އެވިޑް ކޮލެޖުގެ ކުއަލިޓީ އެޝުއަރެންސް އެންޑް ކަރިކިއުލަމް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމަށް އާމިނަތު އަސްރާ މިއަދު އައްޔަންކޮށްފިއެވެ.
އެވިޑް ކޮލެޖުން ވަނީ އަސްރާއަށް މަރުހަބާ ކިޔައި، ރާއްޖޭގެ ތައުލީމީ ގިނަ ޕްރޮގްރާމްތަކުގެ ކޮލިޓީ އެޝުއަރެންސްގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތްކުރައްވާފައިވާ ފަރާތަކަށްވާތީ އެމާގަމަށް އަސްރާ އައްޔަން ކުރުމުން އެކަމާ ފަޚުރުވެރިވާ ކަމަށް ބުނެފައެވެ.
އަސްރާ ވަނީ ތައުލީމީ ދާއިރާގައި ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. މިގޮތުން، ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި އަމީނިއްޔާ، ޖަމާލުއްދީން ޕްރައިމަރީ އަދި ކަލާފާނު ސުކޫލުގައި ވަޒީފާ އަދާކުރެއްވިއެވެ.
އޭގެއިތުރުން، ކަލާފާނު ސުކޫލުގައި ސުޕަވައިޒަރެއްގެ މަގާމު އަދާކުރައްވާފައިވާއިރު އެ ސުކޫލުގައި އެސިސްޓެންޓު ޕްރިންސިޕަލެއްގެ މަގާމު ވެސް އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުން ވެސް ދާއިރާގެ ގިނަ މާގަމުތަކެއް އަސްރާ އަދާ ކުރައްވާފައި ވާއިރު، އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަންއިން މާސްޓާސް ހާސިލް ކުރައްވާފައިވެއެވެ. އަދި، ޕްރައިމަރީ ޓީޗިން ސެޓްފިކެޓާއި އެޑިއުކޭޝަނަލް ސްޓަޑީސް އިން ސެޓްފިކެޓް ހާސިލްކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އޭނާ ވަނީ ރާއްޖޭން ބޭރުގައި ތައުލީމީ ދާއިރާގެ ތަޖުރިބާ ހޯއްދަވާފައެވެ. މިގޮތުން، 2005ގައި ކުއަލަލަމްޕޫރުގައި 'ލީޑާޝިޕް އެންޑް އޮގަނައިޒޭޝަނަލް މެނޭޖްމަންޓް ކޯސް'ގައި އާއި 2008 ގައި އިންތިޒާމްކުރި 'ކެޕޭސިޓީ ބިލްޑިން އެންޑް ސްޓަޑީ ވިޒިޓް'ގައި ބައިވެރިވެރިވެވަޑައިގެންފައިވެއެވެ.