ޣައްޒާގެ ބައި މިލިއަން މީހުން އަދިވެސް ތިބީ ބަނޑުހައިހޫނުކަންމަތީގައި: ރިޕޯޓު

ޣައްޒާގެ އަދިވެސް ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ބައި މިލިއަން މީހުން އެބަތިބި. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޣައްޒާގައި އަދިވެސް ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ، ފުރާނައަށް ނުރައްކާވާ މިންވަރުގައި ބައި މިލިއަން މީހުން އެބަ ތިބި ކަމަށް, އިންޓްގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) ގެ ރިޕޯޓެއްގައި ބުނެފިއެވެ.

އަންގާރަ ދުވަހު ނެރުނު އައިޕީސީގެ އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި 37،600 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލައިފައިވާއިރު، ޣައްޒާގެ އާބާދީގެ 96 އިންސައްތަ މީހުން ވަނީ ބަނޑުހައިހޫނުކަމުގެ އިންތިހާއަށް ދަރަޖައިގައެވެ.

އައިޕީސީގެ ރިޕޯޓުގައިވާ ގޮތުން ގާތްގަނޑަކަށް 343،000 މީހުން، އަދިވެސް ތިބީ ކާނާގެ ނުލިބުމުގެ އެންމެ ނުރައްކާ ހާލަތު ކަމަށްވާ އައިޕީސީ ފޭސް 5 ގައެވެ. އިތުރު 745،000 މީހުންނަކީ ކާބޯތަކެތީގެ ދަތިކަން ނުރައްކާތެރި ހާލަތުގައި ތިބި މީހުންގެ ގޮތުގައި ގިންތިކުރެވިފައިވާ މީހުންނެވެ.

އދ.ގެ ކާނާއާ ބެހޭ ޕްރޮގްރާމުން ބުނީ މި ރިޕޯޓުން، ޣައްޒާގައި ހައިހޫނުކަން އާންމުވެ ނުރައްކާވެފައިވާ މިންވަރު އިތުރަށް ކަށަވަރުކޮށްދޭ ކަމަށެވެ.

އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ހަމަލާތައް ދެމުންދާތާ 8 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާތަނަށް 37،600 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް