"ކެތްތެރިކަމާއި ރުޅިމަޑުކަމަކީ އެންމެ މާތް ދެ ސިފައެވެ."

***

"ބާބް.... އިޓްސް އޯކޭ...އިޓްސް އޯވަ..ޔޫ އާ ސޭފް...." ފަރުދާ ކަހާލަމުން އަލްބާން އެތަނަށް ވަނެވެ. ބާބިލް ބުރުގާ ނާޅާ އޮތުމުން ކަޅު ފަން ދިގު އިސްތަށިގަނޑު އޮތީ ހާމައަށެވެ. އަލްބާން އަށް އެނބުރިލެވުނެވެ. ބާބިލްގެ ކަންފަތުގައި އެ އަޑު ޖެހުމުން ހުއްޓުން އެރިއެވެ. އަދި ވަށައިގެން ހޯދާލެވުނެވެ. އަލްބާން ފެނުމުން ހިތަށް ފިނި ކަމެއް ލިބުނެވެ. ސަލާމަތުގެ އައްސޭރިއެއްކަން އިހުސާސް ކުރެވުނެވެ. އެނދު ކައިރީ ހުރި ކަބަޑް މަތި އޮތް ބުރުގާއިން އަވަހަށް އިސްތަށިގަނޑު ނިވާކޮށްލިއެވެ.

" އަލް....އަލްބާން...ކިހިނެއް މިތަނަށް...ވޯކްޝޮޕްއަށް އާދެވުނީ ކިހިނެއް؟" ބާބިލް އޭނާގެ ބޮލުގައި ހުރި ޒަޚަމް ގައި އަތް ބީއްސާލަމުން ވާހަކަ ދެއްކިއެވެ.

" ބުރުގާ އަޅައިގެންތަ؟" އަލްބާން ކޮށްލި ސުވާލުން ބާބިލް ގެ ލޯ ބޮޑުވިއެވެ. އަލްބާން ގެ ހިތްހެޔޮ ކަމާއި އެހެން މީހުންގެ ޢިއްޒަތަށް ކުރާ ޤަދަރު ފެނި ބާބިލް ގެ ހިތަށް ފިނި ކަމެއް ލިބުނެވެ. ބާބިލް މަޑު މަޑުން އާނއެކޭ ބުނެލިއެވެ. އަލްބާން އެނބުރުނީ ޖަހާލި ވިދުވަރެއް ހެންނެވެ. ހީވީ ބާބިލް ފެނިލުމަށް ކެތްމަދުވެފައި ހުރި ހެންނެވެ. ބާބިލް ގެ ހާލަތާއި މެދު ވާ ކަންބޮޑޫވުން އެ ލޮލުން ސާފުކޮށް ފެންނާން ހުއްޓެވެ.

" އައި ނޯ އެވްރީތިންގް....ބާބް އެންމެނަށް މިހާ ދުވަސް ވަންދެން ސިއްރު ކޮށްގެން އުޅޭ ހުރިހާ ކަންތައްތަކެއް އެނގޭ....ޑޯންޓް އީވެން ޓްރައި ޓު ލައި އެބައުޓް އިޓް...." އަލްބާން ގެ އަޑުގައި ވީ ނުރުހުންތެރިކަމާއެކު އަޅައިލުންވެސް ވިއެވެ. ބާބިލް އެހުރިހާ ތަކުލީފެއް އެކަނި އަމިއްލަ އަށް ތަހައްމަލު ކުރަމުންދިޔައީ އެއްވެސް މީހަކަށް އަންގާނުލައެވެ. ދެއަތް ދެއަތާއި މޮޑެމުން އިސްޖަހާލައިގެން އިން ބާބިލް ގެ ލޮލުން އޮހެމުން ދިޔަ ކަރުނަ ތިކިތަށް އެ އަތަށް އެލެމުން ދިޔައެވެ. އެފަދަ އޯގާތެރިކަމެއް އޭނާއަށް ހައްޤު ބާއޭ ހިތަށް އެރިއެވެ. ޝަކުވާއެއް ކުރުމެއް ނެތި ޙަޔާތުގައި ދިމާވި ކޮންމެ ދަތްޗަކާއި އޭނާ ކުރިމަތިލީ ﷲ ގެ މަދަދަށް އެދިގެންނެވެ. އެކަލާނގެ ރަޙްމަތް ތަނަވަސްވެގެންވެއެވެ. ބާބިލް ހީވެސް ނުކުރާ ފަދަ ގޮތަކަށް އޭނާ ސަލާމަތް ކުރުމަށް އަލްބާން މެދުވެރި ވެދާނެ ކަމަށް ހިތަކަށް ވެސް ނާރައެވެ. އަދި އަލްބާން އަށް ހުރިހައި ކަމެއް ދެނެގަނެވުނު ގޮތާއި މެދު ވެސް ހިތް ބިރުގަތެވެ.

" ބާބް؟ބާރަށް ބުނެވުނީތީ ސޮރީ....ރުޅިންނެއް ނޫން....އައި ޖަސްޓް ކެއަ ފޯ ޔޫ....ބާބް އަބަދުވެސް ހެވިފަ އަބަދުވެސް ހިނތުނެވުމެއްގައި ނޫނީ ފެނިފައެއް ނުވޭ....ކީއްވެ އެއވެސް މިހެއް ކައިރީ ނުބުނީ....އާ ވީ ނޮޓް ޔޯ ފެމިލީ؟" އަލްބާން ހީކުރީ އޭނާ ނުރުހުންތެރިކަމާއެކު ވާހކަ ދެއްކުމުން ބާބިލް ހިތުގައި ޖެހުނީ ކަމަށެވެ. ބާބިލް ބޯ ހުރާލާފައި އިސްއުފުލައިލި އިރު ކަރުނަ ތިއްކެއް އަލްބާން ގެ އަތަށް ބުރައިގެން ދިޔައެވެ. އެ ކަރުނައިގެ ހޫނު ކަން އަލްބާން އަށް އިހުސާސް ކުރެވުނު ވަގުތު އަލްބާން ގެ ހިތް ވެސް ގެނބުނެވެ. ބަޔާންވެސް ނުކުރެވޭހާ ހިތްދަތިކަމުން އެ ފަކީރު ހިތް އަޅުދާސްކުރުވައިފިކަން އިހުސާސް ކުރެވުނެވެ. ކަރުނަތައް ފޮހެލުމަށް އަތް އުފުލާލަން އުޅެފައިވެސް ނަފްސު ކޮންޓޮރޯލް ކުރި ހިތާ ދެކޮޅަށެވެ.

" އަލްހަމްދްލިއްﷲ....." ގިސްލެވޭ ހާލުގައި ލުއި ހިނިތުންވުމެއް މޫނަށް ވެރިކުރުވަމުން ބާބިލް ގެ ދުލުން ބޭރުކުރީ ޝުކުރުގެ ޒިކުރެކެވެ. ބާބިލްގެ ހިތްވަރު ފެނި އަލްބާން ހުރީ ހައިރާންވެފައެވެ.

" ހައު އާ ޔޫ ސޯ ސްޓްރޯންގް؟" އަލްބާން އަށް އަހާލެވުނީ ހައިރާންކަމާއެކުއެވެ.

" ބިކޯޒް އައި ހޭވް އަ ފެމިލީ ލައިކް ޔޯސް...." ބާބިލް ލޯ ފޮހެލަމުން ވާހަކަ ދެއްކިއެވެ.

" ލޯކަން އަކަށް ދެން ބާބް އެއް ނުލިބޭނެ....އައި ވިލް މޭކް ޝުއަ އޮފް ދެޓް.." އަލްބާން ގެ އަޑުގައިވީ ހަރުކަށިކަމެވެ. އެ ޖުމްލަތަކުން ބާބިލް ސިހުނުގޮތުން ބިރެއް ފެނުނުފަދައެވެ.

" އަލް ގެ ކަމެއްތަ އެއީ...ލޯކަން ޖަލަށް ލުން؟ލޯކަން އެއީ ވަރަށް ނުރައްކާތެރި މީހެއް...އަލް ޕްލީޒް ސްޓޭއި އައުޓް އޮފް އިޓް....މިއީ އަހަރެންގެ މައްސަލައެއް...އައި ކޭން ފިކްސް އިޓް.....ޑޯންޓް ޑޫ އެނީތިންގ ސްޓުޕިޑް....އަހަރެން އާދޭސް ކުރަން.....އޭނަ އެއީ މީހަކު މަރާލަންވެސް ފަސް ނުޖެހޭނެ މީހެއް...." ބާބިލް އާދޭސް ކުރަމުން ދިޔައީ އަޑު ތުރު ލާ ހާލުގައެވެ. ލޯކަން އޭނައަށް ގުޅާފައި އަލް ކިޔާ މީހަކު ދަންނަމުތޯ ކުރި ސުވާލު ބާބިލް ސިކުނޑީގައި އެނބުރެން ފެށިއެވެ.

" ބާބް ހަމަޖެހިބަލަ.....ލޯކަން އަކަށް އެއްވެސް ކަމެއް ނުކުރެވޭނެ އިންޝާﷲ....އަހަރެން ވެސް ލޯކަން މަރާލާކަށް ފަހެއް ނުޖެހޭނަން...." އަލްބާން ފަހު ބަސް ބުނެލި ވަގުތު ބާބިލް ހުއްޓުން އެރިއެވެ. އެފަދަ ހިމާޔަތެއް އޭނާއަށް ދުވަހަކުވެސް އިހުސާސް ކުރެވިފައެއް ނުވާއިރު އަލްބާން އަށް ބުރައެއް ކަމުގައި ވުމަށް ވެސް އޭނާ ނޭދެއެވެ.

" ނޫން....އަލްބާން....ޔޫ ސްޓޭއި އައުޓް އޮފް އިޓް....އައި ކޭން ފިކްސް ހިމް..." ބާބިލް އެނދުން ތެދުވާން މސައްކަތް ކުރި ނަމަވެސް ގައިގައި އެހާ ވަރެއް ނެތުމުން އެނދަށް ވެއްޓުނެވެ.

" އާނ ބާބް ތި ބޮބް ދަ ބިލްޑަ ވިއްޔާ....ޓޭކް އަ ރެސްޓް ފަހުން ވާހަކަ ދައްކާނީ..." އަލްބާންގެ އަތް ފުރަގަހަށްލައި މުށް ކަވާލެވުނީ ލޯކަން ދެކެ ބާބިލް ވާ ލޯތްބަކުން ދައްކާ ވާހަކައެއް ކަމަށް ހީވެފައެވެ. އަލްބާން ރުޅި އަންނަ ބޭނުންނުވި ކަމުގައި ވިޔަސް އެހެން ހިތަށް އެރުމުން ލޯކަން އާއި މެދު ހިތުގައި އޮތް ނަފްރަތު އިތުރުވިއެވެ. ބާބިލް އަށް ހެވުނީ އަލްބާން އެފަދަ ހާލަތެއްގައި ވެސް ކިޔާލާ މަޖާ އެއްޗިހި އިވިފައެވެ. ގައިގާ ވަރެއް ނެތުމުން އަރާމު ކުރަން މަޖުބޫރުވިއެވެ. އަލްބާން އިތުރު ވާހަކަ އެއް ދެއްކުމެއްނެތި ޤުރުއާން ޖަހާލަދީފައި އެތަނުން ގޮނޑިއެއް ނަގައި އިށީނީ ތަންކޮޅެއް ދުރުގައެވެ.

"ކިހިނެއް އެނގުނީ ސޫރަތް ޔޫސުފް އެއީ އެންމެ ރީތި ސޫރަތް ކަން....އަދި އެވެސް ހުސަރީގެ ކިޔެވުމެއް..." ބާބިލް ހައިރާންވިއެވެ. އަލްބާން އެހާ ރަނގަޅަށް އޭނާ ދަންނަ ކަމެއް ދުވަހަކުވެސް ނޭނގެއެވެ.

" ނޭނގޭ....އެއީ އިއްތިފާގެއް..." އަލްބާން ވާހަކަ ދެއްކީ އޭނާގެ ފޯނަށް ގެއްލިފައި އިނީ ކަމަށް ހަދާފައެވެ. ހަގީގަތުގައި ބާބިލް އެ ކިޔެވުން ރީތި ވެގެން ބަދިގޭގައި މަސައްކަތް ކުރާ އިރުވެސް ހުސަރީގެ ގުރުއާނުގެ އަޑު އަހާކަން އޭނާ އަށް ވަނީ ކުރީން ވެސް ފާހަގަ ކުރެވިފައެވެ. ބާބިލް އަށް އަލްބާންގެ އަޑުން ނުރުހުމުގެ ރާގެއް ހުރިކަން ހީވެ އިތުރު އެއްޗެއް ނުބުނެ ލޯ މަރާލިއެވެ

***

" ކޮބާ އާންޓް އޯކޭތަ؟އެ ރޫމް ކައިރިޔަށް ދިޔުންވެސް މަންމަ އޮތީ މަނާ ކޮށްފަ....އަޅެ އަހެދް ބުނަބަލަ...ޖޫ އަށް ހެވުމަކީ އެއީ މައްސަލައެއްތަ؟އައިމް ޝުއަ އެންމެންވެސް އަސްލު ތިބޭނީ ހޭން ބޭނުންވެފައިކަން އެކަމަކު ޖޫ އަސްލު މިހާ އޮނެސްޓް ވީމަ ދޯ އެގޮތަށް ހިތު ތެރޭ ފޮރުވައިގެން ނުހުންނަނީ..." ޖޫރީ ހީވީ ހިތުގައިވާ އެއްޗެހި ބަންޑުންކޮށްލާނެ މީހަކު ނުފެނިފައި ހުރީ ހެންނެވެ. އަހެދްގެ ކޮޓަރީގެ ދޮރުން ރަނގަޅަށް ނުވަދެވެނީސް އޭނަ ހުރިހާ ވާހަކަތައް ދައްކާ ނިންމާލައިފިއެވެ. އަހެދް ވަދެ ވަގުތުން އާ ފުރުވާ ކަމަށް ހަދައިލީ ޖޫރީ ގެ ވާހަކައިން ސަލާމަތް ވާން ބަހަނާއެއްގެ ގޮތުންނެވެ.

" ވަރަށް ސްލީޕީ....ޖޫ ދެން އެހާ ވިސްނާނެ ކަމެއް ނެތް....އާންޓް ކައިރީ އެބަ އުޅޭ ދަނީން އާއި ޒަވިޔާ....އަދި ދެޓް ބޯއި......ސަކީނާގެ ދަރި..." އަހެދް ވާހަކަ ދެއްކީ ވަރަށް ފޫހިވެފައިވާ ކަހަލަ ގޮތަކަށެވެ. ޖޫރީ ފާޑަކަށް ބަލަހައްޓައިގެން ހުންނާން ފެށުމުން އަވަހަށް ރާގު ބަދަލުކޮށލިއެވެ.

"މި ބުނީ ސަކީނާއްތަ....ނިދީގަ ހުރީމަ އެއީ...." ވަރަށް ހާސްވެފައިހުރެ އަހެދް ބުނެލިއެވެ. ޖޫރީ ލޯ އަޅާލާފައި ހީގަތެވެ. އަހެދް ނިދަން ތައްޔާރުވާތަން ބަލަން ޖޫރީ ހުރިއިރު ފިލްމެއްގެ މަންޒަރު ކުޅެވޭފަދައެވެ. އަހެދް މޫނުގައި ނަހާކާކަށް އެއްޗެއް ނެތެވެ. ނިދަން ލައިގެން ހުރީ ވެސް ކުރު ސޯޓަކާއި ޓީޝާޓެކެވެ.

" ސޯ ބިއުޓިފުލް.....މޫނުގަ ތިހާ ބައިވަރު އެއޗިހި ލައިގެން ދޯ މިހާ ރީތި ވަނީ....ޖޫ ވެސް ވެއްޖެ ޓްރައި ކުރަން....." ޖޫރީ ޑްރެސިން ޓޭބަލް ކައިރީ ގޮނޑިއެއް އަޅާލައިގެން އިށީނެވެ. އަހެދް ހުރީ އޭނާ މޫނުގައި ހާކަން ގެންގުޅޭ އެކި ފާޑު ފާޑުގެ ކްރީމްތައް ކުރިމަތީ ބަހައްޓާލައިގެންނެވެ.

" ޖޫ ގެ ސްކިން އާއި ނުގުޅިވެސް ހިނގައިދާނެ....އެލާޖީ އެއް ވެއްޖިއްޔާ ވަރަށް ސަކަރާތްވާނެ...." އަހެދް ހުރީ އެ އެއްޗިހި ޖޫރީ ބޭނުންކުރަން ދޭ ހިތަކުންނެއް ނޫނެވެ.

" ޕިސް އެ އޯކޭ ވާނެ...." ޖޫރީ އެއިން ކްރީމް ދަޅަކަށް އަތް ބޭނިއެވެ. އަހެދް އަނަގަޔަށް ގޮތެއް ހަދައިލީ ފަކުރުވެފައި ހުރެއެވެ.

ޖޫރީ އަވަސް ވެފައި ހުރެ އަހެދް ގެ ހުރިހާ ރީތީ ވާ ސާމާނު ހާވާލިއެވެ.

"ޖޫ ނުލާހިކު ރީތި....އަދި މާ ކުޑަ މި ހުރިހާ އެއްޗެއް ބޭނުންކުރަން...ދޮންބެ ވެސް ހިތްހަމަނުޖެހިދާނެ..." އަހެދް މޫނު ކުނިކޮށްލިއެވެ.

" ދޮންބެ....ދޮންބެ މިކަހަލަ ކަންކަމާ ނުބުނާނެ އެއޗެއް....މޭކް އަޕް ވިއްޔާ ބުނެފާނެ...އެކަމު މިއީ ސްކިން ކެއަ....މާދަން ހިނގާ ދޯ ޝޮޕިން އަށް ދަމާ...." ޖޫރީ ހުރީ އަހެދް އަތުގައި ހުރި ހުރިހާ ސާމާނު ގަތުމަށް ކެތްމަދުވެފައެވެ.

"މި ވަރަށް އަގުބޮޑުވާނެ..." އަހެދް ފޮނިވެލިއެވެ.

"މި އެންމެ އެއް ހާސް ރުފިޔާއެއް ނު....ޑޯންޓް ވޮރީ އައި ވިލް ބައި ފޯ ޔޫ ޓޫ...." ޖޫރީ އޭނާގެ ވޮލެޓުން ނަގައި ދައްކާލީ ގޯލްޑް ކާޑެކެވެ.

" އާން ދޯ....ޖޫ މި ވެސް ބޭނުންކޮށްލާ..." އަހެދް އަތުތެރޭ ފޮރުވައިގެން ހުރި ފުޅި އެއް ދިއްކޮލިއެވެ. ޖޫރީ އާއި އެކީ އޭނާ ހުރީ ވިޔަފާރިކުރުމަށް ދާން ފޯރި ހިފާފައެވެ. ޖޫރީ އަތުގައި މިހާ ބައިވަރު ފައިސ\ާ ހުންނަކަން އޭނަ ކުރީން ދެނަހުރި ނަމަ ޖޫރީ އާއި އޮތް އެކުވެރި ގުޅުން މާ ވަރުގަދަ ކުރީހެވެ.

"އެނގޭތަ އަހެދް ހެދުން އަޅާގޮތުން ކުރިން ހީ ނުކުރަން ތިހާ ފެޝަން ވާނެ އޭ....ބަޓް ސޯ ހެޕީ ދެޓް ޔޫ އާ....އައި ނީޑް އަ ސިސް ލައިކް ޔޫ...މިގޭ އުޅޭ އެއްވެސް މީހެއް ފެޝަނަކަށް ނޫޅޭނެ...ވަރަށް ފޫހި......." ޖޫރީގެ އުފާ ބަޔާން ނުކުރެވޭވަރުވިއެވެ. އޭނަވެސް އަލަމާރި ހުޅުވާފައި އަހަދްއަށް އޭނަ ރީތިވާން ގެންގުޅޭ ސާމާނު ދެއްކިއެވެ. އެ އަލަމާރި ތެރޭގައި ހުރި ގަހަނާ ތަކާއި މީރުދުވަސް ދުވާ ސެންޓުތައް ފެނި އަހެދްގެ ލޯ ދިއްލުނެވެ.

" ތިއީ ދޮންބެ ގެނެސް ދޭ ސެންޓު.....ޑިއުޓީ ފްރީ އިން....ޖޫ އެހާ ވަސް ގަދަ ސެންޓު ބޭނުން ނުކުރަން އެލާޖިކް ވާތީ...އަހެދް ބޭނުމިއްޔާ ނަގާ..." ޖޫރީ ލުއި ހިނިތުންވުމެއްގައި ބުނެލިއެވެ. އެވަގުތު ދޮރުގައި މިހަކު ޓަކި ޖަހާލިއެވެ. އަހެދް އަށް ބެލުމެއް ނެތި ޖޫރީ އަވަސް އަވަހަށް ދޮރު ހުޅުވިއެވެ.

" މަންމަ...." އައްޒަހްރާގެ ނަޒަރު ހުއްޓުނީ އަހެދް އަށެވެ. ކުރު ސޯޓެއްލައިގެން ބާރު ޓީޝާޓެއް ލައިގެން ހުރި އަހެދް ފެނުނީ އެހެން ގޮތަކަށެވެ.

" އެހާ ލަސް ނުކޮށް ޖޫރީ ނިދާތި....ފަޖްރަށް ހޭލެވޭނީ އެއިރުން....ކޮޓަރި ތަޅުލައިގެން ނިދަން ހަނދާނުގަ ބަހައްޓާތި....ކާކުތޯ ނާހައި ދޮރު ނުހުޅުވާތި...އަހެދް ވެސް ބުރުގާ ނާޅާ ހުރުމުން އެފަދަ ކަންކަމަށް ވިސްންނަންވާނެ ދޯ ޖޫރީ...." އައްޒަހްރާ އަވަހަށް ނިކުތީ ޖޫރީގެ ޖަވާބަކަށް ވެސް މަޑުކޮށްލުމެއް ނެތިއެވެ. އަހެދް އަށް އައްޒަހްރާ ގެ ބެލުމުގައި ނުރުހުންތެރިކަން ފާޅުވިއެވެ.

" އޯ ނޯ....ސޮރީ...މަންމަ ކުޑަކޮށް އޯލްޑް ފެޝަން ވާނެ....ސޯޓު ކަހަލަ އެއްޗިހި ލުމަށް ވަރަށް ދެކޮޅުވާނެ...." ޖޫރީ ލޯ ބޮޑު ކޮށްލާފައި ބުނެލިއެވެ..

" ކޮޓަރީގައި ލުމަކުން ކޮބާ މައްސަލައަކީ...." އަހެދް ފޫހިވާގޮތްވިއެވެ.

"އާނ ދޯ.....ޖޫ ވެސް ބުނަމޭ.....އެކަމަކު މަންމަ ބުނާނެ އެހެން މީހުންނަށް ފެންނަ ހެން އެފަދަ ހެދުން އެޅުން އެއީ ގޯސްކަމެއް ކަމަށް....ދެން ނޭނގޭ....ޝީ މައިޓް ތިންކް އައި ވިލް ކޮޕީ ޔޫ ލޭޓަ...." ޖޫރީ ހިނގަނޑެއް ޖަހައިލީ އޭނާއަށް އޭނާގެ މަންމަގެ މިޒާޖު ރަގަޅަށް އެނގޭތީއެވެ. އަހެދް ލަދުގަތެވެ. ޖޫރީ އެހެން ބުނުމާއެކު ވަގުތުން ހަރުވާޅަކަށް ބަދަލު ކުރިއެވެ. އެއީ ޖޫރީ ގެ ގޮތް އެނގި އެ ވާހަކަ ދައްކާނެ ކަން އެނގިހުރެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު