ނާސާގެ ހަބްލް ސްޕޭސް ޓެލެސްކޯޕުގެ އޮޕަރޭޝަންތައް މެދުކަނޑާލައިފި

ނާސާގެ ހަބްލް ޓެލެސްކޯޕް -- ފޮޓޯ: ނާސާ

ނާސާގެ ހަބްލް ސްޕޭސް ޓެލެސްކޯޕުން ހިންގާ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާއިން ބުނެފިއެވެ.

ނާސާގެ ހަބްލް ސްޕޭސް ޓެލެސްކޯޕްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައިފައިވަނީ އެ ޓެލެސްކޯޕަށް މި މަހުގެ 24 ވަނަ ދުވަހު ދިމާވި ޖައިރޮސްކޯޕް (ގައިރޯ) މައްސަލައަކާ ގުޅިގެން ކަމަށް ނާސާގެ ސައިންސްވެރިން ވަނީ ބުނެފައެވެ.

އެކަމަކު ހަބްލްގެ އިންސްޓްރޫމެންޓްތައް ސްޓޭބަލް ކަމަށާއި، ޓެލެސްކޯޕްގެ އެހެނިހެން ކަންކަން ވެސް ރަނގަޅުކަމަށް ނާސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ޓެލެސްކޯޕް އޮޓޮމެޓިކުން ސޭފް މޯޑަށް ވަދެގެން ދިޔައީ އޭގެ ތިން ޖައިރޮސްކޯޕްގެ ތެރެއިން އެއް ޓެލެސްކޯޕުން ނުރަނގަޅު ޓެލެމެޓްރީ ރީޑިންތަކެއް ދިނުމުން.

ހަބަލްގެ ޖައިރޯސް އަކީ ޓެލެސްކޯޕްގެ ސްލީވް ރޭޓްތައް ދެނެގަނެ، ޓެލެސްކޯޕް އިޝާރާތް ކުރާ ދިމާ ރަނގަޅަށް ކަނޑައަޅައި ކޮންޓްރޯލް ކުރާ ސިސްޓަމްގެ ބައެއް،" އެ ބަޔާނުގައި ވެއެވެ.

ނާސާއިން 1990 ވަނަ އަހަރު ލޯންޗްކުރި އެ ޓެލެސްކޯޕަކީ ޔުނިވާސް ބަލަމުން އަންނަތާ ތިން ދަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ޓެލެސްކޯޕެކެވެ.

ނާސާއިންއިން ބުނީ ހަބަލް މިފަދަ ކުދިކުދި ޓެކްނިކަލް މައްސަލަތައް މީގެކުރިން ވެސް ދިމާވާ ކަމަށާއި، އެފަދަކަމެއް ދިމާވިޔަސް މި ދިހަ ވަރަކަށް އަހަރު ތެރޭގައި ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ހޯދުންތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި އިންސާނިއްޔަތަށް ފައިދާ ހުރި ގޮތަށް އެ އެޖެންސީގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް ފަދަ އެހެނިހެން އޮބްޒަވޭޓަރީތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ނާސާއިން ލަފާކުރާ ކަމަށް ނާސާއިން ނެރުނު ބަޔާނުގައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް