"ކޮންމެ ވަގުތަކުވެސް މަރާއި ކުރިމަތިލާން ޖެހިދާނެކަން ހަނދާން ބަހައްޓާ ތައްޔާރުވެގެން ހުންނާށެވެ. ވަގުތު ޖެހުމުން ހިނދުކޮޅެއްވެސް ފަސްވުމެއް ނެތެވެ."

***

"ވަޓް..." މާޒިމް ގެ ލޯ ބޮޑުވިއެވެ. އެ ހަބަރު ހީވީ އޭނާގެ ހަލަބޮލި ވެފައިވީ އިހުސާސްތަކުގެ މައްޗަށް ޖަހައިލި ވިދުވަރެއް ހެންނެވެ. އުފާވެރިކަމާއި ކުށްވެރިކަމާއި ހިތާމައިގެ އަސަރު އޭނާގެ އެތެރޭގައި ދައުރުވަމުން ދިޔައިރު، އޭނާގެ ހިތުގެ ހިނގުން ހުއްޓިދާނެ ހެން ހީވާންފެށިއެވެ. އުރުޖުވާން ގެ ލޯތްބަށް ވި ހިޔާނާތާއި މެދު ނަފްސު އިތުރަށް ކުށްވެރިކުރެވުނެވެ.

" މާޒް އުފަލެއް ނުވޭތަ؟" އުރުޖުވާން ކަރުނުން ލޯ ބަރުކޮށްލައިގެން ކުރި ސުވާލުން މާޒިމް ގެ ހިތް ފަޅައިގެން ދިޔައެވެ.

" އަލްޙަމްދްލިއްﷲ....ވަރަށް އުފާ....ޖަސްޓް ހެޕީ ޓިއަސް...."އޭނަ އުރުޖުވާން އަށް ޔަގީން ކަންދޭން ބޭނުންވިއެވެ. ނަމަވެސް ލޮލުގައި ހިނިތުންވުމެއް ނެތެވެ. އެންމެ ދުވަހެއްގެ ތެރޭގައި އޭނާގެ މުޅި ދުނިޔެ އެ ފުށް މިފުށަށް ޖެހިއްޖެއެވެ. އެވަގުތު ގޭގެ ފޯނު ރިންގު ވިއެވެ. އަހްމަދު އަށް ސިހިފައި ހޭލެވުނެވެ.

"އެ ކޮން އަޑެއް...ކޮބާ މާޒް...." އަހްމަދު ވާހަކަ ދެއްކި ގޮތުން އުރުޖުވާން އާއި މާޒިމް އަށް ވެސް ހެވުނެވެ. ފޯނު ހުރީ އަހުމަދު އޮށޯވެލައިގެން އޮތް ސޯފާގެ ކައިރީގައި ކަމުން އަހުމަދު ފޯނަށް ޖަވާބު ދިނެވެ.

" ކޮބާ މާޒް އޯކޭތަ؟...." އަހްމަދު ގެ ކަންފަތުގައި ޖެހުނީ ފަރަހް ގެ އަޑެވެ. އުރުޖުވާންގެ މޫނަށް ބަލައިލަމުން އަހްމަދު އެ ފޯނަށް ޖަވާބުދިނެވެ.

" ރޯންގް ނަންބަރ..."އޭނަ އަވަހަށް ފޯނު ކަނޑާލިއެވެ.

" ކާކު ހޯދަން ގުޅީ؟" އުރުޖުވާން އަހައިލިއެވެ. އަހްމަދު ފޯނުގެ ވައިރު ނަށްޓާލީ އުރުޖުވާން އަށް ނުފެންނަ ގޮތަށެވެ. ފަރަހް ގެ އަމަލު ކުރިން ހުރި ގޮތުންވެސް އޭނާގެ ނިޔަތް ސާފު ނޫންކަން އަހުމަދުވަނީ ދެނެގެންފައެވެ. ނާވިޔާ ތަހައްމަލު ކުރަން ޖެހުނު ފަދަ ހިތި ދިރިއުޅުމެއް އުރުޖުވާން އަށް ލިބިދާނެކަމުގެ ބިރު އަހްމަދު ހިތުގައި އިތުރުވިއެވެ.

" އެ ކޮންމެވެސް ހަސީނާ އެއް ހޯދަން ވެގެން...." އަހްމަދު ދޮގު ހެދިއެވެ. އަދި ލުއި ހިނިތުންވުމަކާއެކު މާޒިްމ އަށް ބަލާލަމުންނެވެ. މާޒިމް އިނީ އިސް ދަށަށް ޖަހާލައިގެން ޚިޔާލަކަށް ގެއްލިފައެވެ.

" ކޮބާ މާޒް ދަރިފުޅު...މިހާރު ރަނގަޅު ތަ؟ދެން އަވަހަށް ރެސްޓް ކޮށްލާ...ކުޑަ ދުވަސްކޮޅަކަށް ޗުއްޓީ ވެސް ނެގީމަ ކަންނޭނެގެ ރަނގަޅު ވާނީ...ދޯ...." އޭނާ ގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން އުރުޖުވާން ބޯ ޖަހައިލަމުން މާޒިމް އަށް ބަލާލިއެވެ. މާޒިމް ގެ ތަބީއަތަށް ބަދަލު އައިސްފައިވާކަން ފާހަނގަ ވެ ދެރަވިއެވެ.

" ޔާ...އައި ބެޓަ ރެސްޓް...." މާޒިމް ކޮޓަރިޔަށް ދިޔުމަށް ތެދުވުނު ނަމަވެސް އަދި އައި ވީ ފުޅި ހުހެއް ނުވެއެވެ.

" ކެއަފުލް....މާޒް އައި ވީ ނިމެންދެން އައި ވިލް ވެއިޓް....." އުރުޖުވާން އަވަހަށް މަޑުކުރުމަށް ބުނެލީ އޭނަ ކޮޓަރިއަށް ދާން މާޒިމް އެދޭނެކަން އެނގޭތީއެވެ.

"ނޫނޭ....އަހްމަދް ބެ މަޑު ކުރާނަން....އެހެން ނޫނަސް ދެންމެ ނުލާހިކު ރަނގަޅު ނިދި ބުރެއް ޖަހާލާފަވިއްޔާ މިހިރީ...ދަރިފުޅު މިއަދު ހަތަރު ދަމު ބަދިގޭގަ...އަދި ގެ ރީތި ކުރުމުގަ....ބަލިވެފަ ހުންނާނީ މިހާރު....ދެން ދޭ އަރާމު ކޮށްލަން....." އަހްމަދު ގެ ރާގުގައި ހުރީ މަޑުމައިތިރިގޮތެެކެވެ.

މާޒިމް އުރުޖުވާންގެ މޫނަށް ބަލައލިއިރު ލޮލުގައި ހިތާމައިގެ އަސަރު ހުއްޓެވެ. "ސޮރީ" އުރުޖުވާން މަޑުމަޑުން މާފަށް އެދުނެވެ. އޭނާ ގާތު މިއަދު އަރާމު ކުރުމަށް މާޒިމް ބުނެފައި އޮތްވާ އެހާ މަސައްކަތް ކުރިކަން އެނގުމުން އެކަމާ މާޒިމް ނުރުހޭކަން އެނގޭތީއެވެ.

" ކޮބާ އެއޮތް ބަސްޓު ވީ ނު....އެހެން ނުނަސް މިހާރު އުރޫޖް ވާނެ ބޭބީ އަށް ވެސް ބަލައިގެން އުޅެން...." މާޒިމް އިންޒާރު ދިނީ މަންމަ އަކު ވާހަކަ ދައްކާ ފަދަ ރާގަކަށެވެ. އަހްމަދުގެ ލޯ ވިދައިލިއެވެ.

"އެއީ ތަ ބޮޑު ސަޕްރައިޒަކީ.....އަލްޙަމްދުލިއްﷲ....ވަރަށް އުފާވެއްޖެ އަސްލުވެސް...." އޭނާއަށް އުފަލުން ރޮވޭ ވަރުވިއެވެ.

"ދަރިފުޅު އެހެންވީމަ ޖެހޭނެ މާޒް ބުނި ގޮތަށް ވަރަށް ބަލައިގެން އުޅެން އެހެން ނޫނަސް މިއަދު ހާދަ ބުރަކޮށޭ މަސައްކަތް ކޮށްލީ....ތަނެއްގަ ބުރަކަށިވެސް ޖައްސާނުލާ...." އަހްމަދު ކިޔައިދިނެވެ. އުރުޖުވާން އަތުގެ އިޝާރާތުން އެ ވާހަކަތައް ނުބުނުމަށް އެދެމުން ދިޔައީ ކުޑަކުއްޖެއް ފަދައިންނެވެ. އުރުޖުވާން ބޭނުންވީ މާޒިްމ ގާތުގައި ހުރެވޭނެ ކޮންމެވެސް ބަހަނާ އެއް ދެއްކުމަށް ނަމަވެސް މާޒިްމ ހުރީ އެއްވެސް ވާހަކަ އެއް އަޑުއެހުމަށް ފުރުސަތު ދޭގޮތަކަށް ނޫނެވެ.

"ކޮބާ....އަވަހަށް ދެން ބަސްއަހައިގެން ދޭ ނިދާލަން.....އައިވީ ނިމޭނެ ފަނަރަ މިނެޓުން...." މާޒިމް ލޯ އަޅާއިލަމުން އުރުޖުވާން އަށް ބުނެލިއެވެ. ބަސްއަހައިގެން އުރުޖުވާންވެސް އަވަހަށް ދިޔައީ ދެރަވެފައިވާ މޫނެއް މާޒިމް އަށް ދައްކާލްމުންނެވެ.

" އަހްމަދު ބެ ވެސް ދޭ ނިދާލަން....މި ނިމިދާން ވަރަށް އަވަހަށް..." މާޒިމް ބޭނުންވީ އޭނާގެ ހިޔާލުތަކާއި އެކު އެކަނިވެލުމަށެވެ. އަވަހަށް ނިމިދާން ކަމުގައި ބުނުމުން އަހަމަދުވެސް އަރާމު ކޮށްލުމަށް ދިޔައެވެ. އަހްމަދު ދިޔުމުން މާޒިމް ސޯފާ ގައި ދެމިލީ ނިތް މަތީ އަތް ބާއްވާލަމުން ލޯ މަރާލައިގެންނެވެ. މިއަުދ ހިނގި ހާދިސާ އޭނާގެ ސިކުނޑީގައި ކުޅެވެމުން ދިޔައިރު ކަރުނަތައް ލޮލުގެ ހިމަ ކޮޅުން ފައިބަމުން ދިޔައެވެ. އެހާ އުފާވެރި ޚަބަރެއް އަޑުއަހަން ޖެހުނީ އެހާ ހިތާމެވެރި ދުވަހެއްގައެވެ. ވާންވީވަރަށް އުފަލެއްވެސް ނުވިއެވެ. އޭނާގެ މުޅި ދިރިއުޅުން ބަނަ ކުރުވައިފިއެވެ. އުރުޖުވާން އަށް ވި ހިޔާނާތާއިގެން އޭނާ އަށް ދިރިހުރުންވެސް އެއީ ބޮޑު ކުށެއް ކަމަށް ގަބޫލުކުރެވެއެވެ.

އުރުޖުވާން ކޮޓަރިއަަށް ވަދެ ހުރިހާ ބޮކިތަކެއް ދިއްލާލީ ރޭގައި އޭނާ އަށް އިހުސާސް ކުރެވުނު ބިރުވެރި ކަން ހަނދާންވެފައެވެ. މިއަދު ގެ ހަލަބޮލި ކަމުގައި އެކަމާއި ވިސްނާލުމަށް ފުރުސަތެއް ލިބިފައި ނުވެއެވެ. ފާހާނާއަށް ވަންނަން ހިތަށް އަރާފައިވެސް މަޑު ޖެހިލިއެވެ. ހިވީ ބޭރުން ހަޅޭކެއްގެ އަޑު އިވުނު ހެންނެވެ. މާޒިމް އަށް ކަމެއްވީތޯ ބަލަން އަވަސްވެގަތް ވަގުތު ފައި އެނދު ކޮޅުގައި ޖެހި ތަދުވެސް އެރިއެވެ. ނަމަވެސް އެތަދަށް ކަށް ނުބަލައި އަވަހަށް ނިކުތް ވަގުތު މާޒިމް ފެންނާން ނެތެވެ. ބޭރުން ޒުވާބުގެ އަޑު ގަދަވާން ފެށިއެވެ. ކުޑަދޮރުގެ ދޮރުފޮތިތައް ކެހިފައި އިން ހިމަ ރޮނގަކުން ބޭރުގެ މަންޒަރު ރިތިކޮށް ސާފުވަމުން ދިޔައެވެ.

" ފަރަހް.....މާޒް..." އުރުޖުވާންގެ ހިތަށް ހެރުނީ ތީރެކެވެ. މޭ ނުބައި ކޮށް ހޮޑުލެވޭ ގޮތެއްވެސް ވީ އެވަގުތުއެވެ. އަވަހަށް ދުއްވައިގަނެވުނީ ފާހާނާއަށެވެ.

" ފަރަހް...ތި ހަޅޭއް ނުލަވަބަލަ.....ރީއްޗަށްވެސް ވާހަކ ދެއްކޭނެ...ހަމަޖެހިބަލަ..." ފަރަހް ގެ ދެ ކޮނޑުގައި ބާރަށް ހިފައި މާޒިމް ބުނެލީ ހަރުކަށި ކަމާއެކުއެވެ.

"ނޫން...ލައްކަ ދުވަހަކު ކެތްކޮށްފިން....މާޒް ހީކުރީތަ އަހަރެންމިއީ ފައިފުއްސެއްކަމަށް....ޔޫ ކާންޓް ޝަޓް މީ އަޕް....." ފަރަހް ޝަހާދަތް އިނގިލި ދިއްކުރަމުން އިންޒާރު ދިނީ ރުޅިވެރިކަމާއެކުއެވެ. މާޒިމް ބިމަށް ތިރިވިއެވެ. އޭނާގެ ފައިން ވާގި ދުވާހެން ހިވިއެވެ.

"އާދޭސް ކޮށްފަ ބުނަން.....އަހަންނަށް ކުރެވުނު އެއވެސް ކަމެއް ހަނދާނަކު ނެތް.....އައި ޑޯންޓް ރިމެމްބަރ އެނީތިންގް ފަރަހް.....ޕްލީޒް..." މާޒިމް އަށް އޭނާގެ އަމިއްލަ ނަފްސު ގެއްލޭހެން ހީވިއެވެ. މުޅި ދުނިޔެ ވަށާ އެނބުރޭފަދަ ގޮތެއް ވިއެވެ. އޭނާއަށް ކުރެވުނު އެއްވެސް ކަމެއް ހަނދާނެއްގައި ނެތެވެ. ނަމަވެސް އެއީ ނުވާ ކަމެއްގެ ގޮތުގައިވެސް ނުވާނެއެވެ. އެކަމަށް ހެކި ދޭނެ އެތައް ބަޔަކު އެބަ ތިއްބެވެ. ފަރަހް ބިމަށް ތިރިވެލައި މާޒިމްގެ އަތުގައި ހިފިއެވެ.

" މެރީ މީ....." ފަރަހް އެދުނެވެ. މާޒިމް އަށް ފަރަހް އާއި ދިމާއަށް ބަލާލެވުނީ ހައިރާންވެފައެވެ.

" ފަރަހް މޮޔަވީތަ؟އުރޫޖް އިޒް ޕްރެގްނެންޓް.....އަހަރެން ލޯބިވަނީ އުރޫޖް ދެކެ..." މާޒިމް އަށް ބުނެވުނީ ބާރަށެވެ. ފަރަހް އަށް މާޒިމް ގެ ލޮލުގައި އޭނާއަށްޓަކާ ޒައްރެއްގެ މިންވަރަށްވެސް ލޯތްބެއް ނެތްކަން ފާޅުވިއެވެ.

" ނޫން...ލާހިކެއް ނޫން....މާޒް ޖެހޭނީ އަހަންނާ އިންނަން....އަހަރެން ވިއްޔާ އިއްފަތްތެރިކަމެއް ނެތީތަ؟އުރުޖުވާން ކުރެން އެ ސުވާލުގެ ޖަވާބު ހޯދަން ދާންވީތަ؟" ފަރަހް ތެދުވެ ހިނގައިގަންނަން އުޅުމުން މާޒިމް އަށް ފަރަހް ގެ ފައިތިލައިގައި ހިފުނެވެ.

" ޕްލީޒް....ނޯ...." މާޒިމް އަށް އާދޭސްކުރެވުނެވެ. ފަރަހް އަށް މާޒިމް އެފަދަ ހާލަތެއްގައި ވިތަން ފެނި ހިތުގައި ހަމަދަރުދީގެ ކަންޏެއް އުފެދުނަސް އެއީ އޭނާއަށްޓަކައި ވާ ދެރައެއް ނޫން ކަން އެނގެއެވެ. ނަމަވެސް މާޒިމް ހާސިލުކޮށްނުލައި އޭނާ މިކަން ހުއްޓާނުލާނެ ކަމަށް ހިތުގައި އޮތް އަޒުމް ވަރުގަދަ ވިއެވެ.

" ތިންކް އެބައުޓް އިޓް....މާދަން ހަވީރަށް އަހަރެންނަށް ޖަވާބެއް ދީ..." ފަރަހް އޭނާގެ ފައިން މާޒިމް ގެ އަތް ނައްޓާލަމުން ދިޔައެވެ. ފަހަތަށް އެނބުރި ހިނގައިގަތީ މާޒިމްގެ ހާލަތެއް ބަލާލުމެއްވެސް ނެތެވެ. ބޭރުގެ އެ ފިނީގައި ހިނދުކޮޅަކަށް ބިންމަތީގައި އިނދެލުމަށްފަހު ތުނި ކޮށް ވާރޭ ވެހެން ފެށުމުން ގައިގައި ހުރި ކިލާތައް ފޮހެލަމުން ގެއަށް ވަނެވެ. ކޮޓަރީ ދޮރު ހުޅުވިފައި ހުރިތަން ފެނި އެދިމާއަށް އަވަސް ވެގަނެވުނީ އަނެއްކާ އުރުޖުވާން އަށް އޭނާއާއި ފަރަހް ގެ ވާހކަތައް އަޑުއިވުނީ ކަމަށް ހިތާއެވެ. ނަމަވެސް ކޮޓަރިއަށް ވަނުމުން އުރުޖުވާން ހޮޑުލާ އަޑު އިވުނެވެ.

" ދޮރު ހުޅުވަބަ....އުރޫޖް...އޯކޭ ތަ؟" މާޒިމް ފާހަނާ ދޮރުގައި ޓަކި ޖަހަމުން ދިޔައީ ހާސްވެފައި ހުރެއެވެ. ހިނދުކޮޅަކަށް އަޑު ހިމޭންވިއެވެ. މާޒިމް ގެ ހިތް ބިރުގަތީ އަނެއްކާ އުރުޖުވާން ޚަބަރުހުސްވީ ކަމަށް ހިތާއެވެ. ބާރަށް ޓަކި ޖެހި ނަމަވެސް ދޮރު ނުހުޅުވުމުން ތަޅު ދަނޑިފަތީގެ އަޑަށް އުރުޖުވާން ދޮރު ހުޅުވިއެވެ. އުރުޖުވާންގެ ލޮލުގައިވީ ވަރުބަލިކަމާއި ހުސް ކަމެވެ. އެ ނަޒަރު މާޒިމް ގެ މޫނަށް ހުއްޓުނެވެ. އަދި މާޒިމްގެ ފަޓުލޫނުގައި ހުރި ކިލާތަކަށް އުރުޖުވާން ބަލައިލިއެވެ.

"އެއީ...ފޯނު ހޯދަން...ބޭރަށް..." އުރުޖުވާން ސުވާލު ކުރުމުގެ ކުރީން މާޒިމް ޖަވާބު ދިނެވެ. އުނދަގޫ ކަމާއެކު ބަސްތައް ކިޔާލީ ނަޒަރު އުރުޖުވާން އާއި ވަކިކޮށްލަމުންނެވެ. އުރުޖުވާން އަށް މާޒިމް ހެދި ދޮގު ސާބިތުވެފައިވާތީ އޭނާގެ ހިތް ކުދި ކުދި ކުރުވިއެވެ. ފަރަހް އައި ސަބަބު ނޭނގުނަސް އޭނާގެ ސިކުނޑީގައި ކުޅެވެމުންދިޔައީ އުނދަގޫ ޚިޔާލުތަކެކެވެ. އުރުޖުވާން އަށް އަނގަ ހުޅުވާ ވާހަކަ ދައްކާނެ ހާ ހިއްވަރެއްވެސް ނެތެވެ. އުރުޖުވާން މަޑުމަޑުން ގޮސް އެނދަށް އަރާ އޮށޮވެ ބޮކި ނިވާލިއެވެ.

" ޓަޔާޑް؟" މާޒިމް އަހައިލިއެވެ. އުރުޖުވާން މަޑުމަޑުން ހޫމް އަޅުވައިލީ ލޯ ފިތައި ބާރުކޮށްލަމުންނެވެ. އޭނާއަށް ލޯބިވެވުނީ ހީކުރި ރަނގަޅު މީހަކާއި މެދު ކަމުގައި ހިތުގައި އެތައް ޝައްކުއުފެދި ސުވާލުތަކަކުން ޒަހަމް ވަމުންނެވެ. މާޒިމް އަށް އުރުޖުވާން ގެ ބޮލުގައި ފިރުމާލުމަށް ކައިރިވެލަން ފިޔަވަޅުތައް އަޅާފައިވެސް ހުއްޓުން އެރިއެވެ.

***

"ކޮބާ އެ ސޮރު މުޅިން ހަލާކުވީނު...." އާދަމް ޖެއްސުމުގެ ރާގުގައި ފަރަހް އާއި ވާހަކަ ދެއްކިއެވެ.

"ޗީޑި ދެން....މި ކާރުގަ ދުވާ ވަހެއް.....އަވަހަށް ފައިބާ...އަދި ކުރީ ސީޓުގަ..." ފަރަހް ވަރަށް ފަކުރު ގަނެފައި ހުރެ ކާރަށް ޖަހާ އެއަ ފްރެޝްނަ އާދަމްގެ ގަޔަށްވެސް ޖަހައިލިއެވެ. އާދަމް އަށް ހެވުނެވެ. ދުފާ ރަތް ކޮށްލައިގެން ހުރި ދަތް ގަނަޑު މުޅިން ހާމަކުރަމުންނެވެ.

"ކޮބާ މަށަށް ދޭން ބުނި އެތި ކޮޅު.....އަވަހަށް ދީ....އެއިރުން ފެއްސޭނަން...." އާދަމް އޭނާއަށް ދޭން ބުނި މަސްތުވާ އެއްޗިއްސާއި ފައިސާ އަށް އެދުނެވެ. ފަރަހް އަވަހަށް ކޮތަޅު ދިއްކޮށްލައި ކާރުން ފޭބުމަށް އެދުނެވެ.

" އަދި މަޑުކުރޭ.....މިއޮތީ އެންމެ ބާރުގަދަ އެތި...މި ކޮންމެވެސް ގޮތަކަށް އެ ސޮރަށް ކާންދީ....ގެރެންޓީ ތި ދެމީހުން ސަޅިކޮށް ސެޓް ވާނެ..." ފަރަހް ގެ ކާރުން ފައިބަމުން ދިއްކޮށްލީ ސިހުރު ހަދާފައި ހުރި ފުޅިއެކެވެ. ފަރަހް އަނގަޔަށް ގޮތެއް ހަދާލަމުން އެ ހޯދި ނަމަވެސް އޭނާ އާދަމް އަށް ޝުކުރުކުރިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު