"ކާމިޔާބު ދުވަހަކަށް ވާން އެދެންޏާ ދުވަސް ފަޖުރު ނަމާދުން ފަށާ، ޒިކުރުކޮށް، ދުޢާކުރުމަށްފަހުގައި ގުރުއާން ކިޔެވުމުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އޭގެ ފަހުންވެސް ހުރިހާ ނަމާދެއް ގާއިމުކޮށް އާއިލާއާއިއެކު އުފާވެރި ވަގުތުތައް ހޭދަކޮށް ހިނިތުންވުމާއެކު މީހުންނާއި ވާހަކަ ދައްކާށެވެ. ދުވަސް ނިމޭއިރު އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު ނިދައިލެވޭނެއެވެ."

***

"ފަރަހް......ކިހިނެއްވީ....ކިހިނެއް އަހަރެން މިތަނަށް އައީ؟" މާޒިމް ހުރީ ހައިރާންވެފައެވެ. މިއަދު ފަރަހް އާއި ދިމާވި ގޮތާއި ހޮޓެލަށް އައި ކަން ހަނދާންވިއެވެ. އެއީ ހަގީގަތުގައިވެސް އޭނާ އަމިއްލަ އިޚްތިޔާރުގައި ކުރި ކަމެއްބާއޭ ސުވާލުކުރެވެމުން ދިޔައެވެ.

"އުރޫޖް..." މާޒިމް ގެ ހިތުގައި ރިއްސިއެވެ. އުރޫޖްއަށް އެނގިއްޖެއްޔާ ހިތް ހަލާކުވާނެއެވެ. ފަރަހް ގެ ޖަވާބަކަށް ބެލުމެއް ނެތި މާޒިމް ދާން ހިނގައިގަތީ ރޫ ޖެހިފައި އޮތް ގަމީހުގެ ގޮށް އަޅުވަމުންނެވެ.

" އުނހޫ މާޒް އަކަށް ނުދެވޭނެ....މިއަދު ހަމަ މިހާ ލޯބިން އެކީގަ އުޅުނު އިރު ތި އުރުޖުވާން ގެ މަތީން ހަނދާނެއް ނެތެއްނު...ދެން މިހާރު ކީއްކުރަން ތެޅި ފޮޅިގެން ދާން ތި އުޅެނީ...."އޭނަ މާޒިމް ގެ ގަމީހުގައި ހިފާ ބާރުކޮށްލިއެވެ.

"ވަޓް ޑިޑް ޔޫ ޑޫ ޓު މީ....އަހަރެންގެ އެއްވެސް ހަނދާނެއް ނެތް....ފަރަހް އަށް ހަމަ ނޭނގެނީތަ އަހަރެން މިއީ މީހެއްގެ ފިރިޔެއްކަން...ދުރަށް ދޭ..." ފަރަހް ގެ އަތް ފޮޅުވާލަމުން މާޒިމް އޭނާގެ ފޯނު ހޯދިއެވެ.

" އަހަރެން ހަނދާން އެބަހުރި...ކިޔައިދޭންވީތަ؟" މާޒިމްގެ ޖުމްލަތަކުން ފަރަހްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ފަރަހްގެ ޖުމްލައިން މާޒިމް އަށް އެވަގުތު ހީވީ އޭނަގެ ފައިދަށުން ބިންގަނޑު ދަމައިގަތީހެންނެވެ. ގަބޫލު ނުކުރެވިފައި ހުރީ އޭނާ މި ހާލަތަށް އައީ ކިހިނެއް ކަން ނޭނގިފައެވެ. އެފަދަ ކުށަކަށް އަރައިގަތީ ހަމަ ބުއްދީ ހުރެގެން ހެއްޔެވެ؟ އުރުޖުވާން ކުރިމައްޗަށް އަރާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟އޭނަގެ ނަޒަރު ފަރަހްގެ މޫނަށް ހުއްޓުނެވެ. އެ ލޯ ފުރިފައިވީ ކަރުނުންނެވެ. މާޒިމް އޭނަގެ ބޯ ދެއަތުގެ ތެރެއަށް ލިއެވެ. އަދި ބާރަށް ފިއްތައިލިއެވެ. ލޯވެސް މަރާ ބާރުކޮށްލިއެވެ. ގަބޫލުކުރެވެނީ ބިރުވެރި ހުވަފެނެއް ތެރޭގައި އޭނަ ތާށި ވެފައިވި ކަމެވެ. އިސާހިތަކު އަމާން ހިޔަލަކަށް ދެވިދާނެކަމުގެ އުއްމީދުގައި ލޯ ހުޅުވާލުމުންވެސް މި ހުރެވުނީ ހަމަ އެ ތާގައެވެ. މަންޒަރު ބަދަލެއްނުވިއެވެ. މާޒިމް އަށް ބިންމަތީ ދެ ކަކޫ ޖައްސާލެވުނެވެ. އާދޭސް ކުރާ ހާލު ފަރަހް ކުރެން ތަފްސީލު ކިޔައިދޭން އެދެވުނެވެ.

" ހެއްދެވިފަރާތް ގަންދީ ބުނަން އަހަންނަށް މި ކުރެވުނު އެއްވެސް ކަމެއް ހަނދާނަކު ނެތް....އައި ރިއަލީ ލަވް ހަ....." މާޒިމް ގެ ލޮލުން ކަރުނަ ފާއްދައިލިއެވެ. ފަރަހް އޭނާގެ ހިތް ރުޅިން އަދަމުން ދިޔަ ނަމަވެސް އެވަގުތު ބެލީ މާޒިމް ގެ ހިތުގައި އޭނައަށް ހަމްދަރުދީ އުފެއްދުމެވެ. އެ ދެމީހުން ގެ ދޭތެރޭގައި ކަމެއް ނުހިނގި ނަމަވެސް ބޭނުންވީ އެފަދަ ގުޅުމެއް ހިނގައިފި ކަމުގައި މާޒިމް އަށް ގަބޫލުކުރުވުމަށެވެ.

" ޔޫ ބްރޯޓް މީ ހިއަ......މި ނުވާ ކަމަކަށް ނުވާނެ ދޯ....މާޒް ހިތުހުރިހާ ގޮތެއް ހަދަން ބަހައްޓާފަ ހުރި ބުދެއް ނޫން އަހަންނަކީވެސް....އަހަރެންވެސް މި އީ އިންސާނެއް...ޕްލީޒް ސްޓޮޕް ސެއިންގް ޔޫ ޑޯންޓް ރިމެމްބަރ..." ފަރަހް ރޮއެގަތެވެ. އަތު ތެރެއަށް މޫނު ލައި ބާރަށް ރޯ ކަމަށް ހެދުނެވެ. މާޒިމް އަށް އޭނަ މި ދުނިޔޭގައި މި ހިނދުކޮޅުގައި ނެތް ނަމަ އޭ ހިތަށް އެރިއެވެ. ގަބު ވެފައި ހުރި މީހެއް ހެން އެ ހޮޓެލްުން ބޭރަށް ނިކުމެގެން ދިޔައީ ދާން ވި މިސްރާބެއް ނޭގިފައެވެ. ފަރަހް ގެ ރުއިމުގެ އަޑުވެސް އެ ސިކުނޑީތެރޭ ހަރުލާފައިވިއެވެ. ހީވީ ދުނިޔެވެސް އެނބުރެން ފެށިހެންނެވެ. ހޮޓެލުން ނިކުމެގެން އައި އިރު އޭނާގެ ކާރުވެސް ހަމަ އެތާ ޕާކް ކޮށްފައި އޮތް ތަން ފެނުނެވެ.

" ހޭވް އަ ގުޑް އީވްނިން ސަ...." ރިސެޕްޝަނިސްޓް މާޒިމް އަށް ބުނެލީ ހިނތުންވުމާއެކުއެވެ. މާޒިމް އެދުނީ ކެމެރާ ފޫޓޭޖް ދައްކައިދިނުމަށެވެ. އަދިވެސް އޭނާ އަށް ގަބޫލު ނުކުރެވެނީ އެފަދަ ކަމެއް އޭނާ ހަމަ ބުއްދިގައި ހުރެ ކޮށްފާނެ ކަމާއި މެދުއެވެ. ހޮޓެލް ގެ މުވައްޒަފުންވެސް އެއްތަން ކުރުވާ ވަރަށް މާޒިމް އަޑު ގަދަ ކުރަމުން ދިޔައެވެ. އޭނަގެ ހަރަކާތްތައް ހުރީ މޮޔަވެފައިވާ މީހެއްހެންނެވެ. ފަރަހް ދުރުގައި ހުރެ އިޝާރާތުން ކެމެރާ ފޫޓޭޖް ދެއްކުމަށް އެދުނެވެ.

"ނޯ ދިސް ކާންޓް ބީ ރިއަލް...." މާޒިމް ގެ ހިތް ގެނބުނެވެ. އޭނާ ހޮޓެލް އަށް ވަދެ ފަހަދް އާއި ވާހަކަ ދެއްކި މަންޒަރުވެސް ފެންނާން ހުއްޓެވެ. ކޮންމެވެސް ވަރަކަށް އެހިސާބަށް އައި ގޮތް ސިކުނޑީގެ ވަކި ހިސާބެއްގައި ފުސްކޮށް ފެނުނުހެން ހީވިއެވެ. އަމިއްލަ އިޚްތިޔާރުގައި އައީކަން ގަބޫލުކުރެވުނެވެ. ހޮޓެލުން ނިކުމެގެން ކާރަށް އަރައިވެސް ހޯދާލެވުނީ ފޯނެވެ. އެތައް މިސް ކޯލެކެވެ. ރޭގަނޑުން މިހާރު ބާރަ ޖަހަން ކައިރިވެފައިވީ އިރު އުރުޖުވާން ވާނެ ކަންބޮޑުވުމާއި ހުރި ހާލަތާއި މެދު ފިކުރުބޮޑުވިއެވެ. ނަމަވެސް އޭނާ މިހާރު ގެއަށް ގޮސް އުރުޖުވާން އާއި ކުރިމަތިލާނެ ގޮތެއް ވެސް ނުވިސްނެއެވެ. ކާރުގެ ދުވެލި އެންމެ ބާރުކޮށްލާފައި ބޮރިޖް މަތިން ދުއްވާލީ ދާނެ މިސްރާބެއް ނެތި އޮތް ސީދަލަށެވެ.

" އައި ޖަސްޓް ވޯންޓު ޑްރައިވް މައިސެލްފް އޮފް އަ ކްލިފް..." ކުރިމަތީން މަގު ހުރަސް ކުރަމުން ދިޔަ މުސްކުޅި މީހެއްގެ ގައިގައި ނުޖެހުނީ ކިރިޔާއެވެ. ބްރެކް ޖައްސައިލެވުނީ ހަމަ ކިރިޔާއެވެ. ފޯނު ރިންގުވިއެވެ. އަތްތިލަ ތުރުތުރު އަޅަމުން ފޯނު ނެގި އިރު އުރުޖުވާން ގެ ކަންބޮޑުވުން އެ އަޑުން ހާމަ ވިއެވެ.

" މާޒް....ކޮންތާކު....ވަރަށް ގުޅައިފިން....ނުވެސް ބުނެ ދޯ މާފުއްޓަށް ތި ދިޔައީ....ބުނެލި ނަމަ....ފަހަދް ނުބުނި ނަމަ އޯވާތިންކިން ވުޑް ހޭވް ކިލްޑް މީ..." އުރުޖުވާން ވާހަކަ ދެއްކީ ލުއި ހިނި ގަނޑެއް ޖަހާލަމުންނެވެ. މާޒިމް ގެ ކަރު ބެދުނެވެ. ލޮލުން ފައިބަމުން ދިޔައީ ކަރުނައެވެ. އޭނާ ފަދަ މީހަކަށް އުރުޖުވަން ގެ ލޯބި ހައްގެއް ނޫނެވެ.

"މާޒް....އަނެއްކާ ރޭންޖް ދިޔައީތަ...މާޒް..މާޒް....އެއްޗެކޭ ބުނެބަލަ......" މާޒިމް ގެ ފަރާތުން ޖަވާބެއް ނުލިބުމުން އުރުޖުވާން ހީކުރީ ފޯނު ރޭންޖް މައްސަލައެއް ކަމަށެވެ. މާޒިމް ފޯނު ކަނޑާލިއެވެ. އޭނަގެ ގަޔަކު އުރުޖުވާން އާއި އަނގައިން ބުނެލާނެ ހިތްވަރެއްވެސް ނެތެވެ. މެސެޖްއަކުން އުރުޖުވާން އަށް އަންގާލީ ގެއަށް ދާން އަދި ލަސް ވެދާނެ ކަމަށެވެ. ވިއްސާރަ ހަދާލާފައި އޮތް ރޭގަނޑުގެ ފިނިކަން އިތުރުވިއެވެ. ކާރޫ ބާރޫ ބޮޑު މަގު އެވަގުތު ހިމޭންވެފައިވިއެވެ. ރާޅު ބިންދާލައި އަޑު ގަދަވިއެވެ. ތުނި ކޮށް ވެހެމުން ދިޔަ ވާރޭ ތެރެޔަށް މާޒިމް ނިކުމެލިއެވެ. މޭފިތި ބާރުވަމުން ދިޔަ އިހުސާސް ކުރެވެމުން ދިޔައެވެ. މި އުނދަގޫ ތަކުން ސަލާމަތްވާން ދުއްވައިގަންނަން ބޭނުންވިއެވެ. ބްރިޖް ގެ ރެއިލިންގައި މީހާ އަތް އަޅަލައި ބިޔަ ރާޅު ބިންދަމުން ދިޔަ މަނޒަރަށް ހުއްޓުން އެރިއެވެ. އޭގެ ރާޅެއްގެ ތެރޭގައި މީހާ ޣަރަޤު ވެދާން ހިތް އެދުނެވެ. އެވަގުތު ފަހަދް ގެ ފޯނެއް އައެވެ.

" ޔޫ އާ ވެލްކަމް.....އަހަރެން ދޮގު ހެދީ އުރުޖުވާން ހިތުގަ ނުޖެއްސުމަށް.....އަހަރެން ހީނުކުރަން ކަލޭ ތީ ތިހާ ދަށު ދަރަޖައިގެ މިހަކަށް ވެދާނެއޭ....ޔޫ ޑޯންޓް ޑިޒާވް އެނީބަޑީ.....ސްޕެޝަލީ އުރުޖުވާން...." ފަހަދް ގެ ވާހަކަ އަޑު އަހަަން ހުރެވުނު ވަގުތު އަތް މުށްކަވާލައި ފޯނުގައި ބާރަށް ހިފާލެވުނެވެ. އަދި މާ ކަނޑަށް އެ ފޯނު އެއްލައިލީ މޮޔަ ވެފައި ހުރި މީހަކު ހެން ހަޅޭއްލަވަމުންނެވެ.

***

"މާޒް ގެ ހަބަރެއް ވެއްޖަތަ؟....ވަރަށް ލަސްވެއްޖެއެއްނު....ދަރިފުޅު މިހާރު ވަރުބަލިވެފަ ހުންނާނީ..." އަހްމަދު ކަންބޮޑުވިއެވެ. އުރުޖުވާން މުޅި ގެ ޒީނަތް ކޮށްފައިވި ވަރަށް ފުރިހަމައަށެވެ. އުރުޖުވާން ގެ ތުންފަތުގައި ހިނިތުންވުން ވިޔަސް ދެރަވެފައި ކަން ހާމަވެއެވެ.

"ނޫނޭ....މި ދެން އަދި ލަހެއް ނޫން...މާޒް އިމްޖެންސީ އެއްގަ ދާން ޖެހުނިމަ އެހެންވެސް ވެދާނެ....ދެންމެ ގުޅުނު...އެކަމކު ހީވަނީ ކަނޑު މަތީހެން....ރާޅު ބިންދާ އަޑު ކި...ބުނި އަދި އާދެވޭނީވެސް ލަހުން ކަމަށް...." އުރުޖުވާން ގެ ފުން ނޭވާ އެއް ދޫކޮށްލީ އޭނާ ތައްޔާރުކޮށްފައި ހުރި ކޭކަށް ބަލައިލަމުންނެވެ. އަހްމަދު އެވަގުތު ބޭނުންވީ އުރުޖުވާން ގެ ހިތް އުފާކޮށްލުމަށެވެ.

" މާޒް ކުޑަ އިރު ވަރަށް މަޖާ ވާނެ....ދެކުނިންތަ އަލްބަމް..." ސިޓިންގް ރޫމުގައި ހުރި ބޮޑު ފޮތް ހަރު ތެރެއިން ދުވަސްވެފައި އޮތް އަލްބަމެއް އޭނަ ނެގިއެވެ. އުރުޖުވާން ގެ ލޯ ދިއްލުނެވެ. މާޒިމް ކުޑަ އިރުގެ އެންމެ ފޮޓޯ އެއް ނޫނީ އޭނައަށް ފެނިފައި ނުވެއެވެ.

" އަޅެ.....މިއީ މަދީނާ ދޯ...ހާދަ ލޯތްބޭ.....މެސެޖެއްވެސް ނުކުރޭ އަދިވެސް....އަހްމަދު ބެއަށް އެކޮޅުން ޚަބަރެއްވިތަ؟" އަލްބަމް ހުލުވާލި އިރު ފުރަތަމަ ފޮޓޯގައި ހުރީ މަދީނާއެވެ.

"އާނ...މެހެކް ބުނި...މަދީނާ ގެ ފޯނު ހަލާކު ވީމަ އޯ ބުނީ....ހަނދާން ނެތުނީ ދަރިފުޅު ކައިރީ ބުނެލަން....ހުއްޓާނުލާ އުރުުޖް ގެ ވާހަކަ އޯ ދައްކަނީވެސް..." އަހަމަދު ބޭނުންވީ އުރުޖުވާންގެ ހިތަށް ތަސައްލީ އެއް ދިނުމަށެވެ. އެ ތުންފަތުގައި ފޭދުނު ހިނިތުންވުން ފެނި ޝުކުރުކުރެވުނެވެ.

"މި ކޮން ކުއްޖެއް؟އުރޫޖްގެ ވެސް އިންނާނެ މިކަހަލަ ފޮޓޯއެއް....ދެފަރާތަށް އިސްތަށިގަނޑު ގަތާލައިގެން...ހަމަ މިހެދުމުގަ....ވަޓް އަ ކޯ އިންސިޑެންސް..." ފޮޓޯ ގަނޑު ކައިރި ކޮށްލަމުން އުރުޖުވާން ބުނެލީ ހެވިފައެވެ.

"ތިއީ މެހެކް...މައި ޑޯޓަ..." މެހެކް ގެ އެ ހެދުން ކަހަލަ ހެދުމެއް އުރުޖުވާން އަށް ފޮނުވިކަން އޭނަގެ ހަނދާނަށް އައެވެ. ދުރުގައި ހުއްޓަސް އަހްމަދު އަބަދުވެސް އުރުޖުވާންގެ ޚަރަދުތައް ބެލެހެއްޓިއެވެ.

" އައި ރިމައިންޑް ޔޫ އޮފް ހަ ދޯ....އުރޫޖް އަށް ވެސް ހީވޭ ވައްތަރު ގޮތެއް ހުންނަ ހެން..." އެ ފޮޓޯގަނޑުގައި އަތް ބީއްސާލަމުން އުރުޖުވާން އަށް ބުނެވުނެވެ. އެވަގުތު އަހްމަދުގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

" ޔޫ އާ މައި ޑޯޓަ...." އަހްމަދަށް މަޑު މަޑުން ބުނެލެވުނެވެ.

" އަހްމަދުބެ..." އުރުޖުވާން އަށް އެ ބުނި އެއްޗެއް ސާފު ނުވިއެވެ. ނަމަވެސް އަހުމަދު ލޯ ފޮހޭތަން ފެނުމުން އޭނާ އަށް ރޮވެނީކަން އެނގުނެވެ.

" ޑޯންޓް މައިންޑް ދިސް އޯލްޑް މޭން.....ކުރީގެ ހަނދާންތައް ވިމަ....އަލަބަމް ބަލާ ކޮންމެ ފަހަރަކުވެސް ލޯ ފުސް ވާން ފަށާނެ....ހިރަފުސް ކަންނޭނގެ..." އޭނަ މަޖާ ރާގެއްގައި ކިޔައިލިއެވެ. އުރުޖުވާން އަށް ބާރަށް ހެވުނެވެ.

" ހެޕެންސް ޓު މީ ޓޫ....." އުރުޖުވާން އެއްބައިވެލިއެވެ.

***

ބުރިޖުގެ ތަނބުތަކުގައި ރާޅުތައް ބިންދަމުން ދިޔައިރު ވިދުވަރުގެ އަލިން ހިނދު ހިނދުކޮޅުން އަލިވެގެން ދިޔައެވެ. އެއިން ކޮންމެ ހިނދުކޮޅެއް ވެސް ހީވީ ކާރިސާގެ އައްސޭރިއަށް އެނބުރެމުން ދިޔަހެންނެވެ. ތިރީގައިވި ހަލަބޮލި ފެންގަނޑަށް ނަޒަރު ހުއްޓިފައި ހުރި މާޒިމް ހުރީ ރެއިލިންގނީ ގެ މަތީ ހުސް ފައިގައެވެ. ފައިގެ އިނގިލިތަށް ބާރުކޮށްލައިގެންނެވެ.

"މޮޔަވީތަ؟...."ކޮންމެވެސް މީހަކު މާޒިމް ގެ ގައިގައި ހިފައި ދަމައިގަތެވެ. ރެއިލިން މަތީ ކޮޅަށް ހުރި މާޒިމް ވެއްޓި ޖެހުނީ ބިންމަތީގައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު