"ދުވަސް ފަށަންވާނީ ރަގަޅު ވިސްނުމާއި ޝުކުރުވެރި ހިތަކާއެކުގައެވެ."

***

" އޯ ނޯ....ސޮރީ...މަންމަ ކުޑަކޮށް އޯލްޑް ފެޝަން ވާނެ....ސޯޓު ކަހަލަ އެއްޗިހި ލުމަށް ވަރަށް ދެކޮޅުވާނެ...." ޖޫރީ ލޯ ބޮޑު ކޮށްލާފައި ބުނެލިއެވެ..

" ކޮޓަރީގައި ލުމަކުން ކޮބާ މައްސަލައަކީ...." އަހެދް ފޫހިވާގޮތްވިއެވެ.

"އާނ ދޯ.....ޖޫ ވެސް ބުނަމޭ.....އެކަމަކު މަންމަ ބުނާނެ އެހެން މީހުންނަށް ފެންނަ ހެން އެފަދަ ހެދުން އެޅުން އެއީ ގޯސްކަމެއް ކަމަށް....ދެން ނޭނގޭ....ޝީ މައިޓް ތިންކް އައި ވިލް ކޮޕީ ޔޫ ލޭޓަ...." ޖޫރީ ހިނގަނޑެއް ޖަހައިލީ އޭނާއަށް އޭނާގެ މަންމަގެ މިޒާޖު ރަގަޅަށް އެނގޭތީއެވެ. އަހެދް ލަދުގަތެވެ. ޖޫރީ އެހެން ބުނުމާއެކު ވަގުތުން ހަރުވާޅަކަށް ބަދަލު ކުރިއެވެ. އެއީ ޖޫރީ ގެ ގޮތް އެނގި އެ ވާހަކަ ދައްކާނެ ކަން އެނގިހުރެއެވެ.

"އަހެދް ހާދަ ބަސް އަހަޔޭ....މަންމަ އިންޕްރެސް ކުރަން ދޯ...." ޖޫރީ ހިނިގަނޑެއް ޖަހައިލީ ހަގީގަތުގައިވެސް އަހެދް ގެ އަމަލު ހުރިގޮތް ފެނި ހައިރާންވެފައެވެ. ޖޫރީ އަށް އަހެދް ސިފަ ވަނީ އައްޒަހްރާ އެންމެ ބޭނުންވާ ނަމޫނާ ދައްކާ ކުއްޖެއްގެ ގޮތުގައެވެ. އަހެދް ޖޫރީ ދެއްކި ވާހަކައަށް ލުއި ހިނިތުންވުމެއް ދިނަސް އޭނާ ހިތާހިތުން ރުޅި އައެވެ. ޖޫރީ މަޖަލަކަށް ގިނަ ފަހަރު ދައްކާ ވާހަކަތަކަކީ އަސްލު ތެދު ކަމަށް ވާތީއެވެ.

" ވަރަށް ނިދި އައިއްސި....އަދި ޒަހްރާއްތަ ބުނި ފަޖްރް ނިމުމުން އެ ކޮޓަރިއަށް އައުމަށްވެސް....އަވަހަށް ނިދަންވީ....." އާ ފުރުވަމުން އަހެދް ބުނެލީ ޖޫރީ ގެ އަނގައިން ސަލާމަތްވުމަށެވެ.

" އޯ....އެ ކީއްކުރަންބާ.....އަހެދް އަށް ހީވަނީ ކިހިނެއް....ބޮޑު ޖަވާހިރެއް ދޭން ކަންނޭނގެ..." ޖޫރީ ފުންމައިގެން އެނދަށް އެރިއެވެ. އެވަގުތު އަހެދް ގެ ލޯ ދިއްލުނެވެ. ޖަވާހިރެއް ދޭން ބުނުމުން އޭނާގެ ހިތް އަވަސް ވެލިއެވެ. އަދި އަހެދް ދެއްކި ވާހކަައަށް އިތުރަށް ޝައުގުވެރިވިއެވެ. އަހެދް ގެ މޫނު މަތީގައިވި ހައިރާންކަން ފެނި ޖޫރީ އަށް ހެވުނެވެ.

" އަހެދް ގެ ލޯ ހުރީ ބޯ މަތީގަ.....ދެން ހާދަ މަޖަލޭ.....ޔު ޝުޑް ހޭވް ސީން ޔޯ ރިއެކްޝަން އިން ދަ މިރަ...." ޖޫރީ ގެ ހިނިފަޅައިގެން ދިޔައެވެ. އަހެދް ގެ އަނގަ ސަކަރާތްވިއެވެ.

" އެހެން ނުން ވާނީ ޖޫ ހީވަނީ ހޮރޯ ފިލްމެއްގަ އުޅޭ ހެންވިއްޔާ.....ވާހަކަ ދައްކާ އިރުވެސް އެހާ ބިރުވެރިކޮށް...." އަހެދް އަނގަޔަށް ގޮތެއް ހަދާލިއެވެ.

" ހްމް ދެން ސޮރީ...އެ ދެން މަޖަލޭ....އެހާ ސީރިޔަސް ވާ އެއްޗެއް ނޫން....." ޖޫރީ އަށް އަހެދް ގެ މޫނު މަތީން ނުރުހުންތެރިކަމެއް ފާޅުވާހެން ހީވުނެވެ. އަހެދް އިތުރު ވާހަކަ ދެއްކުމެއް ނެތި ބޮލުގައި ފޮތިގަނޑު އަޅައި މުޅިން ނިވާ ވިއެވެ. ފޯނު ނަގަން ހިތަށް އަރާފައިވެސް ހޭލާ އޮންނަކަން ޖޫރީ އަށް އެނގިއްޖެއްޔާ ވާހަކަ ދެއްކުން ހުއްޓާނުލާނެ ކަން އެނގުނެވެ. ޖޫރީ ނިދަން ތައްޔާރުވެލައިގެން އޮށޯވެއޮވެފައި އަހެދް އަށް ގޮވާލިއެވެ. އަހެދް ނިދާ ކަމަށް ހެދުނު ނަމަވެސް ފޮތިގަނޑު ނަގައި މޫނު ބަލައިލީ ޔަގިން ކޮށްލުމަށެވެ.

"ޕިސް އަހެދް ވެސް ނިދައިފި....ހާދަ ފޫއްސޭ...." ޖޫރީ ކުދި ކިޔައިލިއެވެ. އެވަގުތު އަހެދް ގެ ފޯނު ރިންގު ވިއެވެ. އަހެދް ފޯނު ނެގުމުގެ ކުރިން ޖޫރީ ފޯނު ނެގިއެވެ.

" ދޮންބެ....މިއޮތް ގަޑީގަ...ޕިސް ޕިސް....ބޭޑް...." މުރުތަސިމް ގެ ނަން ފޯނުގެ ސްކްރީން އަށް އަރާފައި އޮތުމުން ޖޫރި ކިޔައިލީ މުސްކުޅި ރާގެއްގައެވެ. އަހެދް އަށް އޭނާގެ އަތް މުށްކަވާލެވުނެވެ. ޖޫރީ އުޅޭ ފާޑުން އޭނާގެ ރުޅި މަތަ ކުރަން އުނދަގޫ ކުރުވައެވެ. ޖޫރީ ފޯނު ސްކްރީން ބަލައިފައި ބާއްވާނެ ކަމަށް ހިތާ އަހެދް އޮއްވާ ޖޫރި އެ ފޯނަށް ޖަވާބު ދިނެވެ.

"ދޮންބެ....މިއީ ދެން މީހުންނަށް ގުޅާ ގަޑީތަ....އަހެދް އޮތީ ނިދިފައޭ....މި އޮތީ ނު...." އަހެދް ގެ މޫނު މަތީ އޮތް ފޮތިގަނޑު ނަގައި ވީޑިޔޯ އިން އަހެދް ގެ މޫނު ދައްކާލިއެވެ.

" ޖޫރީ އެ ކޮޓަރީގަ ތަ؟އަހެދް އަށް ކަމެއް ވީތަ؟" މުރުތަސިމް ކަންބޮޑުވިއެވެ. ޖޫރީ އަވަސް އަވަހަށް ކަންތައް ވީގޮތް ހަބަރު ކިޔާހެން ކިޔާލަދިނެވެ. ހީވީ އެ ސުވާލު މީހަކު ކޮށްފާނެ ކަމަށް ތައްޔާރުވެގެން ހުރިހެންނެވެ.

" އައި ހޯޕް ޝީ އިޒް ފައިން.....އެންޑް ޔެސް ޖޫ އެގޮތަށް ހުނުމަކީ އަސްލު ވަރަށް ކަޑަ ކަމެއް....މަންމަ ގެ ރުޅި މަޑު.....އެނީވެއިސް ދެން އަހެދް ނިދާފައި އޮއްވާ ކީއްކުރަން ފޯނު ނެގީ.....އެވެސް ކިހާ ހަޑި ކަމެއް....ވެން ވިލް ޔޫ ލާން މެނާސް.....ދޮންބެ ހަމަ ހައިރާންވޭ ޖޫރީ އުޅޭ ފާޑުން....ކަންމަތީ އާންޓީ އެކޭ އެއްވެސް ތަފާތެއް ނެތް...." މުރުތަސިމް ވާހަކަ ދެއްކީ ހަރުކަށި ކަމާއެކުގައެވެ. ޖޫރީ އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އަހެދް އަށް ހެވުނު ނަމަވެސް ހިފަހައްޓާލައިގެން އޮވުނީ ކިރިޔަ ކިރިޔާއެވެ.

" ހޫން.....ވަރަށް ފޫހި ވޭ....ވާހަކަ ހޯދަންވީމަ ޖޫ ވަރެއް ނެތް އެކަމަކު ކަންވެ ނިމޭއިރު އައިމް އޯލްވޭސް ރޯންގް....ސހަލު އެކަކުވެސް ނުހުރޭ މިގޭގަ...ވަރަށް ފޫހި ވޭ..." ފޯނު އަހެދް ގެ ކައިރީގައި ބާއްވާލަމަުން ޖޫރީ އޮށޯތީ ރުޅިންނެވެ. ކުޑަކޮށް ރޯ އަޑު އިވުނު ނަމަވެސް ހިނދުކޮޅަކުން އެ އަޑު ވެސް ކެނޑުނެވެ. އަހެދް އަށް އެވަގުތު އަނެއްކާ ވެސް ފޯނެއް އައެވެ. އަދީނާ ގެ ކޯލެކެވެ. އޭނަގެ ހުރިހާ ހިއްސުތަކެއް ސަމާލުވެލިއެވެ. ފޯނު ސައިލެންޓަށް ލުމުންވެސް ގުޅަނީއެވެ. އެންމެ ފަހުން މެސެޖެއް އައެވެ.

" މާދަން ހެނދުނު ތި ކޮއެ ގެ ގެއަށް ދާނަން....ދެންމެ މާލެ މި އާދެވުނީ..." އަހެދް އެ މެސެޖު ކިޔާލުމާއެކު ނޭވާ ލާންވެސް އުނދަގޫވިއެވެ. އަވަހަށް އެ ނަންބަރަށް ގުޅަމުން ވަނީ ފާހާނާއަށެވެ.

" މަންމާ...މަންމަ މެން އައުމުގެ ބޭނުމަކީ ކޮބާ....ލާރި ބޭނުމިއްޔާ އެވެސް ދީފާނަން...ކޮންމެހެން މިގެއަށް އަންނާނެ ކަމެއް ނެތް...." އަހެދް ވާހަކަ ދެއްކީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ބަރު ހުނުމެއްގެ އަޑު ކަންފަތުގައި ޖެހުމުން އެއީ ނައީމު ކަން ދަނެގަނެވުނެވެ.

"ލާރި އޭ....ނާންނާށޭ.....ލާރި އަކުން އަހަރުމެން ގަނެވޭނެ ކަމަށްތަ ތި ހީކުރީ....ތިހާ ފަސޭހައިން އަތު ނުޖެހި ހުރެވޭނެ ކަމަށް ހީނުކުރައްޗޭ...." ނައީމު ގެ ވާހކަ ހުރީ ޖެއްސުމުގެ ރާގުގައެވެ.

"ތިއީ އަހަންނަށް ކޮން ކަމެއް ކޮށްދިން މީހެއް....އަހރެންގެ ދިރިއުޅުން ހަލާކު ކުރުން ނޫން ކަމެއް ނުކުރޭ....މުޅި ދުނިޔެއަށް އަންގަންވީތަ ތި ނުބައި ނުލަފާ ކަމުގެ ވާހަކަ..." އަހެދް ގެ އަޑު ބާރުވިއެވެ. އައިސް ހުރި ރުޅިން އެހެންމީހަކަށް އަޑު އިވިދާނެ ކަމުގެ ބިރެއްވެސް ނެތެވެ.

"ކެރެންޏާ ތި އަނގަ ހުޅުވަބަލަ.....ތި ގޭގެ މީހުންވެސް ކަލޭ ނެރެލާނެ...." ނައީމު ހެމުން ވާހަކަ ދެއްކިއެވެ. އަހެދް ރުޅިން ފޯނު ކަނޑާލުމާއެކު ރޮވުނެވެ. އޭނާ ތަހައްމަލު ކުރަން ޖެހުނު އަނިޔާ މަތިން ހަނދާންވެ ގިސްލެވުނެވެ. އެވަގުތު ކޮޓަރީގެ އަލި ގަދަ ވި ކަން ފާޚާނާގެ ދޮރުން ބަލައިލުމުން ހީވިއެވެ. އޭނަ އަވަހަށް މޫނު ދޮވެލައި ނިކުތެވެ.

" ދަނީން....." ދަނީން ފެނުމުން އަހެދް އަށް ލިބުނީ ހައިރާންކަމެކެވެ. ޖަވާބެއް ނުދީ ދަނީން ހިނދުކޮޅަށް ހުރެފައި ލުއި ހިނިތުންވުމަކާއި އެކު ޗާޖަރު ބަލައި އައީ ކަމުގައި ބުނެލިއެވެ.

" އަހެދް އޯކޭތަ؟.ޔޯ ފޭސް އިޒް ރެޑް...." ދަނީން އަށް އަހެދް ގެ މޫނު މަތީން ރޮއިފާ ހުރި ކަމުގެ އަސަރު ފާހަނގަ ވިއެވެ.

" އާނ...އެއީ ނިދި އައިސްފަ ހުރީމަ...." އަހެދް ބަހަނާއެއް ދައްކާލާފައި އަވަހަށް އޮށޯތެވެ.

***

" ކައިލް އަށް މިވަރު ވީ އިރު ގުޅާލިނަމަ....މިރޭ މިއީ ވާ ރެއެއް...." ޒަވިޔާރު ބުނެލިއެވެ. އެވަގުތު ކައިލް އާއި އާސީނާ ކަން ވީގޮތަ ކިޔައިދިނެވެ. މަރްވާން އަށް އެވާހަކަތައް އަޑުއިވުމުން އިނީ ހައިރާންވެފައެވެ. އަލްބާން އަށް އެނގުމުުން ވާނެ ދެރަ ވެސް އޭނާއަށް ވިސްނޭތީއެވެ.

" އޭގެ ޕްލޭޓް ނަނަބަރު ކިޔާލެވުނު ތަ؟ރިޕޯޓު ކުރިންތަ؟" މަރްވާން އަހައިލީ ހިތް އަވސް ވެފައި ހުރއެވެ.

" ނޫން...އެއްޗެއް ކިޔާނެ ހާ ވަގުތު ވާނެތަ؟ނަސީބެއް އާސި އިނި މަގާ ވީ ފަރާތަށް ނޫން ކަން....އެ ވެން ފަހަތުން ސައިކަލެއް ވެސް ދިޔަ...ހީވަނީ ގޭންގް ކަމެއް ހެން..." ކައިލް އަތުގައި އަޅާފައި ހުރި ބެންޑޭޖު ޒަވިޔާ އަށް ދައްކާލަމުން ވާހަކަ ދެއްކިއެވެ.

" މަންމަ ނިދާ ވަގުތު ބަލާފަ އަންނަންވެސް ގަސްތު ކުރީ މަންމަ ސްޓްރެސް ބޮޑުވެދާނެތީ....މިހާރު މަގުތައް ވަރަށް އަންސޭފް އަސްލުވެސް.... އަލް ކޮބާތަ؟އަލް ވެސް އެހާ ލަސްވަންދެން ބޭރުގަ އުޅޭތީ އަހަރެން ވަރަށް ކަންބޮޑުވޭ...." އާސީނާ ކަންބޮޑުވެފައި ހުރެ ގަޑިއަށް ބަލައިލިއެވެ.

" އަލް ގެ ވާހަކަ ނުދައްކާ....އެއީ ބެޓް މޭން ކަންނޭނގެ....ރޭގަނޑަށް ގެއްލޭނެ....ހެނދުނުގެ އަލިކަމާއެކު ގެއަށް ފައިބާނެ...." ޒަވިޔާ ފުން ނޭވާ އެއް ދޫކޮށްލަމުން ބުނެލި ގޮތުން މަރްވާންއަށް ހެވުނެވެ. ޒަވިޔާ އަށް ނޭނގި ނަމަވެސް ބުނެވުނީ ތެދެކެވެ.

" ދެން އާސީވެސް...އަލް އަކީ ބޮޑު ފިރިހެނެއް....ސްޓޮޕް ވޮރިންގް...ގެއަށް އައި މަގުމަތީގަ ވެސް އަލް ގެ ވާހަކަ...." އާސީނާ އަށް ވިސްނައިދެވޭތޯ ބެލިއެވެ.

" ނޫން...އައި ފީލް ލައިކް ހީ އިސް ވޭސްޓިން ހިސް ލައިފް...ނޭނގޭ ކުރާ ކަމެއވެސް...ލާރި ހޯދަނީ ކިހިނެއް ކަމެއްވެސް....އަލް އުޅޭ ނޫޅޭ ގޮތް ބަލަން މަންމަ ވެސް މިހާރު ބަލި....އަލް އަށް ނަސޭހަތް ދޭން ތިބި ބަޔަކީ ތިއީ..." އާސީނާ ގެ ހިތް ބިރުގަތެވެ. މިައަދު ދިމާވި ހާދިސާ އާސިނާ އަށް ގުޅުވާލެވުނީ މާރާމާރީ ހިންގާ ޑްރަގް ބޭނުން ކޮށްއުޅޭ ޒުވާނުންނާއެވެ.

" އަލް އަކަށް ނަސޭހަތެއް ނުދެވޭނެ...އެއީ އެއަށް ވުރެ މަތީ މީހެއް....ކިޔަވަން ވެސް ބޭނުމެއް ނުވޭ..." ޒަވިޔާ ވާހަކަ ދެއްކީ ވަރަށް ފާޑަކަށެވެ.

" އައި ނޯ ހިމް....އަލް ނުކުރާނެ ގޯސް ކަމެއް....ހީ ވޯކްސް....އަލް އެހެން މިހުން ކައިރި ނުބުންޏަސް ހީ އިޒް ގުޑް އެޓް އައިޓީ ސްޓަފް...އެކަމުން ލާރި ހޯދާކަން އެނގެނީ....." އަލްބާން ގެ ދިފާއުގައި މަރްވާން ވާހަކަ ދެއްކިއެވެ. ޒަވިޔާ ގެ ވާހަކަ ހުރި ރާގުން އޭނާއަށް އުނދަގޫވީއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު