ގޫގުލް ކްރޯމްއިން ތާޑް ޕާޓީ ޓްރެކިން ކުކީސް ނުނަގަން ނިންމައިފި

ގޫގުލް ކްރޯމް: ދުނިޔޭގައި އެންމެ ގިނަބަޔަކު ބޭނުންކުރާ ބްރައުޒާ

ގޫގުލް ކްރޯމްއިން ތާޑް ޕާޓީ ޓްރެކިން ކުކީސް ނުނަގަން ނިންމައިފިއެވެ.

ގޫގުލްއިން ބުނީ، ކުރިން ރާވާފައިވާ ގޮތާ ޚިލާފަށް، ގޫގުލް ކްރޯމް ބްރައުޒަރުން ތާޑް ޕާޓީ ޓްރެކިން ކުކީސް ނުނެގުމަށް ނިންމި ނަމަވެސް، އޭގެ ބަދަލުގައި ޔޫޒަރުންނަށް އިތުރު ޕްރައިވަސީ ސެޓިންގްސްތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

މި ނިންމުން ނިންމާފައިވަނީ ރެގިއުލޭޓަރީ މަޝްވަރާތަކާއި ޕްރައިވަސީ އެޑްވޮކޭޓުންގެ ފާޑުކިޔުންތަކެެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އާ އެޕްރޯޗްގައި ހިމެނެނީ ޓްރެކިން ކުކީސް، ޓޮޕިކްސް އޭޕީއައި އަދި ސެމީ-ޕްރައިވެޓް ބްރައުޒިން ތެރެއިން އިޚުތިޔާރު ކުރުމުގެ ފުރުސަތެވެ.

އެޕަލްއާއި އިލެކްޓްރޯނިކް ފްރޮންޓިއާ ފައުންޑޭޝަން (އީއެފްއެފް)އިން ގޫގުލްގެ މި އެޕްރޯޗަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މި ގޮތުން ވެސް އިޝްތިހާރު ދޭ ފަރާތްތަކަށް ޔޫޒަރުންގެ ޢަމަލުތައް ޓްރެކްކުރެވޭނެއެވެ.

ސަފާރީއާއި ފަޔާފޮކްސްއިން 2020 އިން ފެށިގެން ތާޑް ޕާޓީ ކުކީސް ޑިފޯލްޓް ގޮތެއްގައި ބްލޮކް ކުރަމުން އަންނައިރު، ކްރޯމްއިން މި ފިޔަވަޅު ލަސްކޮށްފައިވެއެވެ. މި ބަދަލު ގެނައީ ކްރޯމް ބޭނުންކުރާ ތިން ބިލިއަން ޔޫޒަރުންނަށް އަސަރު ކުރާ ގޮތަށެވެ. އަދި، ޔޫޒަރުން އަމިއްލައަށް ޕްރައިވަސީ ސެޓިންތައް ބަދަލު ނުކުރާނަމަ، ޓްރެކިންއަށް ހުށަހެޅޭނެއެވެ.

މާހިރުންގެ ތަފާތު ޚިޔާލުތައް މި ކަމާ ގުޅިގެން ފާޅުކޮށްފައިވެއެވެ.

ބައެއް މާހިރުން އިޚުތިޔާރު ދިނުމަށް ތަޢުރީފުކުރާއިރު، އަނެއްބައި މާހިރުން ބުނަނީ ގޫގުލްއިން އަދިވެސް އިސްކަން ދެނީ އިޝްތިހާރު ދޭ ފަރާތްތަކަށް ކަމަށެވެ.

ގޫގުލްގެ މި ނިންމުމަކީ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވަސީއަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ބެލެވެއެވެ.

comment ކޮމެންޓް