި ފިޔަވަޅުތަކެއްގައިގޮސް އޭނާގެ ކާރަށް އަރައި ދުއްވާލީ ފަރަހް އެ ކާރު ފަހަތުން ދުވެ ދުވެ ހުއްޓައެވެ. ފަރަހްގެ ލޮލަށް ވެސް އަޅި ބުރައިގެން ދިޔައެވެ. އެވަގުތު ގޭގެ ސެކުއިރިޓީ އަވަސްވެލާފައި ފަރަހް ގެ ހިދުމަތަށް އޭނާގެ ފަހަތުން އައެވެ.

" މޭމް...އޯކޭތަ؟" އޭނާ ކަންބޮޑުވެފައި ސުވާލުކުރިއެވެ. ފަރަހް އެ މީހާއާއި ދިމާލަށް ވެސް ބަވާލީ ރުޅި ވެރިކަމާއެކުއެވެ.

" ބައްޕަ އަށް ހަމަ މިވަގުތު ގުޅާ......މި ބުނީ ނު ގުޅާށޭ...." ސެކިއުރިޓީ މީހާއަށް އަމުރުކުރަމުން އޭނަ ގެއަށް ވަނެވެ. އަދި ދޮރު ހުޅުވާލަދިން ގޭގެ ޚާދިމްގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓާފައި އޭނާ ކޮށްޕާލިއެވެ.

"މިބުނީ ނު ޑޭޑް އަށް ގުޅާށޭ....ކަންފަތެއް ނެތީތަ؟" ބިއްލޫރި މާވަށިތައް ހޫރުވަމުން އެކި އެއްޗިހި ހަލާކު ކުރަމުން އޭނާ ދިޔައީ މޮޔަ މިހެއް ފަދައިންނެވެ. ޚާދިމްއަށް އެ މަންޒަރުތައް ފެނި ހިތް ގުޑައިިލިއެވެ. އޭނަ އަވަސް އވަަހަށް ބޮޑު ސްކްރީނުގައި އޭނާގެ ބައްޕަ އަށް ގުޅާލަދިނެވެ. ޖައިލަމް ފޯނު ނަގަން ހިނދުކޮޅެއްވެސް ނުނަގައެވެ. އޭނާއަށް މަންޒަރު ފެނުމުން ފަރަހް ގާތު އެދުނީ ހަމަޖެހިލުމަށެވެ.

" ދަރިފުޅާ...ހަމަޖެހިބަލަ....ޕްރިންސެސް.....ޑިއަ....." ލޯބި އެތައް ލަފްޒަކުން ދަރިފުޅަށް ގޮވާ އޭނަ މަތަކުރަން ޖައިލަމް މަސައްކަތްކުރިއެވެ. ބޮޑު ސްކްރީނާއި ދިމާލަށް ފަރަހް ހިނގާފައި ދިޔައީ ބިންމަތިން ބިއްލޫރި ގަނޑެއް ނަގަމުން އެ މުށު ތެރެއަށް ލަމުންނެވެ.

" ހީ ހިޓް މީ....އަހަރެންގެ މޫނުގަ......ތި ބޮޑާވެގެން އުޅޭ ޖައިލްމަގެ ހުރި ތިބުނާ ޕްރިންސެސްގެ.....އިވިއްޖެތަ....ފެނޭތަ....މިވާ ތަދު...." އޭނާ ސްކްރީން އާއި ކައިރި ވަމުން ދިޔައީ އަތުން އޮހެމުން ދިޔަ ލޭ ދައްކަމުންނެވެ. އޭނާގެ އެހީ އަށް ގޭގެ މަސައްކަތު މީހުން އައި ނަމަވެސް އެމީހުންަށް ވެސް ބިރުދައްކަމުން ދިޔައެވެ.

"ވީ ގޮތެއް ކިޔާބަލަ...މާޒިމް ތަ؟" ޖައިލަމް އެދެމުން ދިޔައީ ޖަވާބަކަށެވެ. އޭނާގެ މޫނު މަތީގައިވީ ހާސްކަމެވެ. ފަރަހް އޭނާގެ އަމިއްލަ ނަފްސަށް ދޭ ގެއްލުން ބަލަން ޖައިލަމް އަށް ފަސޭހައެއްނުވިއެވެ. ރުޅިގަދަވެ ހަމަހޭވެރިކަން ގެއްލޭ ވަގުތެއްގައި އޭނާ ކޮށްފާނެ ކަމަކަށް ބިރުންނެވެ.

" މާޒިމް...." ފަރަހް މޮޔަ މީހެއް ހެން ހެމުން ދިޔައެވެ. އަދި އަތް ޒަޚަމް ކުރަމުން ދިޔަ ބިއްލޫރިގަނޑު އަތު ތެރެއިން ދޫކޮށްލިއެވެ. ދެފައި ވަށް ކޮށްލައިގެން ބިންމަތީ އިށީނީ މޮޔައެއް ހެން ހެވިފައި އިނދެ މާޒިްމ ގެ ނަން ކިޔަމުންނެވެ.

" އައިމް ގޮނަ މެރީ ހިމް ޑޭޑް.....ހީ އިޒް ގޮއިންގް ޓު ބީ މައިން....އޭނާ އެއީ އަހރެންގެ މިލްކެއް....." މައްޗަށް ބަލާލަމުން ފޮނި ހިނިތުންވުމަކާއިއެކު އޭނަ ބައްޕައަށް ނަޒަރު ހުއްޓައިލިއެވެ.

" ދެޓްސް މައި ގާލް...." ޖައިލަމް ފަޚުރުވެރިވިއެވެ. އޭނަ ބޭނުންވީ ފަރަހް ގެ ހިތް ހަމަޖައްސައިދިނުމަށެވެ. އަދި އަތުގެ އިޝާރާތުން ގޭގެ މަސައްކަތު މީހުންނަށް އެތަން ސާފު ކުރުމަށް އެދުނެވެ. އަދި ފަރަހްގެ ޒަޚަމްމްތަކުގައި ބޭސް އަޅައިދިނުމަށް އެދުނެވެ.

ޚާދިމާއަކު ފަރަހްގެ އަތުގައި ބޭސް އަޅަމުން ދިޔަ އިރު އޭނަ މޫނަށް ބަލަހައްޓައިގެން ފަރަހް އިނީ ކަޅިވެސް ޖަހައިނުލައެވެ. އެ މީހާގެ އަތް ތުރު ތުރު އަޅަން ފެށިއެވެ. ފަރަހް އަތް ހިއްލާލާފައި އޭނާގެ މޫނު މަތީ ޖެހި ވަގުތު ޚާދިމާއަށް ރޮވެން ފެށުނެވެ.

" ތަދުވިތަ؟އައި ފެލްޓް އިޓް ޓޫ...." ފަރަހް ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.

" ތަދުކުރީތަ؟ހަމަ މިހާރު ގެއިން ނިކުމޭ..." ޖައިލަމް އިންޒާރު ދިނީ އެ ޚާދިމާއަށެވެ. ކުށްވެރިވީ ޚާދިމާއެވެ. ބިންމައްޗަށް ވެއްޓިފައި އޮތް ޚާދިމާގެ ގައިގައި ފައިން ޖަހާ ދުރުކޮށްލީ ބޮޑު ފަކުރެއް ހެންނެވެ.

" ޑޭޑް....އަހަރެން މިއީ މީނަ ފަދަ މީހަކީތަ؟މިފަދަ ދަށު ދަރަޖައިގެ ބަލިކަށި އަގެއް ނެތް މިހަކީތަ؟" ފަރަހް ވާހަކަ ދައްކަމުން ތެދުވުނެވެ. އޭނާގެ އަޑުގައި ރުޅި ވެރިކަމެއްވިއެވެ. ލޮލުން ކަރުނަ އޮހެމުން ދިޔައެވެ.

" ތިބުނީ.....ތިއީ ޖައިލްމަ ގެ ހުރި އެންމެ ދަރިއެއް....ތިއި މުއްސަނދިކަމާއި އާރާއި ބާރު އޮތް އިއްޒަތުން ފުރިގެންވީ މަގޭ ހުރި ރަން ޖަވާހިރެއް....." ޖައިލަމް އޭނާގެ ދުލަށް އައިހާ ތައުރީފުގެ ލަފުޒުތަކުން ދަރިފުޅަށް ސަނާ ކިއެވެ.

" ނޫން.....ތިއީ ދޮގެއް.....އެހެންނޫނަމަ އަހަރެންގެ މޫނަކަށް އެ ހޫނު އެތިފަހަރެއް ނޭރީސް...." ފަރަހް އޭނާގެ ކޮލުގައި އަތް ކާއްތާލަމުން ބުނެލިއެވެ.

"ކާކު؟....ނަން ބުނޭ...އެމީހެއްގެ ވަސް ވެސް ފިލުވައިލާނަން...." ޖައިލަމް އާދޭސް ކުރިއެވެ.

" ފަހަދް....." ފަރަހް އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.

" އައި ވޯންޓު ސީ ހިޒް ކޯޕްސް ޑޭޑް....." ފަރަހްގެ ލޮލުގައި ހުސްކަމެއްވިއެވެ. އޭނަ މިވަގުތު ބޭނުންވަނީ ފަހަދް ގެ ފުރާނަ ނެތް މަސްގަނޑު ދުށުމަށެވެ. ޖައިލަމް އަށް އިތުރު އެއްޗެއް ނުބުނެވެނީސް ރިމޯޓުން ފޯނު ކަނޑާލިއެވެ.

" ކޮބާ ޑްރާމާ ނިމުނީ....މަޖާތަ؟އުފާވިތަ؟" ފަރަހް އެތާ ތިބި ގޭގެ މަސައްކަތު މީހުނާއި ސުވާލުކުރީ ހެމުންނެވެ. އޭނާގެ ހިތަށް ތަސައްލީ ލިބުނީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ.

***

" ޓަޔާޑް؟" މާޒިމް އަހައިލިއެވެ. އުރުޖުވާން މަޑުމަޑުން ހޫމް އަޅުވައިލީ ލޯ ފިތައި ބާރުކޮށްލަމުންނެވެ. އޭނާއަށް ލޯބިވެވުނީ ހީކުރި ރަނގަޅު މީހަކާއި މެދު ކަމުގައި ހިތުގައި އެތައް ޝައްކުއުފެދި ސުވާލުތަކަކުން ޒަހަމް ވަމުންނެވެ. މާޒިމް އަށް އުރުޖުވާން ގެ ބޮލުގައި ފިރުމާލުމަށް ކައިރިވެލަން ފިޔަވަޅުތައް އަޅާފައިވެސް ހުއްޓުން އެރިއެވެ. މާޒިމް ގެ ހިތް އެދުނު ނަމަވެސް އޭނާއަށް އުރުޖުވާން އާއި ކައިރިވުމަށް ނުކުޅެދުނެވެ. ލޯ މަރާލައިގެންއޮވެ އޭނާގެ ކަރުނަތައް ހިންދާލިއެވެ. މާޒިމް ގެ މޫނުން ތެދުވެރިކަމެއް އޭނާއަށް ފެނުމަށް އެދެވުނެވެ. ލޯ ހުޅުވާޅައި މާޒިމް އަށް ބަލަން އުނދަގޫ ވިއެވެ. މިރޭގެ ހާދިސާ ގައިވީ ކިހިނެއް ކަމެއް ނޭނގުނު ނަމަވެސްމެއެވެ. ހިތް ކިލަނބު ކުރުވަމުން ދިޔައީ ފެނުނު މަންޒަރުތަކެވެ. އުރުޖުވާން އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ ހިތަތް ލުޔެއް ލިބޭނޭ ބަސްތަކެއް މާޒިމް އޭނާގެ ދުލުން އިޒްހާރު ކުރުމަށެވެ. އެދޭތެރޭގައިވީ ދުރުކަމާއި ހުސްކަމެވެ.

މާޒިމް އެތައް ފަހަރަކު އަނގަ ހުޅުވާލީ ވާހަކަ ދެއްކުމުގެ ނިޔަތުގައި ނަމަވެސް އޭނާގެ ކަރު ބެދުނެވެ. އެެނދުގެ ކުރިމަތީގައި ހުރި ސޯފާގައި ބޯ އަޅައިލަމުން ބިންމަތީގައި އިށީނެވެ.

" ޔާﷲ.....ކާމް މައި ހާޓް....." އުރުޖުވާން އަށް ހިތުން ދުޢާ ކުރެވެމުން ދިޔައެވެ. އެނދުގައި ވި ހުސް ކަން އޭނާ ގެ ހިތް އެފުށް މިފުށަށް ޖަހަމުން ދިޔައެވެ. މާޒިމް އިސް އުފުލައިލާ ބަލައިލެވުނީ އުރުޖުވާން އަށެވެ.

"ޔާﷲ ފޮގިވް މީ..." މާޒިމް ގެ ލޮލުން އޮހެމުން ދިޔަ ކަރުނަތަކުގައިވީ ހޫނުކަމެވެ. އެ ވަރުބަލި ކަމުގައި އޮތްވާ ގެނބިގެން ދިޔައީ ފުން ނިންޖަކަށެވެ. އުރުޖުވާންގެ ލޮލަށް ނިދި ނުލިބި އޮތީ ހިތުގަިއ އަޅަމުން ދިޔަ ވޭން މައިތިރިކުރެވޭތޯއެވެ. އެހާ ލަސް ވި އިރުވެސް މާޒިމް އޭނާ ގާތަށް ނައެވެ.

" އައި ކާންޓް ޓޭކް އިޓް...." އުރުޖުވާން އަށް ބުނެލެވުނެވެ. އަދި ތެދުވެ ބޮކިތައް ދިއްލާ ކޮޓަރިތެރެ އަލި ކޮށްލިއެވެ. މާޒިމް އާިއ ކުރިމަތިލުމަށެވެ. މި ރޭގެ ހަގީގަތް އެނގެން ބޭނުންވެފައި ހުރެއެވެ. ކުރިމަތީގައި ހުރި ސޯފާގައި ބޯ އަޅާލައިގެން އޮވެ މާޒިމްއަށް އޮތީ ނިދިފައެވެ. ލޮލުގެ ހިމަ ކޮޅުން ފޭބި ކަރުނަތައްވެސް ނުހިކި ތާޒާ ކޮށެވެ. އުރުޖުވާން ލުއި ފިޔަވަޅުތަކުގައި މާޒިމް ގެ ގާތަށް ދިޔައެވެ. ބޯ އަޅާލައިގެން އޮތް ސޯފާވެސް ހުރީ ކަރުނުން ތެމިފައެވެ. އޭނަ މާޒިމް ގެ މޫނުގައި ފިރުމާލިއެވެ. މާޒިމް ގަދަ ނިދީގައި އޮވެފައިވެސް އުރުޖުވާންގެ އަތުގެ ހިމާޔަތް ބަލައިގަތީ ހިނިތުންވުމެއްގައެވެ. އެ ހިނިތުންވުން އުރުޖުވާންގެ ހިތަށް ލުއި ކަމެއް ދިނެވެ. އުރުޖުވާން އިށީނދެ ސޯފާގައި ބޯ އަޅާލީ މާޒިމް އަށް ކުރިމަތިލައިގެންނެވެ.

" ﷲ ތިބާގެ ހުރިހާ ތަކުލީފެއް ލުއި ކުރައްވާށި....ތި ކަރުނަ އެޅި ކޮން ކަމެއްކަން އެ އިލާހު ދެނެވޮޑިގެންވޭ....ސާބިތުކަމާއި ކެތްތެރިކަން ތި ހިތުގައި ލައްވާށި...." އުރުޖުވާން އަށް ހިތާ ހިތުން ކިޔާލެވުނެވެ. ނިންޖަށް ގެނބެމުންދިޔަ އުރުޖުވާން ގެ ލޯ މެރެމުން ދިޔައިރުވެސް ނަޒަރުވީ މާޒިމް ގެ މޫނަށް ހުއްޓިފައެވެ. ތުންފަތުގައި ވީ ފަނޑު ހިނިތުންވުމެކެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު