ވިޔަފާރިތަކަށް މައުލޫމާތު ދިނުމަށް، އެމްއައިބީން އޯޕަން ޑޭއެއް ބާއްވަނީ

މޯލްޑިވްސް އިސްލާމިކް ބޭންކު ހެޑް އޮފީސް: ވިޔަފާރިތަކަށް މައުލޫމާތު ދިނުމަށް އެމްއައިބީން އޯޕަން ޑޭއެއް ބާއްވަނީ --- ސަން ފޮޓޯ

މޯލްޑިވްސް އިސްލާމިިކް ބޭންކް (އެމްއައިބީ)ވިޔަފާރިތައް ކުރިއަރުވައި، އެތަންތަނަށް ފަސޭހަކަމާއެކު ބޭންކިން މުއާމަލާތް ކުރެވޭނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކުރަން އޯޕަން ޑޭއެއް ބޭއްވުމަށް ނިންމައިފިއެވެ.

މި އޯޕަން ޑޭ ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު 9:00 އިން 17:00ގެ ނިޔަލަށް މީރުމާ އިމާރާތުގެ ދެވަނަ ފަންގިފިލާގައެވެ.

އެމްއައިބީން ބުނީ، މި އޯޕަން ޑޭގައި ވިޔަފާރިތަކަށް އެ ބެންކުންދޭ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ދޭނެ ކަމަށެވެ. އޭގެތެރޭގައި، އެ ބެންކުން ވިޔަފާރިތަކަށް ދޭ ޚިދުމަތްތަކާއި ފެސިލިޓީތަކާއި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބޭންކިންގެ ޚިދުމަތް ހޯދެން ހުރި ފުރުސަތުތަކާ ގުޅުން ހުރި މައުލޫމާތު ދިނުން ހިމެނެއެވެ.

މީގެއިތުރުން، އެ ބެންކުން ވަނީ އޯޕަން ޑޭގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެމްއައިބީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިންވެސް އެމްއައިބީއިން މިފަދަ ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސްފައިވާއިރު، މި ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބެއެވެ. އެ ބެންކަކީ ވިޔަފާރިތަކަށް ފަހި ބޭންކްއަކަށް ވާއިރު، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބޭންކަށް ނުގޮސް ވިޔަފާރިތަކަށް ގިނަ ޚިދުމަތްތަކެއް ލިބެއެވެ.

comment ކޮމެންޓް