މިނިވަންކަމަށް 59 އަހަރުފުރޭ އިޙްތިފާލާ ގުޅުވައިގެން ސްކައުޓް އެސޯސިއޭޝަނުން ފަން ފެއާ އެއް އިންތިޒާމުކޮށްގެން ކުރިއަށް އެބަ ގެންދެއެވެ.
މާލޭ މަޖީދިއްޔާ ސްކޫލުގައި މިއަދު 16:00ގައި ފެށުނު މިފެއާ މާދަމާ ހަވީރު 18:00އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށްއެ އެސޯސިއޭޝަނުން ބުނެއެވެ.

މި ފެއާއަކީ ސްކައުޓް އެސޯސިއޭޝަނާއި މާލޭގެ ނުވަ ސްކައުޓް ގުރޫޕެއް ގުޅިގެން ބާއްވާ ފެއާއެކެވެ. މިފެއާގައި ތަފާތު އުމުރު ފުރާތަކަށް ހާއްސަ ހަރަކާތްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭއިރު، ވަނުމުގެ ފީއަކީ، 20 ރުފިޔާއެވެ.
މިފެއާ ގައި ސްކައުޓުންނަށް ޚާއްސަ ހަރަކާތްތަކާއި ތަފާތު އިތުރު ކުޅިވަރުތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ގިނަ ދުވަސްތަކަކަށްފަހު ސްކައުޓް އެސޯސިއޭޝަނުން މިފަދަ ފެއާއެއް އިންތިޒާމުކޮށްފައިވާއިރު، ފެއާއަށް ވީހާވެސް ގިނަ ސްކައުޓުން ޒިޔާރަތް ކުރުމަކީ އެ އެސޯސިއޭޝަންގެ ވަރަށް ބޮޑު އެދުމެއްކަމަށް، ސްކައުޓް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ.