"ދަމު ނަމާދުކުރުން އާދައަކަށް ހަދައިފިނަމަ އުފާވެރިކަމާއި ހިތްހަމަޖެހުން ތިބާއާއެކު ވާތަން ފެންނާނެއެވެ."

***

" ބްރަދަ....ތިހާ ފަސޭހައިން ދާން ނަހަދާ....މިއީ ވެސް ﷲ ގެ މަގުގައި އަޖުރު ލިބުން ބޮޑު ކަމެއް...ހެޔޮ ކަންތަކަށް އަވަސް ވެގަތުމަކީ ބުއްދިވެރީންގެ ސިފަ...." ކެނާން ގެ ކޮނޑުގައި އަތް ބާއްވާލައިގެން ހުރީ ދެންމެ ވާހަކަ ދައްކަމުން ގެންދިޔަ ޝޭޚެވެ.

" އަހަރެންމި އީ ޢިލްމުވެރިއެއް ނޫން....." ކެނާން އިސްޖަހާލައިގެން ހުރެ ވާހަކަ ދެއްކީ ލަދުގެންފައި ހުރެއެވެ.

" މާދަން ރޭ 8 ކަށް.....މި ކްލާހަށް އައުމަށް ދަޢުވަތު ދެން..." ޝޭއިޚް ގެ ޖީބުން ނަގައި ދިއްކޮށްލީ ކާޑެކެވެ.

ކެނާން އޭގައި ހިފަން ފަސް ޖެހުނެވެ. ޝޭޚު ޖެކެޓުގެ ޖީބަށް އެ ކާޑު ލައިދިނެވެ. ކައިރީގައި ތިބި އެތައް ޒުވާނުން ތިބީ އެފަދަ ފުރުސަތަކަށް އެދި އެދިއެވެ. އެމީހުންގެ މޫނުމަތީން ފެންނަމުން ދިޔައީ ޝޭޚުގެ އެފަދަ ސަމާލުކަމެއް އެމީހުންނަށް ވެސް ލިބިދާނެ ކަމުގެ އުއްމީދުގައި ތިބި ކަމުގެ ނިޝާންތަކެވެ. ކެނާން އަށް އެތަނުގައި ދެކެވުނު ވާހަކަތަކުން އެ ޝޭޚުގެ ކްލާހަށް ދައުވަތު ލިބެނީ މަދު ބަޔަކަށްކަން އެނގުނެވެ.

" ކީއްވެ އަޅުގަނޑު؟"ކެނާން އެެހިއެވެ.

" ހަމަ ހިތް ބުނީތީ...." ޝޭޚުގެ މޫނުމަތީވީ ހިނިތުންވުމެކެވެ. ކެނާން އަކީ ދެކެ ފަރިތަ ޒަމާންވީ އެކުވެރިއެއްފަދައެވެ.

" އުސްތާޒް..." ކެނާންގެ ކަންފަތުގައި ޖެހުނީ ދަންނަ އަޑެކެވެ. ފަހަތަށް އެނބުރިލި ވަގުތު ފެނުނީ މީކާއިލް އެވެ. ޝޭޚުގެ ކްލާސްތައް ބަލަހައްޓާ އެންމެ އިސް ދަރިވަރަކީ ވެސް އެއީއެވެ. މި އިއްތިފާގުން ކެނާންގެ މޫނަށް ވެރިވީ ހިނިތުންވުމެކެވެ. މިދިޔަ ދުވަސް ތަކުގައި މޫނު މަތީ ފޭދިފައިވީ މާޔޫސްކަމާއި ބަނަކަން ފަނޑުވެގެން ދިޔައީ އެ ހިނދުކޮޅުގައެވެ.

" ހާދަ ބޮޑު އިއްތިފާގެކޭ....ރާއްޖެ މިހުންނަކީ ހަގީގަތުގައިވެސް ވަރަށް ނަސީބުވެރި ބައެއް....ހީވެސް ނުކުރަން ކެނާން އަކީވެސް ރާއްޖެ ކުއްޖެއް ކަމަށް....އަލްޙަމްދްލިއްﷲ....މީކާއިލް އާއި މި އަޚް ހަވާލު....ގަޑިޔަށް ކްލާހަށް ގެނެސްދޭތި....އަދި ބުނަން....ނޭނގުމަކީ މައްސަލައެއް ނޫން އެކަމަކު އެފަދަ ފުރުސަތެއް ދޫކޮށްލުމަކީ މޮޔަ ކަމެއް..." ކެނާން އާއި ސަލާން ބަދަލުކުރަމުން އޭނާ ވާހަކަ ދެއްކިއެވެ. އަދި ގަޑި ބަލާލުމަށް ފަހު ތަނަކަށް ގަޑިޔަށް ދާން ޖެހޭ ކަމުގައި ބުނެ ހިނގައިގަތެވެ.

" ޔޫ އާ ވެރީ ލަކީ....އުސްތާޒް ގެ ކްލާހަށް ދައުވަތު ނުލިބިގެން މިތާ އެތައް ބަޔަކު ތިބޭ.....ނުކުރާކަށް ކަމެއް ނޯވޭ އުސްތާޒް ގެ ރުހުން ހޯދުމަށް...." މީކާއިލް ހިނިގަނޑެއް ޖަހައިލީ ޝޭޚުގެ ކާރު ފަހަތުން ދުވަމުންދާ ބައިގަނޑަކާއި ދިމާއަށް ބަލަމުންނެވެ.

"ކޮބާ މަދީނާ؟" ކެނާން ފުން ނޭވާ އެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ. އޭނާގެ ސިކުނޑި އެހެން ދިމާލަކަށް ގެންދަން މަސައްކަތްކުރިޔަސް ނިމެނީ ހަމަ އެއް ކަމަކަށެވެ.

" ހިނގާ ކޮފީ އަކަށް...ހަމަޖެހޭ މާހައުލެއްގަ ވާހަކަ ދައްކަން ވާނީ...." މީކާއިލް ޚިޔާލެއް ދިނެވެ. ކައިރީގައި ހުރި ކެފޭ އަކަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ވާރޭ އޮއްސާލީ އިންޒާރަކާއި ނުލައެވެ. އެ މަންޒަރަށް ގެއްލިފައި އިން ކެނާން ބޭނުންވީ ވާރޭތެރެއަށް ނުކުމެ އޭނާގެ ނަފުސްގައި ވި ވަރުބަލިކަން ފިލުވާލުމަށެވެ. ދުރުން ފެންނަ މަންޒަރަށް ބަލަހައްޓައިގެން އިން މިކާއިލް ވެސް ގޭގެ ހާލަތު އޮތް ގޮތް ނުބުނެ ފަސް ކުރަމުން ދަނީ ހާލަތު ގޯސް ވީމަކަށް ވާތީއެވެ.

" އާންޓް ފެނުނީމަ މަދީނާ ވަރަށް ސަކަރާތް.....މާޒް އަށް ގުޅައި ދިނުމަށް އެދެނީ....ހުޝަލް އަށް ވެސް ހިފަހައްޓާލެވެނީ ކިރިޔާ...." މީކާއިލް ވާހަކަ ދައްކަން ފަސް ޖެހިފައިވާ ފަދަ ގޮތެއްގައި ބުނެލިއެވެ. ކެނާން ގެ ލޯ އަދިވެސް ހުއްޓިފައި ހުރީ ވެހެމުންދިޔަ ވާރޭގެ ތިކިތަކަށެވެ.

" ހީވޭތަ މިކަންތައް ރަނގަޅު ވާނެއޭ.....މަންމަ މަރުވެގެން މަދީނާ އަށް ކުރި އަސަރު ހުޝަލް އަށް ވެސް ރަނގަޅަށް އެނގޭނެ....އަދި ނާޝިދު...." ކެނާން ގެ ނަޒަރު އެނބުރުނީ މީކާއިލްއަށެވެ. އެ ލޮލުގައި ވީ ރުޅިވެރިކަން އިތުރުވިއެވެ.

" ތިހެން ނުބުނޭ.....ނަބިއްތަ ގެ ހާލަތަށް ބަލާފައި ނާޝިދުބެ ވެސް އެގޮތައް ކަންތައް ކުރީ....މިހާރު ވެ ނިމުނު ކަމަކަށް ކިތަންމެ ނަމަ ނަމަ އެއް ކިޔަސް އެއީ ބަދަލުވާނެ ކަމެއް ނޫން....އިންޝާﷲ ކުރިޔަށް އޮތްތާ ކަންތައް ރަނގަޅުވާނެ....ދުޢާ އާއި މަސައްކަތުން ނުވާނެ އެއްވެސް ކަމެއް ނޯންނާނެ....ކެނާން އަށް ހީވެދާނެ މިހާރު މިއީ ދެން ހައްލު ވާނޭ ކަމެއް ނޫނޭ....އެކަމަކު މިއީ ހަމަ އިމްތިހާނެއް....ﷲ އިޒް ޖަސްޓް ޓެސްޓިން އަވަ ވޯތް....މިހާ އަވަހަށް ގިވް އަޕް ކުރާ އެއްޗެއް ނޫން...." މީކާއިލް ނަސޭހަތްތެރިވިއެވެ. ކެނާން ގެ ރުޅި މަޑުވާން ފެށިކަން މޫނު މަތީން ހާމަ ވިއެވެ.

" އެކަމަކު ކީއްވެ މިހާ ދުވަސް ވަންދެން ބައްޕަ އެފަދަ ކަމެއް ފޮރުވާ ސިއްރު ކުރަންވީ...މަދީނާގެ ހާލަތުވެސް...." ކެނާންގެ ކަރުތެރެ ބެދުނެވެ.

" ކެނާން އަށް ތި ފެންނަނީ މާޒީގައި ހެދުނު ގޯސްތަކެއް...އެ ގޯހުން ނިކުތް ރަނގަޅު ނަތީޖާތަކަށް ވިސްނާލަބަލަ.....މިއަދު ހުޝަލް އަކީވެސް ނަމާދު ކުރާ ދީނަށް ލޯބިކުރާ މީހެއް....ނާޝިދު ބެ ވެސް އެހެރީ....އިޓްސް ސޯ އަންއެކްސްޕެކްޓެޑް....މިހާރު ބަންގީގެ އަޑަށް އިންތިޒާރުގައި...." މީކާއިލް ވިސްނައިދިނެވެ. ކެނާން ގެ ލޮލުގެ ވިދުން ގަދަވީ ނާޝިދު ނަމާދު ކުރާކަން އެނގުމުންނެވެ.

" ބައްޕަ...ނަމާދު؟" ގަބޫލުނުކުރެވިފައި ކެނާން އަށް އަހާލެވުނެވެ. މީކާއިލް ލުއި ހިނިތުންވުމަކާއި އެކު ބޯ ޖަހައިލިއެވެ.

***

މާޒިމް އަށް ލޯ ހުޅުވާލެވުނެވެ. ވަށައިގެން ހޯދާ ބަލައިލެވުނުއިރު ކައިރީގައި އުރުޖުވާން ބޯ އަޅާލައިގެން އޮތް މަންޒަރު ފެނުނެވެ. އިންތިޒާރުގައި އޮތީ މާޒިމް ހޭ އަރާނެ ވަގުތަކަށެވެ. މާޒިމް ގެ ލޯ ފެން ކަޅިވިއެވެ. އޭނާއަށް ލޯ ހުޅުވާ ނުލެވުނުނަމައެވެ. ޖެހިގެން އޮތް ސޯފާ ގޮނޑީގައި އަހަމަދު ނިދިފައި އޮތް އިރު ހިމޭންކަމުގެ ތެރެއިން ގުގުރީގެ އަޑު އިވެމުންދިޔައެވެ. ފަހަދް ކަރު ކަހައިލި އަޑަށް އެ ދިމާއަށް ލޯ ހިންގައިލިއެވެ. ފަހަދް ފެނިފައި ސިއްސައިގެން ތެދުވެވުނެވެ. އެވަގުތު އައިވީ ބޭގު ގުޅުމަށް އަތަށް ޖަހާފައިހުރި ކަށްޓަށްވެސް ތަދު އެރިއެވެ. ފަހަދްކަމާއެކު ބާރަށް ހިނގާލާފައި އައިސް އަތުގައި ހިފާ ބާރުކުރިއިރު ލޮލުގައިވީ ރުޅިވެރިކަމެވެ.

" ހީނުކުރަން ތިހާ ކަޑަ ވާނެ ކަމަކަށް....އައި އޮންލީ ސޭވްޑް ޔޯ ލައިފް ފޯ ހަ...." ފަހަދް ބާރުކޮށްލައިގެން ހުރީ ކަށި ހުރި ދިމާގައެވެ. މާޒިމް އަށް ތަދުވިޔަސް އޭނާއަށް އަމިއްލަ ދިފާއުގައި އެއްޗެއް ބުނެލުމުގެ ހައްގެއް ނުވާ ކަމަށް ގަބޫލުކުރެވުނެވެ. އުރުޖުވާން އަށް ބަލަހައްޓައިގެން ހުރި ފަހަދް ގެ ހިތް ވެސް ގެނބުނެވެ. އެފަދ މައުސޫމު ކުއްޖަކާއި މެދު މާޒިމް އެހާ އިހާނެތި ގޮތަކަށް ކަން ކޮށްފާނެއޭ އޭނާގެ ހިތް ދުވަހަކު ވެސް ނުބުނެއެވެ. ސްވިޒަލޭންޑުގައި އެހާ ލޯބިން އުޅެފައި މިފަދަ ގޮތަކަށް އަމަލު ކޮށްފާނެއޭ ބުނާނީ ކާކުހެއްޔެވެ؟

" އައި ޑޯންޓް ރިމެމްބަރ....އަހަންނަކަށް ނޭނގޭ..." މާޒިމް ގެ އަޑު ކުރަކިވިއެވެ.

"މާޒް....ހޭލެވުނީތަ؟އޯކޭތަ؟" އުރުޖުވާން ސިއްސައިގެންގޮސް ހޭލެވުނެވެ. މާޒިމް ގެ ނިތްކުރީގައި އަތް ޖައްސާލާފައި ހުން ތިރިވިތޯ އަވހަށް ބެލިއެވެ. މާޒިމް ގެ އަތުން ފަހަދް ދޫކުރިއެވެ

"ޕޭޝަންޓް މިއޮތް ހޭލީ...." ގަދަ ކަމުން ހިނިގަނޑެއް ޖަހައިލަމުން ފަހަދް ބުނެލީ އުރުޖުވާން އަށް ޝާއްކުވިޔަނުދިނުމަށެވެ. ފެން ކަޅިވެފައި އިން އުރުޖުވާން އިނީ މާޒިމް ގެ ޖަވާބެއްގެ އިންތިޒާރުގައެވެ.

"މާޒް....ވަޓް ހެޕްންޑް....އެކްސިޑެންޓެއް ވީތަ؟އެއވެސް ތަނަކަށް ތަދުވޭތަ؟ހައު އާ ޔޫ ފީލިން؟" އުރުޖުވާން ގެ ސުވާލުތައް ގިނަވިއެވެ. އިސް ޖަހާލައިގެން އިން މާޒިމް އިނީ އުރުޖުވާން ގެ މޫނަށް ބަލާނެ ހިތްވަރު ނެތިފައެވެ. މާޒިމް ގެ ދަތްދޮޅީގައި ހިފާ އިސްއުފުލުވިއެވެ. އުރުޖުވާން ގެ ލޮލުގައި އެތައް ސުވާލެއް ވިކަން ދޭހަވިއެވެ. މާޒިމް އެ ހާލަތުގައި ވުމުން އޭނާ ރޮއެފައި ހުރި ވަރު އެ ލޮލުން ހާމަވެއެވެ.

" ފީލްސް ލައިކް އައި ގޮޓް ހިޓް ބައި އަ ޓްރަކް...." މާޒިމް އޭނާގެ އިހުސާސް ކިޔައިދިނެވެ. އުރުޖުވާންގެ ކަންބޮޑުވުން ފެނި ހިތް ހަލާކުވާވަރުވިއެވެ. މިފަދަ ދުވަހެއް އައުމަށްވުރެ މަރުވުންވެސް އޭނާއަށް މާ ރަނގަޅުވީހެވެ.

"ސީރިއަސްލީ...ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ...." އުރޖުވާން މާޒިމް ގެ އަތަށް ފިތާލިއެވެ.

" ވާރޭގަ ތެމުނީމަ އެހާ ބޮޑުވަރު އެވީ....މާޒް އިޒް އަ ބިޓް އެލާޖިކް ޓު ރެއިން....ދޯ..." ފަހަދް ދިފާއުގައި ބުނެލިއެވެ. މާޒިމް ކުށްވެރި ނަޒަރަކުން ފަހަދް އަށް ބަލާލަމުން އެއްބަސްވެލިއެވެ.

" ފަހަދް ނެތް ނަމަ ނޭނގޭ މިރޭ ކިހިނެއް ކަމެއް ހަދާނީވެސް.....ތޭންކްސް ސޯ މަޗް ފޯ ބީންގް ދެއަ...." އުރުޖުވާން ޝުކުރު އަދާކުރިއެވެ. އޭނާގެ ލޯ އޭރުވެސް ހުރީ މާޒިމްގެ މޫނަށް ހުއްޓިފައެވެ. މާޒިމް އަށް އައިސްފާ ހުރި ބަދަލު އޭނާއަށް ވެސް އިހުސާސް ކުރެވެއެވެ. ވީ ކަމެއް ރަނަގޅަށް އޮޅުންފިލުވަން ބޭނުންވި ނަމަވެސް މިވަގުތު މާޒިމް އާއި ސުވާލުކުރުމަށްވުރެ މާޒިމް ގެ ސިއްހަތަށްޓަކާ އަރާމު ބޭނުންވާނެ ކަން ވިސްނުނެވެ.

" އެއްވެސް ކަމެއް ދިމާވެއްޖިއްޔާ އައިމް އޮންލީ ވަން ކޯލް އަވޭއި....ގުޅާލާތި....މާޒް....ތި ލޮލަށް ހަމަ ނިދި ލިބޭނެ ކަމަށް އުންމީދުކުރަން....ޔޫ ވިލް ނީޑް އިޓް...." ފަހަދް ވާހަކަ ދެއްކީ އިންޒާރެއް ދޭ ފަދަ ގޮތަކަށެވެ. މާޒިމް އުނދަގުލުން ލުއި ހިނިގަނޑެއް ޖަހައި ބޯ ޖަހައިލިއެވެ.

"އައި ނޯ ދަ ވޭއި....." އުރުޖުވާން ދޮރު ހުޅުވާލަދޭން އަވަސް ވެގަތުމުން ފަހަދް އުރުޖުވާނަށް ލުއި ހިނިތުންވުމެއް ދިނެވެ. އަދި އަތުގެ އިޝާރާތުން ނައުމަށް އެދުނެވެ. މާޒިމް އަށް ފެން ތަށްޓެއް ގެނެސްދިނުމަށް އުރުޖުވާން ހިނގައިގަންނަން އުޅުމުން މާޒިމް އުރުޖުވާން ގެ އަތުގައި ހިފިއެވެ.

" އުރޫޖް....އައިމް ސޮރީ....." މާޒިމްގެ ލޯމަތިން އުރުޖުވާން ގެއްލެންވެސް އޭނަ ނޭދެއެވެ. ނަމަވެސް ފެންނަން ކައިރީގައި ހުރުމުންވެސް ހިތުގައި އަޅާ ވޭން ބުނެދޭނެގޮތެއްވެސް ނޭނގެއެވެ.

" ކީއްވެ ތިހާ ގިނައިން މާފަށް އެދެނީ...." އުރުޖުވާން ގެ ލޯ ފެންކަޅިވިއެވެ. އޭނާގެ ހިތަށް ވެރިވީ އުނދަގޫ ކަމެކެވެ. މާޒިމް ގެއްލެން އުޅޭ ފަދަ ބިރުވެރި އިހުސާސަކުން ހިތް ފުރާލިއެވެ. މާޒިމް ގެ ދޫ ބަންދުވިއެވެ. އޭނާ އަށް ހަގީގަތާއި ކުރިމަތިލާނެ ގޮތެއް ނޭނގުނެވެ.

" ހަމަ އެހެންވެ..." މާޒިމް ގެ އަތް އުރުޖުވާން ގެ އަތުން ދޫ ވިއެވެ. އަދި ކަރުނުން ބަރުވެފައިހުރި ލޯ ފޮހެލެވުނެވެ. އުރުޖުވާން ފެން ތަށި ބަލައިދާން ފިޔަވަޅު އަޅާފައިވެސް މަޑު ޖެހެލިއެވެ. އަދި މާޒިމް ކައިރީ އިށީނެވެ.

" އަހަރެން ވަރަށް ބިރުގަނޭ....މާޒް ގެއްލިދާނެތީ....މިއަދު..." އުރުޖުވާން ގެ ލޮލުގައި ވި ކަރުނަތައް އޮހިގަތެވެ. އުރުޖުވާން ގެ ކޯތާފަތަށް އެޅެމުން ދިޔަ ކަރުނަތައް ފޮހެލަދެމުން ދިޔަ މާޒިމް އަށް އޭނާ އެއި އަގެއް ނެތް މީހެއް ކަމުގައި އިހުސާސްކުރެވުނެވެ.

"އެހެން ނޫން ނަމަ....އިޓް ވިލް ބީ އޮންލީ ދަ ޓޫ އޮފް އަސް އެގެއިންސްޓް ދަ ހޯލް ވޯލްޑް...." އުރުޖުވާން އޭނާގެ ބަނޑުގައި އަތްތިލަ ޖައްސައިލަމުން ބުނެލިއެވެ. މާޒިމް ގަނޑުވިއެވެ.

" ވަޓް..." މާޒިމް ގެ ލޯ ބޮޑުވިއެވެ. އެ ހަބަރު ހީވީ އޭނާގެ ހަލަބޮލި ވެފައިވީ އިހުސާސްތަކުގެ މައްޗަށް ޖަހައިލި ވިދުވަރެއް ހެންނެވެ. އުފާވެރިކަމާއި ކުށްވެރިކަމާއި ހިތާމައިގެ އަސަރު އޭނާގެ އެތެރޭގައި ދައުރުވަމުން ދިޔައިރު، އޭނާގެ ހިތުގެ ހިނގުން ހުއްޓިދާނެ ހެން ހީވާންފެށިއެވެ. އުރުޖުވާން ގެ ލޯތްބަށް ވި ހިޔާނާތާއި މެދު ނަފްސު އިތުރަށް ކުށްވެރިކުރެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު